Friday, January 3, 2014



1.     އުބައްޔު ބިން ޚަލަފް: ރަސޫލުﷲ ގެފާނުން މި ކަލޭގެ ގާތުގައި އޭނާ ބޮޑައި ވެފަ ތިމަން މި އަސްމަތީގަ ކަލޭ(ގެފާނުން) ޤަތްލް ކުރާނަމޭ ބުނުމުން އޭގެ ޖަވާބުގައި  ޙަދީޘް ކުރެއްވެވީ ތިމަންކަލޭގެފާނުނގެ އަތްޕުޅުން ކަލޭގެ މަރުވާނެ އެވެ. އެވަގުތު މި އުބައްޔު ބިން ޚަލަފް ތެޅިގަނެގެން ދިޔައެވެ. އާދެ އުޙުދުގެ ހަނގުރާމައިގެ މައިދާނުގައި އުންމަތަށް އެންމެ ނުރައްކާވެގެން ދިޔަ ވަގުތު މި ކަލޭގެ ރަސޫލުއްﷲ ގެފާނުން ވަޅުގަނޑަކަށް ވެއްޓި ވަޑައިގެންފައި ވަނިކޮށް ދިމާކުރި އެވެ. އެވަގުތު އެ ހަމަލާއިން ސަލާމަތް ވާން އުޅުއްވާ އެކަން ވެ ވަޑައި ނުގަތުމުން ލޮންސިކޮޅެއް އެއްލަވައި ލެއްވެވިއެވެ. މި ލޮންސި ދިޔައީ މި އުބައްޔު ބިން ޚަލަފްގެ ކަރުގައި ކުޑަ ރޮނގެއް އެޅިގެން ނެވެ. ނަމަވެސް ގެރި ބަކަރީގެ ހޭރުމުގެ އަޑުން މިކަލޭގެ ހޭރެންފެށިއެވެ. އެވަގުތު އަބޫ ސުފްޔާން ހައިރާން ކަމާއި އެކީ ބުނަނީ ކަލޭކަހަލަ ފަހުލަވާނަކު... ތި ދެން ކޮންކަމެއްހޭ، ކަލޭ ހޭރޭވަރުގެ ކަމެއް ވެއްޖެހޭ.

މި އުބައްޔުބިން ޚަލަފް އޭގެ ޖަވާބުގައި ބުނަނީ ލާތަޔާ އުއްޒާ ގަންދީ ބުނަމޭ ތިމަން ނައަށް އޭރުވެސް އިނގޭ. މިޔަދު ތިމަންގެ ގައިގައި މި އަޅާ ވޭން މި ޙިޖާޒް ކަރައިގެ އެންމެންގެ މައްޗަށް ބަހައިލެވުން ކަމުގައި ވާ ނަމަ އެންމެން މިޔަދު ފަނާވެގެން ދާނެއެވެ. އެ އެއްލެވި ލޮންސީގެ ބަދަލުގައި ކުޅު ޖެއްސެވި ނަމަވެސް މިޔަދު ތިމަން މަރުވާނެއެވެ. މާގިނަ އިރެއްނުވެ އުބައްޔު ބިން ޚަލަފް މަރުވީ އެވެ. ރަސޫލުﷲ ގެފާނުންގެ އަތްޕުޅުން ހަމައެކަނި ޤަތުލުވި މީހާ އަކީ މިކަލޭގެއެވެ.

 
2.     އިބިލީސް: މިކަލޭގެ ވެސް ﷲ ގެ ކޯފާ އަށް ބިރު ގަނެއެވެ. ނަމަވެސް ބޮޑައިކަން އިންތިހާއަށް ދިޔައީމައި ކާފަރުވެގަތީ އެވެ. މީނާ އަށް (އަޒާޒީލަށް) އޮތް ޔަޤީން ކަމުގެ ތެރެއިން އެއްކަމަކީ އޭނަޔަށް އިނގޭ ޔަޤީން ކަމާއި އެކު ދުޢާއެއް ﷲ އަށް ކޮއްފި ނަމަ އެ އިޖާބަ ވާނެކަން... އެހެންވެ ޖިންނީންގެ ތެރޭގައި ވުމާއި އެކުވެސް މަރު ނުވެ ޤިޔާމަތާއި ހަމަޔަށް ހުރުން ދެއްވަތްތޯ ދުޢާކުރީ އެވެ. (ނޯޓް: އެހެނަސް މުސްލިމަކު ކުރާ ދުޢާއެއް އިޖާބަ ވާތަން ނުފެނިދާނެ، ނަމަވެސް އެބައި ޤިޔާމަތް ދުވަހުން ދެއްވަވާނެއެވެ (އެދުވަހުން ހިތައް އަރާކަމަށް ވޭ ދުނިޔެމަތީގައި ތިމަން ކުރި އެއްދުޢާވެސް އިޖާބަ ނުކުރެއްވި ނަމައޭ)) އެ ދުޢާ އިޖާބަ ވީތީވެ އެޔޮށް އުޅެނީ ނުން ހެއްޔެވެ. ދެވަނަ ކަމަކީ ﷲ ގެ ކޯފާ މަތިން ހަނދާންވެ ބިރުން އެއްފަހަރު މޫސާގެފާނުންގެ ޒަމާނުގައި ތަޢުބާވުމަށް އެދި މޫސާގެފާނުންގެ އަރިހަށް ދިޔައެވެ. ދިޔުމުން އޭނާގެ ގާތުގައި ދެންވެސް ޢާދަމްގެފާނުންގެ ޤަބުރު ދޮށަށް ގޮސް ސަޖިދަ ކުރުމަށް އެންގެވުނީމަ (ދުނިޔޭގައި އުޅުއްވި އިރުވެސް ތިމަން ސަޖިދަ ނުކުރީމެވެ. ދެން އަދި މިހާރު މަރުވީމަ ވަކި ސަޖިދަ ކުރާނެހޭ ބުނެފަ) ވެސް ތައުބާ ނުވެ ރައްކާ ވީއެވެ.

3.     އަބޫލަހަބުގެ ދަރި ޢަސަބަތު: މީނާ ކުރިން ކައިވެނި ކުރީ ރަސޫލުﷲ ގެފާނުންގެ ދަރިކަނބަލަކާއި އެވެ. ނަމަވެސް ކައިވެނިކޮށް ރޭވެސް ނުކޮށް އުޅެނިކޮށް އެކަލޭގެފާނުން ރަސޫލުކަން އިއްވާންފެށުމުން އަބޫލަހަބު މީނާ ކައިރީގައި އެކަމަނާ ވަރިކުރުމަށް ގޮވާލިއެވެ. މިކަލޭގެ ރުޅި އަރައިގަނެގެން ރަސޫލުއްﷲ ގެފާނުން ކަޢުބާގައި އިންނަވަނިކޮށް އައިސް އެކަލޭގެފާނުނގެ ދަރިކަލުން ވަރި ކޮށްފައި އަދި ދިޔައީ މޫނަށް ކުޅުގަނޑެއްވެސް ޖަހާފައެވެ. އެވަގުތު ކައިރީގައި ބަލަން ތިބި ކާފަރުންތަށް ހޭން ފެށިއެވެ. ރަސޫލުއްﷲ ގެފާނުން ނަށް މި ކަލޭގެ ގެ މައްޗަށް ކުއްތާތަކުގެ ތެރެއިން ކުއްތާ އެއް ފާކުރެއްވުމަށް ﷲ އަށް ދުޢާކުރެއްވުނެވެ. އެވަގުތު ކައިރީގައި ތިބި ކާފަރުން ތަށް ބިރުން ހުނުން ހުއްޓާލިއެވެ.

އަބޫލަހަބާއި އެކީ ކުރި ވިޔަފާރި ދަތުރެއްގައި އެއްރޭ އެންމެން މި އަސަބަތު ގާރޑްކޮށްގެން ތިއްބާ  ބޮޑު ސިފަ ހުތުރު ސިންގާއެއް މިކަލޭގެ ކާލިއެވެ. އެވަގުތު އެތާ އެހެން މީހުންވެސް ތިބި އެވެ. ނަމަވެސް އެހެން މީހުންގެ މޫނަށް ވަސް އަޅަމުން އައިސް ހަމަ މި ކަލޭގެ ކާލައިގެން ދިޔައީއެވެ.

4.     އުމައްޔަތު ބިން ޚަލަފް: ރަސޫލުﷲ ގެފާނުން ޙިޖްރަ އަށް ދިޔުމަށް ފަހު އެއްފަހަރަކު މައްކާއަށް ސަޢުދު ބިން މުޢާޒް ގެފާނުން ވަޑައިގެން އުޅުއްވަނިކޮށް އެކަލޭގެފާނުންނާއި މި އުމައްޔަތު ބިން ޚަލަފާއި ކުރި ޒުވާބެއްގައި ކަލޭގެ މަރުވާނީ އަހުރެމެން ގެ އަތުން ނޭ، މިހެން ވިދާޅުވިއެވެ. ހަމަ ވިދާޅުވުމުން ބިރުން "މައްކާގަ ހުއްޓާތޯއެވެ" މިހެން އުމައްޔަތު ބިން ޚަލަފް ބުންޏެވެ. އެކަލޭގެފާނުން "ތިއެއް އަހުރެންނަކު ނުދެނެހުރީމޭ، ތިހެން ނޫންކަމެއްވެސް ނޭންގެޔޭ" ވިދާޅުވިއެވެ. އެދުވަހުން ފެށިގެން މިކަލޭގެ މައްކާއިން ނުނިކުތުމަށް ހުއްޓާ ބަދުރު ހަނގުރާމަޔަށް ދިޔުމަށް އަބޫޖަހުލުމެން ގޮވާލިއެވެ. ނުދާންވެގެން އުޅުނީމަވެސް އެކި ގޮތްގޮތުން މަލާމަތް ކޮށްގެން ނުގޮސް ނުހުރެ ނުވެގެން ނާއި ލަދުން،... ތަންކޮޅަކަށް ގޮސްފައި އަނބުރާ މައްކާޔަށް އަންނަންކަމަށް ދިޔައީއެވެ. އެދިޔަ ގޮތައް ގޮސް އަނބުރާ ނައިސް ބަދުރު ހަނގުރާމައިގައި މަރުވެ އަވަދިވީއެވެ.

