Showing posts with label tarubiya. Show all posts
Showing posts with label tarubiya. Show all posts
Monday, January 13, 2014



މިއީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނަމީހުންނަށް އޮޅިފައިވާ ކަމެކެވެ. ﷲ އަށް ކިޔަމަންވާ އަޅަކު މުސީބާތެއްގައި ޖެހި، ދެން އޭނާ ﷲ ގެ ހަޟްރަތަށް ކުއްތަންވެ އެކަމުން މިންޖުކުރައްވަތްތޯ އެދި ދުޢާކުރެއެވެ. ނަމަވެސް ހުއްޓާނުލާ ކުރާ މިދުޢާއިން އެއްވެސް ފައިދާއެއްވާތީ ނުފެނެއެވެ. އެންމެފަހުން އުއްމީދު ކޮޅުންލާދާ ހިސާބަށް އާދެވެއެވެ. އެއާއެކު އޭނާގެ ހިތުގައިވާ އަސްލު އެތި ބޭރަށް ނިކުމެއެވެ. އެއީ ދެކޮޅުވެރިވެގަތުމެވެ. ނަމަވެސް ﷲ އެމީހަކަށް އެ މިންވަރު ކުރެއްވި ގޮތާއިމެދު ފުރިހަމަޔަށް ރުހި ޤަބޫލުވެ ހުންނަމީހާ ކޮންމެފަދަ ޙާލަތެއް އައިކަމުގައިވިޔަސް އެކަލާންގެއަށް ދަންނަވައި ފުރިހަމަ އުއްމީދު ކުރެއެވެ. އެއާއެކު އޭނާގެ ދުޢާ އިޖާބަވާތަން ފެނެއެވެ. އެހެނީ އޭނާގެ އެއިމްތިޙާނު ނިމުނީއެވެ. އަދި އެއާއެކު އޭނާގެ އީމާންތެރިކަން އިތުރުވެ ޝައިޠާނާ ބަލިކަށިވެއެވެ. އެހެންކަމުން އުއްމީދުގެ ހުޅުކޮޅު ނިވޭ ހިސާބަކީ ފުރިހަމަ މިނަކުން މީހާ މިންކުރެވޭ ވަގުތެވެ. ﷲ މިފަދައިން ވަޙީ ކުރެއްވިއެވެ:
     
Sunday, December 29, 2013



ކުށް ހީތައް:
"ތިމަންކަލޭގެފާނުންގެ އުއްމަތުގައި (ވާ ޢިލްމުވެރިންގެ ތެރޭގައި) ޚިޔާލު ތަފާތުވުމަކީ ރަޙުމަތެކެވެ." މިއީ ޞައްޙަ ޙަދީޘްއެއްނޫނެވެ. ސުބުކީ އިމާމް ވިދާޅުވިއެވެ: މިޙަދީޘްގެ ޞައްޙަ، ނުވަތަ ޟަޢިފް (ބަލިކަށި) ނުވަތަ މައުޟޫޢު (ހަދާފައިވާ) ސަނަދެއްހާއިވަރުވެސް ތިމަންކަލޭގެފާނާއި ހަމަޔަށް އައިސްފައެއް ނުވެއެވެ.

ޤިޔާމް:
ދަތުރެއްގައި ސުންނަތް ނަމާދެއް ކުރާނަމަ އެ (އެބަހީ ތިމާ އެސަވާރުވެގެންވާ ނުވަތަ އަރާހުރި) އެއްޗެއް ކުރިމަތިލައިގެންވާ ފަރާތަށް ކުރިމަތިލައިގެނ ތިބާއަށް ނަމާދު ކުރެވިދާނެއެވެ. = ބުޚާރީ އާއި މުސްލިމް =
ނަމަވެސް ފަރުޟު ނަމާދުތަކުގައި އެކަލޭގެފާނުން (ޞައްލައްﷲ ޢަލައިހި ވަސައްލަމަ) ޤިބްލައަށް ކުރިމަތި ލައްވައެވެ. = ބުޚާރީ އާއި އަޙްމަދު =

ކޮއްޅަށްހުރެ ނުވަތަ އިށީންދެއިނދެ ނަމާދުކުރުން:
ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ސުވަރުގެވަޑައިގަތުމުގެ އާލާސްކަންފުޅުގައި އިށީންދެ އިނދެވަޑައިގެން ނަމާދުކުރެއްވިއެވެ. = ތިރުމިޛީ އާއި އަޙުމަދު = ތިރުމިޛީ މިއީ ޞައްޙަ ޙަދީޘެއްކަމުގައި ވިދާޅުވިއެވެ. 

ސަވާރީ ނުވަތަ ބޯޓްމަތީ ނަމާދުކުރުން
ޣަރަޤު ވެދާނޭކަމުގެ ބިރެއް ނުވާނަމަ، އެއިގެ މަތީގައި ނަމާދުކުރާށެވެ. = ބައްޒާރު، ދާރަޤުތުނީ = އަލް ޙާކިމް މިއީ ބަޙީޙް ޙަދީޘްއެއްކަމުގައި ވިދާޅުވިއެވެ. އަދި އެކަމަށް ޛަހަބީ އެއްބަސްވެވަޑައިގަންނަވައެވެ. 

Friday, December 27, 2013


ޝައިޚް ޢަބްދުއްރަޙްމާން އައް ސާޢިދީ ވިދާޅުވިއެވެ. ރަސޫލުﷲ ގެފާނުން އަހުރެމެންނަށް ތުނބުޅި ދިގުކުރުމަށާއި މަތިމަސް ކުރުކުރުމަށް އަމުރުކުރެއްވިއެވެ. އަދި އެކަލޭގެފާނުން ވިދާޅުވިއެވެ. މޫނުމަތީގެ އިސްތަށީ (ތުނބުޅި) ބޭލުމަކީ މަޖޫސީންނާއި ކާފަރުންގެ ގޮތްތަކެވެ. އަދި އެކަލޭގެފާނުންގެ އުއްމަތުގެ މީސްތަކުންނަށް އެމީހުންގެ އުޅުމާއި ދުރުވުމަށް އިންޒާރުކުރެއްވިއެވެ. އެހެންކަމުން ﷲ އާއި އެކަލާންގެ ރަސޫލާ އަށް އީމާންވާ މީހަކު އެކަލޭގެފާނުންނާއި، އަޞްޙާބުބެއިކަލުންނާއި، ތާބިޢީންގެ ސުންނަތަށް ތަބާވުމުގައި ދަހިވެތިވުމީ އަޖާއިބު ކަމެކެވެ. ﷲ ތަޢާލާ ފިރިހެނުން ރިވެތިކުރެއްވީ ތުބުޅީގައެވެ. އަދި އެއިގައި އެމީހުންގެ އަޚްލާޤުގެ ރިވެތިކަން ލެއްވިއެވެ. ތުނބުޅި ބާލާ މީހާއަށް ހަލާކުހުއްޓެވެ. އެހެނީ އޭނާ ފާޅުގައި ކަލާންގެއާއި ދެކޮޅުވެރިވަނީއެވެ. 
Friday, December 20, 2013

އަންނަނިވި ވަޤުތުތަކަކީ ދުޢާ އިޖާބަ ކުރައްވާ ޚާއްޞަ ވަޤުތުތަކެވެ. މިނޫން ވަޤުތުތަކުގައި ކުރާ ދުޢާ ވެސް އިޖާބަކުރައްވާ ހުއްޓެވެ. ނަމަވެސް މީހަކު ވަރަށް ބޮޑަށް ތިމަންނާގެ ދުޢާ އެއް އިޖާބަވެ ނުވަތަ ފުރިހަމަވާން އެދޭ މީހާއަށްޓަކައި ދުޢާ އިޖާބަކުރައްވާ ޚާއްޞަ ވަޤުތުތައް ލިޔެލަމެވެ:

1.     ލައިލަތުލް ޤަދްރި ވިލޭރެއި: ޢާއިޝަތުގެފާނުން ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ގެފާނުންގެ އަރިހުން އެއްސެވިއެވެ: ތިމަންކަމަނާއަށް ލައިލަތުލް ޤަދްރި ވިލޭރެއަކީ ކޮބައިކަން އިނގިވަޑައިގެންފިނަމަ، އެރެއި ކުރައްވާނީ ކޮން ދުޢާއެއްތޯއެވެ؟" ރަސޫލުﷲ ގެފާނުން ޙަދީޘް ކުރެއްވިއެވެ: "ކިޔާށެވެ: ﷲހުމްމަ އިންނަކަ ޢަފުއްވުން ތުޙިއްބުލް ޢަފްވަ ފަޢުފު ޢަންނީ" (ޔާ ﷲ! ހަމަކަށަވަރުން އިބަރަސްކަލާންގެއީ ފާފަ ފުއްސަވާ އަދި ފާފަފުއްސަވަން ލޮބުވެތިވެ ވޮޑިގެންވާ އިލާހެވެ. ވީމާ މިއަޅާއަށް ފުއްސަވާންދޭވެއެވެ).
2.     ރޭގަނޑުގެ މެންދަމުގެ ހަމަހިމޭންކަމުގެތެރެ: ﷲ ތަޢާލާ ދުނިޔޭގެ އުޑަށް ތަޖައްލީވެ ވޮޑިގެން އައްސަވާނެތެވެ: "ތިމަން ރަސްކަލާންގެ އަށް ގޮވާލައްވަނީ ކާކުހެއްޔެވެ؟ އެމީހަކަށް އެއިރުން ތިމަން އިލާހު ޖަވާބުދެއްވާ ހުށީމެވެ. ތިމަން އިލާހުގެ ޙަޟްރަތުން އެދެނީ ކާކުހެއްޔެވެ؟ އެއީ އެމީހަކަށް ދެއްވާ ހުށީމެވެ. ތިމަން އިލާހުގެ ޙަޟްރަތުން ޢަފޫއަށް އެދެނީ ކާކުހެއްޔެވެ؟ އެމީހަކަށް ތިމަން ރަސްކަލާންގެ ފުއްސަވާ ހުށީމެވެ." = ބުޚާރީ : 1145 =

Monday, November 11, 2013



ކަށު ނަމާދު ރަސޫލޫﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރެއްވެވި ގޮތަށް

ކަށު ނަމާދު ކުރާނެ ގޮތްވަނީ ރަސޫލުﷲ ގެފާނާއި އެކަލޭގެފާނުންގެ ޞަޙާބީން ކިޔައިދެއްވާފައެވެ. އެއީ ނަމާދު ކުރާމީހާ "ﷲ އަކްބަރު" ކިޔައި ހަށަމް ބަންނާނީއެވެ. ދެން އަޢޫޛު ބިސްމި ކިޔައި ސޫރަތުލް ފާޠިޙާ (އަލްޙަމްދު ސޫރަތް) ކިޔައި ދެން ޤުރުއާނުން ކޮންމެވެސް ކުރު ސޫރަތެއް ކިޔާނީއެވެ. ނުވަތަ ފާތިޙާ ސޫރަތައްފަހު ޤުރުއާނުން ކޮންމެވެސް އާޔަތްތަކެއް ކިޔަވާނީއެވެ.

ދެން އަނެއްކާ "ﷲ އަކްބަރު" މި ތަކްބީރު ކިޔައި ރަސޫލާގެ މައްޗަށް ޞަލަވާތާއި ސަލާމް ކިޔާނީއެވެ. މިއީ ފަރުޟު ނަމާދު ތަކުގައި ފަހު އައްތަޙިއްޔާތުގައި ކިޔާ ޞަލަވާތެވެ. އެއީ:

"ﷲހުމްމަ ޞައްލި ޢަލާ މުޙައްމަދިން ވަޢަލާ އާލި މުޙައްމަދިން ކަމާ ޞައްލައިތަ ޢަލާ އިބްރާހީމަ ވައާލި އިބްރާހީމަ އިންނަކަ ޙަމީދުން މަޖީދު. ވަބާރިކް ޢަލާ މުޙައްމަދިން ވަޢަލާ އާލި މުޙައްމަދިން ކަމާ ބާރަކްތަ ޢަލާ އިބްރާހީމަ ވައާލި އިބްރާހީމަ އިންނަކަ ޙަމީދުން މަޖީދު"

ދެން "ﷲ އަކްބަރު" ތިންވަނަ ފަހަރަށް ކިޔައި މައްޔިތާގެ މައްޗަށް ހެޔޮ ދުޢާ ކުރާނީއެވެ. ނަމާދު ކުރާމީހާގެ މައްޗަށް އެދެވިގެން ވަނީ އަންނަނިވި ދުޢާ ކިޔުމަށެވެ. އެއީ:

Saturday, November 9, 2013



1.                    ނަމާދުކުރަން ނިޔަތްގަތް މީހާ ވުޟޫކުރުން
ރަސޫލުﷲ ގެފާނުން ޙަދީޘްކުރައްވާފައިވެއެވެ: "ޙާއްޞަ ސާފު ތާހިރުކަމަކާއިނުލައި އެއްވެސް ނަމާދެއް ސައްޙަނުވެއެވެ."
2.                    ޤިބުލައަށް، ކަޢުބާއަށް މުޅި ހަށިގަނޑު ކުރިމަތިލައިގެންހުރެ ފަރުޟު ނަމާދަކަށްވިޔަސް ނުވަތަ ސުންނަތް ނަމާދަކަށްވިޔަސް ނިޔަތްގަތުން. ނިޔަތްގަތުމުގައި ދުލުން ކިޔުމެއް ނެތެވެ. ނަމަވެސް ސުތުރާއެއް (މީހާ ނަމާދުކުރާ ތަނުގައި އޭނާ ސަޖިދަ ޖަހާހިސާބާއި ކުޑަތަންކޮޅެއް ދުރުގައި މުސައްލާ ވަކިކުރުމައްޓަކައި ކޮންމެވެސް ހުރަހެއް ބޭއްވުން)
3.                    ތަކުބީރުލް އިޙްރާމް، "ﷲ އަކްބަރ" ކިޔައި ސަޖިދަ ޖަހާދިމާއަށް ލޮލުގެ ފެނުން ހިފެހެއްޓުން
4.                    ތަކުބީރުލް އިޙްރާމް ކިޔާއިރު އޭނާގެ ދެއަތް ކަންފަތާއި ނުވަތަ ހަށިގަނޑާއި ފާޓުފުޅާވާ ގޮތަށް (ޕެރެލަލްވާ ގޮތަށް) އުފުލައިލުން
5.                    މޭގައި ހަށަމްބަތުން. ވާތުގެ ކުޑަހުޅުގައި ކަނާތް ބާއްވާފައި އޮތުން.
6.                    ނަމާދަށް ފެށުމުގެ ދުޢާކިޔުން އެދެވިގެންވެއެވެ. އެއީ:
Friday, November 8, 2013



1.     ރަސޫލާ މުޙައްމަދު (ސައްލަﷲ ޢަލައިހި ވަސައްލަމަ) ދުނިޔެއަށް ފޮނުއްވުން
2.     ރަސޫލާ މުޙައްމަދު (ސައްލަﷲ ޢަލައިހި ވަސައްލަމަ) ސުވަރުގެ ވަޑައިގަތުން
3.     ހަނދު ދެފަޅިކުރެއްވުން
4.     އަސްޙާބު ބެއިކަލުން ނެތިގެން ދިޔުން
5.     ބައިތުލް މަޤްދިސް ފަތަޙަކުރެވުން
6.     މަރު ގިނަވެގެން ގޮސް ކަންބަޅި އައިނެއް މަރާލެވިފައިވާގޮތަށް މަރުގިނަވުން
7.     ހުރިހާ ވައްތަރެއްގެ ފިތުނަތައް ފާޅުވުން
8.     ސެޓެލައިޓް ޗެނަލްސްތައް ފާޅުވުން
9.     ރަސޫލުﷲ ގެފާނުން ޙަދީޘްކުރެއްވި ސިއްފީނު ހަނގުރާމަ ހިނގުން
10. ޚަވާރިޖުން ފާޅުވުން
Monday, October 14, 2013


ރޯދަ ހިފުން މަނާ ދުވަސްވަރަކީ: ދެޢީދު ދެދުވަސް، އައްޔާމް އައް ތަޝްރީޤް (އަޟްޙާ ޢީދުދަވަހާއި ވިދިގެން އަންނަ ތިންދުވަސް) ޙައްޖުވެރިންކުރެ ހަދުޔު ކަތިލެވެން ނެތްމީހުންފިޔަވާ އެހެން މީހުންނަށް މިދުވަސްތަކުގައި ރޯދަހިފުން ހަރާމެވެ. 
 
"ނަމާދުގެ ތެރެއިން ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑު ނަމާދަކީ ދާއޫދުގެފާނުންގެ ނަމާދެވެ. ރޯދައިގެ ތެރެއިން ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑު ރޯދައަކީ ދާއޫދުގެފާނުންގެ ރޯދައެވެ. އެކަލޭގެފާނުން ރެއިގަޑުގެ ދެބައިކުޅަ އެއްބައިގައި ނިދިކުރައްވާ (ބާކީ ބައިން) ތިންބައިކުޅަ އެއްބައިގައި ނަމާދު ކުރައްވައި (ދެންއޮތްބައިނ) ހަބައިކުޅަ އެއްބައިގައި ނިދިކުރައްވައެވެ. އަދި އެކަލޭގެފާނުން ކޮންމެ ދެދުވަހުން އެއްދުވަހު ރޯދައަށް ހުންނަވައެވެ." (ބުޚާރީ: 1131، މުސްލިމް 1159)

Friday, October 11, 2013


އަލްއިމާމުއްޒުހުރީ (ރަޙިމަހުﷲ) ވިދާޅުވެފައިވެއެވެ. އިސްލާމް ދީނުގައި މީސްތަކުން 4 ބަޔަކަށް ޢިލްމީ ގޮތުން ބެހެވެއެވެ. އެއީ:

1.     ފުރަތަމައީ އުއްމަތުގެ އިމާމުވެރިންނެވެ. މިބެއިކަލުންނަށް ރައްބާނިއްޔަ ޢިލްމުވެރިންނޭވެސް ކިޔެއެވެ. މިއީ ދީނުގެ ވަރަށް މަދު މިންވަރެއްފިޔަވާ ދެން އޮތްބައި އެއްކޮށްހެން ދަސްވެފައިވާ ބެއިކަލުންނެވެ. މިއީ އުއްމަތުގެ މުޅި ތާރީޚްގައިވެސް ވަރަށް މަދު ބައެކެވެ. ބައެއް މިސާލު : އަލްއިމާމް އަޙްމަދު ބިން ހަންބަލް، އިމާމް ޝާފިޢީ، އިމާމް މާލިކް، އިމާމް އަބޫ ޙަނީފާ. އިމާމް ޢަބްދުﷲ ބިން މުބާރަކް، އަލްއިމާމް ސުފިޔާން އައް ޘައުރީ.

