Blog Archive
- 2014 (39)
-
2013
(100)
- December(45)
-
November(21)
- ތައުބާވި މީހެއްގެ ވާހަކަ: 3
- ހިޒްޤީލް ޢަލައިހިއްސަލާމް:
- ޔޫޝަޢު ގެފާނުންގެ ވާހަކަ
- އަލިފާނަށް އެއްލައިލެވުން ޞަޙާބީ:
- 11 އަނބިންނާއި ކައިވެނި ކުރެއްވީ ކީތްވެތޯއެވެ؟
- މާލިކު ބުނު ދީނާރުގެ ހުވަފެން
- "ދުނިޔެއަކީ މުއުމިނުންގެ ހުރަގެޔެވެ"
- އޭނާއަށްޓަކައި ކަލޭގެފާފަވެސް ފުއްސެވީމެވެ
- ﷲގެ އަޅުތަކުންކުރެ ވަލީވެރިއެއް:
- މަދު ޢަމަލަކުން ލިބޭ ގިނަ ސަވާބު - 1
- ހަސަނުލް ބަސަރީގެ ކީރިތިކުރެއްވުން
- ޝިޢްޔާ ބިން އަމްސިޔާ
- ޢީސާގެފާނުން ފެންމަތީގައި ހިންގެވުން
- ޢުޒައިރުގެފާނުންގެ ވާހަކަ
- އިމާމުއް ސުއްނާގެ ދެބެއިކަލުނ
- ކަށު ނަމާދު (އިބްން ބާޒް)
- ކީރިތި ރަސޫލާ ނަމާދުކުރެއްވި ގޮތް (އިބްން ބާޒް)
- ޤިޔާމަތުގެ ޢަލާމަތްތައް: (ޢަރީފީ)
- އަބޫ މިހްޖަންގެ ވާހަކަ
- ބޮލުފުނާއަޅުވައިދިން މާތް އަންހެނާ
- ރަގަޅު މީހުންނަށް ދެރަ ގޮތް
- October(34)
- 2011 (6)
Tuesday, November 26, 2013
މާތް ﷲ ކީރިތި ޤުރުއާނުގައި
ވަޙީކުރައްވާފައިވެއެވެ:
أَلَمْ تَرَ إِلَى الَّذِينَ خَرَجُوا مِنْ دِيَارِهِمْ وَهُمْ
أُلُوفٌ حَذَرَ الْمَوْتِ فَقَالَ لَهُمُ اللَّهُ مُوتُوا ثُمَّ أَحْيَاهُمْ ۚ إِنَّ
اللَّهَ لَذُو فَضْلٍ عَلَى النَّاسِ وَلَٰكِنَّ أَكْثَرَ النَّاسِ لَا
يَشْكُرُونَ
"އެމިޙުންގެ ގެދޮރު (އާއި ވަޠަން)
ދޫކޮށްފައި، މަރުދެކެ ގަތް ބިރުގެ ސަބަބުން، އެތައް ހާހެއްގެ މައްޗަށް
އެކުލެވިގެންވީ (ބޮޑު) ބައިގަނޑެއްގެ ގޮތުގައި، ނުކުމެގެންދިޔަ މީސްތަކުންގެ
(ތާރީޚްގެ) މައްޗަށް އިބަ (އޭ މުޙައްމަދު!) ވިސްނައި، ފިކުރުކޮށް، ނުހަދަމުހެއްޔެވެ؟
ފަހެ ﷲ އެމީހުންނަށް އެންގެވިއެވެ: "މަރުވާ ހުށިކަމެވެ!" ދެން، އެމީހުން
(ގެފަހަށް އައި، އައު ޖީލުގެ މީސްތަކުން) ނަށް، އެކަލާންގެ އަނެއްކާ
ދިރުންދެއްވިއެވެ! ހަމަކަށަވަރުން ﷲ މީސްތަކުންގެ މައްޗަށް، ނުހަނު
ދީލަތިވަންތަވެ، ވޮޑިގަންނަވަތެވެ. ނަމަވެސް، މީސްތަކުންކުރެ، ގިނަމީހުންވަނީ،
ޝުކުރުކުޅައުމެއް ނެތްގޮތުގައެވެ" (1)
އިބްން އިސްޙާޤް ، ވަހްބު ބިން މުނައްބިހުގެ
އަރިހުން ރިވާކުރެއްވިއެވެ. ކާލިބް ބިން ޔުފްނާ، ޔޫޝަޢު ބިން ނޫން އަށްފަހު
އަވަހާރަވިއެވެ. އަދި އެއަށްފަހު ބަނީ އިސްރާއީލުންނަށް ރަސޫލުކަމައިގެން
ފޮނުއްވުނީ މި ހިޒްޤީލް ގެފާނެވެ.
