Thursday, January 30, 2014


އެއްދުވަހަކު ކުލާހެއްގައި ޓީޗަރަކު ފެން އަޅާފައިވާ ޖޯޑެއް އަތުން ނަގައި ކުލާހައް ދައްކަމުން އެހިއެވެ: ކަލޭމެން ކުދިންނަށް ހީވާގޮތުން މިތަށީގެ ބަރުމިނަކީ ކިހާވަރެއް ހެއްޔެވެ؟ 

ކުދިން ޖަވާބުގައި ބުނަމުންދިޔައެވެ: ސަތޭކަ ގުރާމް، ދުއިސައްތަ ގުރާމް، ދުއިސައްތަ ފަންސާސް ގުރާމް.

ޕްރޮފެސަރ ބުންޏެވެ: އަސްލުގައި އަހަރެންނަކަށްވެސް ނޭންގެއެވެ. ޖެހޭނީ ބަރުދަން ބަލައިލާށެވެ. އެކަމަކު އަސްލު ސުވާލަކީ މިއީ އުފުލަން ބަރު އެއްޗެއްހެއްޔެވެ؟ ކުދިން ޖަވާބުގައި ނޫނެކޭ ބުނުމުން އަނެއްކާ އެހިއެވެ:

މިތަށި ދެތިން މިނެޓް ވަންދެން މިހެން ހިފައިގެން ހުރެފިނަމަ ކިހިނެތްވާނެހެއްޔެވެ؟ އެއްކުއްޖަކު ޖަވާބުގައި: އެއްވެސް ކަމެއް ނުވާނެ. މިހެން ބުންޏެވެ.


އެއްފަހަރަކު ދުވަސްވީ މީހަކު އޭނާގެ އަވައްޓެރި ޒުވާނެއްގެ ބޮލުގައި ވައްކަމުގެ ދޮގު ތުހުމަތު އެޅުވިއެވެ. އަދި މިވާހަކަ ފަތުރަމުން މީސްތަކުންގެ ތެރޭގައި ހިނގާ އުޅުނެވެ. އެންމެފަހުން، މިޒުވާނާގެ ކަންތަކާއިބިރުން މީސްތަކުން މީނާގެ ވާހަކަ ޤާޟީއަށް ދަންނަވައި ޒުވާނާ ހައްޔަރުކުރެވުނެވެ. އަދި އެހައްޔަރުގައި އެތައް ދުވަހެއް ވޭތުވެ އެތައް ބުރަތަކެއް އެޒުވާނާއަށް ބަރުދާސްތުކުރަން ޖެހުނެވެ. އަދި ބޭކާރު ގޮތުގައި ކޯޓާއި ބަންދުކޮށްފައި ހުންނަ ކޮޓަރިއާއި ދެމެދު މީސްތަކުންގެ ކުރިމަތީން ހިނގާ އުޅެންވެސް ޖެހުނެވެ.

ނަމަވެސް ﷲގެ ސުންނަތުގެ ދަށުން އެންމެފަހުން އޭނާގެ ކުށެއް ނެތްކަން ކޯޓަށް ސާފުވެ ވައްކަމުގެ އެއްވެސް ނިޝާނެއް އަދި ބުރަދަންހުރި އެއްވެސް ވާހަކައެއް ނުއިވި އެޒުވާނާ ބަންދުން ނެރެވި ގެޔަށް ދޫކޮށްލެވުނެވެ. 


އެއްފަހަރަކު މީހަކު ވަރަށް އުސް ފަރުބަދައަކަށް އަރަން މަސައްކަތްކުރަނީއެވެ. އޭނާ އެގޮތުގައި މަސައްކަތްކުރާތާ އެތަށް އިރެއްވެ ކިތަނމެތާކަށް އެރެންވެސް އެރުނެވެ. އެންމެފަހުން އިރު އޮއްސި އަނދިރިއަތަށް އެޅުމުން އޭނާ ހިތަށް އެރިއެވެ. މިއަދު އަހަރެން މިމަސައްކަތްނިންމާނީ ފަރުބަދައިގެ އެންމެ މައްޗަށް އަރާފައެވެ. 

