Wednesday, August 24, 2011



ޢުމަރު ބުނުލް ޚައްތާބް އަކީ އެކަލޭގެފާނުން ގެ ވެރި ކަމުގެ ދުވަސް ވަރު (ޢަމީރު، ޚަލީފާ) ރޭގަނޑު މުސްލިމުންގެ ޙާލު ބައްލަވަން ހިންގަވާ އުޅުއްވާ ބޭކަލެކެވެ. ދުވާލު ގަޑީގެ ބުރަ މަސައްކަތާ ހުރެ މަދު ފަހަރަކު މެނުވީ އެހެން ނިކުން ނަވާ ނޫޅުއްވަ އެވެ. މިހާރާ ތަފާތުހެން އެ ބެއި ކަލުން އެއިރު އުޅުއްވީ ﷲ ގެ ޙަޡްރަތުން އެއްޗެއް ލިބޭތޯ އެވެ. މީހެއްގެ "ގަޅަހެއްދުމަކަށް" ނޫނެވެ.


އެއްރޭ މިހެން ހިންގަވަމުން ވަޑައިގެންނެވީ ތަންކޮޅެއް މަދީނާ ގެ ރަށްބޭރު ކައިރިން ނެވެ. ވަޑައިގެން މަގު މަތީ ފެނި ވަޑައި ގެން ނަވަނީ އަންހެނަކު އޭނަގެ ކުދިން ކޮޅު ގޮވައިގެން އަލިފާން ގަނޑެއް ޖަހައިގެން އުޅެނިކޮށެވެ. ދެން ކައިރީގައި ހުންނެވި އަޚާ އާއި އެކީ އެތަނަށް ވަޑައިގެން ބެއްލެވި އިރު އެކަމަނާ އުޅެނީ އެކުދިން ރޯވަރުން ކެތް ނުވެގެން ނެވެ. އަލިފާން ގަނޑަށް ބެލި އިރު އޭގަ ވަނީ ކައްކަން ކަމައް ފެން އަޅާފަ ވާ އެއްޗަކަށް ހިލަ އަޅާފަ އެވެ.



މިކަމާ މެދު ސުވާލު ދެންނެވުމުން އެކަމަނާ ވިދާޅުވީ އެއީ އެކުދިން ބަނޑުހައިވެ ރޯވަރުން، ތިމަން ކައްކަނީކަމައް ވެސް އެކުދިން ހުއްޓާލައިގެން ނިދޭނެ ކަމަށެވެ. ސުބުޙާނަ ﷲ! (ކުދިންނޭ! އެހުންނަނީ އުއްމަތަށް އައި މައިންގެ ކެތްތެރިކަމެވެ. އެފަދަ މައިންނަށް ހެޔޮ ރަޙްމައި ލައްވާށިއެވެ. އާމީން)


ޢުމަރުގެފާނަށް މިމަންޒަރު ފެނިވަޑައި ގަތުމުން ކީރިތި ކުރެއްވި އެވެ. އަދި ހަމަ ވަގުތުން ދުވެ ވަޑައިގެން ބައިތުލް މާލް ބަލަހައްޓާ މީހާ ކައިރި ޔަށް ވަޑައިގެން ތިމަން ކަލޭގެފާނުންގެ ކޮނޑުމައްޗަށް ކާ ތަކެތި އަރުވައި ދިނުމައް އެދުނެވެ. އެ މީހާ ހައިރާންވެގެނ ދެތިން ފަހަރު "ތިމަން ގެ ކޮނޑުމައްޗަށް ތޯއެވެ. ނުވަތަ ކަލޭގެފާނުންގެ ކޮނޑުމައްޗަށް ތޯއެވެ؟" އެއްސެވި އެވެ. ޢުމަރު ގެފާނުން ވިދާޅުވީ މާދަން ތިމަންކަލޭގެފާނުން ނަށް ލިބޭ ޢަޒާބުން ކަލޭޔަށް ނުއުފުލޭނެ އެވެ. ތިމަން ކަލޭގެފާނުން ގެ ކޮނޑުމައްޗަށް އަރުވައި ދެއްވާށެވެ.


