Blog Archive
-
2014
(39)
- November(4)
- September(1)
- July(5)
- June(8)
- May(1)
- April(1)
- March(2)
- February(4)
-
January(13)
- ބޭކާރު ކަންކަމާއިވިސްނުން
- ދުލަށް ރައްކާތެރިވުން
- ﷲ އަށް ފުރިހަމަގޮތުގައި ތަވައްކަލްކުރުން
- ގޮތް ނިންމުމުގައި އަވަސްނުކުރާށެވެ
- އެކުވެރިކަން
- ޙަސަދަވެރި ރަސްގެފާނުން
- ބައެއް ދުޢާ އިޖާބަނުވަނީ ސަބަބަކަށްޓަކައެވެ
- ޢާއިޝަތުގެފާނުންގެ ހުވަފެންފުޅު:
- ޔޫނުސްގެފާނުންގެ ވާހަކަ
- މޫސާގެފާނުންގެ އަވަހާރަވުން
- ޔޫސުފުގެފާނުންގެ ވާހަކަ: 1
- ޔަޤީންކަން
- ﷲ އަށް ބިރުވެތިވުން
- 2013 (100)
- 2011 (6)
Wednesday, January 15, 2014
އިމާމް ޝަޢުބީ ރަޙިމަހުﷲ ، ތާބިޢީންގެ ތެރޭގައިވި
ވަރަށް މަޝްހޫރު އިމާމްވެރި ބެއިކަލެއް، އެއްފަހަރަކު ކިޔައިދެއްވިއެވެ:
ޢަބްދުލްމަލިކު ބިން މަރުވާން އެއްފަހަރަކު
ތިމަންކަލޭގެފާނުން ރޫމުގެ ރަސްކަލެއްގެ ކައިރިއަށް ފޮނުއްވިއެވެ.
ތިމަންކަލޭގެފާނުން އޭނާގެ ކައިރިއަށް ވަޑައިގަތުމުން އޭނާ ތިމަންކަލޭގެފާނުންނާއި
ސުވާލުތަކެއް ކުރިއެވެ. އަދި އެއިން ކޮންމެ ސުވާލަކަށް ތިމަންކަލޭގެފާނުން ޖަވާބު
ދެއްވެވީމެވެ. ތިމަންކަލޭގެފާނުން ފަދައިން އެރަސްގެފާނުންގެ ގާތަށް ދާ މީސްމީހުން
އެހާ ގިނަދުވަސްވާންދެން ނުބަހައްޓައެވެ. އެހެންނަމަވެސް ތިމަންކަލޭގެފާނުން އޭނާ
ހިފެހެއްޓިއެވެ. އެންމެފަހުން ތިމަންކަލޭގެފާނުން އަމިއްލަފުޅަށް ދިޔުމަށް
އިޒުނައަށް އެދިވަޑައިގަތީމެވެ. އަދި އެތަނުން ނިކުމެވަޑައިގަންނަވަން
އުޅުއްވިވަގުތު އޭނާ އެއްސެވެ: "ކަލޭ (ގެފާނުންނީ) އަކީ ކަލޭ (ގެފާނުން)ގެ
ރަސްގެފާނުންގެ ތިމާގެ މީހަކީމުހެއްޔެވެ؟" ތިމަންކަލޭގެފާނުން ވިދާޅުވީމެވެ:
"ނޫނެކެވެ. ތިމަންނާއީ މުސްލިމުންގެ ތެރެއިންވާ އާދައިގެ މީހަކީމެވެ."
އޭނާ ދެން ކޮންމެވެސް ސިމިސިމިއެއް އޭނާގެ ގާޑު
ކައިރީ އެޅުވިއެވެ. އަދި އެއަށްފަހު ކާޑެއް ދިނެވެ. އަދި ބުންޏެވެ: "ކަލޭ
(ގެފާނުން)ގެ އަތުގައިވާ ތިމަން ރަސްގެފާނުންގެ ސިޓީތަށް ކަލޭ (ގެފާނުން)ގެ
ރަސްގެފާނުންނަށް ދެއްވަމުން މިކާޑުވެސް ދެއްވާށެވެ." ދެން
ތިމަންކަލޭގެފާނުން ރަށަށް އެނބުރި ވަޑައިގެން ޢަބްދުލް މަލިކާއި އެސިޓީތަށް
ހަވާލު ކުރީމެވެ. ނަމަވެސް އެއްކަލަ ކާޑުގެ މަތީން ހަނދުމަފުޅު ނެތުނެވެ. އަދި
ތަންކޮޅެއް ފަހުން އެކާޑުމަތީން ހަނދުމަފުޅުވެ އަވަސް އަވަހަށް ޢަބްދުލް މަލިކަށް
އެކާޑު ދެއްވީމެވެ. އެމަނިކުފާނު އެކާޑު ވިދާޅުވުމަށްފަހު ވިދާޅުވިއެވެ: "މި
ކާޑު ދިނުމުގެ ކުރީން އޭނާ (ރޫމުގެ ރަސްގެފާނުން) ކަލޭގެފާނުންކުރެ އެއްވެސް
ވާހަކައެއް އެހިހެއްޔެވެ؟"
ތިމަންކަލޭގެފާނުން އާދޭހޭ، އޭނާ އެހީ ކަލޭ ތިއީ ކަލޭގެ ރަސްގެފާނުންގެ
ތިމާގެ ބޭފުޅެއްތޯއޭ؟ ތިމަންކަލޭގެފާނުން ނޫނެކޭ، ތިމަންނާއީ ހަމަ އާދައިގެ
މުސްލިމެކޭ ދެންނެވީމެވެ.
ދެން ތިމަންކަލޭގެފާނުން އަމީރުގެ އަރިހުން
ނިކުމެވަޑައިގެން ވަޑައިގަންނަވަނިކޮށް އަމީރު އަނެއްކާ އަޅުގަނޑަށް
ގޮވާލެއްވިއެވެ. އަދި ވިދާޅުވިއެވެ: ކަލޭގެފާނުންނަށް މިކާޑުގައިވަނީ ކޮން
އެއްޗެއްކަން އިނގިލައްވާތޯއެވެ؟ ތިމަންކަލޭގެފާނުން ނޫނެކޭ ދެންނެވުމުން އެކާޑު
ދެއްވަމުން އަމިއްލަފުޅަށް ވިދާޅުވުމަށް އެދިވަޑައިގަތެވެ. އޭގައި ވަނީ
މިފަދައިންނެވެ:
އަހުރެން، ބައެއްގެ ތެރޭގައި މިމީހާފަދަ
މީހަކު ވާތީވެ ފެނި ހައިރާންވަމެވެ. އެކަމަކު މިމީހުންވެސް ވެރިއަކަށް އިސްކޮށްގެން
އުޅެނީ އަދި އެހެންމީހެކެވެ.
Subscribe to:
Post Comments (Atom)
0 comments:
Post a Comment