Saturday, January 11, 2014


ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. ތިމަންކަމަނާއަށް ތިން ހަނދު އެކަމަނާގެ ހިޔާވައްސައް ވެއްޓޭތީ ހުވަފެނުގައި ފެނިވަޑައިގަތެވެ. އެކަމަނާ އެހުވަފެންފުޅާއިމެދު އެކަމަނާގެ ބައްޕާކަލުން އަބޫބަކުރުއް ޞިއްދީޤުގެ އަރިހުން ސުވާލުކުރެއްވިއެވެ. އެކަލޭގެފާނުން ވިދާޅުވިއެވެ:

"އޭ ޢާއިޝާއެވެ! ހަމަ ޔަޤީނުންވެސް ކަމަނާގެ (ދަރިފުޅުގެ) ތިހުވަފެނަކީ ތެދު ހުވަފެންފުޅެއްކަމުގައި ވަނީނަމަ، ﷲ ތަޢާލާގެ އެންމެ ލޮބުވެތި ތިން އަޅުން ކަމަނާގެ ގެކޮޅުގައި ވަޅުލެއްވޭހުއްޓެވެ."

ކީރިތި ރަސޫލާ އަވަހާރަވުމުން އެކަލޭގެފާނުން ފަސްދާނު ވެޑުވުނީ އެކަމަނާގެ ގެކޮޅުގައެވެ. އެކަލޭގެފާނުންނީ މާތް ﷲ މިބިންމަތީގައި ލެއްވި އެކަލާންގެ އެންމެ ލޯބިފުޅުވެ ވޮޑިގެންވާ އިންސާނާއެވެ. އެއަށްފަހު އަބޫބަކުރުގެފާނާއި ޢުމަރުގެފާނުން އަވަހާރަވެވަޑައިގަތުމުން އެދެބެއިކަލުންވެސް ފަސްދާނުލެވުނީ އެކަމަނާގެ ގެކޮޅުގައެވެ.

ރެފަރެންސް: އައް ލުއުލުއުލް މަންޘޫރ

0 comments: