Blog Archive
- 2014 (39)
-
2013
(100)
- December(45)
-
November(21)
- ތައުބާވި މީހެއްގެ ވާހަކަ: 3
- ހިޒްޤީލް ޢަލައިހިއްސަލާމް:
- ޔޫޝަޢު ގެފާނުންގެ ވާހަކަ
- އަލިފާނަށް އެއްލައިލެވުން ޞަޙާބީ:
- 11 އަނބިންނާއި ކައިވެނި ކުރެއްވީ ކީތްވެތޯއެވެ؟
- މާލިކު ބުނު ދީނާރުގެ ހުވަފެން
- "ދުނިޔެއަކީ މުއުމިނުންގެ ހުރަގެޔެވެ"
- އޭނާއަށްޓަކައި ކަލޭގެފާފަވެސް ފުއްސެވީމެވެ
- ﷲގެ އަޅުތަކުންކުރެ ވަލީވެރިއެއް:
- މަދު ޢަމަލަކުން ލިބޭ ގިނަ ސަވާބު - 1
- ހަސަނުލް ބަސަރީގެ ކީރިތިކުރެއްވުން
- ޝިޢްޔާ ބިން އަމްސިޔާ
- ޢީސާގެފާނުން ފެންމަތީގައި ހިންގެވުން
- ޢުޒައިރުގެފާނުންގެ ވާހަކަ
- އިމާމުއް ސުއްނާގެ ދެބެއިކަލުނ
- ކަށު ނަމާދު (އިބްން ބާޒް)
- ކީރިތި ރަސޫލާ ނަމާދުކުރެއްވި ގޮތް (އިބްން ބާޒް)
- ޤިޔާމަތުގެ ޢަލާމަތްތައް: (ޢަރީފީ)
- އަބޫ މިހްޖަންގެ ވާހަކަ
- ބޮލުފުނާއަޅުވައިދިން މާތް އަންހެނާ
- ރަގަޅު މީހުންނަށް ދެރަ ގޮތް
- October(34)
- 2011 (6)
Friday, November 29, 2013
އެއްދުވަހަކު ވަރަށް
ރަނގަޅު މީހަކާއި އޭނަގެ
ހަޔާތުގެ އެންމެ މުހިއްމު ދުވަހާއި ބެހޭގޮތުން ސުވާލު ވެވުނެވެ. އެއީ އެދުވަހުން ފެށިގެން ދީނަށް އުޅެންފެށި
ދުވަހާއި މެދުގައެވެ.
އެމީހާގެ ޖަވާބުގައި ކިޔައިދިނެވެ:
“ތިމަންނަޔަކީ ޒުވާން އިރުގައި
އެއްވެސް ކުށެއް ކޮށްލާކަށް ޖެހިލުމެއް ވާ މީހެއް ނޫނެވެ. މިހެން އުޅެނިކޮށް އެއްދުވަހަކު ވަރަށް ވެސް ރީތި އަންހެނަކާއި ތިމަންނަޔާއި ދިމާވިއެވެ. އޭނަގެ
ފަރާތަށް ތިމަންގެ ހިތް ލެނބިގެން
ދިޔަވަރުން އަހަރެންގެ ގާތަށް އައުމަށް އޭނަޔަށް ދައުވަތު ދިނީމެވެ.
ނަމަވެސް އޭނާ ބިރުގަނެފައި ދެކޮޅުހާދާތީވެ
ފައިސާގެ ލާލަޗުގައި އެކަން ވޭތޯ
ބަލައިގެން އެކަން ވާގޮތް ވެއްޖެއެވެ. ނަމަވެސް އަހަރެން ގެ ކުރިމައްޗަށް އާދެވުމުން އޭނާ ބިރުން ތެޅެންފެށިއެވެ
.
Labels:
others
|
0
comments
Tuesday, November 26, 2013
މާތް ﷲ ކީރިތި ޤުރުއާނުގައި
ވަޙީކުރައްވާފައިވެއެވެ:
أَلَمْ تَرَ إِلَى الَّذِينَ خَرَجُوا مِنْ دِيَارِهِمْ وَهُمْ
أُلُوفٌ حَذَرَ الْمَوْتِ فَقَالَ لَهُمُ اللَّهُ مُوتُوا ثُمَّ أَحْيَاهُمْ ۚ إِنَّ
اللَّهَ لَذُو فَضْلٍ عَلَى النَّاسِ وَلَٰكِنَّ أَكْثَرَ النَّاسِ لَا
يَشْكُرُونَ
"އެމިޙުންގެ ގެދޮރު (އާއި ވަޠަން)
ދޫކޮށްފައި، މަރުދެކެ ގަތް ބިރުގެ ސަބަބުން، އެތައް ހާހެއްގެ މައްޗަށް
އެކުލެވިގެންވީ (ބޮޑު) ބައިގަނޑެއްގެ ގޮތުގައި، ނުކުމެގެންދިޔަ މީސްތަކުންގެ
(ތާރީޚްގެ) މައްޗަށް އިބަ (އޭ މުޙައްމަދު!) ވިސްނައި، ފިކުރުކޮށް، ނުހަދަމުހެއްޔެވެ؟
ފަހެ ﷲ އެމީހުންނަށް އެންގެވިއެވެ: "މަރުވާ ހުށިކަމެވެ!" ދެން، އެމީހުން
(ގެފަހަށް އައި، އައު ޖީލުގެ މީސްތަކުން) ނަށް، އެކަލާންގެ އަނެއްކާ
ދިރުންދެއްވިއެވެ! ހަމަކަށަވަރުން ﷲ މީސްތަކުންގެ މައްޗަށް، ނުހަނު
ދީލަތިވަންތަވެ، ވޮޑިގަންނަވަތެވެ. ނަމަވެސް، މީސްތަކުންކުރެ، ގިނަމީހުންވަނީ،
ޝުކުރުކުޅައުމެއް ނެތްގޮތުގައެވެ" (1)
Labels:
Prophets
|
0
comments
Monday, November 25, 2013
އެކަލޭގެފާނުންގެ ވާހަކަ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ނަމަކާއިނުލައި ނަންގަންނަވާފައެވެ. އެކަލާންގެ ވަޙީކުރެއްވިއެވެ: "އަދި މޫސާގެފާނުން އެކަލޭގެފާނުންގެ އަރިހުގައިވާ ކަލޭގެފާނުންނަށް ވިދާޅުވި ހިނދެވެ" (ކަހްފް: 60)
އެކަލޭގެފާނުންނީ ޔޫޝަޢް ބިން ނޫން ބިން
އަފްރާޘީމް ބިން ޔޫސުފް ބިން ޔައުޤޫބު ބިން އިސްޙާޤް ބިން އިބްރާހީމް އެވެ.
އިބްން ޖަރީރުއާއި އަދި ބައެއް މުފައްސިރުން
ވިދާޅުވާގޮތުގައި ޔޫޝަޢު ގެފާނުންނަށް ނަބީކަން ލިބިވަޑައިގަތީ މޫސާގެފާނުންގެ
ޙަޔާތް ނިމުމުންނެވެ.
އިބްން އިސްޙާޤް ވިދާޅުވާގޮތުން ބައިތުލް
މަޤްދިސް އެންމެ ފުރަތަމަ ފަތަޙަ ކުރެއްވެވީ ސަލާމްލެއްވި މޫސާގެފާނުންނެވެ.
ޔޫޝަޢުގެފާނުން އެއިރު ހުންނެވީ ހަމައެކަނި ލަޝްކަރުގެ އިސްސަފުގެ އިސް މީހެއްގެ
ގޮތުގައެވެ. ދެން އެއަށްފަހު އެކަލޭގެފާނުން ވިދާޅުވީ ބަލްޢާމް ބިން ބާޢޫރާ (ނުވަތަ ބުޢުލާމް އިބްން ބާޢޫރާ) ގެ ވާހަކައެވެ. މިވާހަކަ
އަޢްރާފް ސޫރަތުގެ 175 – 177 އާއިމެދު ބަޔާންކުރައްވާފައިވެއެވެ.
Labels:
Prophets
|
0
comments
ޝަރްޙަބީލް އިބްން މުސްލިމްގެ އަރިހުން
ރިވާވެގެންވެއެވެ. ރަސޫލުކަމަށް
ދަޢުވާކުރި ދޮގުވެރީންގެ ތެރެއިން އެކަކީ ޔަމަނުކަރައިގެ އަސްވަދު ބުނު ޤައިސުލް
އަނަސީއެވެ ކިޔުނު މީހެކެވެ. މީނާ ރަސޫލުކަމަށް ދަޢުވާ ކުރުމަށްފަހު އެކަން
ފަތުރައި އެކަމަށް މީހުންނަށް ދަޢުވަތު ދޭން ފެށިއެވެ. މިގޮތުން ﷲގެ (ރަސޫލާގެ) ލޮބުވެތި
ޞަޙާބީއެއްކަމުގައިވާ އަބޫ މުސްލިމް ޢަބްދުﷲ އިބްން ޘުވަބުލް ޚައުލާނީގެ އަރިހުން
އޭނާގެ ގާތަށް ވަޑައިގަތުމަށްއެދި މީހަކު ފޮނުވިއެވެ.
އެކަލޭގެފާނުން މީނާގެ ގެޔަށް ވަޑައިގަތުމުން،
އެކަލޭގެފާނުންނަށް ބުންޏެވެ:
އޭނާ: އަހަރެންނަކީ ﷲގެ ރަސޫލާކަމުގައި ކަލޭ
ހެކިވެ ޤަބޫލު ކުރަމުތަ؟
އެކަލޭގެފާނުން: އަހަންނަކަށް ކަލޭގެ ވާހަކަ
އަޑެއްނީވޭ.
އެކަލޭގެ: މުޙައްމަދަކީ ﷲގެ ރަސޫލާކަމަށް ކަލޭ
ހެކިވަމުތަ؟
އެކަލޭގެފާނުން: އާނ. ޝައްކެތްނެތް
ދެން އެކަލޭގެ، އޭނާގެ އެބަސް، ފަހަރު ފަހަރު
މަތީން ތަކުރާރު ކުރިއެވެ. ޢަބްދުﷲ ގެފާނުންވެސް ކުރީގައި ދެއްވި ޖަވާބު
ތަކުރާރުކުރައްވަމުން ގެންދެވިއެވެ.
Labels:
salaf
|
0
comments
Sunday, November 24, 2013
މުސްލިމު ފިރިހެނުންނަށް 4 އަނބިން
ހުއްދަވީއިރުގައި ރަސޫލާއަށް 11 އަނބިން ހުއްދަވީ އެއީ ކިހިނެތްވާނެ ކަމެއްތޯއެވެ؟
ޖަވާބު: ސޫރަތުއް ނިސާ: 3 ވަނަ އާޔަތުގައި މާތް ﷲ
އަންގަވާފައިވެއެވެ.
"..... އަންހެނުންގެ ތެރެއިން ތިޔަބައި
މީހުން ހިތްރުހޭ ބަޔަކާއި ކައިވެނިކުރާށެވެ! ދެމީހުންނާއެވެ. ނުވަތަ
ތިންމީހުންނާއެވެ. ނުވަތަ ހަތަރު މީހުންނާއެވެ. ފަހެ ޢަދުލުވެރި ނުވެވޭކަމަށް
ބިރުގެންފިނަމަ، އެކަކާއެވެ...."
ނަމަވެސް ހަމަ އެހެން އާޔަތެއްގައި ﷲ
ވަޙީކުރައްވާފައިވެއެވެ.
"މީގެފަހުން، ކަލޭގެފާނަކަށް އިތުރަށް
އަންހެނުން ހުއްދަވެގެން ނުވެއެވެ. އަދި އެކަނބަލުންގެ ރީތިކަން، ކަލޭގެފާނުން
ޢަޖާއިބު ފުޅުވާ ދަރަޖައަށް ހުއްޓަސް، ކަލޭގެފާނުންގެ އަނބިއަނބިކަނބަލުންގެ
ތެރެއިން ބައެއްގެ ބަދަލުގައި އެހެންބަޔަކާއި ކައިވެނި ކުރެއްވުންވެސް ކަލޭގެފާނަކަަށް
ހުއްދަވެގެން ނުވެއެވެ..." ސޫރަތުލް އަހްޒާބް: 52
Labels:
abtprophet,
qna
|
0
comments
މާލިކު ބުނު ދީނާރު
ރަޙިމަހުﷲ ގެ އަރިހުން ރިވާވެގެން ވެއެވެ.
އެކަލޭގެފާނު އެއްދުވަހަކު ގެފުޅުގައި ޠަވާފުކުރެއްވިއިރު ފެނިވަޑައިގަތް، ޙައްޖުވެރިންނާއި ޢުމްރާވެރިންގެ ޢަދަދު ގިނަކަމުން ހައިރާންވެ ވަޑައިގަތެވެ. އަދި
އެކަލޭގެފާނުގެ އަމިއްލަ ނަފްސަށް
ވިދާޅުވިއެވެ. މިބައިމީހުންގެތެރެއިން، އެބައެއްގެ ޢަމަލު ޤަބޫލުވެވިގެންވާ މީހުން އެނގޭނެ ނަމައެވެ. އެއީ
އެމީހުންނަށް އުފާވެރިކަމުގެ
ޚަބަރު ދިނުމަށެވެ. އަދި އެބައެއްގެ ޢަމަލު ރައްދުކުރެވިގެންވާ މީހުންވެސް އެނގޭނެ ނަމައެވެ
.
އެކަލޭގެފާނު އެރޭ
ނިދިކުރައްވާފައި އޮންނަވަނިކޮށް
ހުވަފެނުގައި، މީހަކު ބުނާއަޑު އިވުނެވެ. “މާލިކު ބުނު ދީނާރު ޙައްޖުވެރިންނާއި ޢުމްރާވެރިންނާއި ބެހޭގޮތުން
ސުވާލު އެބަކުރައްވައެވެ. ﷲ
ސުބްޙާނަހޫ ވަތަޢާލާ އެބައިމީހުން އެންމެންގެ ފާފަ ފުއްސަވައިފިއެވެ. ކުޑަކުދިންނާއި ބޮޑެތިމީހުންގެއެވެ.
އަންހެނުންނާއި ފިރިހެނުންގެއެވެ.
ކަޅުމީހުންނާއި ދޮންމީހުންގެއެވެ. އެހެންނަމަވެސް އޭގެތެރެއިން އެކެއްގެ ފާފައެއް ނުފުއްސަވައެވެ. ﷲ
ސުބްޙާނަހޫ ވަތަޢާލާ ވަނީ އެމީހާއަށް
ކޯފާވެ ވޮޑިގެންފައެވެ. އޭނާގެ ޙައްޖު ޤަބޫލު ނުކުރައްވާ،
Labels:
salaf
|
0
comments
މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ” الدُّنْيَا سِجْنُ الْمُؤْمِنِ وَجَنَّةُ الْكَافِرِ“
މާނައަކީ:
” ދުނިޔެއަކީ މުއުމިނުންގެ ހުރަގެޔެވެ. އަދި ކާފަރުންގެ ސުވަރުގެޔެވެ.”
ރިވާކުރެއްވީ މުސްލިމް، އަދި ތިރްމިޛީ އަދި އިބުނު މާޖާ. ޞައްޙަ ކުރައްވާފައިވަނީ ޝެއިޚު އަލްބާނީ ރަޙިމަހުﷲ.
މިޙަދީޘްގެ ޝަރަޙައި ފައިޟުލް ޤަދީރުގައި އިމާމު މަނާވީ ރަޙިމަހުﷲ ގެންނަވާފައިވާ ވާހަކައެއްގައިވެއެވެ.
އިމާމު އިބުނު
ޙަޖަރު ރަޙިމަހުﷲ މިސްރުގައި ޤާޟީކަމުގައި
ހުންނެވި ދުވަސްވަރު އެކަލޭގެފާނު ބާޒާރުގެ ތެރެއިން އެކަލޭގެފާނުގެ ސަވާރީކޮޅުގައި ވަޑައިގެންނެވިއެވެ. އޭރު
އެކަލޭގެފާނު ހުންނެވީ ވަރަށް
ހައިބަތުހުރި ހެދުންކޮޅެއް އަޅުއްވައިގެންނެވެ. ދެން އެކަލޭގެފާނު ވަޑައިގަންނަވަނިކޮށް އެތަނުގައި އޭނާގެ ކުރާ
މަސައްކަތުގެ ސަބަބުން ހެދުން
ހަޑިވެފައިވާ ތެޔޮވިއްކަން ހުރި ޔަހޫދީންގެ މީހަކަށް .
Labels:
scholars
|
0
comments
އަބޫބަކުރު އައް-ސައިދަލާނީ ވިދާޅުވިއެވެ.
ތިމަންކަލޭގެފާނުން ސާލިމް ބިން މަންސޫރު ބިން ޢައްމާރު ވިދާޅުވަނިކޮށް
އަޑުއެއްސެވީމެވެ:
"ތިމަންކަލޭގެފާނުންނަށް ހުވަފެނުގައި
ތިމަންކަލޭގެފާނުންގެ ބައްޕާ ފެނިވަޑައިގަތުމުން އެއްސެވީމެވެ. "ބައްޕާގެ
ވެރިއިލާހު ބައްޕާ އާއިމެދު ކަންތައްކުރެއްވީ ކިހިނެތްތޯއެވެ؟"
ބައްޕާ ޖަވާބުދެއްވިއެވެ: ހަމަކަށަވަރުން
އަހުރެންގެ ވެރި ރައްބު އަހުރެން ކުއްތަންކުރައްވައި އެއްސެވިއެވެ.
"އޭ ނުބައިކަންބޮޑު މިހިރަ މުސްކުޅިއާއެވެ.
ކަލެޔަށް ތިމަން އިލާހު ޢަފޫދެއްވީ ކީތްވެކަން އިނގޭހެއްޔެވެ؟"
ބައްޕާ ބުންޏެވެ: އަހުރެންގެ ވެރި ރައްބެވެ. ނޫނެކެވެ!
Labels:
salaf
|
0
comments
Saturday, November 23, 2013
ޝައިޚް ސާލިޙުލް މަޣަމްސީ ވިދާޅުވިއެވެ:
ތިމަން 32 އަހަރުކުރިންފެށިގެން މިސްރުމީހަކު
ދަންނަމެވެ. އެދުވަހު (ފުރަތަމަ ފެނުނު ދުވަހު) އޭނާވީ ނުވަ މީހުންނާއިއެކު
އެއްގަމު އުޅަނދެއްގައެވެ. ކުރިމަތީގައިވާ ސީޓްތަކުގައި ވަނީ ދެމަފިރިއެކެވެ.
އެއިގެ ފަހަތުގައިވަނީ އުމުރުން ދުވަސްވީ މުސްކުޅި އަންހެނެކެވެ. އެމީހާ އިނީ
މީހުންގެ ގިނަކަމާއި ތާށިކަމާއި އަދި ބަލިޙާލު ހުރިގޮތުން ވަރަށް
އުނދަގޫލިބިފައެވެ. ދެން ތިމަން މިދަންނަ މީހާ އިނދެގެން ކުރީގައި އިން
ފިރިހެންމީހާއަށް ފަހަތައް އައިސް އެމުސްކުޅިމީހާ އޭނާގެ ގޮނޑިއަށް ބަދަލުކުރޭތޯ
ވަރަށް ވާހަކަދައްކައެވެ. ކުރީ ސީޓްގައި އިންމީހާ ދެކޮޅުހަދަމުންދެއެވެ.
އެކަމަކުވެސް ހުއްޓާނުލާ އެކަންކުރޭތޯއާއި މުސްކުޅިމީހާގެ ޙާލައް ވިސްނުމަށް އެދި
އެތައްގޮތަކުން ވާހަކަދައްކައިގެން އެންމެފަހުން އެމީހާ އެއްބަސްވެއްޖެއެވެ. ދެން
މިދެމަފިރިންކުރެ ފިރިހެންމީހާ އެންމެފަހުން ފަހަތައް އައިސް އެމުސްކުޅި މީހާއަށް
ކުރީ ސީޓްގައި ފަސޭހަކަމާއިއެކު އިނދެވޭނެގޮތްވެއްޖެއެވެ. ދެން އެމުސްކުޅި
އަންހެންމީހާ ކުރީ ސީޓްގައި އިށީންދެ އޭނާގެ ފައި ދަމާލައި ހަށިގަނޑަށް ލުއިކަން
ލިބުމުން އޭނާގެ ބަޚުރުވައިން ތިމަން ދަންނަ މީހާ (މުސްކުޅި މީހާ ކުރިއަށް
ގެންދިޔުމަށް ބާރުއެޅިމީހާ) އާއި ދިމާއަށް އޭނާގެ ބަހުރުވައިން އެއްޗެއް ބުންޏެވެ:
އެއިގެ މާނައަކީ: "ކޮންމެ އަހަރަކު ޙައްޖުވުމުން ﷲ ކަލޭ
ދުރުނުކުރައްވާށިއެވެ".
Labels:
others
|
0
comments
1.
سُبْحَانَ
اللهِ ، والْحَمْدُ لِلهِ ، وَاللهُ أَكْبَرُ (ކޮންމެ ކަލިމައެއް 33 ފަހަރު)
لَا إِلَهَ إِلَّا اللهُ ، وَحْدَهُ لَا شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ
لَا إِلَهَ إِلَّا اللهُ ، وَحْدَهُ لَا شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ
މީހަކު ނަމާދުކޮށް އަވަދިވެގެން މިދުޢާ ކިޔާކަމުގައިވާނަމަ، އޭނާގެ ފާފަތައް
ކަނޑުގެ ފޮނުގަނޑުހާ ގިނަކަމުގައި ވިޔަސް ފުއްސަވާނެތެވެ.
ރެފަރެންސް: މުސްލިމް 2691 ، އަބޫދާއޫދު 5060 ، އިބްން މާޖާ 3878
ރެފަރެންސް: ޝައިޚުލް އިސްލާމް އިމާމް އިބްން ތައިމިއްޔާގެ "ޞަޙީޙުލް
ކަލިމަތުއް ޠައްޔިބް" ގައި ވެސް މިދުޢާ ލިޔުއްވާފައި ވެއެވެ. އަދި ޙަދީޘްގެ
ޞައްޙަ ކަމާއިމެދު އަލް އައްލާމާ އަލް އަލްބާނީ އެއްބަސްވެ ވަޑައިގެންފައި ވެއެވެ.
2.
Labels:
dua
|
0
comments
Tuesday, November 19, 2013
قال حمزة الأعمى: وكنت أدخل على الحسن منزله وهو يبكي، وربما جئت إليه وهو
يصلي فأسمع بكاءه ونحيبه فقلت له يوماً: إنك تكثر البكاء، فقال: يا بني، ماذا
يصنع المؤمن إذا لم يبكِ؟
يا بني إن البكاء داع إلى الرحمة. فإن استطعت أن تكون عمرك باكيا فافعل، لعله
تعالى أن يرحمك
ހަމްޒާ އަލް އަޢްމާ ވިދާޅުވިއެވެ: އަހުރެން
ހަސަނުލް ބަސަރީގެ ގެޔަށް ޒިޔާރަތްކުރީމެވެ. އަދި އެކަލޭގެފާނުން ކީރިތި
ކުރައްވާތީ ދުށީމެވެ.
އަދި ބައެއްފަހަރު އަހުރެން ހަސަނުލް ބަސަރީ
ނަމާދަށް ހުންނަވަނިކޮށް އެގެޔަށް ދަމެވެ. އެއިރު އެކަލޭގެފާނުން ކީރިތި
ކުރައްވާތީ އަހުރެން ދެކެމެވެ.
އެހެންކަމުން އަހުރެން އެއްފަހަރަކު
އެކަލޭގެފާނުންގެ އަރިހުގައި ދެންނެވީމެވެ: "ކަލޭގެފާނުން އެހާގިނައިން
ކީރިތިކުރައްވަނީ ކީތްވެހެއްޔެވެ؟" އެކަލޭގެފާނުން ވިދާޅުވިއެވެ: "އޭ
އަހުރެންގެ ލޯބިވާ ދަރިފުޅާއެވެ، މުއުމިނު މީހާ ނުރޮއެ ދެން ކުރާނީ ވަކި
ކީތްހެއްޔެވެ. ދަރިފުޅާއެވެ. ގިނައިން ރޮއެހެދުމަކީ ކަލާންގެ ރަޙުމަތް
ލިބޭކަމެކެވެ. އެހެންކަމުން ދަރިފުޅުގެ ޢުމުރުގެ ބާކީބައިގައި ރޮވެހެދޭނަމަ،
އެކަންކުރާށެވެ. އެއީ ފަހަރުގައި ﷲ ދަރިފުޅަށް ރަޙުމަތް ލައްވާނެތެވެ.
އަލް އިމާމް އިބްން ޤައްޔިމް ރަޙިމަހުﷲ
ވިދާޅުވިއެވެ:
"ފުރިހަމަ ފިރިހެނަކު ބިރުގަންނާނީ އޭނާގެ
ހިތް މަރުވެދާނެތީއެވެ. އޭނާގެ ހަށިގަނޑު މަރުވެދާނެތީއެއްނޫނެވެ."
ރެފަރެންސް: މަދާރިޖުއް ސާލިޙީން: 248/3
Labels:
salaf
|
0
comments
Saturday, November 16, 2013
އިބްން އިސްޙާޤް ވިދާޅުވިއެވެ: ޝިޢްޔާ ބިން
އަމްސިޔާ ފޮނުއްވުނީ ޒަކަރިއްޔާ ގެފާނުންނާއި ޔަޙްޔާގެފާނުންގެ ކުރީގެ
ދުވަސްވަރެއްގައެވެ. އަދި މި ޝިޢްޔާ ބިން އަމްސިޔާ އަކީ ޢީސާގެފާނުންނާއި
ސަލާމްލެއްވި ކީރިތި މާތް ރަސޫލާ މުޙައްމަދު ސައްލަﷲ ޢަލައިހި ވަސައްލަމަ
ވަޑައިގަންނަވާނޭކަމުގެ ޚަބަރު ދެއްވި ބެއިކަލެކެވެ. އެކަލޭގެފާނުންގެ
ދުވަސްވަރުގައި އިސްރާއީލުގެ ދަރިކޮޅުގެ މީސްތަކުންނަށް އަމުރު ހިންގަން ހުރި
ރަސްކަލަކީ ޙަޒްޤިޔާ (Hezekiah) ނަމަކަށްކިޔުނު
މީހެކެވެ. އޭނާ މި ޝިޢްޔާ
ބިން އަމްސިޔާގެ ބަސްއަހައި އަޑުއިވުމުގެ ކަންފަތެއް ދިނެވެ. އެއިރު އިސްރާއީލުގެ
ދަރިންނަށްވަނީ މުސީބާތަކާއި ޖެހިފައެވެ. މިގޮތުގައި ވަނިކޮށް ރަސްގެފާނު
ބަލިވިއެވެ. އެއިރު ހަސަތޭކަ ހާސް ސިފައިންނާއެކު ބާބިލްގެ ރަސްގެފާނުން
ސެނަޖާރީބް (Sennacherib) ބައިތުލް މަޤްދިސްއަށް އަންނަނީއެވެ.
މިކަމާއި މީސްތަކުން ކަންތައްބޮޑުވެ އުޅެނިކޮށް
ޙަޒްޤިޔާ ރަސްގެފާނުން މިރަސޫލާގެ އަރިހުގައި ކަލާންގެ ރަސްކަންފުޅުގެ ފަރާތުން
ވަޙީއެއް އައިތޯ އެއްސެވިއެވެ. އެކަލޭގެފާނުން ނޫނެކޭ ވިދާޅުވެ ހުންނަވަނިކޮށް
ވަޙީގެ ޒަރީޢާއިން ކަންތައް ކުރަންވީ ގޮތަކީ ޙަޒްޤިޔާ ވެރިކަން ދޫކޮށް އެހެން
މީހަކަށް ވެރިކަން ދިނުންކަމުގައި އަންގަވައިފިއެވެ. އެހެނީ އޭނާ އިނީ މަރާއި
ވަރަށް ގާތްވެފައެވެ. ދެން މިޚަބަރު މިކަލޭގެފާނުން ރަސްގެފާނުންނަށް ދެންނެވުމުން
އޭނާ ﷲ އަށް ނަމާދުކޮށް ޙަމްދާއި ޝުކުރުދަންނަވައި ކީރިތިކުރައްވައި
ދުޢާދެންނެވިއެވެ.
Labels:
Prophets
|
0
comments
އިބްން އަބޫ އައް ދުންޔާ ފުދައިލް ބިން ޢިޔާދުގެ
އަރިހުން ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާ ޢީސާގެފާނުންގެ އަރިހުގައި ދެންނެވުނެވެ:
އޭ ޢީސާގެފާނުންނެވެ! ކަލޭގެފާނުން ފެނުގެ މަތީގައި ހިންގަވަނީ ކިހިނަކުންތޯއެވެ؟
އެކަލޭގެފާނުން ޖަވާބުގައި ދެންނެވިއެވެ: ﷲ އާއިމެދު އޮންނަ ފުރިހަމަ ޔަޤީންކަމާއި
އީމާނާއެކުއެވެ. ދެން އެމީހުންދެންނެވިއެވެ: އެކަމަކު އަހުރެމެންގެވެސް
ޔަޤީންކަމާއި އީމާންތެރިކަން އޮވެއެވެ. ދެން ޢީސާގެފާނުން ދެންނެވިއެވެ: އެހެންވިއްޔާ
(ފެނުގައި ހިނގާފައި) އަންނާށެވެ. ދެން އެމީހުން އެކަލޭގެފާނުންނާއެކު
ފެންމަތީގައި ހިނގިއެވެ. އަދި ފެންގަނޑުގެތެރެއަށް ވެއްޓުނެވެ. ދެން
އެކަލޭގެފާނުން ވިދާޅުވިއެވެ: ކިހިނެއް ވީހެއްޔެވެ؟ އެމީހުން ދެންނެވިއެވެ:
އަހުރެމެން އެހެރަ ބޮޑެތި ރާޅުތައް ފެނިފައި ބިރުގަތީއެވެ. ދެން އެކަލޭގެފާނުން
ވިދާޅުވިއެވެ: އެ ރާޅުތަކުގެ ވެރި އިލާހު ދެކި ތިޔަބައިމީހުން ބިރެއް
ނުގަނޭހެއްޔެވެ؟ ދެން އެކަލޭގެފާނުން އެމީހުން އެތަނުން ނެންގެވިއެވެ. ދެން
އެކަލޭގެފާނުން ބިމުގައި އަތް ބީއްސަވައި އެއިން ހިރަފުސް ނަންގަވައި އަތް
ހުޅުއްވައިލެއްވިއެވެ. އެއިރު އަތްޕުޅުގައި ވަނީ މުތާއި ރަނެވެ. ދެން
އެކަލޭގެފާނުން ވިދާޅުވިއެވެ: މީގެ ތެރެއިން ކަލޭމެން އެންމެ ރުހެނީ
ކޮންއެއްޗަކައްހެއްޔެވެ؟ އެމީހުން ދެންނެވިއެވެ: ރަނެވެ. އެކަލޭގެފާނުން
ދެންނެވިއެވެ: އެހެނަސް ތިމަންކަލޭގެފާނުންނަށް މިއީ ހުސް އެކައްޗެކެވެ.
Labels:
Prophets
|
0
comments
އިބްން އަސާކިރު ވިދާޅުވިއެވެ:
އެކަލޭގެފާނުންނަކީ ޢުޒައިރު ބިން ޖަރުވާއެވެ. އިސްޙާޤް ބިން ބިޝްރު ، އިބްން
ޢައްބާސް އާއި އެހެނިހެން ބެއިކަލުންގެ އަރިހުން ރިވާކުރެއްވިއެވެ. ޢުޒައިރު އަކީ
އަޅުވެރި ބުއްދިވެރިއެކެވެ. އެއްދުވަހަކު އެކަލޭގެފާނުންގެ ބެލުމުގެ ދަށުގައިވާ
ތަނަކަށް ވަޑައިގެން އެނބުރިވަޑައިގެން ވަރަށް ހަލާކުވެ ވީރާނާވެފައިވާ ތަނެއްގައި
މަޑުކުރެއްވިއެވެ. އެއީ މެންދުރުގެ ވަރަށް ހޫނުގަދަ ވަގުތެއްކަމުން އެކަލޭގެފާނުން
އެތަނުން ހިޔާ ތަންކޮޅެއް ހޯދައި އަރައި އިންނެވި ހިމާރުން ފައިބައި ވަޑައިގެން
އަތުގައިވާ މޭބިސްކަދުރު ފެއްލަވައި އެއިން ދިޔަހައްދަވައި ރޮއްޓާއެކު
ފަރިއްކުޅުއްވިއެވެ. ދެން އޮށޯވެވަޑައިގެން އެތަނުގެ ނިކަމެތި ޙާލަތަށް ބައްލަވައި
ވިދާޅުވިއެވެ: "މިތަކެތި ފަނާވެ ދިޔުމަށްފަހު ﷲ މިތަންތަން އަލުން
އާރާސްތުކުރައްވާނީ ކިހިނެއްބާވައެވެ؟" (ބަޤަރާ: 259) އެކަލޭގެފާނުން އެހެން
ވިދާޅުވީ ކަލާންގެ ރަސްކަންފުޅުގެ އާރާއިބާރާއި މެދު ޝައްކު ކުރާތީއެއްނޫނެވެ.
އެކަމަކު ހައިރާންވެވަޑައިގެންފައި ހުރިވަރުންނެވެ؟ ދެން ﷲ ތަޢާލާ މަރުގެ
މަލާއިކަތާ ފޮނުއްވައި މި ޢުޒައިރުގެފާނުންގެ ފުރާނަފުޅު ހިއްޕެވިއެވެ. ދެން
އެގޮތުގައި އެކަލޭގެފާނުން އެއްސަތޭކަ އަހަރު މަރުވެފައި އޮންނެވިއެވެ.
Labels:
Prophets
|
0
comments
Tuesday, November 12, 2013
އަލް އިމާމް އަޙްމަދު ބިން ހަންބަލް އަކީ ކޮން
ބެއިކަލެއްކަން އޮޅިފައެއް ނޯންނާނެއެވެ. އެކަލޭގެފާނުންނީ އިމާމުއް ސުންނާއެވެ.
އެކަލޭގެފާނުންނީ އެންމެ ހިތްވަރުގަދަ އެއްއިމާމެވެ. އެކަލޭގެފާނުންނާއި މެދު
އެކަލޭގެފާނުންގެ ދަރި އިމާމް ޢަބްދުﷲ ވިދާޅުވިއެވެ: ތިމަންކަލޭގެފާނުންގާތުގައި އަލް
އިމާމް އަބޫ ޛަރްޢާ އައްރާޒީ ވިދާޅުވިއެވެ: ކަލޭގެފާނުންގެ ބައްޕާ، ތިމަން
ކަލޭގެފާނުންގެ އަރިހުގައި ސަނަދާއި މަތުނާއެކު އެއްމިލިޔަން ޙަދީޘް ކިޔައދެއްވިއެވެ.
ޒަހަބީ އިމާމް ވިދާޅުވިއެވެ: މީހަކު ބުންޏެވެ: ޚުރާސާނު މީހުން އިމާމް އަޙްމަދަކީ
އިންސާނުން ވައްތަރު ޖަހާ ބެއިކަލެއްކަމުގައި ނުބަލައެވެ. އެމީހުން ބަލަނީ އެއީ
މަލާއިކަތުންނާއި ވައްތަރު ބެއިކަލެއްގެ ގޮތުގައެވެ.(1)
މިއަޙްމަދުގެފާނުން ޔަޙްޔާބިން މަޢީންއާއިމެދު
ވިދާޅުވިއެވެ: މީހަކު ޔަޙްޔާ ބިން މަޢީން އަށް ނޭންގޭ ޙަދީޘެއް ކިޔައިފިނަމަ އެއީ ޙަދީޘެއްނޫނެވެ.(2)
އެކަލޭގެފާނުން އެހާ ޢިލްމުވެރިއެވެ. މި ޔަޙްޔާ ބިން މަޢީންއަކީ އިމާމް އަޙްމަދުގެ
ކުރީގައި އިމާމުއް ސުންނާގެ ލަޤަބު ލިބިވަޑައިގެން ހުންނެވި ބެއިކަލެވެ.
ކީރިތި ޤުރުއާނަކީ ޚަލްޤު ކުރެވިގެންވާ
މަޚްލޫޤެއް ކަމާއިމެދު ޢައްބާސީ ޚިލާފަތުގައި ވަރަށްބޮޑު ފިތުނަގަނޑެއް
އުފެދުނެވެ. މިފިތުނައިގައި އެއިރު މުޅި އިސްލާމީ އުއްމަތް އެކީ ވަނީ
ޣަރަޤުވެފައެވެ. އެދުވަސްވަރު ޚަލީފާއިން ބޮޑެތި ޢިލްމުވެރިން ގެންގޮސް
ބިރުދައްކައި ގަދަކަމުން ޤުރުއާނަކީ މަރުވާނެއެއްޗެއްކަމުގައި، އެއީ
މަޚްލޫޤެއްކަމުގައި އެއްބަސްކުރުވައެވެ. އަދި އެއްބަސް ނުވާ މީހުންގެ ގައިގައި
ތަޅާ އަނިޔާކުރެއެވެ. އަދި ބައެއްފަހަރު މަރާވެސް ހެދިއެވެ.
Labels:
scholars
|
0
comments
Monday, November 11, 2013
ކަށު ނަމާދު ރަސޫލޫﷲ ޞައްލަﷲ
ޢަލައިހި ވަސައްލަމަ ކުރެއްވެވި ގޮތަށް
ކަށު ނަމާދު ކުރާނެ ގޮތްވަނީ ރަސޫލުﷲ ގެފާނާއި
އެކަލޭގެފާނުންގެ ޞަޙާބީން ކިޔައިދެއްވާފައެވެ. އެއީ ނަމާދު ކުރާމީހާ "ﷲ
އަކްބަރު" ކިޔައި ހަށަމް ބަންނާނީއެވެ. ދެން އަޢޫޛު ބިސްމި ކިޔައި ސޫރަތުލް
ފާޠިޙާ (އަލްޙަމްދު ސޫރަތް) ކިޔައި ދެން ޤުރުއާނުން ކޮންމެވެސް ކުރު ސޫރަތެއް
ކިޔާނީއެވެ. ނުވަތަ ފާތިޙާ ސޫރަތައްފަހު ޤުރުއާނުން ކޮންމެވެސް އާޔަތްތަކެއް
ކިޔަވާނީއެވެ.
ދެން އަނެއްކާ "ﷲ އަކްބަރު" މި
ތަކްބީރު ކިޔައި ރަސޫލާގެ މައްޗަށް ޞަލަވާތާއި ސަލާމް ކިޔާނީއެވެ. މިއީ ފަރުޟު
ނަމާދު ތަކުގައި ފަހު އައްތަޙިއްޔާތުގައި ކިޔާ ޞަލަވާތެވެ. އެއީ:
"ﷲހުމްމަ ޞައްލި ޢަލާ މުޙައްމަދިން ވަޢަލާ
އާލި މުޙައްމަދިން ކަމާ ޞައްލައިތަ ޢަލާ އިބްރާހީމަ ވައާލި އިބްރާހީމަ އިންނަކަ
ޙަމީދުން މަޖީދު. ވަބާރިކް ޢަލާ މުޙައްމަދިން ވަޢަލާ އާލި މުޙައްމަދިން ކަމާ
ބާރަކްތަ ޢަލާ އިބްރާހީމަ ވައާލި އިބްރާހީމަ އިންނަކަ ޙަމީދުން މަޖީދު"
ދެން "ﷲ އަކްބަރު" ތިންވަނަ ފަހަރަށް ކިޔައި
މައްޔިތާގެ މައްޗަށް ހެޔޮ ދުޢާ ކުރާނީއެވެ. ނަމާދު ކުރާމީހާގެ މައްޗަށް އެދެވިގެން
ވަނީ އަންނަނިވި ދުޢާ ކިޔުމަށެވެ. އެއީ:
Labels:
tarubiya
|
0
comments
Saturday, November 9, 2013
1.
ނަމާދުކުރަން ނިޔަތްގަތް މީހާ ވުޟޫކުރުން
ރަސޫލުﷲ ގެފާނުން ޙަދީޘްކުރައްވާފައިވެއެވެ: "ޙާއްޞަ ސާފު
ތާހިރުކަމަކާއިނުލައި އެއްވެސް ނަމާދެއް ސައްޙަނުވެއެވެ."
2.
ޤިބުލައަށް، ކަޢުބާއަށް މުޅި ހަށިގަނޑު ކުރިމަތިލައިގެންހުރެ ފަރުޟު
ނަމާދަކަށްވިޔަސް ނުވަތަ ސުންނަތް ނަމާދަކަށްވިޔަސް ނިޔަތްގަތުން.
ނިޔަތްގަތުމުގައި ދުލުން ކިޔުމެއް ނެތެވެ. ނަމަވެސް ސުތުރާއެއް (މީހާ ނަމާދުކުރާ
ތަނުގައި އޭނާ ސަޖިދަ ޖަހާހިސާބާއި ކުޑަތަންކޮޅެއް ދުރުގައި މުސައްލާ
ވަކިކުރުމައްޓަކައި ކޮންމެވެސް ހުރަހެއް ބޭއްވުން)
3.
ތަކުބީރުލް އިޙްރާމް، "ﷲ އަކްބަރ" ކިޔައި ސަޖިދަ ޖަހާދިމާއަށް
ލޮލުގެ ފެނުން ހިފެހެއްޓުން
4.
ތަކުބީރުލް އިޙްރާމް ކިޔާއިރު އޭނާގެ ދެއަތް ކަންފަތާއި ނުވަތަ ހަށިގަނޑާއި
ފާޓުފުޅާވާ ގޮތަށް (ޕެރެލަލްވާ ގޮތަށް) އުފުލައިލުން
5.
މޭގައި ހަށަމްބަތުން. ވާތުގެ ކުޑަހުޅުގައި ކަނާތް ބާއްވާފައި އޮތުން.
6.
ނަމާދަށް ފެށުމުގެ ދުޢާކިޔުން އެދެވިގެންވެއެވެ. އެއީ:
Labels:
tarubiya
|
0
comments
Friday, November 8, 2013
1.
ރަސޫލާ މުޙައްމަދު (ސައްލަﷲ ޢަލައިހި ވަސައްލަމަ)
ދުނިޔެއަށް ފޮނުއްވުން
2.
ރަސޫލާ މުޙައްމަދު (ސައްލަﷲ ޢަލައިހި ވަސައްލަމަ) ސުވަރުގެ
ވަޑައިގަތުން
3.
ހަނދު ދެފަޅިކުރެއްވުން
4.
އަސްޙާބު ބެއިކަލުން ނެތިގެން ދިޔުން
5. ބައިތުލް މަޤްދިސް ފަތަޙަކުރެވުން
6. މަރު ގިނަވެގެން ގޮސް ކަންބަޅި
އައިނެއް މަރާލެވިފައިވާގޮތަށް މަރުގިނަވުން
7. ހުރިހާ ވައްތަރެއްގެ ފިތުނަތައް
ފާޅުވުން
8. ސެޓެލައިޓް ޗެނަލްސްތައް ފާޅުވުން
9. ރަސޫލުﷲ ގެފާނުން ޙަދީޘްކުރެއްވި
ސިއްފީނު ހަނގުރާމަ ހިނގުން
10. ޚަވާރިޖުން ފާޅުވުން
Labels:
tarubiya
|
0
comments
Sunday, November 3, 2013
މިއަސްޙާބަކީ ރާބުއިމަށް ދެވިހިފުމުގެ ބަލި
ޖެހިފައިވާ މީހެކެވެ. އެކަލޭގެފާނުން ރާބޮއިގެން ގެނެވި އަދަބުދެވި
ދޫކޮށްލެވެއެވެ. އަނެއްކާ އަނެއްފަހަރަކު ރާބޮއިގެން ގެނެވި އަދަބުދެވެއެވެ.
އެކަމަކު (އަހަރެމެންފަދަ މީހުންނާއި ޚިލާފަށް) އެކަލޭގެފާނުންނަށް ﷲ ގެ ދީނުގެ
ކަންކަމުގައި މިރާބުއިން ނުޖައްސައެވެ. އެހެންކަމުން އެކަލޭގެފާނުން ޤާދިސިއްޔާ
ހަނގުރާމައަށް ސިފައިންގެ މީހެއްގެ ގޮތުގައި ހުންނަވައި ޝަހީދުވުމަށް
އެދިވަޑައިގެން ވަޑައިގަތެވެ. ޤާދިސިއްޔާ ހަނގުރާމައިގައި މިކަލޭގެފާނުން މުސްލިމުންގެ
ކޮމާންޑަރ ސަޢުދު ބުނު އަބީ ވައްޤާސްގެ އަރިއަހަށް އަނެއްކާވެސް ރާބޮއިގެން
ގެނެވުނެވެ. ލަޝްކަރުގެ އަމީރު ސަޢުދުގެފާނުން މި އަބޫ މިހްޖަންގެފާނުން
ހައްޔަރުގައި ބެހެއްޓެވިއެވެ. އެހެނީ އެފަދަ ކަމެއްކޮށްގެން ހުރިމީހަކުގެ ކިބައިން
މުސްލިމުންގެ ސަފުތައް ތާހިރުކުރެއްވުމުގެ ގޮތުންނެވެ.
މި ހައްޔަރަކީ އަބޫ މިހްޖަނަށް ވަރަށް ބޮޑު
ހިތާމައަކާއި އުނދަގުލެއްކަމުގައި ވިއެވެ. އެކަލޭގެފާނުން ޤައިދުގައި ވަނިކޮށް ކަނޑިއާއި
ލޮންސީގެ އަޑުފައްގަނޑާއި އަސް އަހުގެ ގޮވުމުގެ އަޑު އިވިވަޑައިގަތުމުން ޖިހާދު
ފެއްޓިއްޖެކަން އެނގިވަޑައިގެންކަމާއި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވިއްޖެކަން
އެނގިވަޑައިގެން އެކަލޭގެފާނުންނަށް ކެތްކުރަން ދަތިފުޅުވެވަޑައިގެންނެވިއެވެ.
Labels:
salaf
|
0
comments
އިބްން ޢައްބާސް ރިވާކުރެއްވިއެވެ: ރަސޫލުﷲ
(ސައްލަﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރެއްވިއެވެ: "ތިމަންކަލޭގެފާނުން އިސްރާއާއި
މިޢުރާޖުގެ ރޭގައި ތިމަންކަލޭގެފާނުންނަށް ވަރަށް މީރު ވަހެއް ދުވިއެވެ.
ތިމަންކަލޭގެފާނުން ދެންނެވީމެވެ: އޭ ޖިބްރީލްގެފާނުންނެވެ، މިދުވަނީ ކޮން މީރު
ވަހެއްތޯއެވެ؟ ޖިބްރީލް ގެފާނުން ދެންނެވިއެވެ: މިއީ ފިރުޢައުނުގެ އަންހެން ދަރީގެ
ބޮލުގައި ފުނާ އަޅުވައިދޭން އުޅުނު މީހެއްގެ ގައިން ދުވާ މީރުވަހެވެ.
ތިމަންކަލޭގެފާނުން ދެންނެވީމެވެ: އެބައިމީހުންގެ ވާހަކައަކީ ކޮބައިތޯއެވެ؟
ޖިބްރީލްގެފާނުން ދެންނެވިއެވެ: އޭނާ ފިރުޢައުނުގެ އަންހެން ދަރީގެ ބޮލުގައި ފުނާ
އަޅުވައިދޭން އުޅުމުގެ ތެރޭގައި އެއްދުވަހަކު އެ ދަގަނޑު ފުނާ އޭނާގެ އަތުން
ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ. އަދި އޭނާ ބުންޏެވެ، 'ބިސްމިﷲ' (ﷲގެ އިސްމު
ފުޅުން (ފަށަމެވެ))' ފިރުއަޢުނުގެ އަންހެން ދަރި ބުންޏެވެ: 'އަހުރެންގެ ބައްޕަ
(ހެއްޔެވެ)؟' އެ އަންހެންމީހާ ބުންޏެވެ: 'ނޫނެކެވެ. އަހަރެންގެ ކަލާންގެއާއި
ކަލޭގެ ބައްޕާގެ ކަލާންގެއަކީ ﷲއެވެ' އެއަންހެން ދަރި ބުންޏެވެ: 'އަހުރެން
ތިވާހަކަ ބައްޕާގެ ގާތުގައި ދަންނަވާނަމެވެ.' އެއަންހެން މީހާ ބުންޏެވެ:
'މައްސަލައެއް ނެތެވެ'
Labels:
nations
|
0
comments
Saturday, November 2, 2013
ރަގަޅު މީހުންނަށް ދެރަ ގޮތް މެދުވެރިވަނީ ކީއްވެހެއްޔެވެ؟
ޖަވާބު: އިމްތިޙާނަކީ
އެއީއެވެ. ރަގަޅަށް އުޅޭހާ މީހަކަށް ރަގަޅު ގޮތްވެފައި މުއްސަނދިމީހާއަށް އަބަދު
މުއްސަނދިކަން ލިބޭނަމަ، ދަރިންގެ ދަރިންނާ ޖެހެންދެން މަސައްކަތް ކުރުމެއް
ނެތެވެ. ﷲ އަޅަކު ދެކި ލޯބިވެވޮޑިގެންވަނީނަމަ، އެމީހަކު އިމްތިޙާން
ކުރައްވާނެއެވެ.
ކީރިތި ޤުރުއާނުގައި
ބަޔާންކުރައްވާފައި ވެއެވެ:
وَلَنَبْلُوَنَّكُمْ بِشَيْءٍ مِّنَ الْخَوفْ وَالْجُوعِ
وَنَقْصٍ مِّنَ الأَمَوَالِ وَالأنفُسِ وَالثَّمَرَاتِ وَبَشِّرِ الصَّابِرِينَ
"ހަމަކަށަވަރުން ތިމަން ރަސްކަލާންގެ ތިޔަބައިމީހުން
ބިރުވެރިކަމުންނާއި، ބަނޑުހައިހޫނުކަމުންނާއި، މުދާ ގެއްލިދިޔުމުންނާއި، މޭވާ
ނުލިބުމުން އިމްތިޙާން ކުރައްވާހުށީމެވެ. ކެތްތެރިވާ މީހުންނަށް އުފާވެރި ޚަބަރު
ދެއްވާށެވެ." (ބަޤަރާ: 155)
ދެރަ ގޮތެއް
މެދުވެރި ވެއްޖެނަމަ އަބަދުވެސް ބަލަންވީ ތިމާއަށްވުރެ މިހާރު ޙާލުގައިވާ މީހުންގެ
މައްޗަށް ތިމާއަށް ދެއްވާފައިވާ ނަޞީބުގެ މައްޗަށެވެ.
އެހެން ނޫނަސް
ބައެއްފަހަރު، ދެރަގޮތެކޭ ހީވާ ކޮންމެ ގޮތެއް ދެރަގޮތަކަށްވެސް ނުވެ
ހިނގައިދާނެއެވެ. ﷲ ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައި ވެއެވެ.
Labels:
abtreligion,
qna
|
0
comments
Subscribe to:
Posts (Atom)