Blog Archive
Monday, July 7, 2014
އިބުނު އަސާކިރު ޢިކްރިމާގެ އަރިހުން
ރިވާކުރެއްވިއެވެ. އިބުރާހީމްގެފާނަށް ވަނަމެއްގެގޮތުގައި އަބޫ ޟިފާން އެވެ
ކިޔުނެވެ. އެކަލޭގެފާނުންގެ ބައްޕާފުޅު ތާރިޙް އަށް ހަތްދިހަ ފަސް އަހަރުވުމުން
އިބުރާހީމްގެފާނާއި، އެކަލޭގެފާނުންގެ ދެއަޚުންކަމުގައިވާ ނާހޫރު އާއި ޙަރާން
ލިބިވަޑައިގަތެވެ. ޙަރާންއަށް ލޫތެވެ ކިޔުނު ދަރިކަލަކު ލިބުނެވެ. އެއީ ފަހުން
އަދި ނަބިއްޔެއްކަމުގައި ފޮނުއްވާނޭ ބެއިކަލެކެވެ.
އަދި ބުނެވޭގޮތުގައި އިބުރާހީމްގެފާނުންނަކީ
އެކަލޭގެފާނުންގެ ބައްޕާގެ ދެވަނަ ދަރިކަލުންނެވެ. މުއައްރިޚުންގެ ތެރެއިން
މަޝްހޫރު ޢިލްމުވެރިޔާ އިބުނު އަސާކިރު ވިދާޅުވެފައިވާ ގޮތުގައި އިބުރާހީމްގެފާނު
އުފަންވެވަޑައިގަތީ ބާބިލްގައެވެ.
މުއައްރިޚުން އަދި ވިދާޅުވެއެވެ.
އިބުރާހީމްގެފާނުން ސާރާއެވެ ކިޔުނު ބޭކަނބަލަކާއި ކައިވެނި ބައްލަވައިގަތެވެ.
އެކަމަނާއަކީ ދަރިމައިނުވާ އަންހެންބެއިކަނބަލެކެވެ.
ކީރިތި ޤުރުއާނުގައި އިބުރާހީމްގެފާނުގެ ވާހަކަ
އެތައްތަނެއްގައި އައިސްފައިވެއެވެ. އެއިގެތެރެއިން އަންބިޔާ ސޫރަތުގައާއި،
ޢަންކަބޫތު ސޫރަތުގެ 16 އިން 27 ގައި އަންގަވާފައިވެއެވެ.
އިބުރާހީމްގެފާނުގެ ފުރަތަމަ ދީނަށް ގޮވައިލެއްވީ
އެކަލޭގެފާނުންގެ ބައްޕާއަށް ކަމުގައިވެއެވެ. މާތް ﷲ ވަޙީކުރައްވަނީ
މިފަދައިންނެވެ.
وَاذْكُرْ فِي الْكِتَابِ إِبْرَاهِيمَ ۚ
إِنَّهُ كَانَ صِدِّيقًا نَّبِيًّا ﴿٤١﴾ إِذْ قَالَ لِأَبِيهِ يَا أَبَتِ لِمَ تَعْبُدُ مَا لَا يَسْمَعُ وَلَا
يُبْصِرُ وَلَا يُغْنِي عَنكَ شَيْئًا ﴿٤٢﴾ يَا أَبَتِ إِنِّي قَدْ جَاءَنِي مِنَ الْعِلْمِ مَا لَمْ يَأْتِكَ
فَاتَّبِعْنِي أَهْدِكَ صِرَاطًا سَوِيًّا ﴿٤٣﴾ يَا أَبَتِ لَا تَعْبُدِ الشَّيْطَانَ ۖ إِنَّ الشَّيْطَانَ كَانَ لِلرَّحْمَـٰنِ عَصِيًّا ﴿٤٤﴾
يَا أَبَتِ إِنِّي أَخَافُ أَن يَمَسَّكَ
عَذَابٌ مِّنَ الرَّحْمَـٰنِ فَتَكُونَ لِلشَّيْطَانِ وَلِيًّا ﴿٤٥﴾
قَالَ أَرَاغِبٌ أَنتَ عَنْ آلِهَتِي يَا
إِبْرَاهِيمُ ۖ لَئِن
لَّمْ تَنتَهِ لَأَرْجُمَنَّكَ ۖ وَاهْجُرْنِي مَلِيًّا ﴿٤٦﴾ قَالَ سَلَامٌ عَلَيْكَ ۖ سَأَسْتَغْفِرُ لَكَ رَبِّي ۖ إِنَّهُ كَانَ بِي حَفِيًّا ﴿٤٧﴾ وَأَعْتَزِلُكُمْ وَمَا تَدْعُونَ مِن دُونِ اللَّـهِ وَأَدْعُو رَبِّي
عَسَىٰ أَلَّا أَكُونَ بِدُعَاءِ رَبِّي شَقِيًّا ﴿٤٨﴾
“ކަލޭގެފާނު
މިފޮތުން إبراهيم ގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! ހަމަކަށަވަރުން އެކަލޭގެފާނަކީ، ތެދުވެރިކަންބޮޑު
ނަބިއްޔަކު ކަމުގައިވިއެވެ. އެކަލޭގެފާނުގެ ބައްޕައަށް
އެކަލޭގެފާނު ވިދާޅުވިހިނދެވެ. އޭ ބައްޕާއެވެ! އެއްވެސް އަޑެއް ނީވޭ، އެއްވެސް އެއްޗެއް ނުފެންނަ، އަދި
ބައްޕައަށް އެއްވެސް ކަމެއް
ފުއްދައިނުދޭ އެއްޗަކަށް، ބައްޕަ އަޅުކަންކުރަނީ ކީއްވެގެންހެއްޔެވެ؟ އޭ ބައްޕާއެވެ! علم ގެ ތެރެއިން، ބައްޕައަށް އައިސްފައިނުވާ علم، ތިމަންނާއަށް
ހަމަކަށަވަރުން، އައިސްފައިވެއެވެ. ފަހެ، ތިމަންނާއަށް ބައްޕަ تبع ވާށެވެ! އޭރުން ބައްޕައަށް ސީދާވެގެންވާ ތެދުމަގަކަށް މަގުދައްކާހުށީމެވެ. އޭ ބައްޕާއެވެ! شيطان އާއަށް އަޅުކަން ނުކުރާށެވެ! ހަމަކަށަވަރުން، رحمن ވަންތަ ރަސްކަލާނގެއަށް ނުކިޔަމަންތެރިޔެއް ކަމުގައި شيطان އާ ވިއެވެ. އޭ
ބައްޕާއެވެ! ހަމަކަށަވަރުން، رحمن ވަންތަ ރަސްކަލާނގެ حضرة ން عذاب އެއް އައިސް،
ބައްޕައަށް ޖެހިދާނެކަމަށް އަހުރެން ބިރުގަނެއެވެ. އޭރުން ބައްޕަ ވާހުށީ، شيطان އާގެ އެހީތެރިޔެއް ކަމުގައެވެ. އޭނާ ބުންޏެވެ. އޭ إبراهيم އެވެ! ތިމަންގެ إله ންތަކަށް ތިބާ ނުރުހެނީހެއްޔެވެ؟ ތިބާ ތިޔަކަންތައް ނުހުއްޓައިފިނަމަ، ހަމަކަށަވަރުން، އަހުރެން ގަލުން ތަޅައި، ތިބާ މަރައިފާހުށީމެވެ. އަދި
ދިގުމުއްދަތަކަށް، އަހުރެންނާ
ވަކިވާށެވެ! އެކަލޭގެފާނު
ވިދާޅުވިއެވެ. ބައްޕަގެ މައްޗަށް سلام ހުށްޓެވެ! ބައްޕައަށް ފާފަފުއްސެވުން އެދި، އަޅުގެ ވެރިރަސްކަލާނގެއަށް دعاء ކުރާހުށީމެވެ. ހަމަކަށަވަރުން،
އަޅުގެމައްޗަށް ނުހަނު އޯގާވަންތަ ކަލަކު ކަމުގައި، އެކަލާނގެ ވޮޑިގެންވެއެވެ. އަދި ތިޔަބައިމީހުންނާއި اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗާ، އަހުރެން ވަކިވާހުށީމެވެ. އަދި އަހުރެންގެ
ވެރިރަސްކަލާނގެއަށް އަޅުކަންކުރާހުށީމެވެ.
އަހުރެންގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރުމުން އަބާއްޖަވެރިޔަކު ކަމުގައި އަހުރެން ނުވާށިއެވެ
.”
އިބުރާހިމްގެފާނުގެ އެކަލޭގެފާނުންގެ ބައްޕާއަށް
ޢަފޫކުރައްވަތްތޯ ﷲއަށް ދުޢާދެންނެވިއެވެ. ނަމަވެސް އިބުރާހީމްގެފާނުންނަށް
އެކަލޭގެފާނުންގެ ބައްޕާއަކީ ﷲ ގެ ކަނޑައެޅިގެންވާ ޢަދުއްވެއްކަން
އިނގިވަޑައިގަތުމަށްފަހު އެކަން ހުއްޓައިލެއްވިއެވެ.
ﷲ ވަޙީކުރެއްވިއެވެ: وَإِذْ
قَالَ إِبْرَاهِيمُ لِأَبِيهِ آزَرَ أَتَتَّخِذُ أَصْنَامًا آلِهَةً ۖ إِنِّي
أَرَاكَ وَقَوْمَكَ فِي ضَلَالٍ مُّبِينٍ ﴿٧٤﴾
" إبراهيم ގެފާނު އެކަލޭގެފާނުގެ ބައްޕަ آزر އަށް ވިދާޅުވިހިނދު ހަނދުމަކުރާށެވެ! ކަލޭގެފާނު ބުދުތަކެއް إله ން ކަމުގައި ހައްދަވަނީތޯއެވެެ؟
ހަމަކަށަވަރުން، ތިމަންކަލޭގެފާނަށް ފެނިވަޑައިގަންނަވަނީ
ކަލޭގެފާނާއި، ކަލޭގެފާނުގެ قوم ގެމީހުން ފާޅުވެގެންވާ
މަގުފުރެދުމެއްގައި ވާތީއެވެ."
(އަންޢާމް: 74)
މިއާޔަތުގައި ވަނީ
އިބުރާހީމްގެފާނުގެ ބައްޕާގެ ނަމަކީ އާޒަރުކަމުގައެވެ. ނަމަވެސް ގިން
މުއައްރިޚުންގެގާތުގައި އެއީ ތާރިޙް އެކެވެ. އިބުނު ޖަރީރު ވިދާޅުވިއެވެ. އެއްމެ
ރަގަޅު ގޮތަކީ އޭނާއަކީ އާޒަރުކަމުގައި ޤަބޫލުކުރުމެވެ. އަދި ފަހަރުގައި
އިތުރުނަމެއް ވަނަމެއްގެގޮތުގައި ކިޔަނީކަމުގައި ބެލިދާނެއެވެ. ނުވަތަ
އެއިގެތެރެއިން އެކައްޗަކީ އަސްލު ނަމެވެ، އަދި އަނެކައްޗަކީ ވަނަމެވެ.
ބާބިލްގެ އަހުލުންނަކީ ބުދަށް
އަޅުކަންކުރާ ބައެކެވެ. މިވާހަކަތައް ކީރިތި ޤުރުއާނުގެ އަންބިޔާ ސޫރަތުގެ 51 – 70
ގައާއި، ޝުޢަރާ ސޫރަތުގެ 69 – 83 ގައާއި، އަދި ސައްފާތި ސޫރަތުގެ 83 – 98 ގައި
ބަޔާންކުރައްވާފައިވެއެވެ.
ސަލާމްލެއްވި
އިބުރާހީމްގެފާނުވެސް އެހެން ނަބިއްޔުންނެކޭ އެއްފަދައިން އެބައިމީހުން
އަޅުކަންކުރަމުންދާ ބުދުތައް ދޫކޮށް އެއްކައުވަންތަ ﷲ އަށް އެކަނި
އަޅުކަންކުރުމަށް ގޮވައިލެއްވުމުން އެބައިމީހުންނަށް އެކަން ބޮޑުކަމަކަށްވެ
ދެކޮޅުހަދައި، ކަންތައްބޮޑުކޮށް އެންމެފަހުން އެކަލޭގެފާނުން އަލިފާނަށްލައި
އަންދާލަން ނިންމިއެވެ.
އިބުރާހީމްގެފާނުން
އެއްލައިލާން އެމީހުންހެދި އަލިފާނަށް ދަރުލުން ދަންނައެވެ. އަންހެނަކު
ބަލިވެއްޖެނަމަ، އެބައިމީހުން އެބަލިން ރަގަޅުވެއްޖެނަމަ އެއަށް މިވެނި
އެވެނިވަރަކަށް ދަރުލާނަމޭ ނަދުރުބުނެއެވެ. އަދި އަލިފާން ޖެހުމަށްފަހު
ބަލާމީހަކަށް އެއަލިފާނުގެ ކަނިތައް އުޑުގައި ޖެހޭކަމުގައި ފެނެއެވެ.
ދެން އެބައިމީހުން
އިބުރާހީމްގެފާނު ބޮޑެތި ދުނިދަނޑި ފާޑުއެއްޗަކަށް (ކެޓަޕޯލްޓް) ލިއެވެ. މިއެތި
ހެދީ ކުރުދީ މީހެއްކަމުގައިވާ ހެޒާންއެވެ. އެންމެ ފުރަތަމަ މީގެ އެއްޗެއް
ހެދިމީހަކީ މިމީހާއެވެ. ﷲ ތަޢާލާ އޭނާ ބިމުގެ ތެރެއަށް ގެންބެވުމަށް
އިރާދަކުރެއްވިއެވެ. އެހެންކަމުން އޭނާ ބިމަށް ގަންބަވައިގަނެވުނެވެ. އަދި ޤިޔާމަތާއި
ހަމަޔަށް ދާންދެންވެސް އޭނާވާނީ އެގެންބެވުމުގައެވެ.
ރިވާވެގެންވެއެވެ.
އެކަލޭގެފާނުން އެއްލައިލެވުމުން، އަދި އަލިފާނުގައި ނުޖެހި ވައިގެތެރޭގައި
ވަނިކޮށް ޖިބުރީލްގެފާނުން ވަޑައިގަތެވެ. އަދި ދެންނެވިއެވެ: "އޭ
އިބްރާހީމްގެފާނެވެ! ކަލޭގެފާނުން އެއްވެސް އެހީތެރިކަމެއް ބޭނުންފުޅުތޯއެވެ؟"
އެހިނދު އިބްރާހީމްގެފާނު ވިދާޅުވިއެވެ: "ކަލޭގެފާނުންގެ
އަރިހުންތޯއެވެ؟ އެހެންޏާ ހެވެވެ."
އިބުނު ޢައްބާސާއި ސަޢުދު ބިން
ޖުބައިރު ވިދާޅުވިއެވެ، ވާރެއާއި ޙަވާލުވެވަޑައިގެންވާ މަލާއިކަތާ ދެންނެވިއެވެ:
ތިމަންކަލޭގެފާނުންނަށް ޢަމުރު އަންނާނީ ކޮންއިރަކުންބާވައެވެ؟ އެއިރުން
ތިމަންކަލޭގެފާނުންނަށް އެތަނަށް ވާރޭ ވެއްސެވޭނެތެވެ."
އެހެނަސް ﷲ ތަޢާލާގެ ޢަމުރު
އެއަށްވުރެ އަވަސްވެފައި ފުރިހަމައެވެ.
“ދެން އެއުރެން
އެކަލޭގެފާނު އަލިފާނަށް އެއްލިހިނދު) ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ. އޭ
އަލިފާނާއެވެ! إبراهيم ގެފާނުގެ މައްޗަށް ފިނިކަމެއް ކަމުގައްޔާއި، أمان ކަމެއްކަމުގައި
ވާށެވެ!” (އަންބިޔާ:
69)
އިބުނު ޢައްބާސްއާއި އަބުލް ޢާލިޔާ ވިދާޅުވިއެވެ.
ﷲ ތަޢާލާ "ި، أمان ކަމެއްކަމުގައި ވާށެވެ!” މިހެން
ވަޙީނުކުރެއްވިނަމަ، އެފިނިކަން އެކަލޭގެފާނުންނަށް ނުރައްކާއެއްޗެއްކަމުގައި
ވީހެވެ.
އަބޫހުރައިރާ ވިދާޅުވިއެވެ. އެންމެ ރަގަޅު
އެއްޗަކަށްވެސް އިބުރާހީމްގެފާނުގެ ބައްޕާ ބުނި އެއްޗަކީ އެދުވަހު އެކަލޭގެފާނުން
އަލިފާނުގައި ހެޔޮޙާލުގައި ވާތީވެ ފެނިގެން، އޭ އިބުރާހީމާއެވެ! ކަލޭގެ
ކަލާންގެއަކީވާ ހާދަހާ ރަގަޅު ކަލެކެވެ، މިހެން ބުނިބުނުމުވެ.
މިންހާލް ބިން ޢަމްރ ވިދާޅުވިއެވެ:
ތިމަންކަލޭގެފާނުންނަށް މަޢުލޫމާތު ލިބުނުގޮތުގައި އިބްރާހީމްގެފާނު
އެއަލިފާނުގެތެރޭގައި ސާޅީސްދުވަސް ނުވަތަ ފަންސާސް ދުވަސް ވާންދެން ހުންނެވިއެވެ.
އިމާމް އަޙްމަދުގެފާނު ނާފިޢުގެ ފަރާތުން
ރިވާކުރެއްވިއެވެ. އަންހެނަކު އެއްދުވަހަކު ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހަށް
އައިސް އެކަމަނާ ގެންގުޅޭ ތޫނު ދަގަނޑެއްފާޑު އެއްޗެއް ފެނި އެކަމާއި
ސުވާލުކުރިއެވެ. އެކަމަނާ ވިދާޅުވިއެވެ: އެއިން ތިމަންމެން ބޮނޑު މަރާހަދަމެވެ.
ދެން ރަސޫލުﷲ ގެފާނުގެ މިޙަދީޘް ބަސްފުޅު ކިޔައިދެއްވިއެވެ.
އިބްރާހީމްގެފާނު އަލިފާނަށް
އެއްލައިލެއްވުނުދުވަހު، ހުރިހާ ޖަނަވާރެއްވެސް މަސައްކަތްކުރީ އެއަލިފާން
ނިއްވާލެވޭތޯއެވެ. ނަމަވެސް ބޮނޑު އުޅުނީ އެއަލިފާން އިތުރަށް ރޯކުރެވޭތޯއެވެ.
(އަޙްމަދު 6:217)
Labels:
Prophets
Subscribe to:
Post Comments (Atom)
0 comments:
Post a Comment