Wednesday, February 26, 2014
އެއްދުވަސްވަރެއްގައި
ބުދަށް އަޅުކަންކުރާމީހަކު
އުޅުނެވެ. އެމީހާ ކޮންމެދުވަހަކު ބުދުގެ ގާތަށްގޮސް އެއެއްޗަށް އޭނާ ކިޔާނަމުން ގޮވައެވެ. “އޭ ސަނަމްއެވެ. އޭ
ސަނަމްއެވެ.”
މިމީހާއަށް
އެއްދުވަހަކު އޮޅިގެން “އޭ ސަނަމްއޭ!” ގެ ބަދަލުގައި “އޭ ޞަމަދު!” އޭކިޔައި ގޮވައިލެވުނެވެ. ހަމަ ގޮވައިލުމާއެކީ ޢަރުޝީގެ ވެރި ﷲ ޖަވާބުދެއްވިއެވެ. އަޅާއެވެ.
ތިމަންއިލާހު ވޮޑިގެންވަމެވެ.
އެހިނދު
ކުޑަތާ މަލާއިކަތުން ސުވާލު ދެންނެވިއެވެ. ޔާ ﷲއެވެ. އިބައިލާހު ޖަވާބު ދެއްވަނީތޯއެވެ؟ އެއީ ބުދަށް އަޅުކަންކުރުމުގައި
އުމުރުހޭދަކުރާ މީހެކެވެ. އަދި އޭނާ
އެހެން އެގޮވީ އޮޅިގެންނެވެ. އެހިނދު ﷲ ވަޙީކުރެއްވިއެވެ. ތިމަން ﷲ ގެ ޙަޟްރަތަށް އޭނާ ރުޖޫޢަވާނެކަމަށް 70 އަހަރުވަންދެން ތިމަން ﷲ
އިންތިޒާރުކުރެއްވުމުގައި ވޮޑިގެންވީމެވެ. (1)
އެހެން
ވާހަކައެކެވެ.
ސާލާމްލެއްވި
އިބްރާހީމް ޚަލީލް ގެއަރިހަށް މެހުމާނެއްގެ ގޮތުގައި އަލިފާނަށް އަޅުކަންކުރާމީހަކު އައެވެ.
އިބްރާހީމްގެފާނުންގެ ގެކޮޅުގައި އޭނާ
އެޢަމަލުކުރާތަން ފެނިވަޑައިގަތުމުން ރަސޫލުންގެ ތެރެއިން ރުޅިމަޑުކަމަށް މަޝްހޫރު އިބްރާހީމްގެފާނުން ކޯފާވެ
އެގޭގައި އެމުޑުދާރުކަންތައް
ނުކުރުމަށްބުނެ ގެއިންބޭރުކުރިއެވެ. އެއާއިއެކު ﷲ އިބްރާހީމްގެފާނުންނަށް ވަޙީކުރެއްވިއެވެ.
ކަލޭގެފާނުންނަށް ގަޑިއެއްގެ މިންވަރަށް
ކެތްކުރައްވަން އުނދަގޫވީތޯއެވެ؟ތިމަން ﷲ ގެއެއަޅާ އަލިފާނަށް އަޅުކަންކުރުމުގައި 60 އަހަރު ބޭކާރުކުރިއެވެ.
ނަމަވެސް ތިމަން އިލާހު ކެތްތެރިވެވޮޑިގަތީމެވެ.
ދެން ޚަލީލުﷲ އެކަމާއި ހިތާމަކުރައްވައި ދުވެވަޑައިގެން އައިސް އެމުސްކުޅި މީހާ އެކަލޭގެފާނުންގެ ކޮނޑުފުޅުގައި އަނބުރާ އެކަލޭގެފާނުންގެ ގެޔަށް ގެނައުމަށް
އެދުނެވެ. އެއީ ކީތްވެތޯ އެމީހާ އެހުމުން
އެކަލޭގެފާުނުން، އެއީ ތިމަން ކަންތައް ކުރި ގޮތާއިމެދު ﷲ ރުހިވޮޑިނުގެން ވާހަކަ ވިދާޅުވިއެވެ. ދެން އެކަމާއި
ހައިރާންވެ އެމީހާ ބުންޏެވެ.
ކަލޭގެ(ފާނުގެ) ވެރިއިލާހު އަހަރެންނާއިމެދު އެހެން ބަސްވަޙީކުރެއްވިނަމަ، ހަމަކަށަވަރުން އިލާހަކީ އެއީއެވެ.
ދެން އޭނާ އިސްލާމްވިއެވެ.
ކުދިންނޭވެއެވެ.
