Blog Archive
-
2014
(39)
- November(4)
- September(1)
- July(5)
- June(8)
- May(1)
- April(1)
- March(2)
- February(4)
-
January(13)
- ބޭކާރު ކަންކަމާއިވިސްނުން
- ދުލަށް ރައްކާތެރިވުން
- ﷲ އަށް ފުރިހަމަގޮތުގައި ތަވައްކަލްކުރުން
- ގޮތް ނިންމުމުގައި އަވަސްނުކުރާށެވެ
- އެކުވެރިކަން
- ޙަސަދަވެރި ރަސްގެފާނުން
- ބައެއް ދުޢާ އިޖާބަނުވަނީ ސަބަބަކަށްޓަކައެވެ
- ޢާއިޝަތުގެފާނުންގެ ހުވަފެންފުޅު:
- ޔޫނުސްގެފާނުންގެ ވާހަކަ
- މޫސާގެފާނުންގެ އަވަހާރަވުން
- ޔޫސުފުގެފާނުންގެ ވާހަކަ: 1
- ޔަޤީންކަން
- ﷲ އަށް ބިރުވެތިވުން
- 2013 (100)
- 2011 (6)
Thursday, January 30, 2014
އެއްފަހަރަކު ދުވަސްވީ މީހަކު އޭނާގެ އަވައްޓެރި
ޒުވާނެއްގެ ބޮލުގައި ވައްކަމުގެ ދޮގު ތުހުމަތު އެޅުވިއެވެ. އަދި މިވާހަކަ
ފަތުރަމުން މީސްތަކުންގެ ތެރޭގައި ހިނގާ އުޅުނެވެ. އެންމެފަހުން، މިޒުވާނާގެ
ކަންތަކާއިބިރުން މީސްތަކުން މީނާގެ ވާހަކަ ޤާޟީއަށް ދަންނަވައި ޒުވާނާ
ހައްޔަރުކުރެވުނެވެ. އަދި އެހައްޔަރުގައި އެތައް ދުވަހެއް ވޭތުވެ އެތައް
ބުރަތަކެއް އެޒުވާނާއަށް ބަރުދާސްތުކުރަން ޖެހުނެވެ. އަދި ބޭކާރު ގޮތުގައި ކޯޓާއި
ބަންދުކޮށްފައި ހުންނަ ކޮޓަރިއާއި ދެމެދު މީސްތަކުންގެ ކުރިމަތީން ހިނގާ
އުޅެންވެސް ޖެހުނެވެ.
ނަމަވެސް ﷲގެ ސުންނަތުގެ ދަށުން އެންމެފަހުން
އޭނާގެ ކުށެއް ނެތްކަން ކޯޓަށް ސާފުވެ ވައްކަމުގެ އެއްވެސް ނިޝާނެއް އަދި
ބުރަދަންހުރި އެއްވެސް ވާހަކައެއް ނުއިވި އެޒުވާނާ ބަންދުން ނެރެވި ގެޔަށް
ދޫކޮށްލެވުނެވެ.
ޒުވާނާ އެންމެފުރަތަމަވެސް ބަންދުން ސަލާމަތްވެ،
އޭނާގެ އަބުރު ނަގާލިކަމުގެ ޝަކުވާ ކޯޓަށް ހުށަހަޅައި އެއްކަލަ މުސްކުޅި މީހާގެ
މައްސަލަ ކޯޓަށް ލިއެވެ. ޤާޟީ އެމުސްކުޅިޔާ ހާޒިރުކުރުމުން އޭނާ ބުންޏެވެ. ތިމަން
ބުނެލީ ހަމައެކަނި ބަސްތަކެކެވެ. އެއަކުން މީހެއްގެ ގައިގެ ތަންގަނޑެއްވެސް
ވަތްކެއް ނުވާނެއެވެ. އަދި ތާކަށް ތަދެއްވެސް ނުމެވާނެއެވެ. ދެން އަހަރެންނާއިމެދު
ހުކުމެއް އަންނާން އަދިވެއްޖެހެއްޔެވެ؟ ޤާޟީ ބުންޏެވެ. ކަލޭ އެޒުވާނާއާއިމެދު ކީ
ހުރިހާއެއްޗެއްސެއް ގަނޑެއްގައި ލިޔާށެވެ.
ދެން އެމީހާ އެލިޔުމުން ބުންޏެވެ. ގެޔަށްދާ
މަގުމަތީގައި އެގަނޑު ވީދަމުން މަގުމައްޗަށް އުކަމުންދާށެވެ. އަދި މާދަމާ މިކޯޓަށް
އައުމުން ކަލެޔާއިމެދު ޙުކުމްކުރެވޭނެއެވެ.
ދެން އެމީހާ އެގޮތަށް ކަންތައްކުރުމަށްފަހު
އަނެއްދުވަހު ކޯޓަށް ހާޒިރުވުމުން ޤާޟީ އެމީހާކުރެން ކުރީދުވަހު އޭނާ މަގުމައްޗަށް
އަޅަމުންދިޔަ ކަރުދާސްކޮޅުތައް ހޮވައިގެން ގެނައުމަށް ބުންޏެވެ. އެމީހާ އެކަމާއި
އުޒުރުވެރިވަމުން އެއެއްޗެހި މިހާރަކު ނުފެންނާނެކަމާއި ވަޔާއި ހޭވެމުންގޮސް
އެތަންމިތަނުގައި އެވާނީ ގެއްލިފައިކަމުގައި ބުންޏެވެ.
ޤާޟީ މިވާހަކައަށް ޖަވާބުގައި ބުންޏެވެ.
މީސްމީހުންގެ އަބުރަކީވެސް އެފަދައެއްޗެކެވެ. އެމީހުން ނުކުރާ ކަންކަމުގެ ވާހަކަ
ދައްކައިގެންވިޔަސް ނަގާލެވިއްޖެ އަބުރަކީ ހޯދާކަށެއް މާކަ ފަސޭހަ އެއްޗެއްނޫނެވެ.
ޢިބުރަތް: އަހަރެމެންގެ ދުލުގެ މައްޗަށް
ފަރުވާތެރިވާށެވެ. އެއީ މާދަމާ އެއެއްޗަކާއިމެދު ސުވާލުވެވޭނޭ އެއްޗެކެވެ. އަދި
އެއިގެ ސަބަބުން ސުވަރުގެއިން މަޙުރޫމު ކުރެވިދާނެ އެއްޗެއްވެސްމެއެވެ. ތިމާއަށް
ބުނެވޭ ބަސްތަކާއިމެދު ރައްކާތެރިވާށެވެ.
ރެފަރެންސް: ދީނީ ކުދިވާހަކަ (ފޭސްބުކު
ފޭންޕޭޖް)
ވާހަކައިގެ
ތެދުދޮގާއިމެދު: އެއްވެސް އެއްޗެއް ބުނާކަށެއް ނޭންގެއެވެ.
Labels:
others
Subscribe to:
Post Comments (Atom)
0 comments:
Post a Comment