Blog Archive
-
2014
(39)
- November(4)
- September(1)
- July(5)
- June(8)
- May(1)
- April(1)
- March(2)
- February(4)
-
January(13)
- ބޭކާރު ކަންކަމާއިވިސްނުން
- ދުލަށް ރައްކާތެރިވުން
- ﷲ އަށް ފުރިހަމަގޮތުގައި ތަވައްކަލްކުރުން
- ގޮތް ނިންމުމުގައި އަވަސްނުކުރާށެވެ
- އެކުވެރިކަން
- ޙަސަދަވެރި ރަސްގެފާނުން
- ބައެއް ދުޢާ އިޖާބަނުވަނީ ސަބަބަކަށްޓަކައެވެ
- ޢާއިޝަތުގެފާނުންގެ ހުވަފެންފުޅު:
- ޔޫނުސްގެފާނުންގެ ވާހަކަ
- މޫސާގެފާނުންގެ އަވަހާރަވުން
- ޔޫސުފުގެފާނުންގެ ވާހަކަ: 1
- ޔަޤީންކަން
- ﷲ އަށް ބިރުވެތިވުން
- 2013 (100)
- 2011 (6)
Monday, January 27, 2014
ދެމީހަކު ޖަންގަލީގެ ތެރޭގައި ހިނގަމުންދިޔައެވެ.
މިހިނގުމުގެ ތެރޭގައި ވާހަކަ ދެކެވެމުން ގޮސް މަޢުލޫ ބަހުސްއަކަށް ބަދަލުވެ،
ބަހުސް ޒުވާބަކަށް ބަދަލުވެ އެކަކުގެ މޫނުމަތީގައި އަނެކަކު ޖެހިއެވެ. މޫނުގައި
ޖެހުނު މީހާ އަނބުރާ ރައްދު ދިނުމުގެ ބަދަލުގައި ބިންމަތީގައި ލިޔުނެވެ.
"މިޔަދު އަހުރެންގެ އެކުވެރިޔާ އަހަރެންގެ މޫނުމަތީގައި ޖަހައިފިއެވެ."
ދެން އެއަށްފަހު ހިނގަމުން ދިޔައެވެ
ވަކި ހިސާބަކަށް ހިނގުމަށްފަހު އެމީހުންނަށް
ފެންދެމޭ ކޯރެއްގެ އައްސޭރިއަކަށް ނިކުމެވުނެވެ. އަދި ވެފައިހުރި ވަރުބަލިކަމާއެކު
ފެންވަރާ ގަޔަށް ފިނިކޮށްލުމަށް ދެމީހުންވެސް ނިންމިއެވެ. ދެން އެދެމީހުންވެސް
ކޯރަށް އެރުނެވެ. ނަމަވެސް މޫނުމަތީގައި ޖެހުނު މީހާ ކޯރުގެ ތެރޭގައިވާ
ދެހިލައެއްދަށުވެ ތާށިވާގޮތްވެއްޖެއެވެ. އަދި ކޯރުގެ ފެންގަނޑު ބޮޑުވާންފަށައި
އޭނާ ގެނބެންފެށިއެވެ.
މިމަންޒަރުފެނިފައި މޫނުގައި ޖެހިމީހާ އަވަސް
އަވަހަށް ގޮސް އަނެއްމީހާ އެދޭތެރެއިން ނެރި ސަލާމަތްކޮށްފިއެވެ. ދެން އެދެމީހުން
އެއްގަމަށްއެރިއެވެ. ކުރިން މޫނުގައި ޖެހުނު މީހާ ބޮޑު ހިލަގަނޑެއްގެ
ކައިރިއަށްގޮސް އެހެން ހިލައަކުން ވަރަށް މަސައްކަތުން އެ ބޮޑު ހިލައިގައި
ލިޔުނެވެ. "މިޔަދު އަހުރެންގެ އެކުވެރިޔާ އަހަރެން މަރުން
ސަލާމަތްކޮށްދިނެވެ."
މިމަންޒަރު ފެނިފައި އަނެކަކު އެހިއެވެ. އަހަރެން
ކަލޭގެ މޫނުގައި ޖެހުމުން އެވާހަކަ ބިމުގައި ލިޔުނީމުއެވެ. މިހާރު އަހަރެންނަށް
ކަލޭ އެފެންގަނޑުން ސަލާމަތް ކޮށްދިނުމުން ތި ލިޔުނީ ހިލައެއްގައެވެ. ބިމަކު
ނޫނެވެ. އެއީ ކީތްވެހެއްޔެވެ؟ ޖަވާބުގައި
ބުންޏެވެ: މީހަކު ގޯސްކަމެއް ތިމާއަށް ކުރުމުން އެލިޔަންވާނީ ބިމުގައެވެ. އެއިރުން
މަޢާފުގެ ވައިޖެހި، އެލިޔުން އެއްޗެއް ފުހެލާނެއެވެ. އެކަމަކު ހެޔޮކަމެއް މީހަކު
ކޮށްދީފިނަމަ، އެކަން ބިންވަޅު ނެގޭ އެއްޗެއްގައި ލިޔުމުން އެކަން ފިލައި ނުގޮސް
ހުންނާނެއެވެ.
ރެފަރެންސް: ޝައިޚް ޒާހިރު މަޙްމޫދުގެ
ފޭސްބުކު ފޭންޕޭޖް އިން ނަގާފައި
ވާހަކައިގެ
ތެދު ދޮގާއިމެދު: އެއްވެސް އެއްޗެއް ބުނާކަށެއް ނޭންގެއެވެ.
Labels:
others
Subscribe to:
Post Comments (Atom)
0 comments:
Post a Comment