އިބްން އިސްޙާޤް ވިދާޅުވިއެވެ. އިސްރާއިލުންގެ
މީސްތަކުން ވަބާއަކުން ސަލާމަތްވުމަށްޓަކައި އުސްބިމަކަށް ހިޖްރަކުރިއެވެ.
އެއަށްފަހު ﷲ ތަޢާލާ އެމީހުން މަރުވުމަށް އިރާދަކުރެއްވިއެވެ. ހަމަ އެއާއިއެކު
އެންމެން އެއްފަހަރާ މަރުވެގެން ތިރިވިއެވެ. ދެން އެއަށްފަހު އެމީހުންގެ
ވަށައިގެން ފުޅަތްޕެއް (fence) ފާޑު އެއްޗެއް ލެއްވިއެވެ. އެއީ މިނިކާ ޖަނަވާރުންގެ
ޝިކާރައަކަށް އެބައިމީހުން ވުމުން ރައްކައުތެރިކުރެއްވުމަށް ޓަކައެވެ.
ގަރުނުތަކެއް ފަހުން މި ހިޒްޤީލް ގެފާނުން
މިބައިމީހުންގެ ގާތުން ވަޑައިގަންނަވަމުން އެތަނަށް ވަރަށް ފުންކޮށް ވިސްނަވައި
ލެއްވިއެވެ. އެހިނދު އެކަލޭގެފާނުންނަށް ދެންނެވުނެވެ. "ކަލޭގެފާނުން
ބައްލަވަން ހުންނަވަނިކޮށް އެމީސްތަކުންގެ ފުރާނަތަކާއި ހަށިގަނޑާއި
ފުރިހަމަވެގެން ތެދުވާން ކަލޭގެފާނުން އެދިވަޑައިގަންނަވަމުތޯއެވެ؟"
އެކަލޭގެފާނުން ވިދާޅުވިއެވެ. "އާދޭހެވެ" ދެން އެކަލޭގެފާނުންނަށް އެކަށިތަކަށް
މަހާއި ކައްޓާއި އެކުވެ ފުރާނަ އެޅިގެން ތެދުވުމަށް ގޮވައިލެއްވުމަށް ޢަމުރު
ކުރެވުނެވެ. ދެން އެކަލޭގެފާނުން ﷲ ގެ އިސްމުފުޅުން ފައްޓަވައި ގޮވައިލެއްވިއެވެ.
އެހިނދު އެބައިމީހުން ތެދުވެ އެއްފަހަރާ އެކެއްގެ އަޑުން ގޮވާލާހެން
އެކަލާންގެއަށް ހަމްދާއި ޝުކުރުކުރިއެވެ.
ބައެއް އަސްޙާބުބެއިކަލުން ވިދާޅުވާ ގޮތުގައި
ދަވަރްދާ ކިޔުނު ރަށެއްވެއެވެ. އެރަށުގެ މީހުންނަށް ބޮޑު ވަބާއެއް ޖެހުނެވެ.
އެއިގެތެރެއިން ސަލާމަތުންތިބި ގިނަމީސްތަކުން ރަށުންބޭރުގައި ކޭމްޕްކުރިއެވެ.
އަނެއް މަދު ބަޔަކު ތިބީއެވެ. އެތިބި މީސްތަކުންގެ ގިނަ މީހުން އެވަބާގައި ޖެހި
މަރުވެދިޔައީއެވެ. ދެން ވަބާއިން ރަށް ސަލާމަތްވުމުން ރަށުންބޭރުވީ މީސްތަކުން
އަނބުރާ ރަށަށް އައެވެ. މަރުނުވެ ރަށުގައި ސަލާމަތުން ތިބި މީސްތަކުން ބުންޏެވެ.
"މިމީހުން އަހަރެމެންނަށްވުރެ މާއަޒުމް ވަރުގަދައެވެ. އެމީހުން ހެދިގޮތަށް
(ރަށުން ފިލައި ދިޔަނަމަ) އަހަރެމެންވެސް ހެދިނަމަ އަހަރެމެން އެންމެންހެން
ސަލާމަތްވާނެއެވެ. ދެން އެފަދަ ވަބާއެއް އައިސްފިނަމަ އެންމެން ފިލާނީއެވެ"
ދެން ޖެހިގެން އައިއަހަރުވެސް ހަމަ އެވަބާ
ޖެހުނެވެ. ދެން އެއެންމެހާ މީސްތަކުން ފިލައިގެން ދިޔައެވެ. އެމީހުންގެ އަދަދު
ތިރީސްހާސް ކަމުގައިވެއެވެ. ދެން އެމީހުން
ކުރީއަހަރުގައިވެސް ކޭމްޕް ޖެހިތަނުގައި މިފަހަރުވެސް ކޭމްޕް ޖެހިއެވެ. އެއީ
އުފައިހް ކިޔުނު ވާދީއެއްގައެވެ. ދެން މަލާއިކަތަކު އެވާދީގެ އަޑިން އަދި އަނެއް
މަލާއިކަތަކު އެވާދީގެ މަތިން އެމީހުންނަށް ގޮވައިލެއްވިއެވެ.
"ތިޔަބައިމީހުން އެންމެން އެކީ މަރުވާށެވެ". ދެން އެއެންމެން އެކީ
މަރުވެގެން ވެއްޓުނެވެ.
ދެން ކުރިންވެސް ދެންނެވުނުކަންތައް
މެދުވެރިވީއެވެ. ދެން އެކަލޭގެފާނުން ގޮވައިލެއްވުމުން އެކަލޭގެފާނުންގެ
ކުރިފުޅުމަތީގައި ކަށިތައް އެއެތި އޮތްތާކުން އައިސް އެކަތި އަނެކައްޗާއި ގުޅި
އެއަށް މަސްލެވި ހަންލެވި ފުރާނައާއެކު ތެދުވިއެވެ.
މުޖާހިދުގެ އަރިހުން ރިވާވެގެންވެއެވެ. އެމީހުން
އަލުން ހޭއެރުމުން ތެދުވެ އެއްފަހަރާ ގޮވާލިއެވެ: ސުބުޙާނަﷲ، ޔާ ﷲ! އަލް ޙަމްދު
ލިއްﷲ، ލާއިލާހަ އިއްލﷲ" ދެން އެމީހުން ކުރިންވެސް ދިރިއުޅުނު ރަށަށް،
އެރަށުގައި މީހުން މަރުވެފައިވާކަން އިނގޭޙާލު ގޮސް އެރަށުގައި ދިރިއުޅެ
ޤުދުރަތީމަރުން މަރުވެގެން ދިޔައެވެ.
އިބްން އިސްޙާޤް ވިދާޅުވިއެވެ. ޙިޒްޤީލްގެފާނުން
ދުނިޔޭގައި އުޅުއްވި މުއްދަތެއް ތިމަންބެއިކަލުނަނަކަށެއް ނޭންގެއެވެ. ނުވަތަ
އަވަހާރަވެވަޑައިގަތް އިރެއްވެސް އިނގިވަޑައެއް ނުގަންނަވަމެވެ.
އެހެނަސް އެމީހުން މި ޙިޒްޤީލް ގެފާނަށްފަހު ﷲ
އާއި އެބައިމީހުންނާއިމެދު ކުރެވުނު ޢަހުދު (އެކަލާންގެއަށް އަޅުކަންކުރުމަށް
ވީއިސްލާމްކަން) ދޫކޮށް ކާފިރުވެގަތެވެ. އެއާއިއެކު އެމީހުންނަށް ބޮޑެތި
އުނދަގުލާއި ބުރަތައް އުފުލަންޖެހުނެވެ. އެމީހުން ބާލްއޭ ކިޔުނު ބުދަކަށް
އަޅުކަންކުރަންވެސް ފެށިއެވެ. ދެން ﷲ އެބައިމީހުންގެ މައްޗަށް ރަޙުމްކުރައްވައި
އަނެއްކާވެސް ރަސޫލުބެއިކަލަކު ފޮނުއްވެވިއެވެ. އެއީ އިލްޔާސްބިން ޔާސީން ބިން
ފަންޙާޞް ބިން ޢާޒަރު ބިން ހާރޫން ބިން ޢިމްރާން ޢަލައިހިއްސަލާމްއެވެ.
(1) ދިވެހި ކުރީގެ ތަރުޖަމާ: ބަޤަރާ
ސޫރަތުގެ 243 ވަނައާޔަތް
ރެފަރެންސް: އަލް އިމާމް އިބްން
ކަޘީރުގެ ޤަޞަޞުލް އަންބިޔާ (އަސްލަކަށް ބަލައިގެން)
Labels:
Prophets
Subscribe to:
Post Comments (Atom)
0 comments:
Post a Comment