ދުވަހަކީ ވަރަށް ފިނި މޫސުމުގެ ފިނިދުވަހެކެވެ. އެހެންކަމުން މުޅި ހިސާބުގައިވަނީ ދުންފިނިހިފާ މޫނުމައްޗަށް އިތުރަށް އަނދިރިކުރުވާފައެވެ. އެކަމަކު އޭނާއަށް ހީކުރެވެމުންދަނީ އޭނާއަށް ދެން ބާކީ އަރަންޖެހޭނީ ވަރަށް ކުޑަ ތަންކޮޅަކަށެވެ. އެހެންވެ ހިތްވަރުކޮށްލާފައި އަރަނީއެވެ. އެންމެފަހުން ރަނގަޅަށް އަނދިރިވިތާ އެތަކެއް އިރެއް ފާއިތުވުމަށްފަހު އޭނާ އަރަންއުޅުނު ހިލައަކުން ކައްސާލައިގެން ވެއްޓެންފަށައިފިއެވެ. ނައްޓާލައިގެން ވެއްޓެން ދާންއޮތީ ކުލިފެއްފާޑު ތާކުން ދިމާ ސީދަލަށް ހަރުހިލަ ބިންގަނޑަކަށެވެ.
ވަކި ހިސާބަކަށް ވެއްޓުމަށްފަހު އޭނާ ބުރިކަށީގައި އައްސާފައިވާ ވާގަނޑު ކޮންމެވެސް ތާކު އަޅައިގަނެފައި ވެއްޓުން ހުއްޓުނެވެ. އެކަމަކު އަނދިރިކަމާއި ބޯ ދުންފިނީގެ ސަބަބުން އޭނާއަކަށް އެއެއް މިއެއް ނުއިނގެއެވެ. މީހާ ވަނީ ބިރުންގޮސް ހަލާކުވާވަރުވެފައެވެ. ސަލާމަތްވާނޭ އިރެއްވެސް ނޭންގެއެވެ. ގޮވައި ހަޅޭލަވައިގެން އަޑުއިވޭނޭ ހިސާބުގައި މީހަކުވެސް ނޫޅޭނޭކަން އޭނާއަށް ޔަޤީނެވެ. އެންމެ ފަހުން ގޮތްހުސްވެ، ހާސްވެ ދިރިހުރުމާއިމެދު ޔަޤީންކަންކުޑަވެ، ފުރާނަ އަތްމައްޗަށްލައި ރޯންފެށުނެވެ. 
 
Tuesday, January 28, 2014


ޢުމުރުން 25 އަހަރުގެ ފިރިހެންކުއްޖަކާއި އޭނާގެ ބައްޕަ ރެއިލެއްގައި ދަތުރު ފަށާނެ ވަގުތަކަށް އިންތިޒާރުކުރަމުން ދަނީއެވެ. އެއިރު މީހުން ރެއިލަށް އަރާ ޖަމާވަމުންދިޔައެވެ. މި ރެއިލް ނައްޓާލިއިރު ޒުވާނާ ވަނީ ވަރަށް އުފާވެފައެވެ. އަދި ވަރަށް މަޖާވެސް ވެފައެވެ. އަދި ކުޑަދޮރުގެ ކައިރީގައި އިން ސީޓެއްގައި އިށީންދެލައިގެން އިނދެ ބޭރަށް އަތްދިއްކޮށްގެން ޖެހެމުންދާ ވައި އިޙުސާސްކުރަމުން ވަރަށް މަޖަލާއެކު ބައްޕަގެ ގާތުގައި ބުންޏެވެ. ބައްޕާއެވެ، އަހަރެމެން ފަހަނައަޅައި އެހެރަގެން ގަސްތައް ފަހަތަށް ދަނީއެވެ. މުސްކުޅި ބައްޕަ ވަރަށް އުފަލާއެކު ދަރިފުޅުގެ މަޖަލުގައި ބައިވެރިވެލުމުގެ ގޮތުން ހީލައެވެ. 

މިދެބަފައިންގެ ކުރިމަތީގައި ޒުވާން ދެމަފިރިއަކު މި ޒުވާނާގެ ޢަމަލުތައް ހުރިގޮތުން ހައިރާންކަމާއެކު ބަލަހައްޓައިގެން ތިއްބެވެ. އަނެއްކާ އިރުކޮޅަކުން އެޒުވާނާ ވަރަށް މަޖާވެފައި ބުންޏެވެ. ބައްޕާއެވެ. ބަލާބަލާށެވެ. އެތިބަ ޖަނަވާރުތަކާއި، ވިލާތައް އަހަރެމެންނާއެކު އެއްދިމާލަށް އެތިބަ ދުވަނީއެވެ. އެޒުވާނާގެ ޢުމުރާއި ތުއްތުކުއްޖެއްގެ އުޅުމާއިމެދު ލަދުވެތިވެގެންވާ ޙާލު އެއްކަލަ ދެމަފިރިން ކަޅިޖަހާ ނުލައި ބަލަހައްޓައިގެން ތިބެއެވެ.
Monday, January 27, 2014


ދެމީހަކު ޖަންގަލީގެ ތެރޭގައި ހިނގަމުންދިޔައެވެ. މިހިނގުމުގެ ތެރޭގައި ވާހަކަ ދެކެވެމުން ގޮސް މަޢުލޫ ބަހުސްއަކަށް ބަދަލުވެ، ބަހުސް ޒުވާބަކަށް ބަދަލުވެ އެކަކުގެ މޫނުމަތީގައި އަނެކަކު ޖެހިއެވެ. މޫނުގައި ޖެހުނު މީހާ އަނބުރާ ރައްދު ދިނުމުގެ ބަދަލުގައި ބިންމަތީގައި ލިޔުނެވެ. "މިޔަދު އަހުރެންގެ އެކުވެރިޔާ އަހަރެންގެ މޫނުމަތީގައި ޖަހައިފިއެވެ." ދެން އެއަށްފަހު ހިނގަމުން ދިޔައެވެ

ވަކި ހިސާބަކަށް ހިނގުމަށްފަހު އެމީހުންނަށް ފެންދެމޭ ކޯރެއްގެ އައްސޭރިއަކަށް ނިކުމެވުނެވެ. އަދި ވެފައިހުރި ވަރުބަލިކަމާއެކު ފެންވަރާ ގަޔަށް ފިނިކޮށްލުމަށް ދެމީހުންވެސް ނިންމިއެވެ. ދެން އެދެމީހުންވެސް ކޯރަށް އެރުނެވެ. ނަމަވެސް މޫނުމަތީގައި ޖެހުނު މީހާ ކޯރުގެ ތެރޭގައިވާ ދެހިލައެއްދަށުވެ ތާށިވާގޮތްވެއްޖެއެވެ. އަދި ކޯރުގެ ފެންގަނޑު ބޮޑުވާންފަށައި އޭނާ ގެނބެންފެށިއެވެ. 

މިމަންޒަރުފެނިފައި މޫނުގައި ޖެހިމީހާ އަވަސް އަވަހަށް ގޮސް އަނެއްމީހާ އެދޭތެރެއިން ނެރި ސަލާމަތްކޮށްފިއެވެ. ދެން އެދެމީހުން އެއްގަމަށްއެރިއެވެ. ކުރިން މޫނުގައި ޖެހުނު މީހާ ބޮޑު ހިލަގަނޑެއްގެ ކައިރިއަށްގޮސް އެހެން ހިލައަކުން ވަރަށް މަސައްކަތުން އެ ބޮޑު ހިލައިގައި ލިޔުނެވެ. "މިޔަދު އަހުރެންގެ އެކުވެރިޔާ އަހަރެން މަރުން ސަލާމަތްކޮށްދިނެވެ."