Blog Archive
-
2014
(39)
- November(4)
- September(1)
- July(5)
- June(8)
- May(1)
- April(1)
- March(2)
- February(4)
-
January(13)
- ބޭކާރު ކަންކަމާއިވިސްނުން
- ދުލަށް ރައްކާތެރިވުން
- ﷲ އަށް ފުރިހަމަގޮތުގައި ތަވައްކަލްކުރުން
- ގޮތް ނިންމުމުގައި އަވަސްނުކުރާށެވެ
- އެކުވެރިކަން
- ޙަސަދަވެރި ރަސްގެފާނުން
- ބައެއް ދުޢާ އިޖާބަނުވަނީ ސަބަބަކަށްޓަކައެވެ
- ޢާއިޝަތުގެފާނުންގެ ހުވަފެންފުޅު:
- ޔޫނުސްގެފާނުންގެ ވާހަކަ
- މޫސާގެފާނުންގެ އަވަހާރަވުން
- ޔޫސުފުގެފާނުންގެ ވާހަކަ: 1
- ޔަޤީންކަން
- ﷲ އަށް ބިރުވެތިވުން
- 2013 (100)
- 2011 (6)
Thursday, January 30, 2014
އެއްފަހަރަކު މީހަކު ވަރަށް އުސް ފަރުބަދައަކަށް
އަރަން މަސައްކަތްކުރަނީއެވެ. އޭނާ އެގޮތުގައި މަސައްކަތްކުރާތާ އެތަށް އިރެއްވެ
ކިތަނމެތާކަށް އެރެންވެސް އެރުނެވެ. އެންމެފަހުން އިރު އޮއްސި އަނދިރިއަތަށް
އެޅުމުން އޭނާ ހިތަށް އެރިއެވެ. މިއަދު އަހަރެން މިމަސައްކަތްނިންމާނީ
ފަރުބަދައިގެ އެންމެ މައްޗަށް އަރާފައެވެ.
ދުވަހަކީ ވަރަށް ފިނި މޫސުމުގެ ފިނިދުވަހެކެވެ.
އެހެންކަމުން މުޅި ހިސާބުގައިވަނީ ދުންފިނިހިފާ މޫނުމައްޗަށް އިތުރަށް
އަނދިރިކުރުވާފައެވެ. އެކަމަކު އޭނާއަށް ހީކުރެވެމުންދަނީ އޭނާއަށް ދެން ބާކީ
އަރަންޖެހޭނީ ވަރަށް ކުޑަ ތަންކޮޅަކަށެވެ. އެހެންވެ ހިތްވަރުކޮށްލާފައި
އަރަނީއެވެ. އެންމެފަހުން ރަނގަޅަށް އަނދިރިވިތާ އެތަކެއް އިރެއް ފާއިތުވުމަށްފަހު
އޭނާ އަރަންއުޅުނު ހިލައަކުން ކައްސާލައިގެން ވެއްޓެންފަށައިފިއެވެ.
ނައްޓާލައިގެން ވެއްޓެން ދާންއޮތީ ކުލިފެއްފާޑު ތާކުން ދިމާ ސީދަލަށް ހަރުހިލަ
ބިންގަނޑަކަށެވެ.
ވަކި ހިސާބަކަށް ވެއްޓުމަށްފަހު އޭނާ ބުރިކަށީގައި
އައްސާފައިވާ ވާގަނޑު ކޮންމެވެސް ތާކު އަޅައިގަނެފައި ވެއްޓުން ހުއްޓުނެވެ.
އެކަމަކު އަނދިރިކަމާއި ބޯ ދުންފިނީގެ ސަބަބުން އޭނާއަކަށް އެއެއް މިއެއް
ނުއިނގެއެވެ. މީހާ ވަނީ ބިރުންގޮސް ހަލާކުވާވަރުވެފައެވެ. ސަލާމަތްވާނޭ އިރެއްވެސް
ނޭންގެއެވެ. ގޮވައި ހަޅޭލަވައިގެން އަޑުއިވޭނޭ ހިސާބުގައި މީހަކުވެސް ނޫޅޭނޭކަން
އޭނާއަށް ޔަޤީނެވެ. އެންމެ ފަހުން ގޮތްހުސްވެ، ހާސްވެ ދިރިހުރުމާއިމެދު
ޔަޤީންކަންކުޑަވެ، ފުރާނަ އަތްމައްޗަށްލައި ރޯންފެށުނެވެ.
އަޑުން އަޑުނަގައި ރޮމުން ހޭރެމުން ފުރާނަ
ސަލާމަތްކޮށްދިނުމަށް އެދި އާދޭސް ގޮވަމުން ދިޔައެވެ. ﷲގެ ހަޟްރަތުގައި
ދުޢާކުރަމުންދިޔައެވެ. އޭ ހައްދަވާ ގެންގުޅުއްވާ އިލާހެވެ! މިއަޅާގެ ފުރާނަ
ސަލާމަތްކޮށްދެއްވާންދޭވެއެވެ!. މިއަދު އިބަ ރަސްކަލާންގެ ފިޔަވައި މިއަޅާ
މިޙާލުން ސަލާމަތްކޮށްދޭނޭ އެހެން ފަރާތެއް ނުވެއެވެ. މިހެން ކިޔައި
ދުޢާކުރަމުންދިޔައެވެ.
އޭނާގެ ދުޢާއަށްފަހު ވަކި ދިމާއެއް ނޭންގޭ
ކޮންމެވެސް ތާކުން އަޑެއް އިވެންފެށިއެވެ. މިއަޑު އޭނާއާއި ވާހަކަ ދައްކަނީއެވެ.
އޭ ނިކަމެތި އިންސާނާއެވެ.
އޭނާ ޖަވާބުގައި ހައިރާންކަމާއެކު ދިމަދިމާއަށް
މޫނުއަނބުރަމުން އޯތްޔެކޭ ބުންޏެވެ. އިވުނެވެ: ކަލޭގެއަށް ހަމަ އަސްލުގައިވެސް ﷲ
އަށް ކަލޭގެ ފުރާނަ ސަލާމަތްކުރެއްވޭނެކަމުގެ ޔަޤީންކަން އެބަ އޮތްހެއްޔެވެ؟ އޭނާ
ޖަވާބުގައި ބުންޏެވެ. އާއެކެވެ. ޔަޤީނެވެ. ދެން އިވުނެވެ. ހަމަ ކަށަވަރުންވެސް
އެކަލާންގެއަށް ކަލޭގެ ފުރާނަ ސަލާމަތްކުރެވޭނޭކަމުގެ ފުރިހަމަ ޔަޤީންކަން
އޮތްކަމުގައި ވަނީނަމަ ކަލޭ އެލިގެން ތިއޮތް ވާގަނޑު (ކަލޭގެ އަތުގައިވާ ވަޅީން)
ކަނޑާލާށެވެ.
އޭނާ ހިތަށްއެރިއެވެ. އަހަރެންގެ މިވާގަނޑު
ކަނޑައިލައިފިއްޔާ ވެއްޓޭނީ އެވެ. އަދި ހިލަބިމުގައި ޖެހުނުޖެހުނުން އަހަރެން
ފިސްފިސްވެ މަރުވާނެއެވެ. އެހެންނޫނަސް އަހަރެން ދިރިހުއްޓަސް ހުންނާނޭކަމުގެ
ހަމައެކަނި އުއްމީދަކީ މިވަގުތު މިވާގަނޑެވެ. އެދޫކޮށްލައިފިނަމަ.... މިހެން
ހިތުގައި ވަހުމު ގިނަވެ އޭނާ އެވާގަނޑު ކަނޑައެއްނުލައެވެ. ކުރުގޮތަކަށް ބުނާނަމަ، އޭނާއަށް އަސްލުގައި ﷲ
އާއިމެދު އެހާ ޔަޤީންކަމެއް ނެތެވެ.
އޭގެ އަނެއްދުވަހު ބަޔަކު މީހުނަށް އޭނާ ފިނީގެ
ތެރޭގައި ގަނޑުވެ، މަރުވެ، ހަރުދަނޑިވެފައި ހުއްޓާ ފެނުނެވެ. އޭނާވަނީ ބިމާއި
އެންމެ ހައެއްކަ ފޫޓު މަތީގައި އެލުވިފައެވެ.
ޙަޤީޤަތަކީ މިއީއެވެ. ﷲ އަށް ތަވައްކަލް ކުރުމަކީ
އެކަލާންގެ އަށް ފުރިހަމަ ޔަޤީންކަން އޮތުމާއެކު ކުރާ ކަމެއްކަމުގައި ވާނަމަ ހަމަ
ޔަޤީނުންވެސް ސަލާމަތްވާނެއެވެ. އެއްގޮތަކުންނޫނީ އަނެއްގޮތަކުންނަމަވެހެވެ. އެހެންނޫނަސް
އަހަރެމެންނަށް ކިތަންމެ ނޫންވިޔަސް ފެންނާނީވެސް ކަންކަމުގެ އެއްފަރާތެވެ.
އެކަލާންގެއީ އަހަރެމެންގެ އިންސާނީ މިނިކަމެތި ވިސްނުމުން ވިސްނޭވަރަށްވުރެ
ބޮޑަށް، އަހަރެމެންގެ ކަންކަމާއިމެދު ބައްލަވާ ރަސްކަލާންގެއެވެ.
ރެފަރެންސް: ޝައިޚް ޒާހިރު މަޙްމޫގެ
ދަރުސްއަކުން
ވާހަކައިގެ
ތެދުދޮގުމިނާއިމެދު: އެއްވެސް އެއްޗެއް ބުނާކަށެއް އަޅުގަނޑަކަށެއް ނޭންގެއެވެ.
Labels:
others
Subscribe to:
Post Comments (Atom)
0 comments:
Post a Comment