Blog Archive
- 2014 (39)
-
2013
(100)
- December(45)
-
November(21)
- ތައުބާވި މީހެއްގެ ވާހަކަ: 3
- ހިޒްޤީލް ޢަލައިހިއްސަލާމް:
- ޔޫޝަޢު ގެފާނުންގެ ވާހަކަ
- އަލިފާނަށް އެއްލައިލެވުން ޞަޙާބީ:
- 11 އަނބިންނާއި ކައިވެނި ކުރެއްވީ ކީތްވެތޯއެވެ؟
- މާލިކު ބުނު ދީނާރުގެ ހުވަފެން
- "ދުނިޔެއަކީ މުއުމިނުންގެ ހުރަގެޔެވެ"
- އޭނާއަށްޓަކައި ކަލޭގެފާފަވެސް ފުއްސެވީމެވެ
- ﷲގެ އަޅުތަކުންކުރެ ވަލީވެރިއެއް:
- މަދު ޢަމަލަކުން ލިބޭ ގިނަ ސަވާބު - 1
- ހަސަނުލް ބަސަރީގެ ކީރިތިކުރެއްވުން
- ޝިޢްޔާ ބިން އަމްސިޔާ
- ޢީސާގެފާނުން ފެންމަތީގައި ހިންގެވުން
- ޢުޒައިރުގެފާނުންގެ ވާހަކަ
- އިމާމުއް ސުއްނާގެ ދެބެއިކަލުނ
- ކަށު ނަމާދު (އިބްން ބާޒް)
- ކީރިތި ރަސޫލާ ނަމާދުކުރެއްވި ގޮތް (އިބްން ބާޒް)
- ޤިޔާމަތުގެ ޢަލާމަތްތައް: (ޢަރީފީ)
- އަބޫ މިހްޖަންގެ ވާހަކަ
- ބޮލުފުނާއަޅުވައިދިން މާތް އަންހެނާ
- ރަގަޅު މީހުންނަށް ދެރަ ގޮތް
- October(34)
- 2011 (6)
Saturday, November 9, 2013
1.
ނަމާދުކުރަން ނިޔަތްގަތް މީހާ ވުޟޫކުރުން
ރަސޫލުﷲ ގެފާނުން ޙަދީޘްކުރައްވާފައިވެއެވެ: "ޙާއްޞަ ސާފު
ތާހިރުކަމަކާއިނުލައި އެއްވެސް ނަމާދެއް ސައްޙަނުވެއެވެ."
2.
ޤިބުލައަށް، ކަޢުބާއަށް މުޅި ހަށިގަނޑު ކުރިމަތިލައިގެންހުރެ ފަރުޟު
ނަމާދަކަށްވިޔަސް ނުވަތަ ސުންނަތް ނަމާދަކަށްވިޔަސް ނިޔަތްގަތުން.
ނިޔަތްގަތުމުގައި ދުލުން ކިޔުމެއް ނެތެވެ. ނަމަވެސް ސުތުރާއެއް (މީހާ ނަމާދުކުރާ
ތަނުގައި އޭނާ ސަޖިދަ ޖަހާހިސާބާއި ކުޑަތަންކޮޅެއް ދުރުގައި މުސައްލާ
ވަކިކުރުމައްޓަކައި ކޮންމެވެސް ހުރަހެއް ބޭއްވުން)
3.
ތަކުބީރުލް އިޙްރާމް، "ﷲ އަކްބަރ" ކިޔައި ސަޖިދަ ޖަހާދިމާއަށް
ލޮލުގެ ފެނުން ހިފެހެއްޓުން
4.
ތަކުބީރުލް އިޙްރާމް ކިޔާއިރު އޭނާގެ ދެއަތް ކަންފަތާއި ނުވަތަ ހަށިގަނޑާއި
ފާޓުފުޅާވާ ގޮތަށް (ޕެރެލަލްވާ ގޮތަށް) އުފުލައިލުން
5.
މޭގައި ހަށަމްބަތުން. ވާތުގެ ކުޑަހުޅުގައި ކަނާތް ބާއްވާފައި އޮތުން.
6.
ނަމާދަށް ފެށުމުގެ ދުޢާކިޔުން އެދެވިގެންވެއެވެ. އެއީ:
"ﷲހުމްމަ
ބާޢިދް ބައިނީ ވަބައިނަ ޚަޠާޔާޔަ ކަމާ ބާޢަދްތ ބައިނަލް މަޝްރިޤި ވަލް މަޣްރިބި،
ﷲހުމްމަ ނައްޤިނީ މިން ޚަޠާޔާޔަ ކަމާ ޔުނައްޤައް ޘައުބު އަލް އަބްޔަދު މިނައް
ދަނަސް، ﷲހުމްމަ އަޣްސިލްނީ މިން ޚަޠާޔާޔަ ބިލްމާއި ވައްޘަލްޖި ވަލްބަރަދް"
ދެން އެއަށްފަހު އަޢޫޛު ބިސްމި ކިޔައި ސޫރަތުލް ފާތިޙާ (އަލް ޙަމްދު ސޫރަތް)
ކިޔަވާނީއެވެ. ރަސޫލުﷲ ގެފާނުން ޙަދީޘްކުރެއްވިއެވެ: "ސޫރަތުލް ފާޠިޙާ
ނުކިޔައިފިނަމަ، އެމީހެއްގެ ނަމާދު ބާޠިލްވީއެވެ."
ސޫރަތުލް ފާތިޙާއަށްފަހު ، މެންދުރު ނަމާދުގައާއި، ޢަސްރު ނަމާދުގައާއި، ޢިޝާ
ނަމާދުގައި މުފައްސަލް ސޫރަތްތަކުން ކިޔަވާށެވެ.
(މުފައްސަލް ސޫރަތްތައް ކަމަށް ބުރަވެވޭ ސޫރަތްތަކަކީ ސޫރަތުލް ޤާފް އިން ފެށިގެން
ޤުރުއާނުގެ ނިޔަލަށެވެ.
7.
ދެން އޭނާގެ ދެއަތް ކަންފަތާއި ނުވަތަ ހަށިގަނޑާއި ފާޓުފުޅާވާ ގޮތަށް
(ޕެރެލަލްވާ ގޮތަށް) އުފުލައި ﷲ އަކްބަރު ކިޔައި ރުކޫޢު ކުރާނީއެވެ. ރުކޫޢުގައި
އޮންނާނީ އޭނާގެ ބުރަކައްޓާއި، ބޮލާއި އެއް ލެވެލްއެއްގައި ރީތިކޮށް ހޮރިޒޮންޓަލް
ވާގޮތަށް ދެއަތުން ދެކަކުލމަތީ ބާއްވައިގެންނެވެ. މިގޮތުގައި އޮންނަންވާނީ
ހަމަޖެހިގެންނެވެ. ދެން ކިޔާނީ:
"ސުބުޙާނަ
ރައްބިޢަލް ޢަޛީމް" މިތަސްބީޙަ ތިންފަހަރު ނުވަތަ އެއަށްވުރެ ގިނަފަހަރު
ކިޔުމަކީ އެންމެ ރަގަޅު ގޮތެވެ.
މިއާއިއެކު އަންނަނިވި ދުޢާކިޔުންވެސް އެދެވިގެންވެއެވެ. "ސުބުޙާނަކަ
ﷲހުމްމަ ވަބިޙަމްދިކަ ﷲހުމްމަޣްފިރްލީ"
8.
ދެން ކޮޅަށް ތެދުވަމުން އޭނާގެ
ދެއަތް ކަންފަތާއި ނުވަތަ ހަށިގަނޑާއި ފާޓުފުޅާވާ ގޮތަށް (ޕެރެލަލްވާ ގޮތަށް)
އުފުލައި "ސަމިޢަﷲ ލިމަން ޙަމިދަ" މިހެން ކިޔާނީއެވެ. ދެން އެމީހަކީ
އެކަނިހުރެ ނަމާދު ކުރާމީހަކުކަމުގައި ވިޔަސް ނުވަތަ އިމާމާކަމުގައިވިޔަސް އޭނާ
ކިޔާނީ:
"
ރައްބަނާ ވަލަކަލް ޙަމްދު ޙަމްދަން ކަޘީރަން ޠައްޔިބަން މުބާރަކަން ފީހި މިލް
އައްސަމާވާތި، ވަމިލް އަލް އަރްޟި، ވަމިލް އަމާ ބައިނަހުމާ، ވަމިލް އަމާޝިޢްތަ
މިންޝައިއިން ބަޢްދު"
މިގޮތުގައި ކޮޅަށް ހުންނައިރު (ނުވަތަ އިޢުތިދާލަށް ހުންނައިރު) ކުރިން
ޤިޔާމުގައި ހުރިގޮތަށް ހަށަމް ބަނދެގެންހުރުން އެދެވިގެންވެއެވެ. އެހެނީ އެކަން
ޞައްޙަ ސަނަދުން ރަސޫލުﷲ ގެފާނުންގެ އަރިހުން ވާޢލް ބިން ޙުޖްރާއި ސަހުލު ބިން
ސަޢުދުގެ އަރިހުން ރިވާވެގެންވެއެވެ.
9.
ދެން ﷲ އަކްބަރު ކިޔާ ސަޖިދަކުރާނީއެވެ. ސަޖިދަ ކުރާއިރު އުނދަގޫ
ކަމެއްކަމުގައި ނުވާނަމަ ކަކޫ ދެއަތައްވުރެ ކުރިން ޖައްސާނީއެވެ.
(ނޯޓް:
މިއީ ބިންބާޒްގެ ނަމާދު ފޮތުގައި އޮތްގޮތެވެ. ނަމަވެސް އަލް އަލްބާނީގެ
"ސަލާތުއްނަބީ ސައްލަﷲ ޢަލައިހި ވަސައްލަމަ" މިފޮތުގައި އޮންނަނީ
ފުރަތަމަ ދެއަތް ޖެއްސުމެވެ. ދެން ދެކަކޫ ޖެއްސުމެވެ.
މިގޮތައް ސަޖިދައިގައި އޮންނައިރު އޮންނާނީ ދެއަތުގެ އިނގިލިތައް ޤިބްލައަށް
ކުރިމަތިކުރުވާ އިނގިލިތައް އެއް އިނގިލި އަނެއް އިނގިއްޔާއި ޖައްސައިގެން
ރަނގަޅަށް އަތްތިލަ ބިންމަތީ ޖައްސައި، ނޭފަތް (ކުރި) ބިމުގައި ޖައްސައި، ދެކަކޫ
ބިމުގައި ޖައްސައި، ދެފައިގެ އިނގިލިތައް އެތެރެއަށް ވާގޮތަށް ލަންބައި (އޭރަށް
އިނގިލިތައް ހުންނާނީ ބޮޑަށް ޤިބުލައަށް ކުރިމަތިވާ ގޮތަށެވެ.) ދެފައި
ބިންމަތީގައި ޖައްސާލައިގެންނެވެ.
މިހެންއޮވެ ކިޔާނީ: "ސުބުޙާނަ ރައްބިއަލް އަޢްލާ" މިހެންނެވެ. އަދި
މިއާއެކު އަންނަނިވި ދުޢާ ކިޔުން އެދެވިގެންވެއެވެ. "ސުބުޙާނަކަ ﷲހުމްމަ
ރައްބަނާ ވަބިޙަމްދިކަ.. ﷲހުމްމަޣްފިރްލީ"
ސަޖިދާގައި އޮންނަ މީހާ ގިނަގިނައިން ދުޢާކުރަންވާނެއެވެ. އެއީ އެމީހާއަށް
ދުނިޔޭގައްޔާއި އާޚިރަތުގައި ހެޔޮ އެދިގެން ކުރާ ދުޢާއެވެ.
ސަޖިދާގައި އޮންނަ މީހާގެ ދެއަތް އުނަގަނޑާއި ދިމާއިން ދެފަރާތަށް
އޮންނަންވާނީ ބޭރަށް ނިކުމެފައެވެ. އަދި އަތް ދަނޑި ބިމުގައި ޖައްސައިގެން
ނުވާނެއެވެ. އެހެނީ ރަސޫލުﷲ ގެފާނުން ޙަދީޡްކުރެއްވިއެވެ: "ސަޖިދަކުރާއިރު
ރަގަޅަށް ސަޖިދަކުރާށެވެ. އަދި އަތްދަނޑި ބިންމަތީ ޖައްސައި ކުއްތާ އޮންނަފަދައިން
ނޯންނާށެވެ."
10.
ދެން ސަޖިދައިން ތެދުވަމުން ﷲ އަކްބަރު، ކިޔައި ވާތްފަރާތު ފައިތިލަ ބިންމަތީ
ރީތިކޮށް ބާއްވައި އެފައިމަތީގައި އިށީންދެ ކަނާތުފައި ސަޖިދައިގައި އޮތްއިރު
ބޭއްވިގޮތަށް ކޮޅަށް ބަހައްޓައި ދެއަތް ކަކުލާއި ފަލަމަސްގަނޑުމަތީ ބާއްވައި
ކިޔާނީ:
"ރައްބިޣްފިރްލީ
ވަރްޙަމްނީ ވަހްދިނީ ވަރްޒުޤްނީ ވަޢާފިނީ ވަޖްބުރުނީ" މިފަދައިންނެވެ.
11.
ދެން ދެވަނަ ފަހަރަށް ސަޖިދަކުރަމުން ﷲއަކްބަރު ކިޔާނީއެވެ. ދެން ކުރިން
ސަޖިދައިގައި ޢަމަލު ކުރިގޮތަށް ކުރާނީއެވެ.
12.
ދެން އަނެއްކާވެސް ސަޖިދައިން ތެދުވެ ކުރިން އިށީނި ގޮތަށް ކުޑަކުޑަ
ހިނދުކޮޅަކު އިނދެލާފައި ދެވަނަ ރަކުޢަތަށް ތެދުވާނީއެވެ. މިހެން އިނުމަށް ރަސޫލުﷲ
ގެފާނުން "ހަމަޖެހިލުމުގެ އިށީނުން" މިހެން ޙަދީޘްކުރެއްވިއެވެ. މިހެން އިނދެނުލިޔަސް
ފާފައެއް ނެތެވެ. މިގޮތުގައި އިށީންނައިރު އެއްވެސް އެއްޗެއް ކިޔާކަށެއް
ނުޖެހޭނެއެވެ. ދެން ތެދުވާނީއެވެ. ދެވަނަ ރަކްޢަތުގައިވެސް ކުރީ ރަކްޢަތުގައި ޢަމަލު ކުރިގޮތަށް ކުރާނީއެވެ.
13.
ދެރަކްޢަތް ނަމާދުތަކުގައި، ފަތިސް ނަމާދު، ހުކުރު ނަމާދު، ޢީދު ނަމާދުގައި
ދެވަނަ ސަޖިދައަށްފަހު ތެދުވެ އިށީންނަންވާނެއެވެ. އެއީ ދެސަޖިދަ ދެމެދު އިށީން
ގޮތަށެވެ. އެކަމަކު ކަނާތުގެ އިނގިލިތައް ޝަހާދަތް އިނގިލި ފިޔަވައި
ލައްޕާލައިގެންނެވެ. ޝަހާދަތް އިނގިލި ތެދުކޮށް ދަމާލައިގެން ނުލައްޕައި
ބައިންދާނީއެވެ. ދެން ކިޔާނީ:
"އައްތަޙިއްޔާތު
ލިއްލާހި ވައްޞަލަވާތު ވައްޠައްޔިބާތު އައްސަލާމު ޢަލައިކަ އައްޔުހައްނަބިއްޔު
ވަރަޙްމަތުﷲ ވަބަރަކާތުހު އައްސަލާމް ޢަލައިނާ ވަޢަލާ ޢިބާދިﷲ ޞާލިޙީން އަޝްހަދު
އައްލާއިލާހަ އިއްލަﷲ ވައަޝްހަދު އަންނަ މުޙައްމަދަން ޢަބްދުހޫ ވަރަސޫލު"
ދެން އޭނާކިޔާނީ:
"ﷲހުމްމަ
ޞައްލި ޢަލާ މުޙައްމަދިން ވަޢަލާ އާލި މުޙައްމަދިން ކަމާ ޞައްލައިތަ ޢަލާ
އިބްރާހީމަ ވައާލި އިބްރާހީމަ އިންނަކަ ޙަމީދުން މަޖީދު. ވަބާރިކް ޢަލާ
މުޙައްމަދިން ވަޢަލާ އާލި މުޙައްމަދިން ކަމާ ބާރަކްތަ ޢަލާ އިބްރާހީމަ ވައާލި
އިބްރާހީމަ އިންނަކަ ޙަމީދުން މަޖީދު"
އަދި އޭނާ ﷲގެ
ހަޟްރަތުން ހަތަރުކަމަކުން ރައްކައުތެރިކަމަށް އެދި ދަންނަވަން ޖެހޭނެއެވެ. އެއީ
"ﷲހުމްމަ
އިންނީ އަޢޫޛުބިކަ މިން ޢަޛާބި ޖަހަންނަމަ ވަމިން ޢަޛާބިލް ޤަބްރި ވަމިން
ފިތްނަތިލް މަޙްޔާ ވަލް މަމާތި ވަމިން ފިތްނަތިލް މަސީޙައް ދައްޖާލް"
14.
ނަމާދަކީ ތިން ރަކްޢަތުގެ
ނަމާދެއްނަމަ ނުވަތަ ހަތަރު ރަކްޢަތުގެ ނަމާދެއް ނަމަ ދެވަނަ ރަކްޢަތުގައި
އައްތަޙިއްޔާތު ކިޔައި ރަސޫލާއަށް ޞަލަވާތްކިޔައި ދެން ތެދުވެ ތިންވަނަ ރަކްޢަތަށް
ތެދުވެ ދެއަތް ދެކޮނޑާއި ނުވަތަ ކަންފަތާއި ހަމަޔަށް އުފުލާލައި މޭމަތީ ހަށަމް
ބަންނާނީއެވެ. ތިންވަނަ ރަކްޢަތާއި ހަތަރުވަނަ ރަކްޢަތުގައި އަލްޙަމްދަށްފަހު
ސޫރަތެއް ބައެއް ފަހަރު ކިޔާލުމަކުން ގެއްލުމެއް ނެތެވެ. އެއީ އަބޫ ސާޢިދު ރަސޫލުﷲ
ގެފާނުންގެ އަރިހުން މިސުންނަތް އައިސްފައިވެއެވެ، އެކަމަކު އަސްލު ގޮތަކީ
ކިޔުމެއްނެތެވެ.
ދެން ހަތަރު
ރަކްޢަތް ނުވަތަ ތިންރަކުޢަތް ނަމާދުގައި ތިންވަނަ ރަކްޢަތަށްފަހު އައްތަޙިއްޔާތު
އެއްކޮށް ކިޔައި ސަލާމްދޭނީއެވެ. ސަލާމްދޭނީ: "އައްސަލާމް ޢަލައިކުމް
ވަރަޙްމަތުﷲ" މިހެން ފުރަތަމަ ފަހަރު ކަނާތް ފަރާތަށް ބަލައިލަމުން ދެން "އައްސަލާމް
ޢަލައިކުމް ވަރަޙްމަތުﷲ" ވާތްފަރާތަށް ބަލާލަމުން ކިޔާނީއެވެ.
ދެން "ﷲހުމްމަ
އަންތައް ސަލާމް ވަމިންކައް ސަލާމް ތަބާރަކްތަ ޔާޒަލްޖަލާލި ވަލްއިކްރާމް"
މިހެންކިޔާނީއެވެ. ދެން އިމާމާނަމަ، މައުމޫމުންނާއި ދިމާއަށް އެނބުރި
އިންނާނީއެވެ. ދެން އިމާމުކަމުގައި ވިޔަސް ނުވަތަ މައުމޫމުންކަމުގައި ވިޔަސް
ނުވަތަ އެކަނި ނަމާދުކުރާމީހާ ކަމުގައިވިޔަސް ކިޔާނީ:
"ލާއިލާހަ
އިއްލަﷲ ވަޙްދަހޫ ލާ ޝަރީކަލަހޫ ލަހުލްމުލްކު ވަލަހުލް ޙަމްދު ވަހުވަ ޢަލާ ކުއްލި
ޝައިއިން ޤަދީރު، ﷲހުމްމަ ލާ މާނިޢަލިމާ އަޢްޠައިތަ ވަލާ މުޢުޠިޔަ ލިމާ މަނަޢްތަ
ވަލާ ޔަންފަޢުއް ޒަލްޖައްދު މިންކައް ޖައްދު، ލާ ޙައުލަ ވަލާ ޤުއްވަތަ އިއްލާ
ބިއްލާހި، ލާއިލާހަ އިއްލަﷲ ވަލާ ނަޢުބުދު އިއްލާ އިއްޔާހު ލަހުއް ނިޢުމަތު
ވަލަހުލް ފަޟްލު ވަލަހުއްޘަނާއުލް ޙަސަނު، ލާއިލާހަ އިއްލަﷲ މުޚްލިޞީނަ ލަހުއްދީނަ،
ވަލައުކަރިހަލް ކާފިރޫން"
ދެން
"ސުބުޙާނަﷲ" ތިރީސް ތިންފަހަރު، "އަލްޙަމްދު ލިއްލާހި" ތިރީސް
ތިންފަހަރު، "ﷲ އަކްބަރު" ތިރީސްތިންފަހަރު ކިޔާނީއެވެ. އަދި ސަތޭކަ
ހަމަކުރުމުގެ ގޮތުން ކިޔާނީ:
" ލާއިލާހަ
އިއްލަﷲ ވަޙްދަހޫ ލާ ޝަރީކަލަހޫ ލަހުލްމުލްކު ވަލަހުލް ޙަމްދު ވަހުވަ ޢަލާ ކުއްލި
ޝައިއިން ޤަދީރު" މިހެންނެވެ.
ދެން އެއަށްފަހު
އާޔަތުލް ކުރުސި، އިޚްލާސް، ފަލަޤި، ނާސި ކޮންމެ ނަމާދެއްގެ ފަހުގައި ކިޔުން
އެދެވިގެންވެއެވެ. އަދި މިގޮތުގައި ތިންފަހަރު ރިޕީޓްކުރުން ފަތިސްނަމާދުގައާއި
މަޣްރިބު ނަމާދުގައި އެދެވިގެންވެއެވެ.
ރަސޫލުﷲ ގެފާނުން
ޙަދީޘް ކުރެއްވިއެވެ: "ފިރިހެނުންނަށް ފަރުޟު ނަމާދު ފިޔަވައި އެއްމެ ރަގަޅު
ނަމާދަކީ އެމީހުންގެ ގޭގައި ކުރާ ނަމާދެވެ." މިނަމާދުތަކަކީ ރަވާތިބު
ސުންނަތާއި ވިތްރިފަދަ ނަމާދެވެ.
ރަސޫލުﷲ ގެފާނުން
ޙަދީޘް ކުރެއްވިއެވެ: "މީހަކު ބާރަ ސުންނަތް ރަކްޢަތް ރެޔާއި ދުވާލުގައި
ކުރާމީހާއަށް ﷲ ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވައެވެ."
މީހަކު ޢަސްރު
ނަމާދުގެ އިހު ހަތަރު ރަކްޢަތާއި މަޣްރިބް ނަމާދުގެ އިހު ދެރަކްޢަތާއި
ޢިޝާނަމާދުގެ އިހު ދެރަކްޢަތާއި ލައިގެން ބާރަ ރަކްޢަތް ހަމަކުރިކަމުގައިވިޔަސް
މައްސަލައެއް ނެތްކަމުގައި ސަޙީޙް ޙަދީޘުން ސާބިތުވެއެވެ.
ބިންބާޒްގެ ނަމާދު
ފޮތް ތަރުޖަމާކުރުން މިހާހިސާބަށް ކުރުކޮށްލަމެވެ.
ރެފަރެންސް: ޢަބްދުލް ޢަޒީޒް ބިން ޢަބްދުﷲ ބިން ބާޒްގެ ފޮތުން
Labels:
tarubiya
Subscribe to:
Post Comments (Atom)
0 comments:
Post a Comment