Blog Archive
-
2014
(39)
- November(4)
- September(1)
- July(5)
- June(8)
- May(1)
- April(1)
- March(2)
- February(4)
-
January(13)
- ބޭކާރު ކަންކަމާއިވިސްނުން
- ދުލަށް ރައްކާތެރިވުން
- ﷲ އަށް ފުރިހަމަގޮތުގައި ތަވައްކަލްކުރުން
- ގޮތް ނިންމުމުގައި އަވަސްނުކުރާށެވެ
- އެކުވެރިކަން
- ޙަސަދަވެރި ރަސްގެފާނުން
- ބައެއް ދުޢާ އިޖާބަނުވަނީ ސަބަބަކަށްޓަކައެވެ
- ޢާއިޝަތުގެފާނުންގެ ހުވަފެންފުޅު:
- ޔޫނުސްގެފާނުންގެ ވާހަކަ
- މޫސާގެފާނުންގެ އަވަހާރަވުން
- ޔޫސުފުގެފާނުންގެ ވާހަކަ: 1
- ޔަޤީންކަން
- ﷲ އަށް ބިރުވެތިވުން
- 2013 (100)
- 2011 (6)
Tuesday, January 7, 2014
އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން
ރިވާވެގެންވެއެވެ: މަލަކުލްމައުތު މޫސާ ޢަލައިހިއްސަލާމްގެ އަރިއަހަށް
ފޮނުއްވެވިއެވެ. އަދި އެކަލޭގެފާނުންގެ އަރިހަށް ވަޑައިގަތުމުން
ބާރުއެތިފަހަރަކުން ޖައްސަވައި އެމަލާއިކަތާ ކޮއްޕަވައިލެއްވިއެވެ. އެމަލާއިކަތާ
ދެން އެމަލާއިކަތާގެ ވެރިރަސްކަލާންގެ، ﷲގެ ޙަޟްރަތަށް ވަޑައިގެން
ޝަކުވާވިދާޅުވިއެވެ. "އިބައިލާހު ތިމަންކަލޭގެފާނުން ފޮނުއްވެވީ މަރުވުމަށް
ބޭނުންވެނުލައްވާ އަޅެއްގެގާތަށެވެ." ﷲ ވަޙީކުރެއްވިއެވެ: "އެކަލޭގެފާނުންގެ
އަރިހަށް އަނބުރާ ވަޑައިގަންނަވާށެވެ. އަދި އެކަލޭގެފާނުންގެ އަރިހުގައި
ވިދާޅުވާށެވެ: އޮށެއްގެ ބަނޑުދަށަށް އަތްލައްވަވާށެވެ. ކަލޭގެފާނުންގެ އަތްޕުޅުން
އެއެތީން ފޮރުއްވެވޭ ކެހެރީގެ ޢަދަދަށް ކޮންމެ ކެހެރިއަކަށް އެކަލޭގެފާނުންގެ
ޢުމުރުގައި އަހަރެއް އިތުރުކުރައްވަވާހުށީމެވެ." މޫސާގެފާނުން
އެކަލޭގެފާނުންގެ ވެރިރަސްކަލާންގެ ޙަޟްރަތަށް ދެންނެވިއެވެ: "ޔާ ﷲއެވެ! ދެން
އެއަށްފަހު ވާނީ ކިހިނަކުންތޯއެވެ؟" އެކަލާންގެ އެންގެވިއެވެ.
"އަވަހާރަވުމެވެ." މޫސާގެފާނުން ވިދާޅުވިއެވެ: "ދެން (އެހެންނަމަ) މިހާރު
ނުވާންވީ ސަބަބެއްނެތެވެ." = ރަވާހް ބުޚާރީ =
ދެން މޫސާގެފާނުން އެކަލޭގެފާނުންގެ
ވެރިރަސްކަލާންގެ ޙަޟްރަތުގައި، ބައިތުލް މަޤްދިސްއާއި، ގާކޮޅެއް އެއްލީމައި ޖެހޭ
ދުރުމިނާއި ހިސާބުގައި މަރުހިއްޕެވުމަށް އެދިވަޑައިގެންނެވިއެވެ. އަބޫ ހުރައިރާ
ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ
ޙަދީޘްކުރެއްވިއެވެ:
"ތިމަންކަލޭގެފާނުން
އެހިސާބުގައި ވީނަމަ، އެކަލޭގެފާނުންގެ (މޫސާގެފާނުންގެ) މަހާނަ މަގުގެ
އެއްފަރާތުގައިވާ ރަތް ވެލިފުނީގެ ދަށުގައިވާތަން (ތިޔަބެއިކަލުންނަށް)
ދެއްކެވީމުހެވެ." = ބުޚާރީ 1339 އަދި މުސްލިމް 2372 =
މޫސާގެފާނުން އެކަލޭގެފާނުންގެ އަވަހާރަވުމުގެ
ކުރީގައި ބަނީ އިސްރާއީލުން އެމީހުންގެ ގައުމިއްޔަތާއި ވަޠަނިއްޔަތެއްނެތި އެނބުރޭ
އެނބުރުން ނިންމަވައި ބައިތުލް މަޤްދިސްއަށް ވައްދަވަން ބޭނުންފުޅުވިއެވެ.
ނަމަވެސް ﷲ އިރާދަކުރެއްވީ އެމީހުން އެޙާލުގައިވަނިކޮށް އެކަލޭގެފާނުންގެ
ފުރާނަފުޅު ހިއްޕެވުމަށެވެ.
ޢިލްމުވެރިންގެ ތެރެއިން ގިނަބެއިކަލުން
ވިދާޅުވާގޮތުގައި މޫސާގެފާނުން އަވަހާރަވެވަޑައިގެންއިރު ބައިތުސް މަޤްދިސް އަކަށް
ބަނީއިސްރާއީލުން ނުވަދެއެވެ. އެހެންނަމަ އެކަލޭގެފާނުން މައިތުލް މަޤްދިސް އާއި
ގާތުގައި އަވަހާރަވެވަޑައިގަތުމަކަށް އެދިވަޑައެއް ނުގެންނެވީހެވެ. އެއިރުން
އެކަލޭގެފާނުން ވީހީ އެރަށުގައެވެ. އެކަލޭގެފާނުންގެ އެދިވަޑައިގަތުމީ
މީސްތަކުންނަށް އެތަނަށް ހިޖުރަކުރުމަށް ހިތްވަރުދެއްވުމުގެ ގޮތުންނެވެ.
އިމާމް އަޙްމަދުގެފާނުން އަނަސް ބިން މާލިކް
ގެފާނުންގެ އަރިހުން ރިވާކުރެއްވިއެވެ. ރަސޫލުﷲ ގެފާނުން ޙަދީޘް ކުރެއްވިއެވެ:
"ތިމަންކަލޭގެފާނުން
އިސްރާކުރެވުނު ރެއިގައި، މޫސާގެފާނުން ގާތުން ވަޑައިގަތީމެވެ. އެކަލޭގެފާނުން
ހުންނެވީ ވެލިފުނީގެ ގާތުގައި އެކަލޭގެފާނުންގެ މަހާނަދޮށުގައި ނަމާދުކުރައްވާށެވެ."
=އަޙްމަދު 248:3 ، އަދި މުސްލިމް: 2375=
ރެފަރެންސް: އަލް ޙާފިޘް އިބްން
ކަޘީރުގެ ޤަޞަޞުލް އަންބިޔާ
Labels:
Prophets
Subscribe to:
Post Comments (Atom)
0 comments:
Post a Comment