ކާ ތަކެއްޗައިގެން ވަޑައިގެން ޚުދު ޢުމަރުގެފާނުން ހުންނަވައިގެން އެކުދިން ނަށް ކާން ދެއްވި އެވެ. ގާތުގަ ހުންނެވި އަޚާ ވަޑައިގަތުމަށް ބުނުމުން ވިދާޅުވީ މާދަމާ ވެސް މިކުދިން ގެ ސަބަބުން ތިމަން ކަލޭގެފާނުން ނަރަކައިގެ ދަރުގަނޑަކަށް ވެދާނެ އެވެ. ތިމަން ކަލޭގެފާނުން ބޭނުންވަނީ އެކުދިން ކައިގެން ހިންހެޔޮކަމާ އެކީ ނިދަންދެން މިތާ މަޑުކުރާށެވެ. ޢުމަރުގެފާނުން ހިތަށް އަސަރު ކުރައްވާފަ ހުރި ވަރުން އެ މައިމީހާކުރެން ޢަމީރުލް މުއުމިނީން އާ މެދު ޝަކުވާ އެއް ވޭތޯ ސުވާލު ކުރެއްވެވިއެވެ. އެ މައި މީހާ ޝަކުވާކުރިއެވެ. އަދި ދެންނެވި އެވެ. ކަލޭގެފާނުންވެސް ޢަމީރު ކަމަށް މާ އެކަށޭނެ އެވެ.


ރޭ ވަރައްވެސް ފިންޏެވެ. ހަލާކުވާހާ ވެއެވެ. ނަމަވެސް ކޮށްފައިވާ އަސަރުން ފަތިސް ނަމާދު ގަޑިޔާ ހަމަޔަށް އެކަލޭގެފާނުން އެ ކުދިން ނަށް ބައްލަވަން ހުންނެވި އެވެ. ދެން ވަޑައިގެން ފަތިސް ނަމާދު (އިމާމުވެ ހުންނަވާ( ކުރެއްވީ ކީރިތި ކުރައްވަމުން ނެވެ.


އެދުވަހު ހެދުނު ޢުމަރުގެފާނުންގެ އެދިލެއްވުމަކަށް އެ މައި މީހާ ވެރި ކަމުގެ ގެޔަށް ގެނެވުނެވެ. އެ މައި މީހާ އަށް އަމީރު ފެނި ވަޑައި ގަތުމުން އެއީ ރޭގައި އެހީ ވި ކަލޭގެފާނުން ކަން އިނގި ޢަމީރާ މެދު ޝަކުވާ އުފުލުން ކަން ހަނދާންވެ ބިރު ގަތެވެ. އެވަގުތު ޢަމީރު ޢުމަރުގެފާނުން އެ މައިމީހާ ގާތު ބިރު ނުގަތުމަށް ދެންނެވި އެވެ. އަދި މާފަށް އެދުނެވެ. އެ މީހާ ހައިރާންވެ ކަލޭގެފާނުން މާފަށް އެދެން ނުޖެހޭކަމަށް ދެންނެވި އެވެ. ނަމަ ވެސް އެކަމަނާ ގެ ކައިރިން އެ ޝަކުވާ ވިއްކުމަށް އެދުނެވެ. އަދި ފައިސާ އަށް އެޝަކުވާ ޢަމީރު ގަނެލެއްވެވި އެވެ.


ކުދިންނޭ! މިހުންނަނީ ވެރިން... ރައްޔިތުން ނާމެދު ވިސްނަވާ ވެރިން. މިވެރިކަން މިހާރު ވެސް ކުރެވޭވެ. އަދި މާ ފަސޭހަ ވެސް ވާނެއެވެ. އެކަމަކު...........

0 comments: