Blog Archive
-
2014
(39)
- November(4)
- September(1)
- July(5)
- June(8)
- May(1)
- April(1)
- March(2)
- February(4)
-
January(13)
- ބޭކާރު ކަންކަމާއިވިސްނުން
- ދުލަށް ރައްކާތެރިވުން
- ﷲ އަށް ފުރިހަމަގޮތުގައި ތަވައްކަލްކުރުން
- ގޮތް ނިންމުމުގައި އަވަސްނުކުރާށެވެ
- އެކުވެރިކަން
- ޙަސަދަވެރި ރަސްގެފާނުން
- ބައެއް ދުޢާ އިޖާބަނުވަނީ ސަބަބަކަށްޓަކައެވެ
- ޢާއިޝަތުގެފާނުންގެ ހުވަފެންފުޅު:
- ޔޫނުސްގެފާނުންގެ ވާހަކަ
- މޫސާގެފާނުންގެ އަވަހާރަވުން
- ޔޫސުފުގެފާނުންގެ ވާހަކަ: 1
- ޔަޤީންކަން
- ﷲ އަށް ބިރުވެތިވުން
- 2013 (100)
- 2011 (6)
Thursday, January 9, 2014
ސޫރަތުއް ޔޫނުސްގައި މާތް ﷲ
ވަޙީކުރައްވާފައިވެއެވެ:
فَلَوْلَا كَانَتْ قَرْيَةٌ آمَنَتْ فَنَفَعَهَا إِيمَانُهَا إِلَّا
قَوْمَ يُونُسَ لَمَّا آمَنُوا كَشَفْنَا عَنْهُمْ عَذَابَ الْخِزْيِ فِي
الْحَيَاةِ الدُّنْيَا وَمَتَّعْنَاهُمْ إِلَىٰ حِينٍ
"ފަހެ، ރަށެއްގެ މީހުން، އެއުރެންގެ إيمان ކަމުން މަންފާކުރާނޭ ގޮތުގައި، إيمان ވީނަމަ ކިހާރަނގަޅުހޭ! އެހެނެއްކަމަކު، يونس ގެފާނުގެ قوم ގެމީހުން إيمان ވުމުން، ތިމަންރަސްކަލާނގެ އެއުރެންގެ ކިބައިން ދުނިޔޭގެ حياة ގައި ނިކަމެތިކަމުގެ
عذاب ދުރުކުރެއްވީމެވެ.
އަދި އެއުރެންގެ އަޖަލު ޖެހިއްޖައުމަށް
ދާނދެން، އެއުރެން އަރާމުގައި އުޅުމަށް ލެހެއްޓެވީމެވެ."
(ޔޫނުސް: 98)
އަދި ސޫރަތުލް އަންބިޔާގައި
ވަޙީކުރައްވާފައިވަނީ:
وَذَا النُّونِ إِذ ذَّهَبَ مُغَاضِبًا فَظَنَّ أَن لَّن نَّقْدِرَ
عَلَيْهِ فَنَادَىٰ فِي الظُّلُمَاتِ أَن لَّا إِلَـٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي
كُنتُ مِنَ الظَّالِمِينَ ﴿٨٧﴾ فَاسْتَجَبْنَا لَهُ وَنَجَّيْنَاهُ مِنَ الْغَمِّ ۚ وَكَذَٰلِكَ نُنجِي الْمُؤْمِنِينَ
﴿٨٨﴾
"އަދި ذوالنّون (އެބަހީ: يونس ގެފާނު) ހަނދުމަކުރާށެވެ! އެކަލޭގެފާނު (قوم ގެ މީހުންދެކެ) ކޯފާވެގެން ވަޑައިގަތް ހިނދެވެ. ފަހެ،
އެކަލޭގެފާނަށް ތިމަންރަސްކަލާނގެ عقوبات އެއް ނުދެއްވާނެކަމަށް ހީކުރެއްވިއެވެ. ފަހެ، އެކަލޭގެފާނު އަނދިރިތަކުގެ ތެރޭގައި (މަހުގެ ބަނޑުގައި) دعاء ކުރެއްވިއެވެ. އިބަރަސްކަލާނގެ މެނުވީ، إله އަކު ނެތެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! ހަމަކަށަވަރުން، އަނިޔާވެރިންގެ ތެރެއިން
މި އަޅާވީމެވެ. ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަ
ދެއްވީމެވެ. އަދި ދަތިކަމާއި،
މޮޅިވެރިކަމުން އެކަލޭގެފާނު ސަލާމަތްކުރެއްވީމެވެ. އަދި އެފަދައިން ތިމަންރަސްކަލާނގެ مؤمن ތަކުން ސަލާމަތްކުރައްވަމެވެ." (ސޫރަތުލް އަންބިޔާ: 87،
88)
ސޫރަތުއް ސާއްފާތިގައި
ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ:
وَإِنَّ يُونُسَ لَمِنَ الْمُرْسَلِينَ ﴿١٣٩﴾ إِذْ أَبَقَ إِلَى الْفُلْكِ
الْمَشْحُونِ ﴿١٤٠﴾ فَسَاهَمَ فَكَانَ مِنَ الْمُدْحَضِينَ ﴿١٤١﴾ فَالْتَقَمَهُ الْحُوتُ وَهُوَ مُلِيمٌ ﴿١٤٢﴾ فَلَوْلَا أَنَّهُ كَانَ مِنَ الْمُسَبِّحِينَ ﴿١٤٣﴾ لَلَبِثَ فِي بَطْنِهِ إِلَىٰ يَوْمِ يُبْعَثُونَ ﴿١٤٤﴾ فَنَبَذْنَاهُ بِالْعَرَاءِ وَهُوَ سَقِيمٌ ﴿١٤٥﴾ وَأَنبَتْنَا عَلَيْهِ شَجَرَةً مِّن يَقْطِينٍ ﴿١٤٦﴾ وَأَرْسَلْنَاهُ إِلَىٰ مِائَةِ أَلْفٍ أَوْ
يَزِيدُونَ ﴿١٤٧﴾ فَآمَنُوا فَمَتَّعْنَاهُمْ إِلَىٰ حِينٍ ﴿١٤٨﴾
"ހަމަކަށަވަރުން، يونس ގެފާނުވަނީ، رسول ންގެ ތެރެއިންކަން ކަށަވަރެވެ. އެކަލޭގެފާނު ފިއްލަވައިގެން ވަޑައިގެން، ބަރާވެގެންވާ
ނަވަށް އަރާވަޑައިގެންނެވިހިނދު ހަނދުމަކުރާށެވެ! ފަހެ،
އެކަލޭގެފާނު (ނަވުގެ މީހުންނާއެކު) قرعة ލެއްވިއެވެ. ފަހެ، އެކަލޭގެފާނުވީ (قرعة ން) ދެރަވިމީހުންގެ ތެރެއިންނެވެ. ފަހެ،
އެހިނދު މަހެއް (އައިސް) އެކަލޭގެފާނު (އޮތްގޮތަށް) ދިރުވައިލިއެވެ. (އެއީ) އެކަލޭގެފާނަށް މަލާމާތް
ލިބިވަޑައިގެންވާ حال ގައެވެ. ފަހެ، އެހިނދު މަހެއް (އައިސް)
އެކަލޭގެފާނު (އޮތްގޮތަށް) ދިރުވައިލިއެވެ. (އެއީ) އެކަލޭގެފާނަށް މަލާމާތް ލިބިވަޑައިގެންވާ حال ގައެވެ. ފަހެ،
އެކަލޭގެފާނު ގިނަގިނައިން تسبيح ކިޔާ މީހުންގެ ތެރެއިން ނުވިނަމަ، އެއުރެން محشر އަށް ފޮނުއްވާ ދުވަހަށް ދާނދެން އެ މަހުގެ ބަނޑުތެރޭގައި އެކަލޭގެފާނު ވެއްޖައީހެވެ. ފަހެ،
ތިމަންރަސްކަލާނގެ އެކަލޭގެފާނު ބަލިحال ކޮޅުގައި ވަނިކޮށް (މަހުގެ ބަނޑުން) އައްސޭރިއަށް
އެކަލޭގެފާނު އެއްލެވީމެވެ. އަދި ތިމަންރަސްކަލާނގެ
އެކަލޭގެފާނަށްޓަކައި، ބަރަބޯ ގަހެއް އެތަނުން ފެޅުއްވީމެވެ. އަދި ސަތޭކަހާސް މީހުން، ނުވަތަ
އެއަށްވުރެ ގިނަމީހުންގެ قوم އަކަށް رسول ކަމާއިގެން ތިމަންރަސްކަލާނގެ އެކަލޭގެފާނު ފޮނުއްވީމެވެ. ފަހެ، އެއުރެން (އެކަލޭގެފާނަށް)
إيمان ވޫއެވެ. ދެން އެއުރެންގެ أجل ޖެހިއްޖައުމަށް ދާނދެން އެއުރެން އަރާމުގައި އުޅުމަށް
ލެހެއްޓެވީމެވެ. " (ސޫރަތުއް ސާއްފާތި: 139 – 148)
އަދި ސޫރަތުލް ޤަލަމުގައި
އެކަލާންގެ ވަޙީކުރައްވަނީ މިފަދައިންނެވެ:
فَاصْبِرْ لِحُكْمِ رَبِّكَ وَلَا تَكُن كَصَاحِبِ الْحُوتِ إِذْ
نَادَىٰ وَهُوَ مَكْظُومٌ ﴿٤٨﴾ لَّوْلَا أَن تَدَارَكَهُ نِعْمَةٌ مِّن رَّبِّهِ
لَنُبِذَ بِالْعَرَاءِ وَهُوَ مَذْمُومٌ ﴿٤٩﴾ فَاجْتَبَاهُ رَبُّهُ
فَجَعَلَهُ مِنَ الصَّالِحِينَ ﴿٥٠﴾
"ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حكم ފުޅަށް ކަލޭގެފާނު ކެތްކުރައްވާށެވެ! އަދި ބޮޑުމަހުގެ އެކުވެރިޔާ (އެބަހީ: يونس ގެފާނު) ފަދައިން
ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ! އެކަލޭގެފާނު، ބޮޑުވެގެންވާ ހިތާމައިގައިވާ حال، دعاء ކުރެއްވި ހިނދުގައެވެ. އެކަލޭގެފާނުގެ
ވެރިރަސްކަލާނގެ حضرة ން ފޮނުއްވި نعمة އެއް، އެކަލޭގެފާނާ ހަމަޔަށް واصل ނުވިނަމަ، އެކަލޭގެފާނަށް މަލާމާތްލިބިގެންވާ حال (މަހުގެ ބަނޑުން،
ކަނޑުގެ) އައްސޭރިޔަށް އެކަލޭގެފާނު އެއްލައިލެއްވީހެވެ. ދެން އެކަލޭގެފާނުގެ ވެރިރަސްކަލާނގެ،
އެކަލޭގެފާނު خيار ކުރެއްވިއެވެ. އަދި صالح އަޅުންގެ ތެރެއިން އެކަލޭގެފާނު ލެއްވިއެވެ. "
(ސޫރަތުލް ޤަލަމް: 48 – 50)
މުފައްސިރުންގެ ގާތުގައި ﷲ ތަޢާލާ ޔޫނުސް
ޢަލައިހިއްސަލާމް ފޮނުއްވެވުނީ ނައިނަވާގެ އަހުލުވެރިންގެގާތަށެވެ. އެއީ މޮސުލް އޭ
ކިޔުނު ރަށުގައި ދިރިއުޅޭ ބައެކެވެ. އެކަލޭގެފާނުން އެބައިމީހުންނަށް ﷲގެ އެއްކައުވަންތަކަމާއި
އިސްލާމްދީނަށް ގޮވައިލެއްވުމުން އެކަލޭގެފާނުންނާއި އެބައިމީހުން
ދެކޮޅުވެރިވެގަތެވެ. އަދި ދުވަސްތަކަކަށްފަހު އެކަލޭގެފާނުން އެބައިމީހުންގެ
ބޯހަރުކަމާއި ދެކޮޅުވެރިކަން ހުރިވަރު ދެކެވަޑައިގެން ކުރިއަށް އޮތް
ތިންދުވަސްފަހުން އަންނާނޭ ކޯފާއެއްގެ ވާހަކައިން އެބައިމީހުންނަށް އިންޒާރު
ކުރުމަށްފަހު އެރަށުން ފިލައިވަޑައިގަތެވެ.
އިބްން މަސްޢޫދާއި، މުޖާހިދާއި އަދި ޤަތާދާއާއި
އެހެނިހެން ބެއިކަލުން ވިދާޅުވިއެވެ: ޔޫނުސްގެފާނުން އެރަށުން ފިއްލަވައި
ވަޑައިގަތުމުން އެރަށުގެ އަހުލުވެރިންނަށް އެބައިމީހުންނަށް ޖެހެންއުޅޭ
ބިރުވެރިކަމަކީ ބޮޑުވެގެންވާ ކަމެއްކަމުގައި ވިސްނި އެބައިމީހުންނަށް އެކަލޭގެފާނާއިމެދު
ކުރެވުނުކަންތަކާއި ހިތާމަކޮށް ތައުބާވިއެވެ. އަދި އެބައިމީހުންގެ ބޮލުފޮށާ އަޅައި
އެމީހުންގެ ގެރިބަކައްޓާއިދުރުހެލިވެ، ﷲގެ ޙަޟްރަތަށް ފާފަފުއްސެވުމަށް އެދި
އާދޭސްގޮވަމުން ދިޔައެވެ. އެއެންމެހާ މީސްތަކުން ލޮލުން ކަރުނައަޅައި
ރޮއެހެދިއެވެ. ފިރިހެނުންނާއި އަންހެނުނެވެ. ފިރިހެން ދަރިންނާއި އަންހެން
ދަރިންނެވެ.
ﷲ ތަޢާލާ އެބައިމީހުންގެމައްޗަށް
ރަޙުމަތްލައްވައި އެބައިމީހުންގެ އަދަބުން އެބައިމީހުން ސަލާމަތްކުރެއްވިއެވެ.
ވޭތުވެދިޔަ ޒަމާންތަކުގައި ދުވަހަކުވެސް ބަޔަކުމީހުން އެކުއެކީ އެއްރަށެއްގެ
އެންމެން އެބައިމީހުންގެ ނަބިއްޔާއަކަށް ކިޔަމަންގަނެފައި މިނޫނީ ނެތެވެ.
ޔޫނުސްގެފާނުން އެރަށުން ފިއްލަވައި ވަޑައިގެން
ދޯންޏަކަށް އަރާވަޑައިގަތެވެ. އަދި އެދޯނި ވަކި ވަރަކަށް ދުވުމަށްފަހު ބިޔަ
ރާޅުތަކުގެ ޝިކާރައަކަށްވިއެވެ. ގިނަ މުފައްސިރުންގެ އަރިހުގައި އެދޯނި
ގެނބިގެންދިޔުމާއި ގާތްވިއެވެ. އަދި އެދޯނީގެ ފަޅުވެރިން ވާހަކަދައްކައިގެން
ފަސެންޖަރުންނާއި ފަޅުވެރިންގެ ތެރޭގައި ގުރުއަތުލައި، އެގުރުއަތުން ހޮވޭ މީހަކު
މޫދަށް އެއްލައިލަން އެއްބަސްވިއެވެ. ދެން އެގޮތުގައި ގުރުއަތުލުމުން ދިމާވީ
ޔޫނުސްގެފާނާއެވެ. ނަމަވެސް އެކަލޭގެފާނުންގެ އަޅުވެރިކަމަށްޓަކައި އެމީހުން
އެކަލޭގެފާނުން މޫދަށް އެއްލައިލުމަށް ނުރުހި ދެވަނަފަހަރަށްވެސް ގުރުއަތުލިއެވެ.
ނަމަވެސް ދެންވެސް ގުރުއަތުން ދިމާވީ އެކަލޭގެފާނާއެވެ. ސަބަބަކީ އެކަމީ މާކުރިން ﷲ
ތަޤުދީރުކުރައްވާފައިވާ ކަމަކަށްވާތީއެވެ.
އެހެންކަމުން އެކަލޭގެފާނުން ކަނޑަށް
އެއްލައިލެވުނެވެ. އަދި އެހިނދުން ބޮޑު މަހެއް (ވޭލެއް) އައިސް އެކަލޭގެފާނުން
ދިރުވައިލިއެވެ. އެމަހަށް އެކަލޭގެފާނުން ކެއުމަކަށް އަމުރުވެވިގެނެއް ނުވެއެވެ.
އެހެނީ އެކަލޭގެފާނީ އެއެތީގެ ކާނާކަމުގައި ނުވެއެވެ. ޔޫނުސްގެފާނުން އެމަހުގެ
ބަނޑުގައި އިށީންދެވޭގޮތްވެވަޑައިގަތުމުން އެކަލޭގެފާނުންނަށް ހީފުޅުކުރެވުނީ
އެކަލޭގެފާނުން މަރުވެވަޑައިގަތީކަމުގައެވެ. އަދި އަމިއްލަ ގައިކޮޅުގައި ވިކައި،
އިށީންދެވި އިންތަނުން ގުޑިލައްވައި އަދި މަރުނުވާކަމުގައި ޔަޤީންކުރެވުނެވެ. ދެން
ސަޖިދައަށް ތިރިވެވަޑައިގެން ދުޢާކުރެއްވިއެވެ: "ހައްދަވާ ގެންގުޅުއްވާ
އިލާހެވެ! ތިމަންކަލޭގެފާނުން، އެހެން އެއްވެސް އިންސާނަކު އިބައިލާހަށް
ސަޖިދަނުކުރާ ތާކު ސަޖިދަކުރީމުއެވެ."
އެމަސް ކަނޑުގެ އަޑިއަށް ފީނައި ހަދާއިރު ﷲ އަށް
ޛިކުރުކުރާ އަޑު އެކަލޭގެފާނުންނަށް އިވިވަޑައިގެންނެވިއެވެ. " ފަހެ، އެކަލޭގެފާނު އަނދިރިތަކުގެ ތެރޭގައި (މަހުގެ ބަނޑުގައި) دعاء ކުރެއްވިއެވެ." މިތާނގައި މާނައީ އެމަހުގެ
ބަނޑުގައިވާ އަނދިރިކަމާއި ކަނޑުގެ އަނދިރިކަމެވެ. ސާލިމް ބިން އަބު
ޖަޢުދުވިދާޅުވިއެވެ: އެމަހަށްވުރެ އަދި މާބޮޑު މަހެއް އައިސް އެމަސް
ދިރުވައިލިއެވެ. އެހެންކަމުން އެއީ ދެމަހެއްގެ އަނދިރިކަމުގައިވިއެވެ.
"އެކަލޭގެފާނުން ނުވިނަމަ" އޭ ބުނެވެނީ
އެކަލޭގެފާނުންނަކީ އެމަސް އެކަލޭގެފާނުން ދިރުވައިލުމުގެ ކުރީގައި "އެކަލޭގެފާނު
ގިނަގިނައިން تسبيح ކިޔާ މީހުންގެ ތެރެއިން ނުވިނަމަ" އެވެ. ޢަބްދުﷲ ބިން
ޢައްބާސް ވިދާޅުވިއެވެ. ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ:
"އޭ ދަރިފުޅާއެވެ! ތިމަންކަލޭގެފާނުން
ކަލެއަށް ބައެއްބަސްތައް މިދަސްކޮށްދެއްވަނީއެވެ: ﷲގެ ޢަމުރުފުޅުތަކަށް
ރައްކާތެރިވާށެވެ. އެއިރުން އެކަލާންގެ ތިބާޔަށް ރައްކާތެރިކަން ދެއްވާނެއެވެ. ﷲގެ
ޢަމުރުފުޅުތަކަށް ރައްކާތެރިވާށެވެ. އެކަލާންގެ ތިބާގެކުރިމަތީގައިވާތީ
ފެންނާނެއެވެ. ތިބާގެ ހިތްހަމަޖެހުމުގައި ﷲ މަތީން ހަނދުމަކުރާށެވެ. އެއިރުން ތިބާގެ
އުނދަގޫ ޙާލަތުގައި ﷲ ތިބާގެމަތީން ހަނދުމަކުރައްވާނެއެވެ." = އަޙްމަދު 293:1
=
އިބްން ޖަރީރު އެކަލޭގެފާނުންގެ ތަފްސީރު
ފޮތުގައި ރަސޫލުﷲ ގެފާނުން ޙަދީޘްކުރެއްވިކަމަށް ވިދާޅުވެފައިވެއެވެ: "ﷲ
ތަޢާލާ ޔޫނުސްގެފާނުން ބޮޑުމަހުގެ ބަނޑުގައި ވުމަށް އެދިވޮޑިގެންނެވުމުން އެކަލޭގެފާނުންގެ
ގައިކޮޅުގައި އެއްވެސް ކޫރުމެއް ނުވަތަ އެކަލޭގެފާނުންގެ އެއްވެސް ކައްޓެއް
ހަލާކުވުމެއް ނުވާގޮތުގައި އެމަހަށް އެކަލޭގެފާނުން އެމަހުގެ އެތެރެއަށް
ނެންގެވުމަށް އަމުރުކުރެއްވިއެވެ." ދެން އެމަސް ކަނޑުގެ އަޑިޔަށް
ފީނަމުންދިޔަ ވަގުތު އެކަލޭގެފާނުންގެ ކަންފަތްޕުޅަށް އަޑެއް އިވިވަޑައިގަތުމުން
އަމިއްލަ ނަފްސާއި ސުވާލުކުރެވުނެވެ: މިއީ ކޮން އަޑެއްތޯއެވެ. އެހިނދު ﷲ
އެކަލޭގެފާނުންނަށް ވަޙީކުރެއްވިއެވެ. އެއީ އެމަހުގެ ތަސްބީޙަކިޔުމެވެ. ދެން
އެކަލޭގެފާނުން އެމަހުގެ ބަނޑުތެރޭގައިވެ ވަޑައިގެން އެކަލާންގެއަށް
ތަސްބީޙަކިޔުއްވިއެވެ. މިތަސްބީޙައިގެ އަޑުފުޅު މަލާއިކަތްބެއިކަލުންނަށް
އިވިވަޑައިގެން ވިދާޅުވިއެވެ: 'ހައްދަވައި ގެންގުޅުއްވާ ރަސްކަލާއްކޮ!
ތިމަންބެއިކަލުންނަށް ވަރަށް ދުރުން، ވަރަށް ބީރައްޓެހި ރަށަކުން ވަރަށް މަޑުން
އަޑެއްއިވިވަޑައިގަންނަވައެވެ.' ﷲ ވަޙީކުރެއްވިއެވެ: 'އެއީ ތިމަންއިލާހުގެ އަޅާ
ޔޫނުސްގެފާނެވެ. އެކަލޭގެފާނުން ތިމަންރަސްކަލާންގެ ޢަމުރުފުޅާއި
ޚިލާފުވެވަޑައިގަތެވެ. އެހެންކަމުން މަހެއްގެ ބަނޑުތެރޭގައި ބަންދުކުރެއްވީމެވެ.'
ދެން އިތުރަށް ޔަޤީންކުރުމަށް އެބެއިކަލުން އެއްސެވިއެވެ: 'އެއީ އިބަ އިލާހުގެ
ޙަޟްރަތަށް ކޮންމެދުވަހަކު އުފުއްލެވޭ ހެޔޮޢަމަލުގެ ވެރި(ހެޔޮ ޢަމަލުކުރައްވަވާ)
ޛާހިދު ތަޤުވާވެރި އަޅާހެއްޔެވެ؟' އެކަލާންގެ ވަޙީކުރެއްވިއެވެ: 'އާދޭހެވެ.' ދެން މަލާއިކަތްބެއިކަލުން
އެކަލޭގެފާނުންގެ ފަރާތްޕުޅުން އެކަލާންގެ ޙަޟްރަތަށް ޢަފޫއަށް އެދިވަޑައިގަތުމުން
ﷲ އެމަހަށް އެކަލޭގެފާނުން އެއްގަމުގެ އައްސޭރިއަށް ދޫކޮށްލެއްވުމަށް
ޢަމުރުކުރެއްވިއެވެ." އިބްން އަބީ ހާތިމް އެކަލޭގެފާނުންގެ ތަފްސީރުގައިވެސް
މިވާހަކަ މިއާއި ދާދި އެއްގޮތަށް ވިދާޅުވެފައިވެއެވެ.
ރަސޫލުﷲ ގެފާނުން ޙަދީޘްކުރެއްވިއެވެ:
"އެއްވެސްމީހަކު ތިމަންނާއީ
ޔޫނުސްގެފާނުންނަށްވުރެ މާރަގަޅު މީހެއްކަމަށް ދަޢުވާކޮށްގެންނުވާނެއެވެ" =
އަޙްމަދު 390:1، އަލް ބުޚާރީ: 3412 =
އަދި އެކަލޭގެފާނުން ޞައްލަﷲ ޢަލައިހި ވަސައްލަމަ
ޙަދީޘްކުރެއްވިއެވެ:
"ނަބީންގެ މައްޗަށް ތިމަންކަލޭގެފާނުން
އިސްނުކުރާށެވެ. އެއީ ޔޫނުސްގެފާނުން ކަމުގައިވިޔަސްވެހެވެ." = އަލް ބިދާޔާ
ވަންނިހާޔާ 237:1 = މިއީ ރަސޫލުﷲ ގެފާނުން އެކަލޭގެފާނުންގެ އަޚް އެހެން
ނަބީބެއިކަލުންނާއިމެދު އޮންނަ ހިތްތިރިކަމުގެ މިޘާލެކެވެ.
ރެފަރެންސް: އަލް ޙާފިޛް, އަލް އިމާމް
އިބްން ކަޘީރުގެ ޤަޞަޞުލް އަންބިޔާ
Labels:
Prophets
Subscribe to:
Post Comments (Atom)
0 comments:
Post a Comment