Sunday, November 24, 2013


އަބޫބަކުރު އައް-ސައިދަލާނީ ވިދާޅުވިއެވެ. ތިމަންކަލޭގެފާނުން ސާލިމް ބިން މަންސޫރު ބިން ޢައްމާރު ވިދާޅުވަނިކޮށް އަޑުއެއްސެވީމެވެ:

"ތިމަންކަލޭގެފާނުންނަށް ހުވަފެނުގައި ތިމަންކަލޭގެފާނުންގެ ބައްޕާ ފެނިވަޑައިގަތުމުން އެއްސެވީމެވެ. "ބައްޕާގެ ވެރިއިލާހު ބައްޕާ އާއިމެދު ކަންތައްކުރެއްވީ ކިހިނެތްތޯއެވެ؟"

ބައްޕާ ޖަވާބުދެއްވިއެވެ: ހަމަކަށަވަރުން އަހުރެންގެ ވެރި ރައްބު އަހުރެން ކުއްތަންކުރައްވައި އެއްސެވިއެވެ.

"އޭ ނުބައިކަންބޮޑު މިހިރަ މުސްކުޅިއާއެވެ. ކަލެޔަށް ތިމަން އިލާހު ޢަފޫދެއްވީ ކީތްވެކަން އިނގޭހެއްޔެވެ؟"
ބައްޕާ ބުންޏެވެ: އަހުރެންގެ ވެރި ރައްބެވެ. ނޫނެކެވެ!


އެކަލާންގެ އެންގެވިއެވެ: އެއްދުވަހެއްގައި ކަލޭ މީސްތަކުންގެ ތެރޭގައިވެ މީސްތަކުން ރޮއްވީމުއެވެ. އެބައިމީހުންގެ ތެރޭގައި މީހަކުވިއެވެ. އެމީހާއީ ތިމަން އިލާހަށް ބިރުން ރުއިމީހަކު އެއްނޫނެވެ. އެހެންވެ އޭނާއަށް ޢަފޫކުރެއްވީމެވެ. އަދި އޭނާއަށްޓަކައި އެތާންގައިވާ އެހެންމީހުންނަށްވެސް ޢަފޫކުރެއްވީމެވެ. އެގޮތުން ކަލޭތީ އޭނާއަށްޓަކައި ޢަފޫކުރެވުނު މީސްތަކުންކުރެ މީހެކެވެ."

ރެފަރެންސް: ސިފަތުއް ސަފްވާ: 204/2

0 comments: