Monday, February 10, 2014
ދެން ﷲ ސުބުޙާނަހޫ ވަތަޢާލާ އާދަމްގެފާނުން
ޚަލްޤުކުރައްވައި އެކަލޭގެފާނުން ކުރިފުޅުމަތީ ސަޖިދަކުރުމަށް މަލާއިކަތުންނަށް
އެންގެވިހިނދު އިބިލީސް އުރެދިގަތެވެ. މިވާހަކަ ބަޤަރާ ސޫރަތުގެ 34 ވަނަ
އާޔަތުގައި ވަޙީކުރައްވާފައިވެއެވެ. އަލް އިމާމް މުޙައްމަދު ބިން ސީރީން
ވިދާޅުވިއެވެ: އެންމެ ފުރަތަމަ ފަލްސަފާގެ ވިސްނުމުން އަމިއްލަޔަށް ﷲގެ
އެންގެވުމުގެ މައްޗަށް ތިމާގެ އަމިއްލަ ވިސްނުން އިސްކޮށް ތިމަންނާއަށް އެންމެ
ރަގަޅު ގޮތްކަމުގައި ހިތިމީހަކީ އިބިލީހެވެ. އިރާއި ހަނދަށް އިންސާނުން އަޅުކަންކުރަން
ފެށީވެސް މިފަދައިން އަމިއްލަ ބުއްދި އިސްކޮށްގެންނެވެ. މިވާހަކަ އިބްން ޖަރީރު
ވިދާޅުވެފައިވެއެވެ.
ﷲ ވަޙީކުރެއްވިއެވެ:
ފަހެ، شيطان އާ އެ ގަސް މެދުވެރިކޮށް، އެ ދެކަނބަލުން ކުށުގައި
އަޅުވައި، ސުވަރުގޭގައި އެ
ދެކަނބަލުން އުޅުއްވި نعمة ތަކުން އެ ދެކަނބަލުން ބޭރުކޮށްފިއެވެ. އަދި ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ. ތިޔަބައިމީހުންގެ
އެއްބަޔަކު އަނެއްބަޔަކާ عداوة ތެރިން ކަމުގައިވާ حال، ތިޔަބައިމީހުން
(ބިމަށް) ފައިބާށެވެ! އަދި ބިމުގައި ތިޔަބައިމީހުންނަށްޓަކައި،
قرار ވެ ތިބެނިވި
ތަނަކާއި، ހިނދުކޮޅަކަށް ދުނިޔޭގެ
ވަގުތީ އުފަލެއްވެއެވެ.
މުތަރުޖިމް. ބަޤަރާ
ސޫރަތުގެ 36 ވަނަ އާޔަތުގައި އާދަމްގެފާނުންނަށް އެކުރެވުނު ކުށާއިމެދު
ވަޙީކުރައްވާފައިވަނީ އޮޅިގެން ކުރެވުނު ކުށެއްގެ ގޮތުގައެވެ. ނަމަވެސް
އަޅުގަނޑުމެން ދިވެހިންގެ ތެރެއަށް ވަދެގެން މިއުޅޭ އެކަލާންގެ ކޯފާ
އިސްކުރައްވައި އެދެމަފިރިކަނބަލުން ސުވަރުގެއިން ނެރެލައްވައި ދުނިޔެއަށް
ފާފަވެރިންގެ ގޮތުގައި އިބިލީހާއެކު އަރުވާލެއްވި ވާހަކައީ ނަޞާރާ ދީނުގެތެރެއިން
ދިވެހިންގެ ތެރެއަށް ވަދެގެންއުޅޭ ވަރަށް ގިނަ މީހުންނަށް އޮޅިފައިވާ ބޮޑު
ކުށްގޮތެކެވެ. އަސްލަކީ ﷲ ތަޢާލާ އެކަލޭގެފާނުން ޚަލްޤުކުރައްވައި ބަގީޗާއެއްގައި
ލެހެއްޓެވީ އެކަލޭގެފާނުންނަށް ދެއްވެވި އަމިއްލަ އިޚްތިޔާރު އެކަލޭގެފާނުން
ބޭނުންފުޅު ކުރައްވަންދެނެވެ. އެއާއެކު އެކަލޭގެފާނުން ދިރިއުޅުއްވުމަށް
ޚަލްޤުކުރެއްވެވި އަސްލު މަންޒިލަށް ފޮނުއްވެވީއެވެ. އ.ހ.
އަޢުރާފް
ސޫރަތުގައި ﷲ ވަޙީކުރައްވާފައިވެއެވެ:
“އެކަލޭގެ ދެންނެވިއެވެ. އިބަރަސްކަލާނގެ ތިމަންނާ
ތެދުމަގުން އެއްކިބާ ކުރައްވައި،
ލެހެއްޓެވިކަމުގެ ސަބަބުން، ހަމަކަށަވަރުން، އެއުރެން އިބަރަސްކަލާނގެ ތެދުމަގަށް واصل ވުމަށް ހުރަސް އަޅާހުށީމެވެ. ދެން އެއުރެންގެ
ކުރިމަތިންނާއި، ފަހަތުންނާއި، އެއުރެންގެ ކަނާތްފަރާތުންނާއި ވާތްފަރާތުން (ވަސްވާސްދިނުމަށް) އެއުރެންގެ ގާތަށް ތިމަން އަންނަ ހުށީމެވެ. އަދި އޭގެ ގިނަމީހުންނަކީ، شكر ކުރާ މީހުން ކަމުގައި
އިބަރަސްކަލާނގެ ދެކެވޮޑިއެއް ނުގަންނަވާނޫއެވެ.” (އަލް އަޢްރާފް: 16، 17)
އަލްއިމާމް
އަޙްމަދުގެފާނުން ރިވާކުރައްވާފައިވެއެވެ:
"ޝައިޠާނާ
އިންސާނާ ހިނގާ ކޮންމެ މަގެއްގެ ކުރިމަތީގައި އޭނާގެ އިންތިޒާރީގައި އޮވެއެވެ."
(އަޙްމަދު: 485/3)
އާދަމްގެފާނުންގެ
ކުރިފުޅުމަތީ ސަޖިދަކުރުމަށް އެންގެވުނު މަލާއިކަތުންނާއިމެދު އިޚްތިލާފެއްވެއެވެ.
އެއީ ސުވަރުގޭގެ އެންމެހާ މަލާއިކަތުންތޯ ނުވަތަ ބިމުގެ މަލާއިކަތުންތޯއާއި މެދުގައެވެ.
ގިނަ ޢިލްމުވެރިންގެ ރަޢުޔުގައި އެއީ ސުވަރުގޭގެ އެންމެހާ މަލާއިކަތުންނެވެ.
އާދަމްގެފާނުން
ފަރިއްކުޅުއްވާން ނަޙީކުރެއްވެވި ގަހާއިމެދުގައިވެސް އިޚްތިލާފެއްވެއެވެ. އަބޫ
މާލިކުގެ އަރިހުގައި އެއީ ރުކެކެވެ. މުޖާހިދުގެ އަރިހުގައި އެއީ ބޮއިގަހެކެވެ.
ޤަތާދާގެ ރަޢުޔަކީވެސް މިއެވެ. އަބުލް ޢާލިޔާ ވިދާޅުވިއެވެ. އެއީ އެގަހަކުން
ބޭނުންކޮއްފިނަމަ، ވައިބޭރުވާފަދަ ގަހެކެވެ. ސުވަރުގެއަކީ އެފަދަ ކަންތައް ހިނގާ
ތަނެއްނޫނެވެ.
މިހުރިހާ ރަޢުޔަކީވެސް
އެއްގޮތްކަމެއްހުރި ރަޢުޔެކެވެ. އެހެނަސް އެގަހަކީ މުހިއްމު އެއްޗެއްނަމަ ﷲ އެކަން
ބަޔާންކުރެއްވީހެވެ.
އާދަމްގެފާނުން
ނިކުންނަވަން ޖެހިވަޑައިގެން ސުވަރުގެއާއިމެދުވެސް އިޚްތިލާފްވެއެވެ. އެއީ އަސްލު ސުވަރުގެއެއްތޯ
ނުވަތަ އެހެން ތަނެއްތޯއާއި މެދުގައެވެ. ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި އެއީ
އުޑުތަކުގައިވާ ސުވަރުގެ ތަކުގެ ތެރެއިން ޖަންނަތުލް މައުވާއެވެ ކިޔުނު
ސުވަރުގެއެވެ. މީގެ އެއްދަލީލަކީ :
وَقُلْنَا يَا آدَمُ اسْكُنْ أَنتَ وَزَوْجُكَ الْجَنَّةَ "އަދި ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ. އޭ آدم ގެފާނެވެ! ކަލޭގެފާނާއި ކަލޭގެފާނުގެ އަނބިކަނބަލުން ސުވަރުގޭގައި ވަޒަންވެރިވެ،
އުޅުއްވާށެވެ!"
