Blog Archive
Tuesday, August 23, 2011
އަހުރެމެން ނަށް ވެސް ހެޔޮލަފާ މާތް މީހުން ނަށް ވެވިދާނެކަން މި ވާހަކަ އިން ވެސް އިގޭނެ އެވެ. ދިވެހި އެންމެހާ ދަރިން ނޭވެ!. ހެޔޮ ވިސް ނޭނީ ފަހެ ކޮން ދުވަހަކުން ހެއްޔެވެ؟ ހިތާމައިގެ މައްޗަށް ހިތާމަ އެވެ. ކައްވަޅުގަ ހެޔޮ ވިސްނޭން ދެން މަޑު ނުކުރާށެވެ.
ފުދައިލް ބިން އިޔާދް އަކީ ތާބިޢީން ގެ ޒަމާނުގައި އުޅުނު މީހެކެވެ. މީހުން އޭނާ ދެކި ނިކަން ބިރު ގަނެ އެވެ. ސަބަބަކީ އެނާ މަގު ފޭރޭތީ އެވެ. ވައްކަން ކުރާތީ އެވެ. ނަމަވެސް "ނަން" މުސްލިމެކެވެ. ފުދައިލް އާ އަހުރެމެން ގެ ތަފާތަކީ އޭނަ އަށް އަޑު އިވޭ އެއްޗެހީގެ ދެކޮޅު އިގެ އެވެ. ވިސްނައެވެ. އަހުރެމެން ގިނަމީހުން ނުވިސްނޭ އިރުގަ ވީ ފަދައިން އޭނަގެވެސް ލޯބިވާ އަންހެނަކު ހުރެއެވެ.
އެއްދުވަހަކު އެ އަންހެން މީހާޔާ ބައްދަލު ކުރުމައްޓަކައި ފާރެއްގެ މަތިން އޭނާ އެރި އެވެ. ނަމަވެސް އެރި ތަނުން ކަންފަތުގައި އައިސް ޖެހުނީ މީހަކު ޤުރުއާނުން މިތަން ކިޔަނި ކޮށެވެ:
"أَلَمْ يَأْنِ لِلَّذِينَ آَمَنُوا أَنْ تَخْشَعَ قُلُوبُهُمْ لِذِكْرِ اللَّهِ وَمَا نَزَلَ مِنَ الْحَقِّ وَلَا يَكُونُوا كَالَّذِينَ أُوتُوا الْكِتَابَ مِنْ قَبْلُ فَطَالَ عَلَيْهِمُ الْأَمَدُ فَقَسَتْ قُلُوبُهُمْ وَكَثِيرٌ مِنْهُمْ فَاسِقُونَ"
(ޙަދީދް: 16)
ދިވެހިމާނައީ: "اللَّه ހަނދުމަކުރުމަށާއި، حق ބަސްފުޅުގެ ތެރެއިން ބާވައިލެއްވި ފޮތަށް އެއުރެންގެ ހިތްތައް މަޑުމައިތިރިވުމަށާއި، މީގެކުރިން ފޮތް ލިބުނު މީހުން ފަދައިން ނުވުމަށް، إيمان ވި މީހުންނަށް އަދިވެސް ވަގުތު ނާންނަނީހެއްޔެވެ؟ ފަހެ، އެއުރެންނަށް ޒަމާން ދިގުވެގެންދިޔައެވެ. ދެން (އެކަމުގެ ސަބަބުން) އެއުރެންގެ ހިތްތައް ހަރުކަށިވިއެވެ. އަދި އެއުރެންކުރެ ގިނަމީހުންނީ فاسق ންނެވެ."
މި އާޔަތް އަޑު އިވުމުން ފުދައިލް ބިން އިޔާދު ހުއްޓުންއެރިއެވެ. ކުރާނެކަމެއް ނުއިނގި ގަނޑުވިއެވެ. އަދި ދުލުން ކިޔާލިއެވެ: "އޭ ﷲ އެވެ. ހަމަކަށަވަރުން މިއީ އެވަޤުތެވެ." އެދުވަހު ފުދައިލް އަނބުރާ ހިތާމަކުރަމުން ރޮމުން ގިސްލަމުން ދިޔައީ ތަޢުބާވަމުންނެވެ. އަދި ހެޔޮލަފާ ޞާލިޙް މީހެއްގެ ގޮތުގައި އުޅެވޭތޯ ދުޢާކުރަމުންނެވެ. އެޔަށް ފަހުން ފުދައިލް ބިން އިޔާދު ވީ ތާބިޢީންގެ ދުވަސް ވަރުގައި އުޅުއްވި މިސާލެއްފަދަ ޒުހުދު ވެރި އަކަށެވެ. އިމާމަކަށެވެ. މުސްލިމުންގެ ޝެއިޚް އަކަށެވެ. ވަރައް ވަރައް މަދުން މެނުވީ ނުފެންނާނެ މާތްކަންބޮޑު އަޅުވެރި ބެއިކަލަކަށެވެ. ހެޔޮލަފާ ބައްޕަ އަކަށެވެ.
އިނގިލައްވާތޯ އެވެ؟ ފުދައިލް ބިން އިޔާދު ގެފާނުންގެ ދަރިކަލުންގެ ތެރެއިގައި ޢަލީ ބިން ފުދައިލް ބިން އިޔާދު ނަމަކަށް ކިޔުން ބެއިކަލަކު ވެއެވެ. ފުދައިލް ގެފާނުން ނަމާދު ކުރައްވާ އިރު ޢަޒާބުގެ އާޔައިތައް މި ޢަލީ ގެފާނުން ހުންނަވާނަމަ ނުކިޔުއްވާ ކަމުގައ ވެއެވެ. ސަބަބަކީ ޢަލީ ބިން ފުދައިލް އަކީ ނަރަކައިގެ އާޔަތްކިޔެވުމުން ބިރުންގޮސް ގޮތްވާ ބެއިކަލަކަށްވާތީއެވެ.
އެއްރެޔަކު ފުދައިލް ގެފާނުން ނަމާދުގައި ނަރަކަޔާ ޢަޒާބުގެ އާޔައި ތަކުން ފެއްޓެވި އެވެ. ނަމާދު ފެށުން ވަގުތު ޢަލީ ގެފާނުން ވަޑައިގެން ނެތެވެ. ނަމަވެސް ފަހުން ވަޑައިގެން ހުންނެވި އެވެ. ޢަލީ ބިން ފުދައިލް ވަޑައިގެން ކަމެއް ފުދައިލްގެފާނުންނަށް އިނގިވަޑައި ނުގަންނަވައެވެ. އެރޭ އެކަލޭގެފާނުން (ޢަލީ ބިން ފުދައިލް ބިން އިޔާދް) އަވަހާރަ ވި އެވެ. އެ އާޔަތްތައް ކިޔަވާ އަޑު އިވިގެން ބިރުން ގޮސް މަރުވެގެން ވެއްޓުނީ އެވެ.
ކުދީން ނޭވެ. މިއީ ޤަބޫލުކުރަން (މިހާރު އުނދަގުލަސް) އިހުގައި މިއުއްމަތުގައި އުޅެފައި ދިޔަ މީހުންގެ ވާހަކަތަކެވެ. ފުދައިލް ގެފާނުންގެ ވާހަކަތަކުން ޢިބުރަތް ޙާޞިލް ކުރަނީ ކިތައް ދިވެހިންބާވައެވެ؟ އެއީވެސް އިހުގައި "ނަން" މުސްލިމެކެވެ. އަޅުގަނޑުމެންނީވެސް އެބާވަތަކަށް އުޅޭ ބައެކެވެ. ފަހުން ބޮޑު އަޅުވެރިއަކަށްވީ އެންމެ އާޔަތެއްގެ ސަބަބުންނެވެ. އަޅުގަނޑުމެންނަށް އެންމެ އާޔަތެއް އެކަނިތޯއެވެ؟ އެއާޔަތުގައިވާ ގޮތަށް އަޅުގަނޑުމެން އިޞްލާޙުވާންވީ ވަޤުތު ޖެހޭނީ ކޮންއިރަކުންބާވައެވެ؟

Labels:
scholars
Subscribe to:
Post Comments (Atom)
0 comments:
Post a Comment