Blog Archive
- 2014 (39)
-
2013
(100)
- December(45)
-
November(21)
- ތައުބާވި މީހެއްގެ ވާހަކަ: 3
- ހިޒްޤީލް ޢަލައިހިއްސަލާމް:
- ޔޫޝަޢު ގެފާނުންގެ ވާހަކަ
- އަލިފާނަށް އެއްލައިލެވުން ޞަޙާބީ:
- 11 އަނބިންނާއި ކައިވެނި ކުރެއްވީ ކީތްވެތޯއެވެ؟
- މާލިކު ބުނު ދީނާރުގެ ހުވަފެން
- "ދުނިޔެއަކީ މުއުމިނުންގެ ހުރަގެޔެވެ"
- އޭނާއަށްޓަކައި ކަލޭގެފާފަވެސް ފުއްސެވީމެވެ
- ﷲގެ އަޅުތަކުންކުރެ ވަލީވެރިއެއް:
- މަދު ޢަމަލަކުން ލިބޭ ގިނަ ސަވާބު - 1
- ހަސަނުލް ބަސަރީގެ ކީރިތިކުރެއްވުން
- ޝިޢްޔާ ބިން އަމްސިޔާ
- ޢީސާގެފާނުން ފެންމަތީގައި ހިންގެވުން
- ޢުޒައިރުގެފާނުންގެ ވާހަކަ
- އިމާމުއް ސުއްނާގެ ދެބެއިކަލުނ
- ކަށު ނަމާދު (އިބްން ބާޒް)
- ކީރިތި ރަސޫލާ ނަމާދުކުރެއްވި ގޮތް (އިބްން ބާޒް)
- ޤިޔާމަތުގެ ޢަލާމަތްތައް: (ޢަރީފީ)
- އަބޫ މިހްޖަންގެ ވާހަކަ
- ބޮލުފުނާއަޅުވައިދިން މާތް އަންހެނާ
- ރަގަޅު މީހުންނަށް ދެރަ ގޮތް
- October(34)
- 2011 (6)
Saturday, November 23, 2013
ޝައިޚް ސާލިޙުލް މަޣަމްސީ ވިދާޅުވިއެވެ:
ތިމަން 32 އަހަރުކުރިންފެށިގެން މިސްރުމީހަކު
ދަންނަމެވެ. އެދުވަހު (ފުރަތަމަ ފެނުނު ދުވަހު) އޭނާވީ ނުވަ މީހުންނާއިއެކު
އެއްގަމު އުޅަނދެއްގައެވެ. ކުރިމަތީގައިވާ ސީޓްތަކުގައި ވަނީ ދެމަފިރިއެކެވެ.
އެއިގެ ފަހަތުގައިވަނީ އުމުރުން ދުވަސްވީ މުސްކުޅި އަންހެނެކެވެ. އެމީހާ އިނީ
މީހުންގެ ގިނަކަމާއި ތާށިކަމާއި އަދި ބަލިޙާލު ހުރިގޮތުން ވަރަށް
އުނދަގޫލިބިފައެވެ. ދެން ތިމަން މިދަންނަ މީހާ އިނދެގެން ކުރީގައި އިން
ފިރިހެންމީހާއަށް ފަހަތައް އައިސް އެމުސްކުޅިމީހާ އޭނާގެ ގޮނޑިއަށް ބަދަލުކުރޭތޯ
ވަރަށް ވާހަކަދައްކައެވެ. ކުރީ ސީޓްގައި އިންމީހާ ދެކޮޅުހަދަމުންދެއެވެ.
އެކަމަކުވެސް ހުއްޓާނުލާ އެކަންކުރޭތޯއާއި މުސްކުޅިމީހާގެ ޙާލައް ވިސްނުމަށް އެދި
އެތައްގޮތަކުން ވާހަކަދައްކައިގެން އެންމެފަހުން އެމީހާ އެއްބަސްވެއްޖެއެވެ. ދެން
މިދެމަފިރިންކުރެ ފިރިހެންމީހާ އެންމެފަހުން ފަހަތައް އައިސް އެމުސްކުޅި މީހާއަށް
ކުރީ ސީޓްގައި ފަސޭހަކަމާއިއެކު އިނދެވޭނެގޮތްވެއްޖެއެވެ. ދެން އެމުސްކުޅި
އަންހެންމީހާ ކުރީ ސީޓްގައި އިށީންދެ އޭނާގެ ފައި ދަމާލައި ހަށިގަނޑަށް ލުއިކަން
ލިބުމުން އޭނާގެ ބަޚުރުވައިން ތިމަން ދަންނަ މީހާ (މުސްކުޅި މީހާ ކުރިއަށް
ގެންދިޔުމަށް ބާރުއެޅިމީހާ) އާއި ދިމާއަށް އޭނާގެ ބަހުރުވައިން އެއްޗެއް ބުންޏެވެ:
އެއިގެ މާނައަކީ: "ކޮންމެ އަހަރަކު ޙައްޖުވުމުން ﷲ ކަލޭ
ދުރުނުކުރައްވާށިއެވެ".
މިމީހާ މިއަދާއި ހަމަޔަށްވެސް ކޮންމެ އަހަރަކު
ޙައްޖުވެއެވެ. ތިމަން އޭނާ 32 އަހަރުވަންދެން ދަންނަމެވެ. 32 އަހަރުގެ ޙައްޖު
އެދުވަހު އެއަންހެންމީހާގެ ދުޢާއަށްފަހު ކުރިއެވެ. ބައެއްފަހަރު ޙައްޖުމަސް
އައިސް، އޭނާއަތުގައި ފައިސާނެތި ނުވަތަ ޙައްޖަށް ދިޔުމުގެ ވިސްނުންވެސް
ނެތިހުރެއެވެ. އެހެނަސް އެއަންހެންމީހާގެ ދުޢާގެ ބަރަކާތުން އެއަހަރުވެސް
ޙައްޖުވެއެވެ.
ޢަލީގެފާނުން (ރަޟިޔަﷲ ޢަންހު) ވިދާޅުވިއެވެ: "ﷲ ތަޢާލާ ދެއެއްޗެއްގެ ތެރޭގައި ދެއެއްޗެއް
ފޮރުއްވިއެވެ: އެކަލާންގެ ހެޔޮ ޢަމަލުތަކުގެ ތެރޭގައި އެކަލާންގެ ރުހިވޮޑިގަތުން
ފޮރުއްވިއެވެ. އެހެންކަމުން އަޅާއަށް އޭނާކުރާ ޢަމަލުތަކުގެ ތެރޭގައި ﷲ ރުއްސަވަނީ
ކޮން ޢަމަލެއްކަމެއް ނޭންގެއެވެ. އަދި އެކަލާންގެ ވަލިއްޔުން އަޅުތަކުންގެ
ތެރޭގައި ފޮރުއްވިއެވެ. އެހެންކަމުން އަޅުތަކުންނަށް އެކަލާންގެ ވަލީވެރިއަކީ
ތިމަންމެންގެ ތެރޭގައިވާ ކާކުކަމެއް ނޭންގެއެވެ."
Labels:
others
Subscribe to:
Post Comments (Atom)
0 comments:
Post a Comment