Wednesday, February 26, 2014


އެއްދުވަސްވަރެއްގައި ބުދަށް އަޅުކަންކުރާމީހަކު އުޅުނެވެ. އެމީހާ ކޮންމެދުވަހަކު ބުދުގެ ގާތަށްގޮސް އެއެއްޗަށް އޭނާ ކިޔާނަމުން ގޮވައެވެ. “އޭ ސަނަމްއެވެ. އޭ ސަނަމްއެވެ.”

މިމީހާއަށް އެއްދުވަހަކު އޮޅިގެން “އޭ ސަނަމްއޭ!” ގެ ބަދަލުގައި “އޭ ޞަމަދު!” އޭކިޔައި ގޮވައިލެވުނެވެ. ހަމަ ގޮވައިލުމާއެކީ ޢަރުޝީގެ ވެރި ﷲ ޖަވާބުދެއްވިއެވެ. އަޅާއެވެ. ތިމަންއިލާހު ވޮޑިގެންވަމެވެ. އެހިނދު ކުޑަތާ މަލާއިކަތުން ސުވާލު ދެންނެވިއެވެ. ޔާ ﷲއެވެ. އިބައިލާހު ޖަވާބު ދެއްވަނީތޯއެވެ؟ އެއީ ބުދަށް އަޅުކަންކުރުމުގައި އުމުރުހޭދަކުރާ މީހެކެވެ. އަދި އޭނާ އެހެން އެގޮވީ އޮޅިގެންނެވެ. އެހިނދު ﷲ ވަޙީކުރެއްވިއެވެ. ތިމަން ﷲ ގެ ޙަޟްރަތަށް އޭނާ ރުޖޫޢަވާނެކަމަށް 70 އަހަރުވަންދެން ތިމަން ﷲ އިންތިޒާރުކުރެއްވުމުގައި ވޮޑިގެންވީމެވެ. (1)
އެހެން ވާހަކައެކެވެ.

ސާލާމްލެއްވި އިބްރާހީމް ޚަލީލް ގެއަރިހަށް މެހުމާނެއްގެ ގޮތުގައި އަލިފާނަށް އަޅުކަންކުރާމީހަކު އައެވެ. އިބްރާހީމްގެފާނުންގެ ގެކޮޅުގައި އޭނާ އެޢަމަލުކުރާތަން ފެނިވަޑައިގަތުމުން ރަސޫލުންގެ ތެރެއިން ރުޅިމަޑުކަމަށް މަޝްހޫރު އިބްރާހީމްގެފާނުން ކޯފާވެ އެގޭގައި އެމުޑުދާރުކަންތައް ނުކުރުމަށްބުނެ ގެއިންބޭރުކުރިއެވެ. އެއާއިއެކު ﷲ އިބްރާހީމްގެފާނުންނަށް ވަޙީކުރެއްވިއެވެ. ކަލޭގެފާނުންނަށް ގަޑިއެއްގެ މިންވަރަށް ކެތްކުރައްވަން އުނދަގޫވީތޯއެވެ؟ތިމަން ﷲ ގެއެއަޅާ އަލިފާނަށް އަޅުކަންކުރުމުގައި 60 އަހަރު ބޭކާރުކުރިއެވެ. ނަމަވެސް ތިމަން އިލާހު ކެތްތެރިވެވޮޑިގަތީމެވެ. ދެން ޚަލީލުﷲ އެކަމާއި ހިތާމަކުރައްވައި ދުވެވަޑައިގެން އައިސް އެމުސްކުޅި މީހާ އެކަލޭގެފާނުންގެ ކޮނޑުފުޅުގައި އަނބުރާ އެކަލޭގެފާނުންގެ ގެޔަށް ގެނައުމަށް އެދުނެވެ. އެއީ ކީތްވެތޯ އެމީހާ އެހުމުން އެކަލޭގެފާުނުން، އެއީ ތިމަން ކަންތައް ކުރި ގޮތާއިމެދު ﷲ ރުހިވޮޑިނުގެން ވާހަކަ ވިދާޅުވިއެވެ. ދެން އެކަމާއި ހައިރާންވެ އެމީހާ ބުންޏެވެ. ކަލޭގެ(ފާނުގެ) ވެރިއިލާހު އަހަރެންނާއިމެދު އެހެން ބަސްވަޙީކުރެއްވިނަމަ، ހަމަކަށަވަރުން އިލާހަކީ އެއީއެވެ. ދެން އޭނާ އިސްލާމްވިއެވެ.
ކުދިންނޭވެއެވެ. މިހުންނަނީ ﷲ ގެއަޅުތަކުންނާއިމެދު އެކަލާންގެ އޯގާވަންތަ ކަމެެވެ. ދަންނާށެވެ. އެއީ ﷲ އެވެ. ޢާލަމްތަކުގެ ވެރި ﷲ އެވެ. އެކަލާންގެ ކަންކަން ކުރައްވަނީ ސަބަބުތަކާއި ލައިގެންނެވެ. ފަޤީރު މީހާ މުއްސަނދި ކުރައްވަނީ ކުއްލިޔަކަށް ލާރިތަކެއް ނެތުމުގެތެރެއިން ދެއްވައިގެންނެއް ނޫނެވެ. ސަބަބު މެދުވެރިކޮށެވެ. ސަބަބަކީ އެއީ އިލާހެވެ. ސަބަބެއް މެދުވެރިކޮށްގެން މައްސަލައެއް ޙައްލުކުރަންވެސް ނޭންގިގެން މިއުޅެނީ އަހަރެމެންނަށެވެ. (2) އެހެން ވާހަކައެކެވެ .
 