މިހުންނަނީ ﷲ ގެއަޅުތަކުންނާއިމެދު
އެކަލާންގެ
އޯގާވަންތަ ކަމެެވެ. ދަންނާށެވެ. އެއީ ﷲ އެވެ. ޢާލަމްތަކުގެ ވެރި ﷲ އެވެ. އެކަލާންގެ ކަންކަން ކުރައްވަނީ ސަބަބުތަކާއި
ލައިގެންނެވެ. ފަޤީރު މީހާ
މުއްސަނދި ކުރައްވަނީ ކުއްލިޔަކަށް ލާރިތަކެއް ނެތުމުގެތެރެއިން ދެއްވައިގެންނެއް ނޫނެވެ. ސަބަބު
މެދުވެރިކޮށެވެ. ސަބަބަކީ އެއީ
އިލާހެވެ. ސަބަބެއް މެދުވެރިކޮށްގެން މައްސަލައެއް ޙައްލުކުރަންވެސް ނޭންގިގެން މިއުޅެނީ އަހަރެމެންނަށެވެ.
(2) އެހެން ވާހަކައެކެވެ… …
.
1930 ހިސާބުގެ ދުވަސްތަކުން
އެއްދުވަހަކު ބޮޑު ބިޒިނަސް މީހަކު ބިޒިނަސް
އެފުއް މިފުށަށްޖެހި ދަރަނިވެރި (ބޭންކް ރަޕްސީ) ވެ ހަދާނެގޮތް ބޮޑުވެ ކުރާނެކަމެއް ނެތިގެން ވިސްނާލަންވެގެން
އެކަނި ކޮންމެސް ތާކަށް ދާންކަމަށް
ދިޔައެވެ. މީހުން އާބާދުވެފައިވާ ހިސާބުތަކާއި ކުޑަތަންކޮޅެއް ދުރުން ހާމަކަންބޮޑު، ހުއިގަސް
ހެދިފައިއޮތް ބިމެއްގައި ހިނގަމުން ދިޔައެވެ.
މުޅި ދުނިޔެވަނީ އޭނާގެމައްޗަށް އަނދިރިވެފައެވެ. މީހާ ދަރަނިވެރިވެފައެވެ. އުއްމީދުތައް ފުނޑުފުނޑުވެފައެވެ.
ދެން ދުނިޔޭގައި އުޅުމަކުން ކުރާނެ
ފައިދާއެއްވެސް ނެތޭ ހީވާވަރުވެފައެވެ. ވަރަށް ބޮޑު ހިތާމައިގައެވެ.
މިހެން ހިނގަމުން
ދަނިކޮށް ދިމާވަނީ ހުދުހެދުމެއްގައިހުރި ނިކަން ފަރިކޮށް ހިނގާފައި އައި މުސްކުޅި ފިރިހެނެކެވެ. އެމީހާ މޫނުމަތިން ހިނިތުންވުން ފެނެއެވެ.
މިމަންޒަރުފެނި
އެމުސްކުޅިމީހާގެ ގާތުގައި އޭނާގެ ޙާލު ކިޔައިދީގެން ކުޑަ ހިންހަމަޖެހިލުމެއް ހޯދުމުގެ ނިޔަތުގައި އެމުސްކުޅި މީހާގާތަށް ގޮސް އެކިވާހަކަ ދައްކަމުންއައިސް
އޭނާގެ ޙާލުވެސް ކިޔައިދީފިއެވެ.
(ނޯޓް: އެމީހާ އެހެން
ކަންތައްއެކުރީ އަނެކާއަށް ޙާލު
ކިޔައިދިނުމުން
ހިތަށް ލުއިކަން ލިބޭތީވެ އެކަނިކަން ކިޔުންތެރިންނަށްވެސް އިނގޭނެއެވެ.)
އޭނާގެ ޙާލު
ކިޔައިދީ ނިމުންތަނާ މުސްކުޅި މީހާ ހީލާފައި، ތިޔައީ އެއްވެސް ކަމެއް ނޫނޭ ބުނެ، ޖީބުން ޗެކް ފޮތެއް
ނަގާ އެއްޗެއް އޭގައި ލިޔެލާފައި
އަތަށް ޗެކެއް ދިއްކޮށްލަމުން ބުންޏެވެ. ބަރާބަރު ތިންއަހަރު ފަހުން މިލާރި އަނބުރާ ދިނުމަށް މަށާ މިތަނުން ބައްދަލުކޮށްލާށެވެ. މިހެން ކިޔާފައި ހެވިލާފައި
ހުރެ ދެއަތް ފުރަގަހަށްލައިގެން
ކުރިންވެސް ދިޔަހެން ނިކަން “ކޫލް” ކޮށް ހިނގައްޖެއެވެ.
ދަރަނިވެރި
ވިޔަފާރިވެރިޔާ އެމުސްކުޅި މީހާގެ ކަންތަކާ ހައިރާންވެހުރެ ޗެކަށް ބަލައިލިއެވެ. ޖަހާފައި އޮތީ 10
މިލިޔަން ޔޫ.އެސް. ޑޮލަރެވެ. ސޮއެ
ޖަހާފައި އޮތީ………………………………………………….” ޖޯން ޑ.ރޮކެފެލަރ” …………..އެވެ.
ވިޔަފާރިވެރިޔާއަށް
ސޮއިފެނުމުން އުފަލުން ފުންމައިގަތެވެ. އަދި އަވަހަށް ގެޔަށްދާން ހިނގައިގަތެވެ. އަދި އޭނާ އާއުއްމީދަކާއިއެކު މަސަތައްކަތް ފެށިއެވެ. މަސަތްކަތްފެށީ އެޗެކް
ބެކްއަޕެއްގެ ގޮތުގައި ބާއްވާފައެވެ.
އެހެން ގޮތަކަށް ބުނާނަމަ، އެޗެކްގައި އަތްވެސްނުލައެވެ.
އެއިގެ ތިންއަހަރު
ފަހުން އޭނާއަކީ ކުރިންވެސް ހުރި މުއްސަނދި މީހާއަށް ވެއްޖެއެވެ. އޭރުވެސް އެޗެކް އޮތްގޮތަށް އަތްނުލާ
އޮތެވެ. ދެން އޭނާ އެދުވަސް
ޖެހުމުން އެއްކަލަތަނަށް އަތްނުލާ އޮތް ޗެކް ހިފައިގެން ދިޔައެވެ. އެޗެކްގައި އަތްވެސް ނުލާކަމަށް “ފޮނިކަނޑާލާ
ހިތުންނެވެ.”
އެތަނުގައި
އިރުކޮޅަކު ހުއްޓައި އެއްކަލަ މުސްކުޅިމީހާ ހަމަ އެގޮތަށް ހިނިތުންވުމާއެކު ފަރިހިނގުމެއްގައި އައިސް
ހުއްޓިއްޖެއެވެ. އެކަމަކު…………………………..
ފަހަތުން އަންހެން
ނަރުސް ކުއްޖަކު ދުވެފައި އައިސް މުސްކުޅި މީހާގެއަތުގައި ހިފިއެވެ. އެމަންޒަރަށް ބަލަހައްޓައިގެން ޗެކްހިފައިގެން ހުރި ވިޔަފާރިވެރިޔާ އެއީ ކޮންކަމެއްތޯއޭ
އެހިއެވެ. ނަރުސްކުއްޖާ ބުންޏެވެ.
މިމުސްކުޅި ބޭބެއަކީ
އަހަރެމެންގެ މެންޓަލް ހޮސްޕިޓަލެއްގައި ފަރުވާދޭތާ 5 އަހަރުވެފައިވާ
ޕޭޝެންޓެކެވެ.
އެހެން ގޮތަކުން
ބުނާނަމަ މަޝްހޫރު މިލިޔަނަރު ޖޯން ޑ.ރޮކެފެލަރ އެއްނޫނެވެ.
މިއަޑަށް
ވިޔަފާރިވެރިޔާ އަނގަމެޅުނެވެ. ބުނާނެއެއްޗެއް ނޭންގިފައި ޗެކް ހިފަހައްޓައިގެން އެދެމީހުން ގޮސް
ގެއްލެންދެން ހުއްޓެވެ. އަދި އަމިއްލަ
ނަފްސާމެދު ހެމުން ހެމުން ގެޔަށްދާން ހިނގައިގަތެވެ.
ބައްލަވާށެވެ. ﷲ
ސަބަބަކަށް މެދުވެރި ކުރެއްވެވީ ފޭކް ޗެކެކެވެ. ނަމަވެސް އޭނާގެ ހިތް އެއަށްލެނބި ޔަޤީންކުރުވިއެވެ. ފަހަށް އަންނަ ބަޔަކަށް ޢިބުރަތެއްގެގޮތުގައެވެ. (3)
“ފަހެ، ހަމަކަށަވަރުން ކޮންމެ
އުނދަގުލަކާއެކު ފެސޭހަކަމެއްވެއެވެ. (މެދުވެރި ކުރައްވަމެވެ.)”
ރެފަރެންސް:
1)
އިސްލާމްކޭން ވެބްސައިޓުން
2)
އިސްލާމްކޭން ވެބްސައިޓުން
3)
މޮޓިވޭޝަނަލް ލެކްޗަރ އަކުން (ވާހަކައަކީ ތެދު
ވާހަކައެއްކަމުގައި ލެކްޗަރަރ ބުނެއެވެ. ނަމަވެސް ސީދާ އެވާހަކަ އޮތް ފޮތެއް
މިހާރު ހަނދާންނެތި ސީދާ ރެފަރެންސް ނުލިޔެވުނީއެވެ.)
Labels:
others
Subscribe to:
Post Comments (Atom)
0 comments:
Post a Comment