5.     ޢަސަބަތު ބިން ރަބީޢު: (މިއީ ކާހިން ކަމާއި ، ޅެންވެރި ކަމާއި އެހެނިހެން... މައްކާގެ ބެސްޓް އޯލް އެރައުންޑް): މީނާ ރަސޫލުﷲ ގެފާނުންގެ އަރިހަށް ފޮނުވި ދުވަހު.... (ސިޔަރަތުން): "....ކަލޭގެ ވެސް ތި ވާހަކަ ދައްކަވާ އަވަދިވާންދެން މި އިންނެވީ އެވެ. ތިމަން ކަލޭގެފާނުންގެ ޖަވާބުވެސް އަހާން އިނުން އެދިވަޑައިގަންނަވަމެވެ. މީނާ ދެންނެވިއެވެ. "އާދޭހޭ މި އިނީ އަހާށެވެ". ދެން ފަހެ އިތުރު ރަސޫލުﷲ ގެފާނުން ބިސްމި ވިދާޅުވެފާ "ޙާ.މީމް ސަޖިދަ" ސޫރަތް ފެއްޓެވުމުން ބަލަހައްޓައިގެން އިނދެއްޖެއެވެ. ކިޔަވާ ވިދާޅުވަމުން އައިސް ----- މިހިސާބަށް ވިދާޅުވުމުން ހޯހޯ އޭ ދަންނަވާ އަނގަފުޅުގައި އަތްއަޅާފާ ދެންނެވިއޭ "ތިމާގެ ކަމަށްޓަކައި ދެން ވިދާޅުނުވާށޭ. ފުދިއްޖޭ ފުދިއްޖޭ". ދަންނަވައިފިއޭ. އިތުރު އެކަލޭގެފާނުން ޙަދީޘް ކުރެއްވި އޭ "އަހައިފީމުތާއެވެ. ތިމަން ކަލޭގެފާނުން ގެ ވާހަކަ އަކީ މިއެވެ. ދެން ކަލޭގެ ހަދާނެ ގޮތެއް ހަދާށެވެ" މީނާ މިތަނުން ތެދުވެގެން އަންނަންފެށުމުން އަބޫޖަހުލު ބުނެފިއޭ އެ އަންނަނީ މިތަނުން ދިޔަ މޫނަކައިގެން ނޫނެވެ. މީނާ އައިސް އަރާ ހަމަވުމުން އަހައިފޫއޭ ކޮބާކޮބާ ޚަބަރަކީ ކޮބައިތޯއެވެ. އޭނާ ބުނެފިއޭ.........މަތީގައި މޭވާގެން ދޮންވެފައެވެ..... ވދާޅުވަމުން ގޮސް އެކަލޭގެފާނުންގެ އެ ބަސްފުޅުތައް ޤަބޫލު ނުކުރާމީހުންނަށް އަންނާނޭ ބޮޑު ޢަޒާބެއްގެ ވާހަކައިން ފެއްޓެވީމާ ކަލާކޮށްޓަކާ ގޮވާ ތިމާގެ ކަން މެދުވެރި ކޮށްގެން އެ ޢަޒާބު މިއައީ މަނާކޮށްފައެވެ. އެކަލޭގެފާނީ އިތުރުފުޅެއް ވިދާޅުވާނޭ ބެއިކަލެއް ނޫނޭ. ޢަޒާބަކަށް ވިދާޅުވިޔަސް އެ އަންނާނެކަން ކަށަވަރިއްޔާއޭ. ސަލާމަތްވީ ކިރިޔާއެވެ...."

މިއީ ހައްތާވެސް މުސްލިމުންގެ އެންމެ ބޮޑެތި ދުޝްމިނުންނެވެ. ނަމަވެސް މި މީހުންނަށް މި އޮތް އިތުބާރުވެސް އަހުރެމެންގެ އެއްނެތެވެ.  

0 comments: