Friday, August 26, 2011


ޡަޢުލަބާ އިބްން ޢަބްދުއްރަޙްމާން އަކީ ޅަޒުވާން ކުއްޖެކެވެ. އަބަދުވެސް ރަސޫލުﷲ ގެފާނުންގެ މުދާ ޤާފިލާ އާއި އެކީ ހިންގަވާ އުޅުއްވި ސަޙާބީ ބެއި ކަލެކެވެ. އެއް ދުވަހަކު މަދީނާގެ މަގެއް މަތިން ހިންގަވާފައި ވަޑައިގެން ނަވަނިކޮށް ގެޔެއްގެ ދޮރު ހުޅުވިފައި ހުރީތީވެ ގޭތެރެ ފެންނަން ހުރީމައި ބަލައި ލެވުނެވެ. އަދި މި ބަލައި ލެވުން ގަޑި ވީ ގިފިއްޔެއްގައި ފެންވަރަން ހުރި އަންހެނަކު އެ ގިފިލީ ގެ ދޮރަކަށް ހުރި ލުއި ފޮތިގަނޑެއް ވިހުރުވިގެން ދިޔަ ގަޑިޔަކަށެވެ. މި މަންޒަރު ފެނުމުން އަވަހަށް އިސް ދަށަށް ޖަހާލީ ހިތުގައި ވާ ދެފުށް ދެގޮތް ކަމުން ބެލީ އޭ، ތިމަން ނަ އަކީ ސަޙާބީ އަކަށް އެކަށޭނަ މީހެއް ވެސް ނޫނޭ،.... މިފަދަ އެއްޗެހިތަކެއް ހިތަށް އަރަމުން ވަރަށް ބޮޑަށް ލަދުގަނެ، ރޮވި، ހަދާނެ ގޮތް ހުސް ވެގެން ވާ ހާލު އެވެ. މުޅި ދުނިޔެ އެފުށް މިފުށަށް ޖެހުން ހެން ހީވެގެން ދިޔަ އެވެ. ވީ ދެރަޔާ ގަތް ލަދެއްގެ ބޮޑުކަމުން ތިމަން ފަދަ ނުބައި ނުލަފާ ޖައްބާރަކަށް ރަސޫލުﷲ ގެފާނުން ގެ ގާތުގަ ހުރުން ހެޔޮނުވާނެ އޭ ހިތާ ރޮމުން ރޮމުން އެ ތަން ދޫކޮށް ހިނގައްޖެ އެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ޘަޢުލަބާގެ ދެ ފުއްކެހެރި ކަމާއި މެދު އާޔަތެއް ރަސޫލުﷲ ގެފާނަށް ބާވައި ލައްވާނެ ކަމަށް ޘަޢުލަބާ ވަރަށް ބިރު ގަތެވެ. އެހެން ކަމުން ތިމަން ގެ މި ނުބައި މޫނު ރަސޫލުﷲ އަށް ނުދައްކާނަމޭ ހިތާ އެހިސާބު ގަނޑުން ވެސް ފިލީ އެވެ.
Wednesday, August 24, 2011



ޢުމަރު ބުނުލް ޚައްތާބް އަކީ އެކަލޭގެފާނުން ގެ ވެރި ކަމުގެ ދުވަސް ވަރު (ޢަމީރު، ޚަލީފާ) ރޭގަނޑު މުސްލިމުންގެ ޙާލު ބައްލަވަން ހިންގަވާ އުޅުއްވާ ބޭކަލެކެވެ. ދުވާލު ގަޑީގެ ބުރަ މަސައްކަތާ ހުރެ މަދު ފަހަރަކު މެނުވީ އެހެން ނިކުން ނަވާ ނޫޅުއްވަ އެވެ. މިހާރާ ތަފާތުހެން އެ ބެއި ކަލުން އެއިރު އުޅުއްވީ ﷲ ގެ ޙަޡްރަތުން އެއްޗެއް ލިބޭތޯ އެވެ. މީހެއްގެ "ގަޅަހެއްދުމަކަށް" ނޫނެވެ.


އެއްރޭ މިހެން ހިންގަވަމުން ވަޑައިގެންނެވީ ތަންކޮޅެއް މަދީނާ ގެ ރަށްބޭރު ކައިރިން ނެވެ. ވަޑައިގެން މަގު މަތީ ފެނި ވަޑައި ގެން ނަވަނީ އަންހެނަކު އޭނަގެ ކުދިން ކޮޅު ގޮވައިގެން އަލިފާން ގަނޑެއް ޖަހައިގެން އުޅެނިކޮށެވެ. ދެން ކައިރީގައި ހުންނެވި އަޚާ އާއި އެކީ އެތަނަށް ވަޑައިގެން ބެއްލެވި އިރު އެކަމަނާ އުޅެނީ އެކުދިން ރޯވަރުން ކެތް ނުވެގެން ނެވެ. އަލިފާން ގަނޑަށް ބެލި އިރު އޭގަ ވަނީ ކައްކަން ކަމައް ފެން އަޅާފަ ވާ އެއްޗަކަށް ހިލަ އަޅާފަ އެވެ.




<ދުނިޔެ މި ވީ ހާ ތަނަށް ވެސް ދެކިފަ ނުވާ ފަދަ ލީޑަރަކާ އެކީގަ މުސްލިމުންގެ ލަޝްކަރެއް އެއްފަހަރަކު ރޯމަނުން ނާ ހަނގުރާމަ ކުރިއެވެ. މި ބުނި ލީޑަރަކީ ތިޔަ ކިޔުން ތެރިން ވެސް ދަންނަ ފަދަ އިން ޚާލިދް ބިން ވަލީދެވެ. ނަމަ ވެސް ދުވަހެއްގަ ވެސް ނުވާ ފަދައިން އެ ހަނގުރާމަ ކޮޅަކުން ކުރެ ކޮޅަކަށް ނުޖެހި އޮންނަތާ މަސް ދުވަސް ވީ އެވެ. ހަމަ އެއް ގޮތަކަށް ވެސް ނަސްރެއް ލިބޭ ކަށެށް ނޫޅެ އެވެ. 

މިކަމާ ކަންބޮޑުވެ ވަޑައިގެން ޙާލިދު ގެފާނުން، ލަޝްކަރު ތެރޭގައި ރަސޫލުﷲ ގެފާނުންގެ ސުންނަތާ ޚިލާފް ހުރީ ކޮން ކަމެއްތޯ ބެއްލެވުމަށް އެނގެވި އެވެ. ބެލި ބެލުމުން އެނގި ވަޑައި ގަތީ މިސްވާކް (ދިވެހިން ކިޔާ ގޮތުން ނަމަ އިރާކް ދަނޑި) ހުސް ވެފައި ވާ ކަމުގަ އެވެ. އެހެންވެ އަވަހަށް އެ ގެނައުމަށް އެކަލޭގެފާނުން އަމުރު ކުރެއްވި އެވެ. 


ސަލްމާނުލް ފާރިސީ (ރަދިޔަﷲ ޢަންޙު) އަކ އެދުވަސް ވަރު މަދީނާގެ ގަވަރުނަރެވެ. އެއްދުވަހަކު އެކަލޭގެފާނުން މާރުކޭޓް ދޮށުން ހިންގަވަމުން ވަޑައި ގަތެވެ. އެކަލޭގެފާނުން ގެ ހެދުންކޮޅު ހުރިލެއް ދެރަކަމުން މީހަކަށް ހީކުރެވުނީ އެއި ވަރަށް ނިކަމެއްޗެއް ކަމަށެވެ. އެހެންވެ އޭނާ އެކަލޭގެފާނުން ނަށް ލާރި ދޭގޮތަށް އޭނާގެ ގެޔާ ހަމަޔަށް އެއްޗެހި ތަކެއް އުފުލުމައް އެދުނެވެ. އެކަލޭގެފާނު އެއްބަސް ވެ ވަޑައި ގަތެވެ. އެކަލޭގެފާނުން ގެ މަޤާމާއި ކާކުކަން ހާމަ އެއް ނުކުރައްވަ އެވެ.
Tuesday, August 23, 2011


އަހުރެމެން ނަށް ވެސް ހެޔޮލަފާ މާތް މީހުން ނަށް ވެވިދާނެކަން މި ވާހަކަ އިން ވެސް އިގޭނެ އެވެ. ދިވެހި އެންމެހާ ދަރިން ނޭވެ!. ހެޔޮ ވިސް ނޭނީ ފަހެ ކޮން ދުވަހަކުން ހެއްޔެވެ؟ ހިތާމައިގެ މައްޗަށް ހިތާމަ އެވެ. ކައްވަޅުގަ ހެޔޮ ވިސްނޭން ދެން މަޑު ނުކުރާށެވެ.


ފުދައިލް ބިން އިޔާދް އަކީ ތާބިޢީން ގެ ޒަމާނުގައި އުޅުނު މީހެކެވެ. މީހުން އޭނާ ދެކި ނިކަން ބިރު ގަނެ އެވެ. ސަބަބަކީ އެނާ މަގު ފޭރޭތީ އެވެ. ވައްކަން ކުރާތީ އެވެ. ނަމަވެސް "ނަން" މުސްލިމެކެވެ. ފުދައިލް އާ އަހުރެމެން ގެ ތަފާތަކީ އޭނަ އަށް އަޑު އިވޭ އެއްޗެހީގެ ދެކޮޅު އިގެ އެވެ. ވިސްނައެވެ. އަހުރެމެން ގިނަމީހުން ނުވިސްނޭ އިރުގަ ވީ ފަދައިން އޭނަގެވެސް ލޯބިވާ އަންހެނަކު ހުރެއެވެ.

އިމާމް އަޙްމަދު ބުން ހަންބަލްއޭ ބުނުމުން އެއީ ކާކުކަން އެނގިވަޑައި ނުގަންނަވާނެ ބޭފުޅަކު ހަމަ މަދުވާނެ ކަމީ ޔަޤީން ކަމެކެވެ. އެއީ މި އުއްމަތް ދުށް އެންމެ ވަރުގަދަ އެއް އިލްމުވެރިޔާއެވެ. އުއްމަތަށްޓަކައި މިކަލޭގެފާނުގެ ހިދުމަތްތަކަކީ ދުލުން ބަޔާންނުކުރެވޭހާ ގިނަ ޚިދުމަތްތަކެކެވެ. އިމާމް އަޙުމަދު ބުން ހަންބަލަކީ ސުންނަތުގައި އެންމެ ވަރުގަދަޔަށް ހިއްޕެވި އެކަކެވެ. މިފަހަރު މިޒިކުރު ކޮށްލަނީ އެކަލޭގެފާނަށް ދިމާވި ހާދިޘާއެކެވެ.