Blog Archive
- 2014 (39)
-
2013
(100)
- December(45)
-
November(21)
- ތައުބާވި މީހެއްގެ ވާހަކަ: 3
- ހިޒްޤީލް ޢަލައިހިއްސަލާމް:
- ޔޫޝަޢު ގެފާނުންގެ ވާހަކަ
- އަލިފާނަށް އެއްލައިލެވުން ޞަޙާބީ:
- 11 އަނބިންނާއި ކައިވެނި ކުރެއްވީ ކީތްވެތޯއެވެ؟
- މާލިކު ބުނު ދީނާރުގެ ހުވަފެން
- "ދުނިޔެއަކީ މުއުމިނުންގެ ހުރަގެޔެވެ"
- އޭނާއަށްޓަކައި ކަލޭގެފާފަވެސް ފުއްސެވީމެވެ
- ﷲގެ އަޅުތަކުންކުރެ ވަލީވެރިއެއް:
- މަދު ޢަމަލަކުން ލިބޭ ގިނަ ސަވާބު - 1
- ހަސަނުލް ބަސަރީގެ ކީރިތިކުރެއްވުން
- ޝިޢްޔާ ބިން އަމްސިޔާ
- ޢީސާގެފާނުން ފެންމަތީގައި ހިންގެވުން
- ޢުޒައިރުގެފާނުންގެ ވާހަކަ
- އިމާމުއް ސުއްނާގެ ދެބެއިކަލުނ
- ކަށު ނަމާދު (އިބްން ބާޒް)
- ކީރިތި ރަސޫލާ ނަމާދުކުރެއްވި ގޮތް (އިބްން ބާޒް)
- ޤިޔާމަތުގެ ޢަލާމަތްތައް: (ޢަރީފީ)
- އަބޫ މިހްޖަންގެ ވާހަކަ
- ބޮލުފުނާއަޅުވައިދިން މާތް އަންހެނާ
- ރަގަޅު މީހުންނަށް ދެރަ ގޮތް
- October(34)
- 2011 (6)
Saturday, November 16, 2013
އިބްން އަސާކިރު ވިދާޅުވިއެވެ:
އެކަލޭގެފާނުންނަކީ ޢުޒައިރު ބިން ޖަރުވާއެވެ. އިސްޙާޤް ބިން ބިޝްރު ، އިބްން
ޢައްބާސް އާއި އެހެނިހެން ބެއިކަލުންގެ އަރިހުން ރިވާކުރެއްވިއެވެ. ޢުޒައިރު އަކީ
އަޅުވެރި ބުއްދިވެރިއެކެވެ. އެއްދުވަހަކު އެކަލޭގެފާނުންގެ ބެލުމުގެ ދަށުގައިވާ
ތަނަކަށް ވަޑައިގެން އެނބުރިވަޑައިގެން ވަރަށް ހަލާކުވެ ވީރާނާވެފައިވާ ތަނެއްގައި
މަޑުކުރެއްވިއެވެ. އެއީ މެންދުރުގެ ވަރަށް ހޫނުގަދަ ވަގުތެއްކަމުން އެކަލޭގެފާނުން
އެތަނުން ހިޔާ ތަންކޮޅެއް ހޯދައި އަރައި އިންނެވި ހިމާރުން ފައިބައި ވަޑައިގެން
އަތުގައިވާ މޭބިސްކަދުރު ފެއްލަވައި އެއިން ދިޔަހައްދަވައި ރޮއްޓާއެކު
ފަރިއްކުޅުއްވިއެވެ. ދެން އޮށޯވެވަޑައިގެން އެތަނުގެ ނިކަމެތި ޙާލަތަށް ބައްލަވައި
ވިދާޅުވިއެވެ: "މިތަކެތި ފަނާވެ ދިޔުމަށްފަހު ﷲ މިތަންތަން އަލުން
އާރާސްތުކުރައްވާނީ ކިހިނެއްބާވައެވެ؟" (ބަޤަރާ: 259) އެކަލޭގެފާނުން އެހެން
ވިދާޅުވީ ކަލާންގެ ރަސްކަންފުޅުގެ އާރާއިބާރާއި މެދު ޝައްކު ކުރާތީއެއްނޫނެވެ.
އެކަމަކު ހައިރާންވެވަޑައިގެންފައި ހުރިވަރުންނެވެ؟ ދެން ﷲ ތަޢާލާ މަރުގެ
މަލާއިކަތާ ފޮނުއްވައި މި ޢުޒައިރުގެފާނުންގެ ފުރާނަފުޅު ހިއްޕެވިއެވެ. ދެން
އެގޮތުގައި އެކަލޭގެފާނުން އެއްސަތޭކަ އަހަރު މަރުވެފައި އޮންނެވިއެވެ.
އެކަމަކު ސަތޭކަ އަހަރު ފާއިތުވުމުން
މަލާއިކަތަކު ފޮނުއްވައި ޢުޒައިރުގެފާނުންގެ ހިތާއި ދެލޯ އުފެއްދެވިއެވެ. އެއީ
އެކަލޭގެފާނުންނަށް ދެއްކެވުމައްޓަކައެވެ. އެއިރު އިސްރާއީލުގެ ދަރިކޮޅުގެ
މީސްތަކުން އެތައްކަމެއް ދިމާވެ އެތައް ބަދަލުތަކެއް ވަނީ އައިސްފައެވެ. ދެން ﷲ
ސުބުޙާނަހޫ ވަތަޢާލާ އެކަލޭގެފާނުންނަށް އަލުން ދިރުން ދެއްވާގޮތް ދެއްކެވިއެވެ.
އެކަލޭގެފާނުން ބައްލަވަ ބައްލަވާ ހުއްޓައި އެކަލޭގެފާނުންގެ ވީރާނާވެފައިވާ
ކަށިތަކާއި މަސްތައް އައިސް ހަށިގަނޑެއ އުފެދި އޭގައި ޖަމާވިއެވެ. ދެންއެއަށްފަހު،
ގަޔަށް ހަންލެވި ފުރާނައެޅުވުނެވެ. ދެން ޢުޒައިރުގެފާނުން އިށީންދެވަޑައިގެންނެވިއެވެ.
ދެން މަލާއިކަތާ ވިދާޅުވިއެވެ: ކިހާއިރަކު ނިދިކުރެއްވީންތޯއެވެ؟ (މާނައީ:
ތިގޮތުގައި ކިހާއިރަކު މިތަނުގައި ހޭދަކުރައްވައިފީމުތޯއެވެ؟) ދެން
ޢުޒައިރުގެފާނުން ވިދާޅުވިއެވެ: ދުވަހެއް ނުވަތަ ދުވާލުން ބައެކެވެ. ސަބަބަކީ
އެކަލޭގެފާނުން ވަޑައިގަތީވެސް ކުޑަ ހިނދުކޮޅަކު އަރާމުކޮށްލާށެވެ. ދެން އެ
މަލާއިކަތާ ކިޔައިދެއްވިއެވެ: ކަލޭގެފާނުން ތިގޮތުގައި ސަތޭކަ އަހަރު ވިއެވެ.
ކަލޭގެފާނުންނާއެކު ކަލޭގެފާނުންގެ ފަރިއްކޮޅުވެސް އެހުރީ ތާޒާކޮށެވެ. (ބަޤަރާ:
259) ދެން ކަލޭގެފާނުން ވަޑައިގެން ޙިމާރަށް ބައްލަވާށެވެ. އެއެތި އެވަނީ މަރުވެ
ފަނާވެ ކަށިފުރޭނިފައެވެ.
ދެން މަލާއިކަތާ އެންގެވުމުން ޢުޒައިރުގެފާނުންގެ
ކުރިފުޅުމަތީގައި ކަށިތައް ޖަމާވެ އެއިގައި މަސްލެވި ހަންލެވި ދެން އެއިން
ކެހެރިފަޅައިފިއެވެ. ދެން މަލާއިކަތާ ފުމެލައްވައި ދިރުންލައްވަވައިފިއެވެ.
ޢުޒައިރުގެފާނުން އެޙިމާރުގެ މައްޗަށް
ސަވާރުވެވަޑައިގެން ގެކޮޅަށް ވަޑައިގެންނެވިއެވެ. އެކަމަކު
އެކަލޭގެފާނުންނަކަށްވެސް އަދި އެއިންމީހަކަށްވެސް އެއްބަޔަކު ކާކުކަން އަނެއްބަޔަކު
ވަކި ނުވެއެވެ. ދެން އެކަލޭގެފާނުންނަށް ދުވަސްވީ މުސްކުޅި ލޯފަން އަންހެނަކު
ފެނިވަޑައިގެން އެއްސެވިއެވެ: އޭ ދުވަސްވީ އަންހެންމީހާއެވެ! މިއީ ޢުޒައިރުގެ
ގެހެއްޔެވެ؟ އެއަންހެންމީހާ ޖަވާބުގައި ދެންނެވިއެވެ: އާއެކެވެ! މިއީ
ޢުޒައިރުގެފާނުންގެ ގެއެވެ. ދެން އެއަންހެންމީހާ ރޮވިލާފައި ބުންޏެވެ: ޢުޒައިރުގެ
ނަން މިހާރު ނުގަނެވޭތާ ހާދަހާ ދުވަހެއް ވެއްޖެއެވެ. މީހުން އެކަލޭގެފާނުން މަތިން
މީގެ އެތައްޒަމާނެއްކުރިން ވަނީ ހަނދާންނެތިގޮސްފައެވެ. ޢުޒައިރުގެފާނުން
ވިދާޅުވިއެވެ: ޢުޒައިރު އަކީ އަހުރެންނެވެ. ﷲ ތަޢާލާ އަހުރެންނަށް ސަތޭކަ އަހަރު
މަރުވެފައި އޮތުމަށް އިރާދަކުރެއްވީއެވެ. އެއަންހެންމީހާ ބުންޏެވެ: އަހުރެމެންނަށް
އުޒައިރުގެފާނުން ގެއްލިފައިވާތާ މިހާރު ސަތޭކަ އަހަރުވީއެވެ. އަދި އެއަށްފަހު
އެއްވެސް އެއްޗެއް އެކަލޭގެފާނުންގެ ފަރާތަކުން ނުއިވެއެވެ. ދެން އަނެއްކާވެސް
ޢުޒައިރުގެފާނުން ވިދާޅުވިއެވެ: އަހުރެންނަކީ ޢުޒައިރެވެ. "އެހެންވިއްޔާ
ޢުޒައިރުގެފާނުންނަކީ ވަރަށް ދުޢާ އިޖާބަ ބެއިކަލެކެވެ. އެކަލޭގެފާނުން ބަލި
މީހުންނަށް އެގޮތުން ޝިފާދީ ހަދައެވެ. ވީމާ އަހުރެންނަށްޓަކައި ﷲ އަށް
ދުޢާކޮށްދޭށެވެ. އެއިރުން އަހުރެންނަށް ކަލޭގެފާނުން ފެންނާނެއެވެ. އަދި ތިޔައީ
ޢުޒައިރުކަން ނުވަތަ ނޫންކަން އިނގޭނެއެވެ" މިހެން އެއަންހެންމީހާ ބުންޏެވެ.
ދެން ޢުޒައިރުގެފާނުން ﷲ ތަޢާލާއަށް ދުޢާ
ދަންނަވައި އެއަންހެންމީހާގެ ލޮލަށް ފެނުންދެއްވިއެވެ. ދެން އެކަލޭގެފާނުން އެ
ދުވަސްވީ އަންހެންމީހާގެ އަތުގައި ހިފެހެއްޓެވިއެވެ. އެއަށްފަހުން އެއަންހެންމީހާ
އަށް ޖެހިފައިވާ މުސްކުޅި ބަލިތަކުން ޝިފާލިބި ފުރިހަމަ ސިއްޙަތު ލިބުނެވެ. (މިއީ
ޒުވާންވީ ވާހަކައެއްނޫނެވެ.) ދެން އެއަންހެން މީހާ ބުންޏެވެ: "އަހަރެން ތިއީ
ޢުޒައިރު ކަމަށް ހެކިވަމެވެ."
ދެން މިއަންހެންމީހާ އަވަސްއަވަހަށް ގޮސް
ޢުޒައިރުގެފާނުންގެ ދަރިކަލުންނަށް ގޮވައި މިވާހަކަ ދަންނަވައިފިއެވެ. އެމީހުން
ހައިރާންކަމާއި އަދި ޤަބޫލު ނުކުރާކަމާއިއެކުވެސް އައެވެ. އެއިރު
އުޒައިރުގެފާނުންގެ ދަރިކަލުންނަށް ސަތޭކަ އަށާރަ އަހަރުވީއެވެ. ދެން
އެއަންހެންމީހާ ބުންޏެވެ: އަހުރެންނަކީ ކަލޭމެންގެ ނޯކިރީގައިވީ މިވެނި އެވެނި
މީހާއެވެ. ޢުޒައިރުގެފާނުންގެ ދުޢާއިން އަހުރެން މިހުރީ ޝިފާލިބިފައެވެ. ދެން
މީސްތަކުން ދުވެއައިސް އެކަލޭގެފާނުންގެ ގާތުގައި ހުއްޓުނެވެ. އެކަލޭގެފާނުންގެ ދަރިކަލުން
ދެންނެވިއެވެ: އަހުރެންގެ ބައްޕާގެ ދޮކޮނޑުގެ ދެމެދު ލަފެއް ހުންނާނެއެވެ. ދެން
އެކަލޭގެފާނުން ކޮނޑުފުޅު ކަޝްފުކުރައްވައި އެލައް ދެއްކެވިއެވެ. ދެން
އިސްރާއީލުންގެ ދަރިކޮޅުގެ މީސްތަކުން ދެންނެވިއެވެ: އަހުރެމެންގެ ތެރޭގައި
ޢުޒައިރުގެފާނުން ފިޔަވާއި އެފަދައަކުން ތައުރާތު ހިތްޕުޅުން ދަސް އެހެން މީހަކު
ނުވެއެވެ. ބުޚްތްނަސްރު ވަނީ ހުރިހާ ތައުރާތެއް ނައްތާލާފައެވެ. މީސްތަކުންގެ
ހިތްތަކުގައިވާ ތަންތަންފިޔަވާ އެހެން އެއްވެސް އެއްޗެއް އެތައުރާތަކުން
އަހަރެމެންގެ އަތަކު ނުވެއެވެ. ދެން ޢުޒައިރުގެފާނުންގެ އަރިހުން އެތައުރާތު
އަލުންބަލުން ލިޔެދެއްވުމަށް އެދުމުން އެކަލޭގެފާނުން އެމީހުން ގޮވައިގެން
އެކަލޭގެފާނުންގެ ބައްޕާފުޅު ފޮރުއްވެވި ތައުރާތު ކޮންނަވައި ބެއްލެވިއެވެ.
އެކަމަކު އެއިރު އެފޮތުގެ ގަނޑުތައްވެސްވަނީ ކުނިވެފައެވެ. އަދި ލިޔުންތައްވެސް
ވަނީ ފޭދިގެން ގޮސްފައެވެ. (ނޯޓް: އެއީ އެޒަމާނުގައި ހުންނަ ކަރުދާހެވެ. އެއާއި
މިހާރުގެ ކަރުދާހާ އަޅާކިޔަން ނޫޅޭށެވެ.)
ދެން ޢުޒައިރުގެފާނުން ގަހެއްގެ ހިޔަލުގައި
އިށީންދެވަޑައިގަތެވެ. އެކަލޭގެފާނުންގެ ވަށައިގެން އިސްރާއީލީ ދަރިކޮޅުގެ
މީސްތަކުން ތިއްބެވެ. ބުނެވޭގޮތުގައި ދެ އަލިފާނެއް އުޑުން އައިގޮތަށް އައިސް
އެކަލޭގެފާނުންގެ މެއިގެ ތެރެއަށް އެވަގުތު ވަދެގެންދިޔައެވެ. ވަހްބު ބިން
މުނައްބިހު ވިދާޅުވިއެވެ: ﷲ ތަޢާލާ މަލާއިކަތަކަށް އަންގަވައި އުޑުން އަލިކަންވާ
ދެއަލިފާނެއް ގެންނަވައި ޢުޒައިރުގެފާނުންގެ ގައިކޮޅަށް ލެއްވިއެވެ. އަދި އެއާއެކު
ތައުރާތު އެކީ އެކަލޭގެފާނުންނަށް ހަނދުމަފުޅުވިއެވެ. ދެން އެކަލޭގެފާނުން
އެތައުރާތު ދަންނަވައި އަލުން އެތައުރާތު ލިޔުއްވުނެވެ.
އުޒައިރުގެފާނުންނަކީ ﷲ ތަޢާލާގެ
ދަރިކަލެއްކަމުގައި އިސްރާއީލުގެ މީހުން ބުނަމުންދަނީ މިސަބަބައްޓަކައެވެ.
ރެފަރެންސް: އިމާމް އިބްން ކަޘީރުގެ ޤަޞަޞުލް
އަންބިޔާ
Labels:
Prophets
Subscribe to:
Post Comments (Atom)
0 comments:
Post a Comment