Blog Archive
Wednesday, July 16, 2014
އަޙުމަދުގެފާނުންގެ އެހެން ރިވާޔަތެއްގައިވަނީ
އެއީ ފާކިހާ ބިން މުޣީރާގެ އަޅު އަންހެން ކުއްޖެއްކަމުގައިވާ ސައްމާމާއެވެ ކިޔުނު
އަންހެނަކުކަމުގައެވެ. އޭނާ އައިސް ޢާއިޝަތުގެފާނުންގެ އަރިހުގައި މިދެންނެވި
ސުވާލު ދެންނެވިއެވެ. (އަޙްމަދު 6:217)
ސޫރަތުލް ބަޤަރާގެ 258 ވަނަ އާޔަތުގައި
އައިސްފައިވާގޮތުން އިބުރާހީމްގެފާނު އަލިފާނަށް އެއްލައިލި ނަމްރޫދަކީ
ކަލެއްކަމަށް އަމިއްލައަށް ދަޢިުވާކޮށްގެން އުޅޭ މީހެކެވެ. މުފައްސިރުންނާއި
ތާރީޚް ޢިލްމުވެރިން ވިދާޅުވާގޮތުގައި އެއީ ބާބިލްގެ ރަސްކަލެކެވެ. ނަމަކީ ނިމްރޫދެވެ.
މިއީ މުޖާހިދު ވިދާޅުވާގޮތެވެ.
މުޖާހިދުއާއި އެހެނިހެން ޢިލްމުވެރިން
ވިދާޅުވިއެވެ. އެއީ އެޒަމާނުގެ ރަސްގެފާނެވެ. މުޅި ދުނިޔެއަށް ޢަމުރު ހިންގެވި
ހަތަރު ރަސްކަލަކު އުޅުނެވެ. އެއީ ﷲއަށް އީމާންވި ދެމީހަކާއި ކާފިރު ދެމީހެކެވެ.
އީމާންވީ ދެރަސްކަލަކީ ޛުލް ޤަރުނައިނިއާއި ސުލައިމާންގެފާނެވެ. އަދި ކާފަރު
ދެރަސްކަލަކީ ނިމްރޫދު އާއި ބުޚްޠުނަސްރެވެ.
ބުނެވޭގޮތުގައި ނިމްރޫދު ހަތަރުސަތޭކަ އަހަރު
ވެރިކަންކުރިއެވެ. އޭނާއަކީ ބޮޑައި، ހަނގުރާމަވެރި، މުދާވެރި، ކިބުރުވެރި
ރަސްކަލެކެވެ. އިބްރާހީމްގެފާނު އޭނާއަށް ކަލާންގެ ރަސްކަންފުޅަށް
ކިޔަމަންގަތުމަށް އެންގެވުމުން އޭނާ ކަލަކު ވާކަމަށް އިންކާރުކޮށްގަތެވެ. އެއިގެ
ބަދަލުގައި ތިމަންނާއީ ކަލާންގެކަމުގައި ދަޢުވާ އުފުލިއެވެ. އިބްރާހީމްގެފާނު
ވިދާޅުވިއެވެ: "ތިމަންކަލޭގެފާނުގް އިލާހަކީ މަރުގަންނަވާ ދިރުންދެއްވާ
އިލާހެވެ" އޭނާ ބުންޏެވެ: "އަހަރެންވެސް މަރުގަންނަވާ
ދިރުއްވަމެވެ."
Labels:
Prophets
|
0
comments
Monday, July 7, 2014
އިބުނު އަސާކިރު ޢިކްރިމާގެ އަރިހުން
ރިވާކުރެއްވިއެވެ. އިބުރާހީމްގެފާނަށް ވަނަމެއްގެގޮތުގައި އަބޫ ޟިފާން އެވެ
ކިޔުނެވެ. އެކަލޭގެފާނުންގެ ބައްޕާފުޅު ތާރިޙް އަށް ހަތްދިހަ ފަސް އަހަރުވުމުން
އިބުރާހީމްގެފާނާއި، އެކަލޭގެފާނުންގެ ދެއަޚުންކަމުގައިވާ ނާހޫރު އާއި ޙަރާން
ލިބިވަޑައިގަތެވެ. ޙަރާންއަށް ލޫތެވެ ކިޔުނު ދަރިކަލަކު ލިބުނެވެ. އެއީ ފަހުން
އަދި ނަބިއްޔެއްކަމުގައި ފޮނުއްވާނޭ ބެއިކަލެކެވެ.
އަދި ބުނެވޭގޮތުގައި އިބުރާހީމްގެފާނުންނަކީ
އެކަލޭގެފާނުންގެ ބައްޕާގެ ދެވަނަ ދަރިކަލުންނެވެ. މުއައްރިޚުންގެ ތެރެއިން
މަޝްހޫރު ޢިލްމުވެރިޔާ އިބުނު އަސާކިރު ވިދާޅުވެފައިވާ ގޮތުގައި އިބުރާހީމްގެފާނު
އުފަންވެވަޑައިގަތީ ބާބިލްގައެވެ.
މުއައްރިޚުން އަދި ވިދާޅުވެއެވެ.
އިބުރާހީމްގެފާނުން ސާރާއެވެ ކިޔުނު ބޭކަނބަލަކާއި ކައިވެނި ބައްލަވައިގަތެވެ.
އެކަމަނާއަކީ ދަރިމައިނުވާ އަންހެންބެއިކަނބަލެކެވެ.
ކީރިތި ޤުރުއާނުގައި އިބުރާހީމްގެފާނުގެ ވާހަކަ
އެތައްތަނެއްގައި އައިސްފައިވެއެވެ. އެއިގެތެރެއިން އަންބިޔާ ސޫރަތުގައާއި،
ޢަންކަބޫތު ސޫރަތުގެ 16 އިން 27 ގައި އަންގަވާފައިވެއެވެ.
އިބުރާހީމްގެފާނުގެ ފުރަތަމަ ދީނަށް ގޮވައިލެއްވީ
އެކަލޭގެފާނުންގެ ބައްޕާއަށް ކަމުގައިވެއެވެ. މާތް ﷲ ވަޙީކުރައްވަނީ
މިފަދައިންނެވެ.
Labels:
Prophets
|
0
comments
Saturday, July 5, 2014
އެބައިމީހުންގެ ހަނގުރާމައިގެ ވާހަކަތަކުން
އައިސްފައިވެއެވެ. ބޮޑުވެގެންވާ ޚަބަރަކައިގެން އެއްދުވަހަކު އައި މީހަކު
އެބައިމީހުންގެ ވެރިޔާ، އަމީރުގެ ކަންފަތްޕުޅުގައި ސިއްރެއް ބުންޏެވެ:
ޤުސްތަންތީނިއްޔާގެ ވެރިޔާއަށް ކަލޭގެފާނުންގެ ލަޝްކަރީންގެ ވާހަކަ އިވި،
ކަލޭގެފާނުންގެ ލަޝްކަރީން ފަނާކޮށްލުމަށްޓަކައި 600 ހާސް ލަޝްކަރީން ގޮވައިގެން
އެބައާދެއެވެ.
ﷲ ގަންދީ ބުނަމެވެ. އެހާ ގިނަ ޢަދަދެއް އެމީހުން
ބޭނުންވި ސަބަބަކީ ﷲގެ ދީންދެކި އެމީހުން އެގަންނަ ބިރަކާއި އެހިތްތަކުގައިވާ
ފިނޑިކަމެވެ.
އަމީރު އަރްސަލާންއަށް މިކުއްލި ޚަބަރު
އިވިވަޑައިގަތުމުން އެކަލޭގެފާނުގެ 15 ހާސް ލަޝްކަރީންގެ މޫނުތަކަށް ކާމިޔާބީގެ
އުއްމީދު ވަރަށްވެސް ކުޑަކަމާއެކު ވަކިވަކީން ބައްލަވައިލެއްވިއެވެ. ބައެއް މުޖާހިދުން
އެއިރުވެސް ފާރުތަކުގައި ބޭސް އަޅަނީއެވެ. އަނެއްބައި ޖިހާދީން ޝަހީދުނުވުމުގެ
ހިތާމަކުރަނީއެވެ. މިމަންޒަރުގައި ވަނިކޮށް ރަސޫލުﷲ ގެފާނުންގެ ޙަދީޘްބަސްފުޅެއް
ހަނދާންވެ، ހިތްވަރުގަދަކޮށް ތެދުވެ ގޮވައިލިއެވެ.
Labels:
salaf
|
0
comments
Friday, July 4, 2014
“އެބޭކަލުންގެ މައްޗަށް، މަތިވެރިވެވޮޑިގެންވާ، އެބޭކަލުންގެ ވެރިރަސްކަލާނގެއަށް، އެބޭކަލުން ބިރުވެތިވެތެވެ. އަދި
އެބޭކަލުންނަށް أمر ކުރައްވާ ކަންތައް، އެބޭކަލުން ކުރައްވަތެވެ.” ސޫރަތުއް ނަޙުލު:
50
ރަސޫލުﷲ ގެފާނު
ޙަދީޘްކުރެއްވިއެވެ: ހަމަކަށަވަރުން، ﷲ ތަޢާލާ(ގެ ކޯފާއަށް ބިރުފުޅުން)
ތުރުތުރުއަޅާ މަލާއިކަތުންވެއެވެ.
(އަލް އިމާމް ބައިޙަޤީ
އެކަލޭގެފާނުންގެ އައް ޝުޢަބު 914 ގައި، އަދި އަލް ޚަޠީބު އެކަލޭގެފާނުންގެ
ތާރީޚުލް ބަޣުދާދުގެ 12/307 ގައި)
އަދި ޖާބިރުގެފާނުން
ރިވާކުރެއްވިއެވެ: ރަސޫލުﷲ ގެފާނު ޙަދީޘްކުރެއްވިއެވެ: ތިމަންކަލޭގެފާނުން
މިޢުރާޖު ކުރެވުނު ރެއިގައި ﷲ ތަޢާލާއަށް ބިރުފުޅުން ވިނދިވިނދިފައިވާ
ފޮތިގަނޑެއްގެ ގޮތުގައި ޖިބްރީލްގެފާނު ދެކިވަޑައިގަތީމެވެ. (އިމާމް އަޙުމަދުގެ
މުސްނަދު: 25 – 26/4)
ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ:
"ތިމަން ކަމަނާއެށް ﷲގެ ރަސޫލާ ، އެކަލޭގެފާނުންގެ ކޮލުގެ ދަތްޕިލާ
ފެންނަވަރަށް ހިނިފުޅުވަޑުވާ މަންޒަރު ދުވަހަކުވެސް ނުދެކެމެވެ. އެހެނަސް
އެކަލޭގެފާނުން ހިނިތުންވެވަޑައިގަންނަވަތެވެ. އަދި އެކަލޭގެފާނުންނަށް ވައި
ނުވަތަ ވިލާގަނޑެއް ފެނިއްޖެނަމަ ކަންބޮޑުވުމުގެ އަލާމާތް އެކަލޭގެފާނުގެ
މޫނުމަތިން ފާޅުވެއެވެ. ތިމަންކަމަނާ ވިދާޅުވީމުއެވެ: މީސްތަކުންނަށް ވިލާގަނޑު
ފެނުމުން ހިތްހަމަޖެހެއެވެ. އަދި އެއިން ވާރޭ ވެހޭނެކަމުގެ އުއްމީދުގައި ހިތްތައް
އުފާކުރެއެވެ. އެހެނަސް ކަލޭގެފާނުގެ މޫނުފުޅުމަތީގައި ނުތަނަވަސްކަން
ވާތީނޫންގޮތަކަށް ބަލާމީހަކަށް ނުފެންނާނެއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ:
އޭ ޢާއިޝާއެވެ! އެވިލާގަނޑުގެ ފަހަތުގައިވަނީ ﷲ ތަޢާލާގެ ކޯފާ ނޫންކަމުގެ
ގެރެންޓީއެއް ތިމަންކަލޭގެފާނުންނަށް ވޭހެއްޔެވެ؟ އެހެނީ (މީގެކުރީގެ)
މީސްތަކުންގެ ބަޔަކު ވަނީ ގަދަވައިން ކޯފާލެއްވިފައެވެ. ހަމަ ކަށަވަރުން
ބައެއްމީހުން ﷲގެ ކޯފާ (ގެ ވިލާ ) ފެނި އެއާއިމެދު އުފާކުރަމުން ބުނެތެވެ: 'މިއީ
ތިމަންނާމެނަށް ފެންލިބެން އަންނަ ވިލާގަނޑެކެވެ'."
ބުޚާރީ: 4454، މުސްލިމް: 1497
އަދި އެކަލޭގެފާނުން ނަމާދު ކުރައްވަނީނަމަ،
އެކަލޭގެފާނުގެ މެއިގެ ތެރެއިން ބިރުން ފުރިގެންވާޙާލު ކީރިތިކުރެއްވުމުގެ
ތެރެއިން އަޑުފަށް ކިޔާލަ ކިޔާލާ ހުރެއެވެ.
އަބޫ ދާއޫދު: 769، އައް ނަސާޢީ: 1199
Labels:
Prophets
|
0
comments
Subscribe to:
Posts (Atom)