އަނެއްބެއިކަލުންގެ
ރަޢުޔުގައި އެއީ ދުނިޔޭގައިވާ ތަނެކެވެ. އެބެއިކަލުންގެ ދަލީލަކީ އިމާމް
އަޙްމަދުގެފާނުންގެ ދަރިކަލުން ޢަބްދުﷲ އެކަލޭގެފާނުންގެ ފޮތް ޒިޔާދަތުލް މުސްނަދު
ގައި އުބައްޔު ބިން ކަޢުބުގެފާނުންގެ އަރިހުން ކުރެއްވި ރިވާޔަތެވެ. އޭގައިވަނީ: އާދަމްގެފާނުންގެ
އަވަހާރަވުމުގެ ވަގުތު އައިސް ޖެހުމުން އެކަލޭގެފާނުން ސުވަރުގޭގެ މޭބިސްކަދުރުން
ފަރިއްކުޅުއްވުމަށް ބޭނުންފުޅުވެވަޑައިގަތެވެ. ދެން އެކަލޭގެފާނުންގެ ފިރިހެން
ދަރިދަރިކަލުން އެކަމާއިގެން ނިކުމެވަޑައިގެން އުޅުއްވަނިކޮށް މަލާއިކަތަކާއި
ދިމާވެ އެކަލޭގެފާނުން އެބެއިކަލުންކުރެ އެކުރައްވާ ކަމަކާއިމެދު
ސުވާލުދެންނެވުމުން އެބެއިކަލުން ބައްޕާގެ އެދިލެއްވުން ބުނެދެއްވިއެވެ. ދެން
އެމަލާއިކަތާ ވިދާޅުވިއެވެ: އެނބުރި ވަޑައިގަންނަވާށެވެ. ތިބެއިކަލުންގެ ބައްޕާގެ
އެދިލެއްވުން ތިބެއިކަލުން ފުރިހަމަކުރައްވައިފިއެވެ. ދެން އެބެއިކަލުން
ވަޑައިގެންނެވިއިރު އާދަމްގެފާނުން އަވަހާރަވެއްޖެއެވެ. ދެން އެކަލޭގެފާނުން
ހިނަވައި ފޮތިގަނޑެއްގައި އޮޅައިލެއްވިއެވެ. ދެން ޖިބްރީލްގެފާނުން މަލާއިކަތުންނާއެކު
ވަޑައިގަންނަވައި އެކަލޭގެފާނުންގެ މައްޗަށް ކަށުނަމާދުކުރައްވައި ވަޅުލެއްވިއެވެ.
އަދި އެމަލާއިކަތްބެއިކަލުން ވިދާޅުވިއެވެ. މިއީ ތިޔަބައިމީހުންގެ ޖަނާޒާގެ
ކަންތައްކުރާނޭ ގޮތެވެ."
މިގޮތް ދަލީލަކަށް ނަންގަވާ
ބެއިކަލުން ވިދާޅުވާގޮތުގައި އާދަމްގެފާނުންގެ ދަރިދަރިކަލުން ބިންމަތީގައި
ސުވަރުގެ ނުވާނަމަ، ސުވަރުގެއިން އެމޭވާ ހޯދާން ނިކުންނަވައި ނުއުޅުއްވާނެއެވެ.
މުތަރުޖިމް: މިއީ
ހުސް ދީނުގައި ފަރުޢީ ކަންކަމެވެ. ޔަޢުނީ މިއީ ދީނުގެ އަޅުކަމެއް
ކުރާގޮތެއްނޫނެވެ. އެހެންކަމުން މިކަންކަމުގައި ޢިލްމުވެރިން ރަޢުޔު ތަފާތުވީއޭކިޔައި
ހިތަށް އެރިހާކަމެއްގައި ތަފާތުގޮތްގޮތަށް ވާހަކަދައްކައި، ތިމާގެ ބުއްދިއަށް
ފެންނަހާގޮތެއް ވިސްނައި އެކުރިޔަށް ނެރި އުޅުމަކީ ވަރަށް ހިތާމަކުރާންޖެހޭވަރުގެ
ވިޔާނުދާ ޖާހިލުންގެ ގޮތެކެވެ. މިވާހަކަ ލިޔުއްވި އަލް ޙާފިޘް އިބްން ކަޘީރުވެސް
އެކަލޭގެފާނުންގެ އަމިއްލަ ރަޢުޔު ނުދައްކަވައެވެ. އެއީ މުސްލިމުންގެ ރައްބާނިއްޔަ
ޢިލްމުވެރިއެކެވެ. އިސްލާމީ އުއްމަތުގެ އެންމެ ބޮޑެތި ޢިލްމުވެރިންކުރެ
ބެއިކަލެކެވެ. ހިތްޕުޅުން ދަސްކުރައްވާފައިވާ ޙަދީޘްފުޅުތަކުގެ ޢަދަދު ގިނަކަމުން
ޙާފިޘުގެ ލަޤަބު ލިބިވަޑައިގެންފައިވެއެވެ. ދެން އަޅުގަނޑުމެން މިފާޑުގެ ވާހަތައް
ފަތުރާހަދާއިރު ތިމާމެންގެ ޙައިޞިއްޔަތާއިމެދު ވިސްނާލުންހުއްޓެވެ. އ.ހ.
Labels:
Prophets
Subscribe to:
Post Comments (Atom)
0 comments:
Post a Comment