Thursday, January 30, 2014


އެއްދުވަހަކު ކުލާހެއްގައި ޓީޗަރަކު ފެން އަޅާފައިވާ ޖޯޑެއް އަތުން ނަގައި ކުލާހައް ދައްކަމުން އެހިއެވެ: ކަލޭމެން ކުދިންނަށް ހީވާގޮތުން މިތަށީގެ ބަރުމިނަކީ ކިހާވަރެއް ހެއްޔެވެ؟ 

ކުދިން ޖަވާބުގައި ބުނަމުންދިޔައެވެ: ސަތޭކަ ގުރާމް، ދުއިސައްތަ ގުރާމް، ދުއިސައްތަ ފަންސާސް ގުރާމް.

ޕްރޮފެސަރ ބުންޏެވެ: އަސްލުގައި އަހަރެންނަކަށްވެސް ނޭންގެއެވެ. ޖެހޭނީ ބަރުދަން ބަލައިލާށެވެ. އެކަމަކު އަސްލު ސުވާލަކީ މިއީ އުފުލަން ބަރު އެއްޗެއްހެއްޔެވެ؟ ކުދިން ޖަވާބުގައި ނޫނެކޭ ބުނުމުން އަނެއްކާ އެހިއެވެ:

މިތަށި ދެތިން މިނެޓް ވަންދެން މިހެން ހިފައިގެން ހުރެފިނަމަ ކިހިނެތްވާނެހެއްޔެވެ؟ އެއްކުއްޖަކު ޖަވާބުގައި: އެއްވެސް ކަމެއް ނުވާނެ. މިހެން ބުންޏެވެ.

އަނެއްކާ ޕްރޮފެސަރ އެހިއެވެ: ގަޑިއެއްހާ އިރުވަންދެން މިގޮތަށް ހުރެއްޖެއްޔާ ވާނީ ކިހިނެތްހެއްޔެވެ؟

ދަރިވަރަކު ޖަވާބު ދިނެވެ: އަތައް ތަދުވާނީއެވެ.

އަނެއްކާ ޕްރޮފެސަރު އެހިއެވެ: މުޅި މިޔަދު އެކީ މިގޮތަށް މިތަށި ހިފައިގެން ހުރެފިނަމަ ވާނީ ކިހިނެތްހެއްޔެވެ؟

ދަރިވަރަކު ޖަވާބު ދިނެވެ: ހަމަގައިމުވެސް އަތުގެ މަސްގަނޑުތައް އައްސިވެ، އަނިޔާވެ ފަހަރުގައި ވާވެސްވެދާނެއެވެ. އެއިރުން ދެން ދާންޖެހޭނީ ޑަކްޓަރަށެވެ.

މިހެން ޖަވާބުދިނުމުން ކުދިންތައް ހޭންވެސް ފެށިއެވެ.
ޕްރޮފެސަރ ބުންޏެވެ: އާއެކެވެ! ހުރިހާ ޖަވާބެއްވެސް ރަގަޅެވެ. އެކަމަކު އެހުރިހާ ވަގުތެއް ހިނގަމުންދާއިރު މިފެންތަށީގެ ބަރުމިނަށް އެއްވެސް ބަދަލެއް އަންނާނެހެއްޔެވެ؟ 

އެކުދިން ބުންޏެވެ: ނޫނެކެވެ. 

އަނެއްކާ ޕްރޮފެސަރ އެހިއެވެ: ދެން އެހެންޏާ އެހާ ލުއި އެއްޗަކުން މިހާ ބޮޑު ނަތީޖާއެއް ނިކުންނަނީ ކީތްވެހެއްޔެވެ؟

ތިތަށި ބަހައްޓާށެވެ. އެއިރުން ނުރިއްސާނެއެއްނޫންހެއްޔެވެ. ކުއްޖަކު ޖަވާބުގައި ބުންޏެވެ.

ޕްރޮފެސަރ ދެން ބުނެދިނެވެ. އާއެކެވެ. މައްސަލައަކީ ތަށި ހިފައިގެން ހުރުމެވެ. އަހަރެމެންގެ ދިރިއުޅުމުގައި ދިމާވާ މައްސަލަތަކަކީވެސް އެފާޑުގެ އެއްޗެކެވެ. ކިތަނމެ ކުޑަކަމެއްވިޔަސް މާގިނައިން، މާގިނަދުވަހަށް ދެމިގެންދާގޮތަށް ވިސްނައިފިނަމަ، އެއިންކަމެއް ރަގަޅުނުވެ ރިއްސާނީ އެކަމާ ވިސްނާ މީހާގެ ބޮލުގައެވެ. ދެން އެކަމުން ޖެހޭނީ އިތުރު ބަލިބައްޔެވެ. 

ރެފަރެންސް: ދީނީ ކުދިވާހަކަ (ފޭސްބުކު ފޭންޕޭޖް)
ވާހަކައިގެ ތެދުދޮގާއިމެދު: އެއްވެސް އެއްޗެއް ބުނާކަށެއް ނޭންގެއެވެ.


0 comments: