Sunday, March 9, 2014

އެއްދުވަހަކު ވަރަށް ރަނގަޅު މީހަކާއި އޭނަގެ ހަޔާތުގެ އެންމެ މުހިއްމު ދުވަހާއި ބެހޭގޮތުން ސުވާލު ވެވުނެވެ. އެއީ އެދުވަހުން ފެށިގެން ދީނަށް އުޅެންފެށި ދުވަހާއި މެދުގައެވެ. އެމީހާގެ ޖަވާބުގައި ކިޔައިދިނެވެ:

"ތިމަންނަޔަކީ ޒުވާން އިރުގައި އެއްވެސް ކުށެއް ކޮށްލާކަށް ޖެހިލުމެއް ވާ މީހެއް ނޫނެވެ. މިހެން އުޅެނިކޮށް އެއްދުވަހަކު ވަރަށް ވެސް ރީތި އަންހެނަކާއި ތިމަންނަޔާއި ދިމާވިއެވެ. އޭނަގެ ފަރާތަށް ތިމަންގެ ހިތް ލެނބިގެން ދިޔަވަރުން އަހަރެންގެ ގާތަށް އައުމަށް އޭނަޔަށް ދައުވަތު ދިނީމެވެ. ނަމަވެސް އޭނާ ބިރުގަނެފައި ދެކޮޅުހާދާތީވެ ފައިސާގެ ލާލަޗުގައި އެކަން ވޭތޯ ބަލައިގެން އެކަން ވާގޮތް ވެއްޖެއެވެ. ނަމަވެސް އަހަރެން ގެ ކުރިމައްޗަށް އާދެވުމުން އޭނާ ބިރުން ތެޅެންފެށިއެވެ.

ތިމަން އެކަމާއި އޭނަ ގާތުގައި "ބިރު ނުގަންނާށޭ! އަހަރެން ކަލެޔަށް ގެއްލުމެއް ނުދޭނަމޭ" ބުނީމެވެ.

ނަމަވެސް އޭނަގެ އެ ބިރު ބޮޑުވަމުން ގޮސް ހައްތާ ގޯސް ވާހާއި ވިއެވެ. ދެން އެހާ ބިރު ގަންނަން ވީ ސަބަބެއް ބުނެދޭށޭ ބުނުމުން ކިޔަންފެށިއެވެ:



އެއް އިރެއްގަ ރަށެއް ގައި ސަލާމް ޖަހާ މީހަކު އުޅުނެވެ. އެ މީހާ އަކީ ޤަވާއިދުން ހުކުރު ދުވަހު މިސް ކިތް ކައިރީ ގައި ނަމާދަށް ފަހު އިންނަ މީހެކެވެ. މިހެން އިންނަ އިރު މީހުން ދޭ އެއްޗަކުން އުޅެނީ އެވެ. އެއީ މީހާގެ ބަލި ޙާލަތު ހުރިވަރުން ސަލާމް ޖެހުން ހުއްދަ ވާ ޙާލަތުގައި ވާ މީހެކެވެ. އެއީ ސަލާމް ޖަހާ މީހަކަށް ވިޔަސް ޚުތުބާ އަށް ވަރަށް ސަމާލު ކަން ދެ އެވެ. އޭގެ ތެރެއިން އެއްދުވަހަކު ޚުތުބާގައި ޙަލާލު ތަކެތި ކެއުމާއި މެދު ވާހަކަ ދެއްކި އެވެ. އެ ދުވަހު އެ މީހާ އަށް ދަސްވީ ޙަރާމް އެއްޗެއް ކައިގެން ހުރެ ކުރާ ދުޢާ އިޖާބަ ނުވާނެ ކަމެވެ. އެހެން ކަމުން އެޔަށް ފަހުން ދެން އޭނަ އެއްޗެއްގަ ހިފަނީ އެ އެއްޗެއް ދޭ މީހަކީ ޙަލާލު މުދާ ހޯދާ މީހެއްކަން ޔަޤީން ވާ މީހެއްގެ އަތުން ދޭ އެއްޗެކެވެ. އެކަން އެހާ އުނދަގޫ ކަމަކަށެއް އޭނާ އަކަށެށް ނުވެ އެވެ. ސަބަބަކީ އެއީ އެތަނާއި އެ މީހާ ރައްޓެހި ކަމުން އެތާ އުޅޭ މީހުން ފެނިދެނިވެ ވާތީ އެވެ.

މިކަންތަކުން ވަރަށް ބޮޑަށް އެ މީހާ އަށް ލިބޭ އެތިކޮޅު ކުރިޔަށް ވުރެން ވެސް މަދު ވެއްޖެ އެވެ. ނަމަވެސް ހަމަ އެގޮތުގައި ހިތްވަރު ކުރި އެވެ.

އެއަށް ފަހުން އެ މީހާ މަރުވި އެވެ. އެއީ ސަލާމް ޖަހާ މީހަކަށް ވިޔަސް އޭނަގެ ޖަނާޒާ ހީވަނީ ރަސްކަލެއްގެ ޖަނާޒާ އެއް ހެނެވެ. އެހާ މީހުން އެއްވެ އޮތެވެ. އެ ހިސާބުގައި އުޅޭ ވަރަށް ބޮޑެތި ބޭފުޅުން ވެސް އޭނަގެ ޖަނާޒާ އަށް ވަޑައިގަތެވެ. ސަބަބަކީ އޭނާ ﷲ އަށްޓަކައި ހައި ހޫނު ކަމުގައި ވީ ޤުރުބާނީ އެމީހުން ދަންނާތީ އެވެ.