Blog Archive
Thursday, May 1, 2014
މި މީހާގެ ގޭ ކައިރީގައި އުޅޭ އަންހެން
ކުއްޖަކާމެދު މި މީހާގެ ހިތުގައި ލޯބި އުފެދިއްޖެއެވެ. ނަމަވެސް ރަނގަޅު
ތަންވަޅެއް ނުލިބި މިހެން ހުއްޓާ އެއްދުވަހަކު އެ ކުއްޖާގެ މައިން ބަފައިން އެ
ކުއްޖާ އެހެން ސަރަހައްދަކަށް ވިޔަފާރީގެ ކަމެއްގައި ފޮނުވައިފި އެވެ. މި ކަން މި
މީހާ އަށް ވެސް ކޮންމެވެސް ގޮތަކުން އިނގިއްޖެ އެވެ. އެހެން ކަމުން ފާރަލަމުން
އެކަނި ވެރި ހިސާބަކަށް މި އަނހެންކުއްޖާ ދެވުމުން މި މީހާ ހުރިކަން އެ ކުއްޖާ
އަށް އެނގޭނެ ގޮތެއް ހަދައިފި އެވެ. އަދި ގާތަށް އައިސް ކޮންމެސް ކަމެއް ވެސް
ކުރެވޭތޯ އުޅުނެވެ. ނަމަވެސް މިހިސާބަށް ކަންތައް ދިޔުމުން އެ އަންހެން ކުއްޖާ
ބުންޏެވެ: "ތިބާ އަހުރެން ދެކި ލޯބި ވާ ވަރަށް ވުރެން އަހުރެން ތިބާ ދެކި މާ
ލޯބި ވަމެވެ. ނަމަވެސް ﷲ ގެ ޙަޡްރަތަށް އަހުރެން ބިރު ގަނެއެވެ"
މި ވާހަކަ އަޑުއިވިފައި މި މީހާ ހުރިތަނަށް
ގަނޑުވެއްޖެ އެވެ. އަދި ހިތަށް އެރި އެވެ. "ތިބާ ﷲ އަށް ބިރު ވެތި ވީ އިރު
އަހުރެންނަކަށެށް ނުވެވުނެވެ" ހަމަ އެވަގުތު އެ ތަނުން ދުވެ ދުރަށް ގޮސް
އޭނާގެ ނިޔަތް ނުބައި ކަމުގެ މައްޗަށް ވަރަށް ރޮއެ ހިތާމަކޮށް، ވަރަށް އިޚްލާސް
ތެރި ވަރުގަދަ ތަޢުބާ އަކުން ތައުބާ ވިއެވެ.
އެޔަށް ފަހު ގެޔަށް ދިޔަ މަގު މަތީ އޭނަ ވަރަށް
ބޮޑަށް ފެނަށް ބޭނުން ވެ ފެންބޮވައިގެންފި އެވެ. މިހެން އުޅެނިކޮށް ދިމާވީ ބަނީއިސްރާއީލުންގެ މައްޗަށް ފޮނުއްވެވި
ނަބީ އަކާއެވެ. އެ ނަބީ ކަލޭގެފާނުން ނަށް މި މީހާގެ މޫނު މަތިން ވަރަށް ބޮޑު
ކަމެއްގެ އަސަރު ފެންނާތީވެ ވީކީއްތޯ ސުވާލު ކުރެއްވެވި އެވެ. އެ މީހާ ތިމަން މި
ވަނީ އިންތިހާ ޔަށް ފެނަށް ބޭނުންވެފައޭ ބުންޏެވެ.
Labels:
nations
|
0
comments
Saturday, April 5, 2014
ސުނަނު
އައް ދާރިމީގައި އަބޫ ހުރައިރާގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ:
އަބޫ
ބަކުރުގެފާނާއި ޢަލީގެފާނުން އެއްފަހަރަކު ރަސޫލުﷲ ގެފާނުންގެ ގެކޮޅުގެ ދޮރުކޮޅާއި
ހަމަޔަށް ވަޑައިގަތެވެ. ދެން އަބޫބަކުރުގެފާނުން ޢަލީގެފާނުންނަށް ވިދާޅުވިއެވެ:
"އޭ
ޢަލީގެފާނެވެ! ކަލޭގެފާނުން ކުރިން ވަޑައިގަންނަވާށެވެ"
ޢަލީގެފާނު
ވިދާޅުވިއެވެ: "ނޫނެކެވެ! ކަލޭގެފާނުން ކުރިން ވަޑައިގަންނަވާށެވެ."
އަދި ވިދާޅުވިއެވެ: "ތިމަންކަލޭގެފާނުންނަށް އެބޭކަލަކާއިމެދު ﷲގެ ރަސޫލާ 'މީސްތަކުންކުރެ އެއަށްވުރެ ރަނގަޅު މީހެއްގެ މައްޗަށް އިރުއަރާ އޮއްސޭނެ ދެވަނަ އެހެންމީހަކު އަބޫބަކުރުގެފާނުން
ފިޔަވައި ނުވެއެވެ' މިހެން ޙަދީޘްކުރައްވާފައިވާ ބެއިކަލެއްގެ މައްޗަށް ތިމަންކަލޭގެފާނުންނަކަށް
އިސްނުވެވޭނެއެވެ.
އަބޫ
ބަކުރުގެފާނު ވިދާޅުވިއެވެ: "ތިމަންކަލޭގެފާނުން ނަކަށްވެސް
އެބެއިކަލަކާއިމެދު އިތުރު އެކަލޭގެފާނުން 'މީސްތަކުންކުރެ އެންމެ ރަގަޅު އަންހެނާ
(ފާޠިމަތުގެފާނުން) ދެއްވުނީ އެންމެ ރަގަޅު ފިރިހެނާއަށެވެ' މިހެން
ޙަދީޘްކުރައްވާފައިވާ ބެއިކަލެއްގެ އިސްނުވެވޭނެއެވެ."
Labels:
salaf
|
0
comments
Sunday, March 9, 2014
އެއްދުވަހަކު ވަރަށް ރަނގަޅު މީހަކާއި އޭނަގެ
ހަޔާތުގެ އެންމެ މުހިއްމު ދުވަހާއި ބެހޭގޮތުން ސުވާލު ވެވުނެވެ. އެއީ އެދުވަހުން
ފެށިގެން ދީނަށް އުޅެންފެށި ދުވަހާއި މެދުގައެވެ. އެމީހާގެ ޖަވާބުގައި
ކިޔައިދިނެވެ:
"ތިމަންނަޔަކީ ޒުވާން އިރުގައި އެއްވެސް
ކުށެއް ކޮށްލާކަށް ޖެހިލުމެއް ވާ މީހެއް ނޫނެވެ. މިހެން އުޅެނިކޮށް އެއްދުވަހަކު
ވަރަށް ވެސް ރީތި އަންހެނަކާއި ތިމަންނަޔާއި ދިމާވިއެވެ. އޭނަގެ ފަރާތަށް ތިމަންގެ
ހިތް ލެނބިގެން ދިޔަވަރުން އަހަރެންގެ ގާތަށް އައުމަށް އޭނަޔަށް ދައުވަތު ދިނީމެވެ.
ނަމަވެސް އޭނާ ބިރުގަނެފައި ދެކޮޅުހާދާތީވެ ފައިސާގެ ލާލަޗުގައި އެކަން ވޭތޯ
ބަލައިގެން އެކަން ވާގޮތް ވެއްޖެއެވެ. ނަމަވެސް އަހަރެން ގެ ކުރިމައްޗަށް
އާދެވުމުން އޭނާ ބިރުން ތެޅެންފެށިއެވެ.
ތިމަން އެކަމާއި އޭނަ ގާތުގައި "ބިރު
ނުގަންނާށޭ! އަހަރެން ކަލެޔަށް ގެއްލުމެއް ނުދޭނަމޭ" ބުނީމެވެ.
ނަމަވެސް އޭނަގެ އެ ބިރު ބޮޑުވަމުން ގޮސް ހައްތާ
ގޯސް ވާހާއި ވިއެވެ. ދެން އެހާ ބިރު ގަންނަން ވީ ސަބަބެއް ބުނެދޭށޭ ބުނުމުން
ކިޔަންފެށިއެވެ:
Labels:
others,
salaf
|
0
comments
އެއް އިރެއްގަ ރަށެއް ގައި ސަލާމް ޖަހާ މީހަކު އުޅުނެވެ. އެ މީހާ އަކީ
ޤަވާއިދުން ހުކުރު ދުވަހު މިސް ކިތް ކައިރީ ގައި ނަމާދަށް ފަހު އިންނަ މީހެކެވެ.
މިހެން އިންނަ އިރު މީހުން ދޭ އެއްޗަކުން އުޅެނީ އެވެ. އެއީ މީހާގެ ބަލި ޙާލަތު
ހުރިވަރުން ސަލާމް ޖެހުން ހުއްދަ ވާ ޙާލަތުގައި ވާ މީހެކެވެ. އެއީ ސަލާމް ޖަހާ
މީހަކަށް ވިޔަސް ޚުތުބާ އަށް ވަރަށް ސަމާލު ކަން ދެ އެވެ. އޭގެ ތެރެއިން
އެއްދުވަހަކު ޚުތުބާގައި ޙަލާލު ތަކެތި ކެއުމާއި މެދު ވާހަކަ ދެއްކި އެވެ. އެ
ދުވަހު އެ މީހާ އަށް ދަސްވީ ޙަރާމް އެއްޗެއް ކައިގެން ހުރެ ކުރާ ދުޢާ އިޖާބަ
ނުވާނެ ކަމެވެ. އެހެން ކަމުން އެޔަށް ފަހުން ދެން އޭނަ އެއްޗެއްގަ ހިފަނީ އެ
އެއްޗެއް ދޭ މީހަކީ ޙަލާލު މުދާ ހޯދާ މީހެއްކަން ޔަޤީން ވާ މީހެއްގެ އަތުން ދޭ
އެއްޗެކެވެ. އެކަން އެހާ އުނދަގޫ ކަމަކަށެއް އޭނާ އަކަށެށް ނުވެ އެވެ. ސަބަބަކީ
އެއީ އެތަނާއި އެ މީހާ ރައްޓެހި ކަމުން އެތާ އުޅޭ މީހުން ފެނިދެނިވެ ވާތީ އެވެ.
މިކަންތަކުން ވަރަށް ބޮޑަށް އެ މީހާ އަށް ލިބޭ އެތިކޮޅު ކުރިޔަށް ވުރެން ވެސް
މަދު ވެއްޖެ އެވެ. ނަމަވެސް ހަމަ އެގޮތުގައި ހިތްވަރު ކުރި އެވެ.
އެއަށް ފަހުން އެ މީހާ މަރުވި އެވެ. އެއީ ސަލާމް ޖަހާ މީހަކަށް ވިޔަސް އޭނަގެ
ޖަނާޒާ ހީވަނީ ރަސްކަލެއްގެ ޖަނާޒާ އެއް ހެނެވެ. އެހާ މީހުން އެއްވެ އޮތެވެ. އެ
ހިސާބުގައި އުޅޭ ވަރަށް ބޮޑެތި ބޭފުޅުން ވެސް އޭނަގެ ޖަނާޒާ އަށް ވަޑައިގަތެވެ.
ސަބަބަކީ އޭނާ ﷲ އަށްޓަކައި ހައި ހޫނު ކަމުގައި ވީ ޤުރުބާނީ އެމީހުން ދަންނާތީ
އެވެ.
Labels:
others
|
0
comments
Wednesday, February 26, 2014
އެއްދުވަސްވަރެއްގައި
ބުދަށް އަޅުކަންކުރާމީހަކު
އުޅުނެވެ. އެމީހާ ކޮންމެދުވަހަކު ބުދުގެ ގާތަށްގޮސް އެއެއްޗަށް އޭނާ ކިޔާނަމުން ގޮވައެވެ. “އޭ ސަނަމްއެވެ. އޭ
ސަނަމްއެވެ.”
މިމީހާއަށް
އެއްދުވަހަކު އޮޅިގެން “އޭ ސަނަމްއޭ!” ގެ ބަދަލުގައި “އޭ ޞަމަދު!” އޭކިޔައި ގޮވައިލެވުނެވެ. ހަމަ ގޮވައިލުމާއެކީ ޢަރުޝީގެ ވެރި ﷲ ޖަވާބުދެއްވިއެވެ. އަޅާއެވެ.
ތިމަންއިލާހު ވޮޑިގެންވަމެވެ.
