Blog Archive
- 2014 (39)
-
2013
(100)
- December(45)
-
November(21)
- ތައުބާވި މީހެއްގެ ވާހަކަ: 3
- ހިޒްޤީލް ޢަލައިހިއްސަލާމް:
- ޔޫޝަޢު ގެފާނުންގެ ވާހަކަ
- އަލިފާނަށް އެއްލައިލެވުން ޞަޙާބީ:
- 11 އަނބިންނާއި ކައިވެނި ކުރެއްވީ ކީތްވެތޯއެވެ؟
- މާލިކު ބުނު ދީނާރުގެ ހުވަފެން
- "ދުނިޔެއަކީ މުއުމިނުންގެ ހުރަގެޔެވެ"
- އޭނާއަށްޓަކައި ކަލޭގެފާފަވެސް ފުއްސެވީމެވެ
- ﷲގެ އަޅުތަކުންކުރެ ވަލީވެރިއެއް:
- މަދު ޢަމަލަކުން ލިބޭ ގިނަ ސަވާބު - 1
- ހަސަނުލް ބަސަރީގެ ކީރިތިކުރެއްވުން
- ޝިޢްޔާ ބިން އަމްސިޔާ
- ޢީސާގެފާނުން ފެންމަތީގައި ހިންގެވުން
- ޢުޒައިރުގެފާނުންގެ ވާހަކަ
- އިމާމުއް ސުއްނާގެ ދެބެއިކަލުނ
- ކަށު ނަމާދު (އިބްން ބާޒް)
- ކީރިތި ރަސޫލާ ނަމާދުކުރެއްވި ގޮތް (އިބްން ބާޒް)
- ޤިޔާމަތުގެ ޢަލާމަތްތައް: (ޢަރީފީ)
- އަބޫ މިހްޖަންގެ ވާހަކަ
- ބޮލުފުނާއަޅުވައިދިން މާތް އަންހެނާ
- ރަގަޅު މީހުންނަށް ދެރަ ގޮތް
- October(34)
- 2011 (6)
Sunday, November 24, 2013
މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ” الدُّنْيَا سِجْنُ الْمُؤْمِنِ وَجَنَّةُ الْكَافِرِ“
މާނައަކީ:
” ދުނިޔެއަކީ މުއުމިނުންގެ ހުރަގެޔެވެ. އަދި ކާފަރުންގެ ސުވަރުގެޔެވެ.”
ރިވާކުރެއްވީ މުސްލިމް، އަދި ތިރްމިޛީ އަދި އިބުނު މާޖާ. ޞައްޙަ ކުރައްވާފައިވަނީ ޝެއިޚު އަލްބާނީ ރަޙިމަހުﷲ.
މިޙަދީޘްގެ ޝަރަޙައި ފައިޟުލް ޤަދީރުގައި އިމާމު މަނާވީ ރަޙިމަހުﷲ ގެންނަވާފައިވާ ވާހަކައެއްގައިވެއެވެ.
އިމާމު އިބުނު
ޙަޖަރު ރަޙިމަހުﷲ މިސްރުގައި ޤާޟީކަމުގައި
ހުންނެވި ދުވަސްވަރު އެކަލޭގެފާނު ބާޒާރުގެ ތެރެއިން އެކަލޭގެފާނުގެ ސަވާރީކޮޅުގައި ވަޑައިގެންނެވިއެވެ. އޭރު
އެކަލޭގެފާނު ހުންނެވީ ވަރަށް
ހައިބަތުހުރި ހެދުންކޮޅެއް އަޅުއްވައިގެންނެވެ. ދެން އެކަލޭގެފާނު ވަޑައިގަންނަވަނިކޮށް އެތަނުގައި އޭނާގެ ކުރާ
މަސައްކަތުގެ ސަބަބުން ހެދުން
ހަޑިވެފައިވާ ތެޔޮވިއްކަން ހުރި ޔަހޫދީންގެ މީހަކަށް .
“އޭ ޝެއިޚުލް އިސްލާމްއެވެ. ތިޔަބޭކަލުންގެ ނަބިއްޔާ(ޞައްލަﷲ ޢަލައިހި ވަސައްލަމަ) “ދުނިޔެ އަކީ މުއުމިނުންގެ ހުރަގެޔޭ އަދި ކާފަރުންގެ ސުވަރުގެ ކަމަށް” ޙަދީޘްފުޅު ކުރެއްވިކަމަށް ކަލޭގެފާނު ވިދާޅުވަމެއްނޫންތޯއެވެ؟ އެހެންވީމާ ނިކަން ވިދާޅުވެ ބައްލަވާށެވެ. ކަލޭގެފާނު ތިޔައިންނެވީ ކޮންފަދަ ހުރަގެޔެއްގައިތޯއެވެ؟ އަދި އަޅުގަނޑު މިހުރީ ކޮންކަހަލަ ސުވަރުގެޔެއްގައިތޯއެވެ؟”
އެހިނދު އިބުނު ޙަޖަރު ރަޙިމަހުﷲ ޔަހޫދީމީހާއަށް މިފަދައިން ޖަވާބު ދެއްވައިފިއެވެ. ” ﷲ ސުބުޙާނަހޫ ވަތަޢާލާ އާޚިރަތުގައި ތައްޔާރުކޮށްދެއްވާފައިވާ އޭގެ ނިޢުމަތްތަކާއި ބަލާއިރުގައި (އެނިޢުމަތްތަކުގެ ބޮޑުކަމުގެ ސަބަބުން) އަހަރެންމިވަނީ މިދުނިޔޭގައި ޖަލެއްގައިފަދައިންނެވެ. އަދި ކަލެޔާމެދުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އާޙިރަތްދުވަހުން ތައްޔާރުކުރައްވާފައިވާ އަޒާބުތަކާ ބަލާއިރުގައި ކަލޭތިޔަވަނީ ދުނިޔޭގައި ސުވަރުގެޔެއްގައި ވާފަދައިންނެވެ.”
ހަމަ ވަޤުތުން ޔަހޫދީ މީހާ (އޭނާއަށް އިބުނު ޙަޖަރު ރަޙިމަހުﷲގެ މުރާދު ވިސްނި) އެވަޤުތުން ވަޤުތަށް އިސްލާމް ވެއްޖެއެވެ
.
ޖާމިޢުއް ޞަޣީރަކީ އިމާމު ސުޔޫޠީ ރަޙިމަހުﷲ ޖަމާކުރައްވާފައިވާ ހަދީޘްފޮތެކެވެ
ރެފަރެންސް: ފައިޟުލް ޤަދީރު
އިމާމު މަނާވީ
ލިޔުއްވާފައިވާ ޖާމިޢުއް ސަޣީރުގެ ޝަރަޙަ،ޖާމިޢުއް ޞަޣީރަކީ އިމާމު ސުޔޫޠީ ރަޙިމަހުﷲ ޖަމާކުރައްވާފައިވާ ހަދީޘްފޮތެކެވެ
ރެފަރެންސް: http://dhisalafiyyah.net/?p=12983
Labels:
scholars
Subscribe to:
Post Comments (Atom)
0 comments:
Post a Comment