Blog Archive
- 2014 (39)
-
2013
(100)
- December(45)
-
November(21)
- ތައުބާވި މީހެއްގެ ވާހަކަ: 3
- ހިޒްޤީލް ޢަލައިހިއްސަލާމް:
- ޔޫޝަޢު ގެފާނުންގެ ވާހަކަ
- އަލިފާނަށް އެއްލައިލެވުން ޞަޙާބީ:
- 11 އަނބިންނާއި ކައިވެނި ކުރެއްވީ ކީތްވެތޯއެވެ؟
- މާލިކު ބުނު ދީނާރުގެ ހުވަފެން
- "ދުނިޔެއަކީ މުއުމިނުންގެ ހުރަގެޔެވެ"
- އޭނާއަށްޓަކައި ކަލޭގެފާފަވެސް ފުއްސެވީމެވެ
- ﷲގެ އަޅުތަކުންކުރެ ވަލީވެރިއެއް:
- މަދު ޢަމަލަކުން ލިބޭ ގިނަ ސަވާބު - 1
- ހަސަނުލް ބަސަރީގެ ކީރިތިކުރެއްވުން
- ޝިޢްޔާ ބިން އަމްސިޔާ
- ޢީސާގެފާނުން ފެންމަތީގައި ހިންގެވުން
- ޢުޒައިރުގެފާނުންގެ ވާހަކަ
- އިމާމުއް ސުއްނާގެ ދެބެއިކަލުނ
- ކަށު ނަމާދު (އިބްން ބާޒް)
- ކީރިތި ރަސޫލާ ނަމާދުކުރެއްވި ގޮތް (އިބްން ބާޒް)
- ޤިޔާމަތުގެ ޢަލާމަތްތައް: (ޢަރީފީ)
- އަބޫ މިހްޖަންގެ ވާހަކަ
- ބޮލުފުނާއަޅުވައިދިން މާތް އަންހެނާ
- ރަގަޅު މީހުންނަށް ދެރަ ގޮތް
- October(34)
- 2011 (6)
Tuesday, November 12, 2013
އަލް އިމާމް އަޙްމަދު ބިން ހަންބަލް އަކީ ކޮން
ބެއިކަލެއްކަން އޮޅިފައެއް ނޯންނާނެއެވެ. އެކަލޭގެފާނުންނީ އިމާމުއް ސުންނާއެވެ.
އެކަލޭގެފާނުންނީ އެންމެ ހިތްވަރުގަދަ އެއްއިމާމެވެ. އެކަލޭގެފާނުންނާއި މެދު
އެކަލޭގެފާނުންގެ ދަރި އިމާމް ޢަބްދުﷲ ވިދާޅުވިއެވެ: ތިމަންކަލޭގެފާނުންގާތުގައި އަލް
އިމާމް އަބޫ ޛަރްޢާ އައްރާޒީ ވިދާޅުވިއެވެ: ކަލޭގެފާނުންގެ ބައްޕާ، ތިމަން
ކަލޭގެފާނުންގެ އަރިހުގައި ސަނަދާއި މަތުނާއެކު އެއްމިލިޔަން ޙަދީޘް ކިޔައދެއްވިއެވެ.
ޒަހަބީ އިމާމް ވިދާޅުވިއެވެ: މީހަކު ބުންޏެވެ: ޚުރާސާނު މީހުން އިމާމް އަޙްމަދަކީ
އިންސާނުން ވައްތަރު ޖަހާ ބެއިކަލެއްކަމުގައި ނުބަލައެވެ. އެމީހުން ބަލަނީ އެއީ
މަލާއިކަތުންނާއި ވައްތަރު ބެއިކަލެއްގެ ގޮތުގައެވެ.(1)
މިއަޙްމަދުގެފާނުން ޔަޙްޔާބިން މަޢީންއާއިމެދު
ވިދާޅުވިއެވެ: މީހަކު ޔަޙްޔާ ބިން މަޢީން އަށް ނޭންގޭ ޙަދީޘެއް ކިޔައިފިނަމަ އެއީ ޙަދީޘެއްނޫނެވެ.(2)
އެކަލޭގެފާނުން އެހާ ޢިލްމުވެރިއެވެ. މި ޔަޙްޔާ ބިން މަޢީންއަކީ އިމާމް އަޙްމަދުގެ
ކުރީގައި އިމާމުއް ސުންނާގެ ލަޤަބު ލިބިވަޑައިގެން ހުންނެވި ބެއިކަލެވެ.
ކީރިތި ޤުރުއާނަކީ ޚަލްޤު ކުރެވިގެންވާ
މަޚްލޫޤެއް ކަމާއިމެދު ޢައްބާސީ ޚިލާފަތުގައި ވަރަށްބޮޑު ފިތުނަގަނޑެއް
އުފެދުނެވެ. މިފިތުނައިގައި އެއިރު މުޅި އިސްލާމީ އުއްމަތް އެކީ ވަނީ
ޣަރަޤުވެފައެވެ. އެދުވަސްވަރު ޚަލީފާއިން ބޮޑެތި ޢިލްމުވެރިން ގެންގޮސް
ބިރުދައްކައި ގަދަކަމުން ޤުރުއާނަކީ މަރުވާނެއެއްޗެއްކަމުގައި، އެއީ
މަޚްލޫޤެއްކަމުގައި އެއްބަސްކުރުވައެވެ. އަދި އެއްބަސް ނުވާ މީހުންގެ ގައިގައި
ތަޅާ އަނިޔާކުރެއެވެ. އަދި ބައެއްފަހަރު މަރާވެސް ހެދިއެވެ.
މިބުނި ބިރުވެރި ދުވަސްވަރުގައި އިމާމް
އަޙްމަދުވީ އަސްލު ބަޔާންކޮށްދީ ޙައްޤުގައި ތެދުވި ހިތްވަރުގަދަ ފަހުލަވާނަކަށެވެ.
އެކަލޭގެފާނުންނަށް ނުރައްކާތެރިކަން ދިމާކޮށްފައި ހުރިވަރަކީ އެއްވެސް މީހަކު
އިމާމް އަޙްމަދާއި އެއްބައިވެއްޖެ ނަމަ، އެމީހަކަށްވެސް އެއަނިޔާ ލިބުމެވެ.
އެއްވެސް މީހަކު އަޙްމަދުގެފާނުންނާއި އެއްބަސް ވިޔަސް ނުވަތަ ތަޢުރީފު ކުރިޔަސް
ހަމަ މިފަދައެވެ. އެހެންކަމުން ޢިލްމުވެރިންގެ ތެރެއިން ވަރަށް ގިނަ ބަޔަކު
އެކަމާހުރެ، ކަނޑިއަށް ބިރުން، ޗާބޫކަށް ބިރުން، މަރުން ސަލާމަތް ވުމަށްޓަކައި
ޚަލީފާއިންނާއި އެއްބައިވިއެވެ.
މިގޮތުގެ މަތީން ޔަޙްޔާ ބިން މަޢީން ރަޙިމަހުﷲ
ވެސް ޚަލީފާގެ ކުރިމައްޗަށް ގެނެވި ބިރު ދެއްކުނެވެ. އެކަލޭގެފާނުން ކަނޑިއަށް
ބިރުވެސް ގަތެވެ. އެހެންކަމުން އެކަލޭގެފާނުން ޤުރުއާނަކީ މަޚްލޫޤެއްކަމުގައި
ވިދާޅުވިއެވެ. ނަމަވެސް ހިތުގައި ބިންވަޅު ނެގިގެންވަނީ ޙައްޤެވެ. އެއީ ޤުރުއާނަކީ
ﷲގެ ކަލާމްފުޅުކަމުގައެވެ.
މިމައްސަލައިގެ ކުރިން އިމާމް އަޙްމަދުގެފާނުން
ވަނީ ވިދާޅުވެފައެވެ: އެއްވެސް މީހަކު ޤުރުއާނަކީ މަޚްލޫޤެކޭ ބުނެފިނަމަ
ތިމަންކަލޭގެފާނުން (އަޙްމަދުގެފާނުން) އެމީހަކަށް ސަލާމް ނުދަންނަވާނަމެވެ.
މާނައީ ވާހަކަ ނުދައްކަވާނަމެވެ.
