Blog Archive
- 2014 (39)
-
2013
(100)
- December(45)
-
November(21)
- ތައުބާވި މީހެއްގެ ވާހަކަ: 3
- ހިޒްޤީލް ޢަލައިހިއްސަލާމް:
- ޔޫޝަޢު ގެފާނުންގެ ވާހަކަ
- އަލިފާނަށް އެއްލައިލެވުން ޞަޙާބީ:
- 11 އަނބިންނާއި ކައިވެނި ކުރެއްވީ ކީތްވެތޯއެވެ؟
- މާލިކު ބުނު ދީނާރުގެ ހުވަފެން
- "ދުނިޔެއަކީ މުއުމިނުންގެ ހުރަގެޔެވެ"
- އޭނާއަށްޓަކައި ކަލޭގެފާފަވެސް ފުއްސެވީމެވެ
- ﷲގެ އަޅުތަކުންކުރެ ވަލީވެރިއެއް:
- މަދު ޢަމަލަކުން ލިބޭ ގިނަ ސަވާބު - 1
- ހަސަނުލް ބަސަރީގެ ކީރިތިކުރެއްވުން
- ޝިޢްޔާ ބިން އަމްސިޔާ
- ޢީސާގެފާނުން ފެންމަތީގައި ހިންގެވުން
- ޢުޒައިރުގެފާނުންގެ ވާހަކަ
- އިމާމުއް ސުއްނާގެ ދެބެއިކަލުނ
- ކަށު ނަމާދު (އިބްން ބާޒް)
- ކީރިތި ރަސޫލާ ނަމާދުކުރެއްވި ގޮތް (އިބްން ބާޒް)
- ޤިޔާމަތުގެ ޢަލާމަތްތައް: (ޢަރީފީ)
- އަބޫ މިހްޖަންގެ ވާހަކަ
- ބޮލުފުނާއަޅުވައިދިން މާތް އަންހެނާ
- ރަގަޅު މީހުންނަށް ދެރަ ގޮތް
- October(34)
- 2011 (6)
Monday, November 25, 2013
ޝަރްޙަބީލް އިބްން މުސްލިމްގެ އަރިހުން
ރިވާވެގެންވެއެވެ. ރަސޫލުކަމަށް
ދަޢުވާކުރި ދޮގުވެރީންގެ ތެރެއިން އެކަކީ ޔަމަނުކަރައިގެ އަސްވަދު ބުނު ޤައިސުލް
އަނަސީއެވެ ކިޔުނު މީހެކެވެ. މީނާ ރަސޫލުކަމަށް ދަޢުވާ ކުރުމަށްފަހު އެކަން
ފަތުރައި އެކަމަށް މީހުންނަށް ދަޢުވަތު ދޭން ފެށިއެވެ. މިގޮތުން ﷲގެ (ރަސޫލާގެ) ލޮބުވެތި
ޞަޙާބީއެއްކަމުގައިވާ އަބޫ މުސްލިމް ޢަބްދުﷲ އިބްން ޘުވަބުލް ޚައުލާނީގެ އަރިހުން
އޭނާގެ ގާތަށް ވަޑައިގަތުމަށްއެދި މީހަކު ފޮނުވިއެވެ.
އެކަލޭގެފާނުން މީނާގެ ގެޔަށް ވަޑައިގަތުމުން،
އެކަލޭގެފާނުންނަށް ބުންޏެވެ:
އޭނާ: އަހަރެންނަކީ ﷲގެ ރަސޫލާކަމުގައި ކަލޭ
ހެކިވެ ޤަބޫލު ކުރަމުތަ؟
އެކަލޭގެފާނުން: އަހަންނަކަށް ކަލޭގެ ވާހަކަ
އަޑެއްނީވޭ.
އެކަލޭގެ: މުޙައްމަދަކީ ﷲގެ ރަސޫލާކަމަށް ކަލޭ
ހެކިވަމުތަ؟
އެކަލޭގެފާނުން: އާނ. ޝައްކެތްނެތް
ދެން އެކަލޭގެ، އޭނާގެ އެބަސް، ފަހަރު ފަހަރު
މަތީން ތަކުރާރު ކުރިއެވެ. ޢަބްދުﷲ ގެފާނުންވެސް ކުރީގައި ދެއްވި ޖަވާބު
ތަކުރާރުކުރައްވަމުން ގެންދެވިއެވެ.
ދެން ބޮޑު އަލިފާންގަނޑެއް ރޯކޮށް އަލިފާންގަނޑު
އަނދާ ރަނގަޅަށް ހޫނުކަން ގަދަވުމުން، އެކަލޭގެފާނުން އެތަނަށް އެއްލާލުމަށް
އަމުރުކުރިއެވެ. މީނާގެ އަމުރާއެއްގޮތަށް އޭނާގެ ބައިވެރިން ބޮޑު އަލިފާންގަނޑެއް
ރޯކުރުމަށްފަހު، އެއަލިފާންގަނޑު އަންދައި ގަދަކުރުމަށްފަހު، އަބޫ މުސްލިމް އެއިގެ
ތެރެއަށް އެއްލައިލިއެވެ. މިކަމުން އެކަލޭގެފާނުންނަށް އެއްވެސް ގެއްލުމެއް
ލިބިވަޑައެއް ނުގަންނަވައެވެ. ހަށިކޮޅަށް ކުޑަވެސް ހާނިއްކައެއް
ލިބިވަޑައިގަތްކަމުގައި ނުވެއެވެ. މީނާގެ ރުޅި ގަދަވެ އިތުރަށް އަނިޔާކުރަން
ޤަސްތުކުރި ހިނދު، އޭނާގެ ބައިވެރިން އޭނާގެ ގާތުގައި ބުންޏެވެ. "މާތް މަނިކުފާނު
މީނާ ދޫކޮށްލައްވާށެވެ. ނޫނީ މީނާގެ ސަބަބުން މަނިކުފާނަށް ތަބާވެފައިވާ މީހުން
ހަލާކުވާނީއެވެ"
މިމިހުން އެހެން ބުނުމުން، މީނާ އެކަލޭގެފާނުން
ދޫކޮށްލިއެވެ. އަދި ރަށް ދޫކޮށްލައްވައި ވަޑައިގަތުމަށް ދެންނެވިއެވެ. މީނަ މިހެންބުނުމުން
އަބޫ މުސްލިމް ވަޑައިގަތީ މަދީނާއަށެވެ. އެއިރު ރަސޫލުﷲ ޞައްލަﷲ ޢަލައިހި
ވަސައްލަމަ އަވަހާރަވެ، (ސުވަރުގެ ވަޑައިގެންފިއެވެ) އަދި އަބޫ ބަކުރުއް ޞިއްދީޤް
ރަޟިޔަﷲ ޢަންހް ޚަލީފާކަމަށް އިސްވެ ވަޑައިގެންފިއެވެ.
އަބޫ މުސްލިމް މަދީނާއަށް ވަޑައިގެން ފުރަތަމަވެސް
ވަޑައިގަތީ ކީރިތި ރަސޫލާގެ މިސްކިތްކޮޅަށެވެ. އެތާންގެ ދޮރުކޮޅުމައްޗަށް ސަވާރީ
މަޑުކުރެއްވުމަށްފަހު، މިސްކިތަށް ވެދެވަޑައިގަތެވެ. އަދި ނަމާދު ކުރައްވަން
ފައްޓަވައިފިއެވެ. މިތަން މާތް ﷲ ރުއްސުންލެއްވި ޢުމަރުގެފާނުންނަށް
ފެނިވަޑައިގެން އަބޫ މުސްލިމްގެފާނުންގެ އަރިހަށް ވަޑައިގެން އެއްސެވިއެވެ:
ޢުމަރުގެފާނު: ކޮންތާކުން ވަޑައިގަތް
ބެއިކަލެއްތޯ؟
އެކަލޭގެފާނު: ޔަމަނު ކަރައިން
ޢުމަރުގެފާނު: ދޮގުވެރި ކަލޭގެ އަލިފާނަށްލައި
ރޯކޮށްލި ކަލޭގެފާނަކީ ތިޔައީތޯ؟
އެކަލޭގެފާނު: އެއީ ޢަބްދުﷲ ބުން ޘުވަބު އިނގޭތޯ.
ޢުމަރުގެފާނު: ﷲ އައްޓަކައި ވިދާޅުވެދެއްވާ.
ތިޔައީ ހަމައެކަލޭގެފާނުތޯ؟
އެކަލޭގެފާނު: އާދެ، އިނގޭތޯ
ދެން ޢުމަރުގެފާނުން އެކަލޭގެފާނުންނާއި
ކަރާކަރުޖައްސަވައި ސަލާމްކުރައްވައި، ކީރިތިކުރެއްވިއެވެ. ދެން އެކަލޭގެފާނު
ގޮވައިގެން އަބޫބަކުރުގެފާނުންގެ އަރިއަހަށް ވަޑައިގަތެވެ. އަދި އެކަލޭގެފާނާއި
އަބޫބަކުރުގެފާނާއި، ދެބޭކަލުންގެ ދެމެދު ބައިންދަވާފައި ވިދާޅުވިއެވެ.
މިހުންނެވީ އަބޫމުސްލިމްއެވެ. މާތް ﷲ ގެ ޚަލީލު އިބްރާހީމް
ޢަލައިހިއްސަލާމް އާއިމެދު އެއިލާހު ކަންތައްކުރެއްވިގޮތަށް ކަންތައްކުރެއްވި
މިއުއްމަތުގެ މީހަކު އަޅުގަނޑަށް ހަމަލޮލުންފެނުމުގެ ހެޔޮނަޞީބު ދެއްވީތީ
އެއިލާހަށް ގިނަގުނަ ޙަމްދު ކުރަމެވެ. މިއަށްފަހު އަބޫ މުސްލިމް
އަވަހާރަވެއްޖައުމަށް ދާންދެން ދިރިއުޅުއްވީ މަދީނާގައެވެ.
ރެފަރެންސް: ބުސްތާނުލް ޢާރިފީން/
އިމާމް ނަވަވީ
ރެފަރެންސް: ދީނާއި ދީންވެރިން/ ޙުސައިން
ރަޝީދު
Labels:
salaf
Subscribe to:
Post Comments (Atom)
0 comments:
Post a Comment