2.     ދެވަނައީ އުއްމަތުގެ ދަންނަބެއިކަލުންނެވެ. މިއީ ދީނުގެ ވަރަށް ބޮޑު ބައެއް ރަގަޅަށް ދެނެވަޑައިގަންނަވާ ބޮޑެތި ބޮޑެތި ޢިލްމުވެރިންނެވެ. މިއީ އިމާމުވެރި ބެއިކަލުންހާ ޢިލްމުވެރި ނޫނަސް އުއްމަތުގެ ބޮޑެތި ކަންކަމުގައި ބަސްކިޔަން، ދެން ތިއްބެވި ބެއިކަލުންނެވެ. މިއަދު ދުނިޔޭގައި ދިރިތިއްބެވި މިފަދަ ޢިލްމުވެރިންގެ ތެރެއިން ބައެއް ބެއިކަލުންނަކީ: ޢަބްދުލް ޢަޒީޒް އާލް ޝައިޚް، މުޙައްމަދު މުޚްތާރް އައް ޝިންޤީޠީ، މުޙައްމަދު ޞާލިޙް އަލް ފައުޒާން، ޢަބްދުލް ޢަޒީޒް އައް ތާރިފީ، އަލް އައްބާދު، ޝައިޚް މުޙައްމަދު އަލް ހައްސާން (މިސްރީއެއް)، ޒިންދާނީ (ޔަމަނީއެއް)، އަލް ހުވައިނީ (މިސްރީއެއް) އަދި ޝައިޚް މުސްޠަފާ އަލް އަދަވީ (މިސްރީއެއް)، ޝައިޚް މުޙައްމަދު އަލް ހަސަން އަލްދުދޫ (މޮރިޓޭނިޔާ). އަދި މުޙައްމަދު ސާލިޙް އަލް މުނައްޖިދެވެ. މިއީވެސް ޢަދަދުގެ ގޮތުން މިހާރު މިޒަމާނުގައި ވަރަށް މަދު ބައެކެވެ.

Thursday, October 10, 2013

 
سَجَدَ وَجْهِي لِلَّذِي خَلَقَهُ وَشَقَّ سَمْعَهُ وَبَصَرَهُ بِحَوْلِهِ وَقُوَّتِهِ
 
ސަޖަދަ ވަޖްހިޔަ ލިއްލަޒީ ޚަލަޤަހޫ ވަޝައްޤަ ސަމްޢަހޫ ވަބަޞަރަހޫ ބިޙައުލިހީ ވަޤުއްވަތި

ތިލާވަތުގެ ސަޖިދަ އަކީ ކީރިތި ޤުރުއާން ކިޔަވަމުން ދާއިރު ދިމާވާ ސަޖިދައިގައި ކުރަންޖެހޭ އެއްޗެކެވެ. އެ ސަޖިދަ އާޔަތް ތަކުގެ ޢަދަދަކީ 15 އެވެ. ޢަމްރު ބުނުލް ޢާޞް ރަޟިޔަﷲ ޢަންހް އަށް ކީރިތި ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމަ ކިޔައިދެއްވި ކަމުގައި އަބޫދާއޫދު، އިބްން މާޖާ، އަލް ޙާކިމް ގެ ޙަދީޘް ފޮތްތަކުގައި ވެއެވެ. އެ ފަނަރަ އާޔަތަކީ:



ވުޟޫ  ދުޢާ

أَشْهَدُ أَنْ لَا إِلَهَ إلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّداً عَبْدُهُ وَرَسُولُهُ اللَّهُمَّ اجْعَلْنِي مِنَ التَّوَّابِينَ وَاجْعَلْنِي مِنَ الْمُتَطَهِّرِينَ سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ، أَشْهَدُ أَنْ لَا إِلَهَ إِلَّا أَنْتَ، أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ

"Ash-hadu "an la "ilaha "illallahu wahdahu la sharika lahu wa "ash-hadu "anna
Muhammadan 'abduhu wa Rasuluhu. Allahummaj 'alni minat-tawwabina waj'alni minal-mutatahhirin. Subhanaka Allahumma wa bihamdika, "ash-hadu "an la "ilaha "illa "Anta, 'astaghfiruka wa 'atubu 'ilayk.

އަޝްހަދު  އައްލާއިލާހަ  އިއްލަﷲ   ވަޙުދަހޫ  ލާ  ޝަރީކަލަހޫ  ވަ  އަޝްހަދު  އައްނަ  މުޙައްމަދަން  ޢަބްދުހޫ  ވަރަސޫލަހް  ﷲ ހުމްމަޖްޢަލްނީ މިނައް  ތައްވާބީނަ  ވަޖްޢަލްނީ މިނަލް  މުތަޠައްހިރީން. ސުބުޙާނަކަ ﷲހުމްމަ ވަބިޙަމްދިކަ އަޝްހަދު އަންލާއިލާހަ އިއްލާ އަންތަ އަސްތަޢުފިރުކަ ވައަތޫބު އިލައިކަ