ދެން ޚަލީފާއިންގެ ތެރެއިން ހަތަރު މީހަކު
ވެރިކަން ކުރިއެވެ. ފަހަރަކު މީހަކު މަރުވަމުން ވެރިކަން ބަދަލުވަމުން އައިސް އަލް
އަމީރު މުތަވައްކަލް އަށް ވެރިކަން ބަދަލުވިއެވެ. މި މުތަވައްކަލް ފަހުން
ތައުބާވިއެވެ. އަދި ޖަލުގައި އަނިޔާ ލިބެމުންދިޔަ އިމާމުންތައް ދޫކޮށްލެއްވިއެވެ.
ދެން އަޙްމަދުގެފާނުން ގެކޮޅުގައި (އެކަލޭގެފާނުންގެ ނިކަމެތި ދެރަ ގެކޮޅުގައި)
އާލާސްކަންފުޅެއްގައި ވަޑައިގެން އޮންނެވިއެވެ. އެހިނދު އަޙްމަދުގެފާނުންގެ މިތުރާ
އިމާމް ޔަޙްޔާ ބިން މަޢީން އެގެއަށް ވަޑައިގެންނެވިއެވެ. އަދި އިމާމް އަޙްމަދުގެ
ގާތަށް ވަޑައިގެން ސަލާމް ދެންނެވިއެވެ. އެކަމާއި އިމާމް އަޙްމަދުގެފާނުން
އެއްވެސް އެއްޗެއް ވިދާޅެއް ނުވިއެވެ. އަނެއްކާވެސް ސަލާމް ދެންނެވިއެވެ.
އެކަމާއިވެސް އިމާމް އެއްޗެއް ވިދާޅެއްނުވިއެވެ. ދެން އެކަމާއި ހިތާމަ ކުރައްވައި
އަޙްމަދުގެފާނުންނަށް ހަނދާންކޮށްދެއްވަމުން އިމާމް ޔަޙްޔާ ބިން މަޢީން
ވިދާޅުވިއެވެ. އޭ އަޙްމަދުގެފާނެވެ: އައްމާރުގެ ޙަދީޘްއެވެ. ޢައްމާރުގެ
ޙަދީޘްއެވެ. މާނައީ ޢައްމާރު ބިން ޔާސިރުގެ ޙަދީޘެވެ. ދެން އެކަލޭގެފާނުން އެހެން
ވިދާޅުވެ އަޙްމަދުގެފާނުންގެ ގެކޮޅުން ނިކުމެވަޑައިގެން ގޭދޮށުގައި ބިންމަތީ
އިށީންދެވަޑައިގެން އިންނެވިއެވެ. އެއީ އަޙްމަދުގެފާނުން އެއްޗެއް ވިދާޅުވޭތޯއެވެ.
އެކަލޭގެފާނުން އެވިދާޅުވި ޢައްމާރު ބިން ޔާސިރުއަކީ
މައްކާގެ މުޝްރިކުން އެކަލޭގެފާނުން ގެންގޮސްގެން އަނިޔާކޮށް މުޙައްމަދުގެފާނުން
(ޞައްލަﷲ ޢަލަިހި ވަސައްލަމަ) އަށް ހުތުރުބަސްބުނުވި ރަސޫލާގެ ސަޙާބީއެކެވެ.
އެކަލޭގެފާނުން ރޮމުން ހޭރެމުން ދުނިޔޭގަ މީހަކަށް ދިމާވާނެ އެންމެ ބޮޑު ބަލާ
މުސީބާތާ ދިމާވެގެން މީހަކު އަންނަ ފަދައިން ރަސޫލުﷲ ގެފާނުންގެ އަރިއަހަށް
ވަޑައިގެން ހިނގާދިޔަ ކަންތަކުގެ ވާހަކަ ދެންނެވިއެވެ. އެހިނދު އެކަލޭގެފާނުން
ހަދީޘްކުރެއްވިއެވެ: އޭ ޢައްމާރެވެ. ކަލޭގެފާނުންގެ ހިތް ވަނީ އެވަގުތުގައި
ކިހިނަކުންތޯއެވެ؟ ޢައްމާރު ދެންނެވިއެވެ: އެވަގުތު ތިމަންކަލޭގެފާނުންގެ ހިތް
ވަނީ ކަލޭގެފާނުންގެ މައްޗަށް މަޑުމޮޅިވެ ސަލާމަތްތެރިކަމާއެކުއެވެ. (މާނައީ
ތިމަން ކަލޭގެފާނުން ދެންނެވި އެއްޗެއް ދެންނެވީ ހަމައެކަނި ދުލުންނެވެ. އެއިގެ
އެތެރެއަށް ކުޑަ ތަންކޮޅެއްވެސް ނުދެއެވެ.)
މިގޮތުގައި ޔަޙްޔާ ބިން މަޢީން އިށީންދެ ވަޑައިގެން
އިންނެވިތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އިމާމް އަޙްމަދުގެ ދަރިކަލުން ޢަބްދުﷲ
ގެފާނުން ނިކުމެވަޑައިގެންނެވިއެވެ. ޔަޙްޔާ ބިން މަޢީން ވިދާޅުވިއެވެ.
ކަލޭގެފާނުންގެ ބައްޕާ ވިދާޅުވީ ކީކޭތޯއެވެ؟ (މާނައީ އަޙްމަދުގެފާނުން އެއްޗެއް
ވިދާޅުވިތޯއެވެ؟)
ޢަބްދުﷲ ގެފާނުން ދެންނެވިއެވެ. އާދޭހެވެ! ބައްޕާ
ދެންނެވިއެވެ. ޢައްމާރުގެ ޙަދީޘް ކަލޭގެފާނުންނަކަށް ނުވެއެވެ. އެހެނީ ޢައްމާރު
ގެފާނުން މުޝްރިކުން ބުނި އެއްޗަކަށް އެއްބަސްވީ އަނިޔާ ކުރުމުންނެވެ. އެކަމަކު
(ކަލޭގެފާނުން) އެއްބަސްވީ ހަމަ އެކަނި ބިރުދެއްކުމުންނެވެ.
މިހެން ވިދާޅުވުމުން ކަރުނަ އަޅުއްވައި ޔަޙްޔާ
ބިން މަޢީން ވިދާޅުވިއެވެ: ހަމަ ޔަޤީނުންވެސް އަޙްމަދު ގެފާނުން އަހުރެން
ހަލާކުކޮށްފިއެވެ. (މާނައީ އަހްމަދުގެފާނުން އަހުރެންގެ މައްޗަށް ކުރި ހޯއްދަވައި
އަހުރެން ރީތި ބައްޔަކުން ބަލި ކުރައްވައިފިއެވެ.)
ރެފަރެންސް:
(1) ސިޔަރ އަޢްލާމް އައްނުބަލާ
(2) ޤިޔާމާ އައް ޒަމާން
މިވާހަކައިން ލިބޭ ފިލާވަޅުތަކަކީ:
·
ކަންކަމުގައި ސާބިތުވުމުގެ ފައިދާ: އެދުވަހު އިމާމް އަޙްމަދު ސާބިތު ނުވިނަމަ
މިޔަދުގެ ޙާލަކީ ކޮބައިބާއެވެ؟
·
ޙައްޤު ބަސްބުނުން، އެއީ ހަރުކަށި ވެރިއެއްގެ ކުރިމަތީގައިވިޔަސްވެއެވެ. އެއީ
އެންމެ ވަރުގަދަ ޖިހާދުކަމުގައި ވެސް ވެއެވެ.
·
ޢިލްމުވެރިންގެ މާތްކަން: ކަނޑިއަށް ބިރުން، ފުރާނަ ސަލާމަތްކުރުމަށްޓަކައި
އެވިދާޅުވި އެއްޗަކީ ފާފަވެރިވާނެއެއްޗެއްނޫނެވެ. އެހެންނަމަވެސް، ޔަޙްޔާ ބިން
މަޢީން އިމާމް އަޙްމަދުގެފާނުންގެ ގެކޮޅު ދޮރުމަތީ އިންނެވީ އެއީ
އެކަލޭގެފާނުންނަށް ތަބާވާނޭ މީހުން ނުވާތީއެއްނޫނެވެ. ޔަޙްޔާ ބިން މަޢީންގެ
ޚަލަޤާތަކަކީ ހާހުން ދަރިވަރުން އައިސްވާ ޚަލަޤާތަކެވެ. އެކަމަކު އެހެންނެއް
ނޫނެވެ. އެކަލޭގެފާނުން ދެއްކެވީ ރިވެތި ގޮތެވެ. މަޑުމޮޅިކަމެވެ.
ބޮޑައިކަމެއްނޫނެވެ.
Labels:
scholars
Subscribe to:
Post Comments (Atom)
0 comments:
Post a Comment