Sunday, February 2, 2014
وَإِذْ قَالَ رَبُّكَ لِلْمَلَائِكَةِ إِنِّي جَاعِلٌ فِي الْأَرْضِ
خَلِيفَةً ۖ قَالُوا
أَتَجْعَلُ فِيهَا مَن يُفْسِدُ فِيهَا وَيَسْفِكُ الدِّمَاءَ وَنَحْنُ نُسَبِّحُ
بِحَمْدِكَ وَنُقَدِّسُ لَكَ ۖ قَالَ إِنِّي أَعْلَمُ مَا لَا تَعْلَمُونَ ﴿٣٠﴾
" ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ބިމުގައި خليفة އަކު ލައްވާހުށީމޭ
ملائكة ންނަށް وحى ކުރެއްވިހިނދު ހަނދުމަކުރައްވާށެވެ! އެބޭކަލުން (އެހިނދު) ދެންނެވޫއެވެ. އަޅަމެން
އިބަރަސްކަލާނގެއަށް حمد އާއެކު تسبيح ކިޔައި، އިބަރަސްކަލާނގެއަށް تقديس ކޮށްކޮށް ތިއްބައި، އެ ބިމުގައި ފަސާދަ އުފައްދައި ލޭއޮހޮރުވާނޭ ބަޔަކު
އިބަރަސްކަލާނގެ އެ ބިމުގައި
ލައްވަނީތޯއެވެ؟ އެކަލާނގެ وحى ކުރެއްވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެނގިގެންނުވާ ކަންތައްތައް
ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ."
ބިންމަތީގައި އިންސާނުން ލައްވަވާނޭކަމުގެ ވާހަކަ
ﷲ ތަޢާލާ މިނޫން ތަންތާންގައިވެސް ވަނީ ވަޙީކުރައްވާފައެވެ: އެކަލާންގެ
ވަޙީކުރެއްވިއެވެ:
وَهُوَ الَّذِي جَعَلَكُمْ خَلَائِفَ الْأَرْضِ
" އެކަލާނގެއީ، ބިމުގެ خليفة އިން ކަމުގައި، ތިޔަބައިމީހުން ލެއްވި ރަސްކަލާނގެއެވެ."
(އަލް އަންޢާމް:165 ތަފްސީރު އައް ތަބަރީ ބައްލަވާށެވެ.) އަދި އެކަލާންގެ
ވަޙީކުރެއްވިއެވެ:
وَيَجْعَلُكُمْ خُلَفَاءَ الْأَرْضِ
" އަދި ބިމުގެ خليفة އިން ކަމުގައި ތިޔަބައިމީހުންލައްވާ ރަސްކަލާނގެއެވެ." (އަލް ނަމްލު: 62)
މިވަޙީ ބަސްފުޅާއިމެދު މަލާއިކަތް ބެއިކަލުން
ވިދާޅުވިއެވެ. " އެ ބިމުގައި ފަސާދަ އުފައްދައި ލޭއޮހޮރުވާނޭ ބަޔަކު
އިބަރަސްކަލާނގެ އެ ބިމުގައި
ލައްވަނީތޯއެވެ؟" މިތާންގައި މިބޭކަލުން މިފަދައިން
ވިދާޅުވުމުގެ މާނައީ ފަހަރުގައިވެސް ދެކޮޅުހެދުމުގެ މާނައެއްނޫނެވެ. އެހެނަސް އެއީ
އެބެއިކަލުންނަށް ކުރިން ކަންތައްވެފައިވާ ގޮތް އެނގިވަޑައިގަންނަވާތީއެވެ.
ޤަތާދާ ރަޙިމަހުﷲ ވިދާޅުވިއެވެ. އެބެއިކަލުންނަށް
އެކަންކަން ވާނޭކަން އެއިގެ ކުރީގެ ތަޖުރިބާތަކުން އިނގިވަޑައިގަންނަވައެވެ.
ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ:
އިންސާނުން ފޮނުއްވުމުގެ ދެހާސްއަހަރު ކުރީން ޖިންނީން ބިމުގައި އުޅުނެވެ. އަދި
އެމީހުން އެބިމުގައި ލޭއޮހޮރުވިއެވެ. ދެން ﷲ މަލާއިކަތްބެއިކަލުންގެ ޖަމާޢަތެއް
ފޮނުއްވައި އެބައިމީހުން ބައިބައިކޮށްލެއްވިއެވެ.
" އަޅަމެން
އިބަރަސްކަލާނގެއަށް حمد އާއެކު تسبيح ކިޔައި، އިބަރަސްކަލާނގެއަށް تقديس ކޮށްކޮށް ތިއްބައި" (ބަޤަރާ:
30) ގެ މާނައީ: ތިމަންބެއިކަލުން އަބަދުވެސް އިބައިލާހަށް
އަޅުކަންކުރުމުގައިވަމެވެ. އަދި ތިމަންބެއިކަލުން ދެކޮޅުވެރިވެ ނުގަންނަމެވެ. އިބަ
އިލާހު އެދިވޮޑިގަންނަވަނީ އާދަމްގެ ދަރީން އިބައިލާހަށް އަޅުކަންކުރުމަށްޓަކައި
ޚަލްޤުކުރައްވަން ކަމުގައިވާނަމަ، ތިމަންބެއިކަލުން މިތިއްބެވީއެވެ. ތިމަން
ބެއިކަލުން ރެއިގަނޑާއި ދުވާލު އަބަދުވެސް އިބައިލާހަށް އަޅުކަންކުރުމުގައި
ދެމިތިއްބަވަމުއެވެ.
"އެކަލާނގެ وحى ކުރެއްވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެނގިގެންނުވާ ކަންތައްތައް
ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ."
(ބަޤަރާ: 30)
ދެން ﷲ ތަޢާލާ މަލާއިކަތުންގެ
މައްޗަށް އާދަމްގެފާނުންނަށް ޢިލްމުގެގޮތުން މާތްކަންދެއްވައި ވަޙީކުރެއްވިއެވެ:
" އަދި آدم ގެފާނަށް ހުރިހައި ތަކެތީގެ ނަންތައް އެކަލާނގެ
އުނގަންނަވައި ދެއްވިއެވެ" (ބަޤަރާ: 31)
އިބްން ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ:
މިތަކެއްޗަކީ އިންސާނާ ދުނިޔޭގައި އުޅޭއިރު ބޭނުންވާނޭ ތަކެއްޗާއި
މުޢާމަލާތުކުރާނެ ތަކެއްޗާއި މިފަދަ ތަކެއްޗެވެ. މިސާލަކަށް އިންސާނުންނާއި،
ޖަނަވާރާއި، ދުނިޔެއާއި، ބިންތަކާއި، މޫދާއި، ފަރުބަދަތަކާއި، ޖަމަލާއި، ޙިމާރާއި
މިފަދަ ތަކެއްޗެވެ.
މުޖާހިދު އާއި ސަޢީދު ބިން ޖުބައިރު ވިދާޅުވާ
ގޮތުގައި އެއިގެ ތެރޭގައި ދޫންޏާއި، އެހެނިހެން ހުރިހާ ޖަނަވާރުންގެ ނަންތައް
ހިމެނެއެވެ. އައް ރަބީޢު ވިދާޅުވާ ގޮތުގައި އެކަލޭގެފާނުންނަށް މަލާއިކަތް
ބެއިކަލުންގެ ނަންފުޅުތައްވެސް ދަސްކޮށްދެއްވިއެވެ.
ޚުލާޞާ އަކީ އެކަލޭގެފާނުންނަށް ކުޑަބޮޑު ހުރިހާ
ތަކެއްޗެއްގެ ނަންތައް ދަސްކޮށްދެއްވިއެވެ. އެއީ އިބްން ޢައްބާސްގެ ރަޢުޔެވެ.
ޙަސަނުލް ބަޞަރީ ވިދާޅުވިއެވެ: ﷲ ތަޢާލާ
އާދަމްގެފާނުން ޚަލްޤުކުރައްވާނެ ވާހަކަ މަލާއިކަތުންނަށް ވަޙީކުރެއްވުމުން
އެބެއިކަލުން ވިދާޅުވިއެވެ. ތިމަންބެއިކަލުންގެ ވެރި އިލާހު
ތިމަންބެއިކަލުންނަށްވުރެ ޢިލްމުވެރި އެއްވެސް މަޚުލޫޤެއް ނުއުފައްދަވާނެއެވެ.
އެހެންކަމުން އެބެއިކަލުން އެކަމުގައި އިމްތިޙާނުކުރެއްވީއެވެ. "ދެން، އެކަލާނގެ
އެތަކެތި ملائكة ންނަށް ހުށަހަޅުއްވައި، وحى ކުރެއްވިއެވެ. ތިޔަބައިމީހުން
(ތިޔަކުރާ دعوى ގައި) ތެދުވެރިންކަމުގައިވަނީނަމަ، މިތަކެތީގެ ނަންތަކުން، ތިޔަބައިމީހުން
ތިމަންރަސްކަލާނގެއަށް ނިކަން خبر ދީބަލާށެވެ!"
(ބަޤަރާ: 31)
ރެފަރެންސް: އަލްއިމާމް އިމާދުއްދީން
އަބުލް ފިދާ އިސްމާޢީލް އިބްން ކަޘީރު އައް ދިމިޝްޤީގެ ޤަޞަޞުލް އަންބިޔާއު
Labels:
Prophets
Subscribe to:
Post Comments (Atom)
0 comments:
Post a Comment