Tuesday, February 11, 2014
އެއްދުވަހަކު ކުޑަކުޑަ ދަރިޔަކު އޭނާގެ ބައްޕަކުރެން
އެއްސެވެ.
ދަރިފުޅު: ބައްޕާ! އަޅުގަނޑު ސުވާލެއް ކޮއްލަންތޯ؟
ބައްޕަ: އާނ. ކީކޭ؟
ދަރިފުޅު: ބައްޕައަށް ގަޑިއެއްގެ އިރުތެރޭ ކިހާވަރެއް
ލިބޭތޯއެވެ؟
ބައްޕަ: އެއީ ދަރިފުޅާ ބެހޭކަމެއްނޫން! އެއީ ކީތްކުރަން
ހޯދާއެއްޗެއް؟
ދަރިފުޅު: ހަމަ އިނގިލާ ހިތްވީ! އަޅެ ބައްޕަ ބުނެދެއްވަބަލަ.
ކިހާވަރެއް ލިބޭތޯ ބައްޕައަށް؟
ބައްޕަ: ކޮންމެހެން އިނގެންބޭނުމިއްޔާ ބުނެފާނަން. 100
ޑޮލަރު ލިބޭ ގަޑިއެއްހާއިރުގެ ތެރޭގައި"
ދަރިފުޅު ބޯ ތިރިކޮށްލަމުން އެއްސެވެ:
ދަރިފުޅު: އެހެންޏާ 50 ޑޮލަރު އެއިގެތެރެއިން ނަގާފައި
އަޅުގަނޑަށް ދެއްވާފާނަންހެއްޔެވެ؟
މިހެންބުނުމުން ބައްޕަ ވަރަށް ރުޅިގަދަވިއެވެ. އަދި
ބުންޏެވެ:
ބައްޕަ: ތިހުރިހާ ވާހަކައެއްދެއްކީ ތިޔަ ފަންސާސް
ޑޮލަރުގަނޑު ހޯދަންކަމަށްވަނީނަމަ، ހަމަމިހާރު ކޮޓަރިއަށްގޮސް ނިދަންއަރާ.
ބޭކާރުހާ ކުޅޭ އެއްޗެހި ގަންނާކަށެއް ހޯދާ ލާރިއެއްނޫން މިއީއަކީ.
ދަރިފުޅު މަޑުމަޑުން އިސްޖަހާލައިގެންހުރިެ އަނބުރާލާފައި
ކޮޓަރިއަށްވަދެ އެނދުގައި އޮށޯތެވެ. ބައްޕަ އެކުއްޖާގެ ސުވާލުގިނަމަކުން އެކުޑަކުއްޖާދެކި
އިންތިހާއަށް ރުޅިގަދަވެފައިވާ ހާލު ސޯފާގައި އިށީނެވެ. އިރުގަނޑެއްފަހުން
ރުޅިގަނޑު މައިތިރިވެ، އެކުއްޖާ އެލާރި ހޯދަނީ ކީތްކުރަންބާވައޭ ހިތަށް
އަރަންފެށިއެވެ. އެހެނީ އޭނާއަކީ މީގެ ކުރިޔަކުން ލާރިއަށް ކިޔާ ކުއްޖެއްނޫނެވެ.
ދެން މިބައްޕަ މަޑުމަޑުން ގޮސް އެކުއްޖާގެ ކޮޓަރި ދޮރުގައި ހިފައި ދޮރު
ހުޅުވާލަމުން ބުންޏެވެ: ދަރިފުޅާ ނިދީހެއްޔެވެ؟ އެކުއްޖާ ޖަވާބުގައި ނޫނެކޭ
ބުންޏެވެ.
ބައްޕަ: އެގަޑީގައި ބައްޕަ ހުރީ ރުޅިގަދަވެފައި. އެއީ ހަމަ
ބޭރުން މަސައްކަތްކޮށް ނިންމައިގެން އައިގަޑި. މިހާރު ހަމަޖެހިއްޖެ.
މިހެންކިޔައި 50 ޑޮލަރު ޖީބުންނަގައި އެކުއްޖާގެ އަތަށް
ދިނެވެ.
ދަރިފުޅު: ވަރަށް ބޮޑަށް ޝުކުރިއްޔާ ބައްޕާ.
މިހެންކިޔައި ބާލީސްދަށުން ސިޓީއުރައެއްފާޑު
އެއްޗެއްނަގައި، އެއިން ލާރިތަކެއް ނެގިއެވެ. މިމަންޒަރު ބަލަން އިން ބައްޕަ
އަނެއްކާވެސް ހިތްނުތަނަވަސްވިއެވެ. އެކަމަކު މިފަހަރު މަޑުމަޑުން އެކުއްޖާ
އެކުރާކަމެއް ބަލަހައްޓައިގެން އިނެވެ. އެކުއްޖާ އެލާރިތައް ނަގައި ގުނާލާފައި
ބައްޕަ ދެއްވި ފަންސާސް ޑޮލަރުލައިގެން ޖުމްލަ ސަތޭކަ ޑޮލަރު ރީތިކޮށް އަތަށް
ތަރުތީބުކޮއްލާފައި ބައްޕަގެ އަތަށް ދެމުން ބުންޏެވެ:
ބައްޕާ! މިޔޮތީ 100 ޑޮލަރު. މިއިން އަޅުގަނޑަށް ބައްޕަގެ
ވަގުތުން އެއްގަޑިއިރު ވިއްކައިދޭށެވެ. މާދަން އެއްގަޑިއިރުކުރީން ގެޔަށް
އައިސްދޭށެވެ. ބައްޕައާއިއެކު ކާންބޭނުމެވެ.
މިއަޑަށް ބައްޕަގެ ހިތް ފުނޑުފުނޑުވެގެންދިޔައެވެ.
ރޮއިގަންފައި ދަރިފުޅުގައިގައި ބައްދާލަމުން މަޢާފަށްއެދުނެވެ.
އާދެ! މިއީ ވަރަށްގިނަ ބަފައިންނަށް ފަރުވާކުޑަކުރެވޭ
ކަމެކެވެ. ތިމާގެ އަނބިމީހާއަށާއި ދަރީންނަށްވާ ޙައްޤުތަކެއް ވާކަމުގައި ނުދެކުމީ
އެމީހުންގެ ޙައްޤުތަކަށް އަރައިގަތުމެކެވެ. މިވާހަކައަކީ ސީދާ ޙާދިސާއެއްކަމެއްނޭންގެއެވެ.
އެކަމަކު ހަމަގައިމުވެސް މިފަދަ ކިތަނމެ ޙާދިސާއެއް ހިނގާފައި ހުންނާނެކަން
ޔަޤީނެވެ. ބައްޕަގެ އިންތިޒާރުގައި ކިތައް ދަރީން ތިބޭނެހެއްޔެވެ؟ ދެން މާދަން
އެމީހުންގެ ޙައްޤުތައް ނެތިގެން ނިކުތުމުން އެކަމާއި ނުރުހި ހަޅޭލެވުމުގެ ބޭނުމެއް
ކޮބައިތޯއެވެ؟ އެމީހުންނަށް ދޭންވާ ޙައްޤު ތިމާމެންނަށް ދެވުނުބާވައެވެ. ﷲ
އަޅަމެންނަށް ހެޔޮވިސްނުން ދެއްވާށިއެވެ. އާމީން.
ރެފަރެންސް: ފޭސްބުކް / ގުރޫޕް: ނޯ ސަމްތިންގ
Labels:
others
Subscribe to:
Post Comments (Atom)
0 comments:
Post a Comment