Blog Archive
Showing posts with label abtreligion. Show all posts
Showing posts with label abtreligion. Show all posts
Monday, January 13, 2014
މިއީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް
ގިނަމީހުންނަށް އޮޅިފައިވާ ކަމެކެވެ. ﷲ އަށް ކިޔަމަންވާ އަޅަކު މުސީބާތެއްގައި
ޖެހި، ދެން އޭނާ ﷲ ގެ ހަޟްރަތަށް ކުއްތަންވެ އެކަމުން މިންޖުކުރައްވަތްތޯ އެދި
ދުޢާކުރެއެވެ. ނަމަވެސް ހުއްޓާނުލާ ކުރާ މިދުޢާއިން އެއްވެސް ފައިދާއެއްވާތީ
ނުފެނެއެވެ. އެންމެފަހުން އުއްމީދު ކޮޅުންލާދާ ހިސާބަށް އާދެވެއެވެ. އެއާއެކު
އޭނާގެ ހިތުގައިވާ އަސްލު އެތި ބޭރަށް ނިކުމެއެވެ. އެއީ ދެކޮޅުވެރިވެގަތުމެވެ.
ނަމަވެސް ﷲ އެމީހަކަށް އެ މިންވަރު ކުރެއްވި ގޮތާއިމެދު ފުރިހަމަޔަށް ރުހި
ޤަބޫލުވެ ހުންނަމީހާ ކޮންމެފަދަ ޙާލަތެއް އައިކަމުގައިވިޔަސް އެކަލާންގެއަށް
ދަންނަވައި ފުރިހަމަ އުއްމީދު ކުރެއެވެ. އެއާއެކު އޭނާގެ ދުޢާ އިޖާބަވާތަން
ފެނެއެވެ. އެހެނީ އޭނާގެ އެއިމްތިޙާނު ނިމުނީއެވެ. އަދި އެއާއެކު އޭނާގެ
އީމާންތެރިކަން އިތުރުވެ ޝައިޠާނާ ބަލިކަށިވެއެވެ. އެހެންކަމުން އުއްމީދުގެ
ހުޅުކޮޅު ނިވޭ ހިސާބަކީ ފުރިހަމަ މިނަކުން މީހާ މިންކުރެވޭ ވަގުތެވެ. ﷲ މިފަދައިން
ވަޙީ ކުރެއްވިއެވެ:
Labels:
abtreligion,
qna,
tarubiya
|
0
comments
Monday, December 9, 2013
ރަސޫލުންގެ ގޮތުގައި މާތް ﷲ އަންހެން
ބެއިކަނބަލުން ނުފޮނުއްވީ ކީތްވެ؟
ރަސޫލުން މާނަކުރެވެނީ ﷲ ގެ ހަޟްރަތުން
ރިސާލަތެއް އައިސް މީސްތަކުންނަށް ދީން އުނގަންނައިދީ މީސްތަކުންގެ ލީޑަރެއްގެ
ގޮތުގައި އުޅޭ ބައެއްގެ ގޮތުގައި މާނަކުރެވޭނަމަ، ﷲ ފޮނުއްވީ ހުސް ފިރިހެން
ރަސޫލުންކަމާއިމެދު ވަރަށް ޔަޤީނެވެ. އެހެންނޫނަސް އެއީ ޤަބޫލު ވެސް ކުރެވޭ
ކަމެކެވެ. އެއިގެ ބައެއް ސަބަބު ތަކަކީ:
·
ކީރިތި ޤުރުއާނުގައި އަންގަވާފައިވަނީ ޢާއިލާގެ ލީޑަރަކީ ފިރިހެންމީހާ
ކަމުގައެވެ. އަންހެނަކީ ޢާއިލާގެ ލީޑަރުކަމުގައި ނުވާއިރު އަދި ބޮޑު ޖަމާޢަތެއްގެ
ނުވަތަ ދައުލަތެއްގެ ލީޑަރަކަށް އަންހެނަކު ޤާބިލްވާނެތޯއެވެ؟
·
ރަސޫލަކު ނަމަ، ފަރުޟުވެގެންވާ ނަމާދުތައް އިމާމުގެ ގޮތުގައި
ކުރަންޖެހޭނެއެވެ. ރަސޫލަކީ އަންހެނަކު ކަމުގައި ވަނީނަމަ، ރުކޫޢު، ސުޖޫދު ފަދަ
ޙަރަކާތްތަކުން ފަހަރުގައި ޖަމާޢަތުގައި ތިބޭ މީސްތަކުންނަށް އުނދަގޫ ވެދާނެއެވެ.
އެހެނީ އެއީ އަންހެނެކެވެ. ފަހަތުގައި ވަނީ ފިރިހެނުންނެވެ.
Labels:
abtreligion,
qna
|
0
comments
Saturday, November 2, 2013
ރަގަޅު މީހުންނަށް ދެރަ ގޮތް މެދުވެރިވަނީ ކީއްވެހެއްޔެވެ؟
ޖަވާބު: އިމްތިޙާނަކީ
އެއީއެވެ. ރަގަޅަށް އުޅޭހާ މީހަކަށް ރަގަޅު ގޮތްވެފައި މުއްސަނދިމީހާއަށް އަބަދު
މުއްސަނދިކަން ލިބޭނަމަ، ދަރިންގެ ދަރިންނާ ޖެހެންދެން މަސައްކަތް ކުރުމެއް
ނެތެވެ. ﷲ އަޅަކު ދެކި ލޯބިވެވޮޑިގެންވަނީނަމަ، އެމީހަކު އިމްތިޙާން
ކުރައްވާނެއެވެ.
ކީރިތި ޤުރުއާނުގައި
ބަޔާންކުރައްވާފައި ވެއެވެ:
وَلَنَبْلُوَنَّكُمْ بِشَيْءٍ مِّنَ الْخَوفْ وَالْجُوعِ
وَنَقْصٍ مِّنَ الأَمَوَالِ وَالأنفُسِ وَالثَّمَرَاتِ وَبَشِّرِ الصَّابِرِينَ
"ހަމަކަށަވަރުން ތިމަން ރަސްކަލާންގެ ތިޔަބައިމީހުން
ބިރުވެރިކަމުންނާއި، ބަނޑުހައިހޫނުކަމުންނާއި، މުދާ ގެއްލިދިޔުމުންނާއި، މޭވާ
ނުލިބުމުން އިމްތިޙާން ކުރައްވާހުށީމެވެ. ކެތްތެރިވާ މީހުންނަށް އުފާވެރި ޚަބަރު
ދެއްވާށެވެ." (ބަޤަރާ: 155)
ދެރަ ގޮތެއް
މެދުވެރި ވެއްޖެނަމަ އަބަދުވެސް ބަލަންވީ ތިމާއަށްވުރެ މިހާރު ޙާލުގައިވާ މީހުންގެ
މައްޗަށް ތިމާއަށް ދެއްވާފައިވާ ނަޞީބުގެ މައްޗަށެވެ.
އެހެން ނޫނަސް
ބައެއްފަހަރު، ދެރަގޮތެކޭ ހީވާ ކޮންމެ ގޮތެއް ދެރަގޮތަކަށްވެސް ނުވެ
ހިނގައިދާނެއެވެ. ﷲ ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައި ވެއެވެ.
Labels:
abtreligion,
qna
|
0
comments
Subscribe to:
Posts (Atom)