އެހިނދު
ކުޑަތާ މަލާއިކަތުން ސުވާލު ދެންނެވިއެވެ. ޔާ ﷲއެވެ. އިބައިލާހު ޖަވާބު ދެއްވަނީތޯއެވެ؟ އެއީ ބުދަށް އަޅުކަންކުރުމުގައި
އުމުރުހޭދަކުރާ މީހެކެވެ. އަދި އޭނާ
އެހެން އެގޮވީ އޮޅިގެންނެވެ. އެހިނދު ﷲ ވަޙީކުރެއްވިއެވެ. ތިމަން ﷲ ގެ ޙަޟްރަތަށް އޭނާ ރުޖޫޢަވާނެކަމަށް 70 އަހަރުވަންދެން ތިމަން ﷲ
އިންތިޒާރުކުރެއްވުމުގައި ވޮޑިގެންވީމެވެ. (1)
އެހެން
ވާހަކައެކެވެ.
ސާލާމްލެއްވި
އިބްރާހީމް ޚަލީލް ގެއަރިހަށް މެހުމާނެއްގެ ގޮތުގައި އަލިފާނަށް އަޅުކަންކުރާމީހަކު އައެވެ.
އިބްރާހީމްގެފާނުންގެ ގެކޮޅުގައި އޭނާ
އެޢަމަލުކުރާތަން ފެނިވަޑައިގަތުމުން ރަސޫލުންގެ ތެރެއިން ރުޅިމަޑުކަމަށް މަޝްހޫރު އިބްރާހީމްގެފާނުން ކޯފާވެ
އެގޭގައި އެމުޑުދާރުކަންތައް
ނުކުރުމަށްބުނެ ގެއިންބޭރުކުރިއެވެ. އެއާއިއެކު ﷲ އިބްރާހީމްގެފާނުންނަށް ވަޙީކުރެއްވިއެވެ.
ކަލޭގެފާނުންނަށް ގަޑިއެއްގެ މިންވަރަށް
ކެތްކުރައްވަން އުނދަގޫވީތޯއެވެ؟ތިމަން ﷲ ގެއެއަޅާ އަލިފާނަށް އަޅުކަންކުރުމުގައި 60 އަހަރު ބޭކާރުކުރިއެވެ.
ނަމަވެސް ތިމަން އިލާހު ކެތްތެރިވެވޮޑިގަތީމެވެ.
ދެން ޚަލީލުﷲ އެކަމާއި ހިތާމަކުރައްވައި ދުވެވަޑައިގެން އައިސް އެމުސްކުޅި މީހާ އެކަލޭގެފާނުންގެ ކޮނޑުފުޅުގައި އަނބުރާ އެކަލޭގެފާނުންގެ ގެޔަށް ގެނައުމަށް
އެދުނެވެ. އެއީ ކީތްވެތޯ އެމީހާ އެހުމުން
އެކަލޭގެފާުނުން، އެއީ ތިމަން ކަންތައް ކުރި ގޮތާއިމެދު ﷲ ރުހިވޮޑިނުގެން ވާހަކަ ވިދާޅުވިއެވެ. ދެން އެކަމާއި
ހައިރާންވެ އެމީހާ ބުންޏެވެ.
ކަލޭގެ(ފާނުގެ) ވެރިއިލާހު އަހަރެންނާއިމެދު އެހެން ބަސްވަޙީކުރެއްވިނަމަ، ހަމަކަށަވަރުން އިލާހަކީ އެއީއެވެ.
ދެން އޭނާ އިސްލާމްވިއެވެ.
ކުދިންނޭވެއެވެ.
މިހުންނަނީ ﷲ ގެއަޅުތަކުންނާއިމެދު
އެކަލާންގެ
އޯގާވަންތަ ކަމެެވެ. ދަންނާށެވެ. އެއީ ﷲ އެވެ. ޢާލަމްތަކުގެ ވެރި ﷲ އެވެ. އެކަލާންގެ ކަންކަން ކުރައްވަނީ ސަބަބުތަކާއި
ލައިގެންނެވެ. ފަޤީރު މީހާ
މުއްސަނދި ކުރައްވަނީ ކުއްލިޔަކަށް ލާރިތަކެއް ނެތުމުގެތެރެއިން ދެއްވައިގެންނެއް ނޫނެވެ. ސަބަބު
މެދުވެރިކޮށެވެ. ސަބަބަކީ އެއީ
އިލާހެވެ. ސަބަބެއް މެދުވެރިކޮށްގެން މައްސަލައެއް ޙައްލުކުރަންވެސް ނޭންގިގެން މިއުޅެނީ އަހަރެމެންނަށެވެ.
(2) އެހެން ވާހަކައެކެވެ… …
.
Labels:
others
|
0
comments
Subscribe to:
Posts (Atom)