Tuesday, February 11, 2014


އެއްދުވަހަކު ކުޑަކުޑަ ދަރިޔަކު އޭނާގެ ބައްޕަކުރެން އެއްސެވެ.

ދަރިފުޅު: ބައްޕާ! އަޅުގަނޑު ސުވާލެއް ކޮއްލަންތޯ؟

ބައްޕަ: އާނ. ކީކޭ؟

ދަރިފުޅު: ބައްޕައަށް ގަޑިއެއްގެ އިރުތެރޭ ކިހާވަރެއް ލިބޭތޯއެވެ؟

ބައްޕަ: އެއީ ދަރިފުޅާ ބެހޭކަމެއްނޫން! އެއީ ކީތްކުރަން ހޯދާއެއްޗެއް؟

ދަރިފުޅު: ހަމަ އިނގިލާ ހިތްވީ! އަޅެ ބައްޕަ ބުނެދެއްވަބަލަ. ކިހާވަރެއް ލިބޭތޯ ބައްޕައަށް؟

ބައްޕަ: ކޮންމެހެން އިނގެންބޭނުމިއްޔާ ބުނެފާނަން. 100 ޑޮލަރު ލިބޭ ގަޑިއެއްހާއިރުގެ ތެރޭގައި"

ދަރިފުޅު ބޯ ތިރިކޮށްލަމުން އެއްސެވެ:

ދަރިފުޅު: އެހެންޏާ 50 ޑޮލަރު އެއިގެތެރެއިން ނަގާފައި އަޅުގަނޑަށް ދެއްވާފާނަންހެއްޔެވެ؟

މިހެންބުނުމުން ބައްޕަ ވަރަށް ރުޅިގަދަވިއެވެ. އަދި ބުންޏެވެ:

Monday, February 10, 2014



ދެން ﷲ ސުބުޙާނަހޫ ވަތަޢާލާ އާދަމްގެފާނުން ޚަލްޤުކުރައްވައި އެކަލޭގެފާނުން ކުރިފުޅުމަތީ ސަޖިދަކުރުމަށް މަލާއިކަތުންނަށް އެންގެވިހިނދު އިބިލީސް އުރެދިގަތެވެ. މިވާހަކަ ބަޤަރާ ސޫރަތުގެ 34 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ. އަލް އިމާމް މުޙައްމަދު ބިން ސީރީން ވިދާޅުވިއެވެ: އެންމެ ފުރަތަމަ ފަލްސަފާގެ ވިސްނުމުން އަމިއްލަޔަށް ﷲގެ އެންގެވުމުގެ މައްޗަށް ތިމާގެ އަމިއްލަ ވިސްނުން އިސްކޮށް ތިމަންނާއަށް އެންމެ ރަގަޅު ގޮތްކަމުގައި ހިތިމީހަކީ އިބިލީހެވެ. އިރާއި ހަނދަށް އިންސާނުން އަޅުކަންކުރަން ފެށީވެސް މިފަދައިން އަމިއްލަ ބުއްދި އިސްކޮށްގެންނެވެ. މިވާހަކަ އިބްން ޖަރީރު ވިދާޅުވެފައިވެއެވެ. 

