Wednesday, August 24, 2011


<ދުނިޔެ މި ވީ ހާ ތަނަށް ވެސް ދެކިފަ ނުވާ ފަދަ ލީޑަރަކާ އެކީގަ މުސްލިމުންގެ ލަޝްކަރެއް އެއްފަހަރަކު ރޯމަނުން ނާ ހަނގުރާމަ ކުރިއެވެ. މި ބުނި ލީޑަރަކީ ތިޔަ ކިޔުން ތެރިން ވެސް ދަންނަ ފަދަ އިން ޚާލިދް ބިން ވަލީދެވެ. ނަމަ ވެސް ދުވަހެއްގަ ވެސް ނުވާ ފަދައިން އެ ހަނގުރާމަ ކޮޅަކުން ކުރެ ކޮޅަކަށް ނުޖެހި އޮންނަތާ މަސް ދުވަސް ވީ އެވެ. ހަމަ އެއް ގޮތަކަށް ވެސް ނަސްރެއް ލިބޭ ކަށެށް ނޫޅެ އެވެ. 

މިކަމާ ކަންބޮޑުވެ ވަޑައިގެން ޙާލިދު ގެފާނުން، ލަޝްކަރު ތެރޭގައި ރަސޫލުﷲ ގެފާނުންގެ ސުންނަތާ ޚިލާފް ހުރީ ކޮން ކަމެއްތޯ ބެއްލެވުމަށް އެނގެވި އެވެ. ބެލި ބެލުމުން އެނގި ވަޑައި ގަތީ މިސްވާކް (ދިވެހިން ކިޔާ ގޮތުން ނަމަ އިރާކް ދަނޑި) ހުސް ވެފައި ވާ ކަމުގަ އެވެ. އެހެންވެ އަވަހަށް އެ ގެނައުމަށް އެކަލޭގެފާނުން އަމުރު ކުރެއްވި އެވެ. 


ހަމަ އެރޭ ރޯމަނުން ގެ ފަރާތުން ސިޓީ ފުޅެއް ވެސް ލިބި ވަޑައިގެނފި އެވެ. ސިޓީ ގައި ހަނގުރާމަ އިން ގަދަ ނުވި ކަމަށާއި އޭތި މީތި ލިޔެފައި ވެ އެވެ. ޚާލިދް ގެފާނުން ކޯފާ އިސް ކުރައްވާ ޖަވާބުގައި ލިޔުއްވީ ދެން ފަށާނީ ކަލޭމެން ރޯމަނު ތަކުންގެ ލޭބުއިމަށް ކަމުގަ އެވެ. (އަހުރެމެން ކިތަނމެ ބިރު ގަތަސް، އެބެއިކަލުންގެ ހަގުރާމައިގެ ޖޯޝް މި ހުންނަނީއެވެ).


ޖެހިގެން އައި ދުވަހު ލަޝްކަރު އެތުރުމައްފަހު ހަގުރާމަ ނުފެއްޓެނީސް މިސްވާކް ސްޓޮކް މުސްލިމުން ނާ ހަމަޔަށް އަތުވެއްޖެ އެވެ. ޚާލިދުގެފާނުންގެ އަމުރު ފުޅަށް ކޮންމެ ބެއިކަލަކު އޭގެން ދަނޑިކޮޅެއް އަނގަޔައް ލައްވައިގެން ހުންނަވައިފި އެވެ.
ރޯމަނުން ގެ ވެރިޔާ އަށް މުސްލިމުން ކޮންމެ މީހަކު އަނގަޔަށް ދަނޑި އެއް ލައިގެން ތިއްބަވަނިކޮށް ފެނި، ޖެހިލުން ވެ ބިރު ހީވެއްޖެ އެވެ. ހީވީ ރޭގައި އެއައި ސިޓީގައި އޮތްހެން މުސްލިމުން ތިމަންމެން ގެ ލޭ ހަމަ މިޔަދު ބޯނެ އެވެ. މިހާރުވެސް އެ ތިބީ ކާ ތަކެތި ހުސް ވެގެން ދަނޑި ކާށެވެ.


މަސް ދުވަސް ވަންދެން ނަސްރު ނުލިބި އޮތް ހަނގުރާމަ މި ދުވަހު އެއްވެސް ހަނގުރާމަ އަކާ ނުލާ މުސްލިމުން ކާމިޔާބު ހޯދިއެވެ. އެދުވަހު ޜޯމަނުން ބިރުން ބަލި ޤަބޫލުކުރީއެވެ.


ކުދިން ނޭވެ! މި ހުންނަނީ ސުންނަތުން އެންމެ ކަމަކު ހިފާލީމަ ވީ ފައިދާ އެވެ. އެކަމަކު އަހަރެމެން އޭގައި ނުހިފާންވެގެން ހަމަ މި ފައިމުޑި ވިއްދަނީ އެވެ.


0 comments: