Saturday, November 23, 2013

1.       سُبْحَانَ اللهِ ، والْحَمْدُ لِلهِ ، وَاللهُ أَكْبَرُ  (ކޮންމެ ކަލިމައެއް 33 ފަހަރު)
لَا إِلَهَ إِلَّا اللهُ ، وَحْدَهُ لَا شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ

މީހަކު ނަމާދުކޮށް އަވަދިވެގެން މިދުޢާ ކިޔާކަމުގައިވާނަމަ، އޭނާގެ ފާފަތައް ކަނޑުގެ ފޮނުގަނޑުހާ ގިނަކަމުގައި ވިޔަސް ފުއްސަވާނެތެވެ.

ރެފަރެންސް: މުސްލިމް 2691 ، އަބޫދާއޫދު 5060 ، އިބްން މާޖާ 3878
ރެފަރެންސް: ޝައިޚުލް އިސްލާމް އިމާމް އިބްން ތައިމިއްޔާގެ "ޞަޙީޙުލް ކަލިމަތުއް ޠައްޔިބް" ގައި ވެސް މިދުޢާ ލިޔުއްވާފައި ވެއެވެ. އަދި ޙަދީޘްގެ ޞައްޙަ ކަމާއިމެދު އަލް އައްލާމާ އަލް އަލްބާނީ އެއްބަސްވެ ވަޑައިގެންފައި ވެއެވެ.

2.      

لَا إِلَهَ إِلَّا اللهُ ، وَحْدَهُ لَا شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ

ދުވާލަކު ސަތޭކަފަހަރު ކިޔައިފިނަމަ، އޭނާ 10 އަޅުން މިނިވަންކުޅަ ފަދައެވެ. އަދި 100 ހެޔޮ ޢަމަލު އޭނާގެ ފަތުގައި ލިޔުއްވޭ ހުއްޓެވެ. އަދި 100 ނުބައި ޢަމަލު ފުއްސަވާހުއްޓެވެ. އެއީ ޝައިތާނާގެ ކިބައިން އެދުވަހު ހަވީރުވެއްޖައުމައް ދާންދެން ސަލާމަތްވުމަށް ވާ ސަލާމަތެކެވެ. އަދި މީހަކު އޭނާއަށްވުރެ ހެޔޮ ޢަމަލު ކުރިކަމުގައި އެދުވަހު ނުވެއެވެ. އެއީ އޭނާއަށްވުރެ ގިނައިން އެޢަމަލު ކުރިމީހާ ފިޔަވައެވެ.
ރެފަރެންސް: ޝައިޚުލް އިސްލާމް އިމާމް އިބްން ތައިމިއްޔާގެ "ޞަޙީޙުލް ކަލިމަތުއް ޠައްޔިބް" ގައި ވެސް މިދުޢާ ލިޔުއްވާފައި ވެއެވެ. އަދި ޙަދީޘްގެ ޞައްޙަ ކަމާއިމެދު އަލް އައްލާމާ އަލް އަލްބާނީ އެއްބަސްވެ ވަޑައިގެންފައި ވެއެވެ.
އަބޫ އައްޔޫބުލް އަންޞާރީގެ އަރިހުން މުސްލިމް މި ޙަދީޘް ރިވާކުރައްވާފައި ވެއެވެ. އެއިގައި ވަނީ މީހަކު 10 ފަހަރު މި ދުޢާ ކިޔައިފިނަމަ، އެއީ އިސްމާޢީލް ގެފާނުންގެ ދަރިކޮޅުގެ 4 އަޅުން މިނިވަންކުޅަފަދައެވެ.
ރެފަރެންސް: މުސްލިމް 2693  އައްތިރުމިޛީ 3553
3.      
سُبْحَانَ اللهِ وَبِحَمْدِهِ
އެއްދުވަހުގެ ތެރޭގައި އެއް ސަތޭކަފަހަރު ކިޔުމުން، އޭނާގެ ކުއްތައް/ފާފަތައް ފުއްސަވައެވެ. އެއީ ކަނޑުގެ ފޮނުގަނޑުހާ ފާފަތައް ގިނަކަމުގައި ވިޔަސްވެހެވެ.
ރެފަރެންސް: ޝައިޚުލް އިސްލާމް އިމާމް އިބްން ތައިމިއްޔާގެ "ޞަޙީޙުލް ކަލިމަތުއް ޠައްޔިބް" ގައި ވެސް މިދުޢާ ލިޔުއްވާފައި ވެއެވެ. އަދި ޙަދީޘްގެ ޞައްޙަ ކަމާއިމެދު އަލް އައްލާމާ އަލް އަލްބާނީ އެއްބަސްވެ ވަޑައިގެންފައި ވެއެވެ.
ރެފަރެންސް: ބުޚާރީ 6405 މުސްލިމް 2691 އައްތިރުމިޛީ 3466، 3468  އިބްނުމާޖާ 3812
4.      
ރަސޫލުﷲ ގެފާނުން ޙަދީޘްކުރެއްވިއެވެ: ދެކަލިމައެއް ދުލައްލުއިވެގެންވާ ނަމަވެސް މީޒާނުގައި ބަރުވެގެންވާ އަދި ރަޙްމާންވަންތަ ކަލާންގެ އަށް ލޮބުވެތިކަންބޮޑު ވެއެވެ. އެއީ:
سُبْحَانَ اللهِ وَبِحَمْدِهِ ، وسُبْحَانَ اللهِ الْعَظِيمِ

ރެފަރެންސް: ޝައިޚުލް އިސްލާމް އިމާމް އިބްން ތައިމިއްޔާގެ "ޞަޙީޙުލް ކަލިމަތުއް ޠައްޔިބް" ގައި ވެސް މިދުޢާ ލިޔުއްވާފައި ވެއެވެ. އަދި ޙަދީޘްގެ ޞައްޙަ ކަމާއިމެދު އަލް އައްލާމާ އަލް އަލްބާނީ އެއްބަސްވެ ވަޑައިގެންފައި ވެއެވެ.
ރެފަރެންސް: ބުޚާރީ 6406 ، 6682 ، 7563 މުސްލިމް 2694 އައްތިރުމިޛީ 3467 އިބްނުމާޖާ 3806

5.      
ރަސޫލުﷲ ގެފާނުން ޙަދީޘްކުރެއްވިއެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުން ވިދާޅުވަނީ
سُبْحَانَ اللهِ ، والْحَمْدُ لِلهِ ، لَا إِلَهَ إِلَّا اللهُ ، وَاللهُ أَكْبَرُ
ތިމަންކަލޭގެފާނުންގެ ގާތުގައި އެއެއްޗެއްގެ މައްޗަށް އިރުއެރި ހުރިހާއެއްޗަކަށްވުރެ ލޮބުވެތިކަން ބޮޑެވެ.

ރެފަރެންސް: ޝައިޚުލް އިސްލާމް އިމާމް އިބްން ތައިމިއްޔާގެ "ޞަޙީޙުލް ކަލިމަތުއް ޠައްޔިބް" ގައި ވެސް މިދުޢާ ލިޔުއްވާފައި ވެއެވެ. އަދި ޙަދީޘްގެ ޞައްޙަ ކަމާއިމެދު އަލް އައްލާމާ އަލް އަލްބާނީ އެއްބަސްވެ ވަޑައިގެންފައި ވެއެވެ.
ރެފަރެންސް: މުސްލިމް 2695 އައްތިރުމިޛީ 3597

6.      
ރަސޫލުﷲ ގެފާނުން ޙަދީޘްކުރެއްވިއެވެ:
سُبْحَانَ اللهِ وبِحَمْدِهِ

ދުވާލަކަށް ސަތޭކަފަހަރު، ދެން އެހެން މީހަކު އޭނާއަށްވުރެ ހެޔޮކަންބޮޑު ޢަމަލަކާއިގެން ހިސާބު ބެއްލެވޭދުވަހުގައި ނާންނަހުއްޓެވެ. އެއީ އޭނާ ކީއެއްޗެއް (سُبْحَانَ اللهِ وبِحَمْدِهِ) އެއަށްވުރެ ގިނައިން ކިޔައިގެން އައިމީހަކު ފިޔަވައެވެ.
ރެފަރެންސް: ޝައިޚުލް އިސްލާމް އިމާމް އިބްން ތައިމިއްޔާގެ "ޞަޙީޙުލް ކަލިމަތުއް ޠައްޔިބް" ގައި ވެސް މިދުޢާ ލިޔުއްވާފައި ވެއެވެ. އަދި ޙަދީޘްގެ ޞައްޙަ ކަމާއިމެދު އަލް އައްލާމާ އަލް އަލްބާނީ އެއްބަސްވެ ވަޑައިގެންފައި ވެއެވެ.
ރެފަރެންސް: މުސްލިމް 2692 އައްތިރުމިޛީ 3469
7.      
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ: ހަމަކަށަވަރުން ފާފަ ފުއްސެވުން އެދި ކުރާ ދުޢާތަކުގެ މައިގަނޑު ދުޢާއަކީ:

اللَّهُمَّ أَنْتَ رَبِّي ، لا إِلَه إِلاَّ أَنْتَ خَلَقْتَني وأَنَا عَبْدُكَ ، وأَنَا على عهْدِكَ ووعْدِكَ ما اسْتَطَعْتُ ، أَعُوذُ بِكَ مِنْ شَرِّ ما صنَعْتُ ، أَبوءُ لَكَ بِنِعْمتِكَ علَيَ ، وأَبُوءُ بذَنْبي فَاغْفِرْ لي ، فَإِنَّهُ لا يغْفِرُ الذُّنُوبِ إِلاَّ أَنْتَ

(ﷲހުމްމަ އަންތަ ރައްބީ ލާއިލާހަ އިއްލާ އަންތަ ޚަލަޤްތަނީ ވައަނަ ޢަބްދުކަ، ވައަނަ ޢަލާ ޢަހްދިކަ ވަވަޢްދިކަ މަސްތަޠަޢްތު، އަޢޫޛުބިކަ މިން ޝައްރި މާ ޞަނަޢްތު، އަބޫއުލަކަ ބިނިޢްމަތިކަ ޢަލައްޔަ، ވައަބޫއު ބިޛަންބީ ފަޣްފިރްލީ ފައިންނަހު ލާ ޔަޣްފިރުއްޛުނޫބި އިއްލާ އަންތަ)

އެހެންކަމުން އަޅާ މިދުޢާ ހެދުނުވާއިރު ކިޔައިފި އަދި އެގޮތުގައި ފުރިހަމަ އީމާނާއެކު ދެމިހުރެ މަރުވެއްޖެނަމަ އެމީހާ ސުވަރުގެ ވަންނަހުއްޓެވެ. އަދި ހަވީރުވާހިނދު އަޅާ މިދުޢާކޮށް އެގޮތުގައި ފުރިހަމަ އީމާނާއެކު ދެމިހުރެ މަރުވެއްޖެނަމަ އެމީހާ ސުވަރުގެ ވަންނަހުއްޓެވެ.

ރެފަރެންސް: ޝައިޚުލް އިސްލާމް އިމާމް އިބްން ތައިމިއްޔާގެ "ޞަޙީޙުލް ކަލިމަތުއް ޠައްޔިބް" ގައި ވެސް މިދުޢާ ލިޔުއްވާފައި ވެއެވެ. އަދި ޙަދީޘްގެ ޞައްޙަ ކަމާއިމެދު އަލް އައްލާމާ އަލް އަލްބާނީ އެއްބަސްވެ ވަޑައިގެންފައި ވެއެވެ.

8.      
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ: މީހަކު ބަޤަރާ ސޫރަތުގެ ފަހު ދެއާޔަތް ރޭގަނޑު ކިޔަވައިފިނަމަ، އެމީހަކަށް އެދެއާޔަތް ފުދިގެންވެއެވެ.
ރެފަރެންސް: ޝައިޚުލް އިސްލާމް އިމާމް އިބްން ތައިމިއްޔާގެ "ޞަޙީޙުލް ކަލިމަތުއް ޠައްޔިބް" ގައި ވެސް މިދުޢާ ލިޔުއްވާފައި ވެއެވެ. އަދި ޙަދީޘްގެ ޞައްޙަ ކަމާއިމެދު އަލް އައްލާމާ އަލް އަލްބާނީ އެއްބަސްވެ ވަޑައިގެންފައި ވެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ: މީހަކު ރޭގަނޑު ނިދީން ހޭލައި، لا إله إلا الله وحده لا شريك له، له الملك وله الحمد وهو على كل شيء قدير الحمد لله و سبحان الله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلى العظيم
މި ދުޢާ ކިޔައި ދެން اللهم اغفر لي ކިޔައި ދެން ދުޢާއެއް ކޮއްފިނަމަ އެދުޢާ ޢިޖާބަކުރައްވާނެއެވެ. އަދި އޭނާ ވުޟޫކޮށް ނަމާދު ކޮއްފިނަމަ އެނަމާދު ޤަބޫލުކުރެވޭހުއްޓެވެ.

ރެފަރެންސް: ޝައިޚުލް އިސްލާމް އިމާމް އިބްން ތައިމިއްޔާގެ "ޞަޙީޙުލް ކަލިމަތުއް ޠައްޔިބް" ގައި ވެސް މިދުޢާ ލިޔުއްވާފައި ވެއެވެ. އަދި ޙަދީޘްގެ ޞައްޙަ ކަމާއިމެދު އަލް އައްލާމާ އަލް އަލްބާނީ އެއްބަސްވެ ވަޑައިގެންފައި ވެއެވެ.

9.      
އަބޫ ސަލްމާ ވިދާޅުވިއެވެ: ތިމަންކަލޭގެފާނުން އަބޫ ޤަތާދާ ރަސޫލުﷲ ގެފާނުން ޙަދީޘްކުރެއްވި އަޑު އެއްސެވީމޭ ވިދާޅުވެ ވިދާޅުވިއެވެ:
ރަގަޅު ހުވަފެނަކީ އެއީ ﷲ ތަބާރަކަ ވަތަޢާލާގެ ހަޟްރަތުންވާ އެއްޗެކެވެ. ނުބައި ހުވަފެނަކީ ޝައިތާނާގެ ކިބައިން ވާއެއްޗެކެވެ. އެހެންކަމުން މީހަކު ހުވަފެނުގައި އޭނާ ނުރުހޭ ކަމެއް ފެނިއްޖެނަމަ ހޭލެވުމުން ދެން އޭނާ 3 ފަހަރު ވާތަށް ކުޅުއެކުލެވޭފަދައިން ފުމެލާށެވެ. އަދި އެއިގެ ނުބައިކަމުން ސަލާމަތްކުރެއްވުމަށްއެދި ﷲ ގެ ޙަޟްރަތަށް ދަންނަވާށެވެ. އިންޝާﷲ އެއިރަކުން އެމީހާއަށް އެކަމުގައި އެއްވެސް ނުރައްކަލެއް ނެތެވެ.
ރެފަރެންސް: ޝައިޚުލް އިސްލާމް އިމާމް އިބްން ތައިމިއްޔާގެ "ޞަޙީޙުލް ކަލިމަތުއް ޠައްޔިބް" ގައި ވެސް މިދުޢާ ލިޔުއްވާފައި ވެއެވެ. އަދި ޙަދީޘްގެ ޞައްޙަ ކަމާއިމެދު އަލް އައްލާމާ އަލް އަލްބާނީ އެއްބަސްވެ ވަޑައިގެންފައި ވެއެވެ.

10. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ:
އަހުރެމެންގެ ވެރި ރަސްކަލާންގެ ތަބާރަކަ ވަތަޢާލާ ކޮންމެ ރެއަކު ރޭގަނޑުގެ ތިންބައިން ފަހުބައިގައި ބިމުގެ އުޑަށް (އެންމެ ތިރީ އުޑަށް) ތަޖައްލީވެ ވޮޑިގަންނަވައެވެ. އަދި ވަޙީކުރައްވައެވެ. ތިމަން ރަސްކަލާންގެއަށް ދުޢާކުރަނީ ކާކުހެއްޔެވެ؟ އެއިރުން ތިމަން ރަސްކަލާންގެ އެދުޢާކުރާމީހާގެ ދުޢާ ޢިޖާބަކުރައްވާނަމެވެ. ކަންކަމައިގެން ތިމަންރަސްކަލާންގެއަށް އެދެނީ ކާކުހެއްޔެވެ؟ އެއިރުން އެމީހަކު އެއެދޭކަމެއް ތިމަން ރަސްކަލާންގެ ފުއްދަވައި ދެއްވާނަމެވެ. ޢަފޫކުރެއްވުންއެދި ދަންނަވަނީ ކާކުހެއްޔެވެ؟ އެއީ އެމީހަކަށް ތިމަންރަސްކަލާންގެ ޢަފޫދެއްވާހުށީމެވެ.

0 comments: