Friday, September 5, 2014

ދުވަސްވަރަކީ ހުލަފާ ރާޝިދުންގެ ދެވަނަ ޚަލީފާ އުމަރު ބުން ހައްތާބުގެ ހަލީފާކަމުގެ ދުވަސްވަރެވެ. އެކަލޭގެފާނަކީ، އެކަލޭގެފާނު ހިލާފަތާއި ހަވާލުވުމަށްފަހު ވަރަށް ގިނައިން ރޭގަނޑު ވަގުތުގައި މީސްތަކުންގެ ހާލު ބައްލަވައި އެބައިމީހުނަށް ބޭނުންވާ ކަންކަން ފުއްދަވައި ދެއްވަން ނުކުމެވަޑައިގެން މަގުމަތީގައި ހިންގަވާ އުޅުއްވި މާތް ސަހާބީއެވެ. މިހެން ނުކުތް އެއްރެއެވެ...

އެކަލޭގެފާނާއިއެކު އެރޭ ހާދިމަކުވެސް ވިއެވެ. މިހެން ހިނގަވަމުން ގޮސް އެދެބޭކަލުން ވަރުބަލިވުމުން ގެއެއްގެ ކައިރީ ވަރުބަލި ފިލުވައިލާން މަޑުކޮއްލިއެވެ. އެވަގުތު އެދެބޭކަލުންނަށްވެސް އެގޭތެރެއިން މުސްކުޅި އަންހެނަކު ދައްކަމުން ދިޔަ ވާހަކަ ވަރަށް ރަނގަޅަށް ސާފުކޮއް އިވިވަޑައިގަތެވެ. އެއިރު އެ މުސްކުޅި އަންހެންމީހާ ދިޔައީ އޭނާގެ އަންހެންދަރިފުޅަށް އޭގެ އަނެއްދުވަހު ވިއްކަން ބަހައްޓާފައި ހުރި ކިރު އެއްޗަށް ފެންއެޅުމަށް އަމުރުކުރަމުންނެވެ. އެވަގުތު އެ އަންހެން ދަރިފުޅު އެކަމާ އިންކާރު ކުރިއެވެ. އަދި ބުންޏެވެ.