  

ﷲ ވަޙީކުރެއްވިއެވެ:
ފަހެ، شيطان އާ އެ ގަސް މެދުވެރިކޮށް، އެ ދެކަނބަލުން ކުށުގައި އަޅުވައި، ސުވަރުގޭގައި އެ ދެކަނބަލުން އުޅުއްވި نعمة ތަކުން އެ ދެކަނބަލުން ބޭރުކޮށްފިއެވެ. އަދި ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ. ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކާ عداوة ތެރިން ކަމުގައިވާ حال، ތިޔަބައިމީހުން (ބިމަށް) ފައިބާށެވެ! އަދި ބިމުގައި ތިޔަބައިމީހުންނަށްޓަކައި، قرار ވެ ތިބެނިވި ތަނަކާއި، ހިނދުކޮޅަކަށް ދުނިޔޭގެ ވަގުތީ އުފަލެއްވެއެވެ.


މުތަރުޖިމް. ބަޤަރާ ސޫރަތުގެ 36 ވަނަ އާޔަތުގައި އާދަމްގެފާނުންނަށް އެކުރެވުނު ކުށާއިމެދު ވަޙީކުރައްވާފައިވަނީ އޮޅިގެން ކުރެވުނު ކުށެއްގެ ގޮތުގައެވެ. ނަމަވެސް އަޅުގަނޑުމެން ދިވެހިންގެ ތެރެއަށް ވަދެގެން މިއުޅޭ އެކަލާންގެ ކޯފާ އިސްކުރައްވައި އެދެމަފިރިކަނބަލުން ސުވަރުގެއިން ނެރެލައްވައި ދުނިޔެއަށް ފާފަވެރިންގެ ގޮތުގައި އިބިލީހާއެކު އަރުވާލެއްވި ވާހަކައީ ނަޞާރާ ދީނުގެތެރެއިން ދިވެހިންގެ ތެރެއަށް ވަދެގެންއުޅޭ ވަރަށް ގިނަ މީހުންނަށް އޮޅިފައިވާ ބޮޑު ކުށްގޮތެކެވެ. އަސްލަކީ ﷲ ތަޢާލާ އެކަލޭގެފާނުން ޚަލްޤުކުރައްވައި ބަގީޗާއެއްގައި ލެހެއްޓެވީ އެކަލޭގެފާނުންނަށް ދެއްވެވި އަމިއްލަ އިޚްތިޔާރު އެކަލޭގެފާނުން ބޭނުންފުޅު ކުރައްވަންދެނެވެ. އެއާއެކު އެކަލޭގެފާނުން ދިރިއުޅުއްވުމަށް ޚަލްޤުކުރެއްވެވި އަސްލު މަންޒިލަށް ފޮނުއްވެވީއެވެ. އ.ހ.

Sunday, February 2, 2014


މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ:
وَإِذْ قَالَ رَ‌بُّكَ لِلْمَلَائِكَةِ إِنِّي جَاعِلٌ فِي الْأَرْ‌ضِ خَلِيفَةً ۖ قَالُوا أَتَجْعَلُ فِيهَا مَن يُفْسِدُ فِيهَا وَيَسْفِكُ الدِّمَاءَ وَنَحْنُ نُسَبِّحُ بِحَمْدِكَ وَنُقَدِّسُ لَكَ ۖ قَالَ إِنِّي أَعْلَمُ مَا لَا تَعْلَمُونَ ﴿٣٠

" ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ބިމުގައި خليفة އަކު ލައްވާހުށީމޭ ملائكة ންނަށް وحى ކުރެއްވިހިނދު ހަނދުމަކުރައްވާށެވެ! އެބޭކަލުން (އެހިނދު) ދެންނެވޫއެވެ. އަޅަމެން އިބަރަސްކަލާނގެއަށް حمد އާއެކު تسبيح ކިޔައި، އިބަރަސްކަލާނގެއަށް تقديس ކޮށްކޮށް ތިއްބައި، އެ ބިމުގައި ފަސާދަ އުފައްދައި ލޭއޮހޮރުވާނޭ ބަޔަކު އިބަރަސްކަލާނގެ އެ ބިމުގައި ލައްވަނީތޯއެވެ؟ އެކަލާނގެ وحى ކުރެއްވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެނގިގެންނުވާ ކަންތައްތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ."