Friday, July 4, 2014


ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ: "ތިމަން ކަމަނާއެށް ﷲގެ ރަސޫލާ ، އެކަލޭގެފާނުންގެ ކޮލުގެ ދަތްޕިލާ ފެންނަވަރަށް ހިނިފުޅުވަޑުވާ މަންޒަރު ދުވަހަކުވެސް ނުދެކެމެވެ. އެހެނަސް އެކަލޭގެފާނުން ހިނިތުންވެވަޑައިގަންނަވަތެވެ. އަދި އެކަލޭގެފާނުންނަށް ވައި ނުވަތަ ވިލާގަނޑެއް ފެނިއްޖެނަމަ ކަންބޮޑުވުމުގެ އަލާމާތް އެކަލޭގެފާނުގެ މޫނުމަތިން ފާޅުވެއެވެ. ތިމަންކަމަނާ ވިދާޅުވީމުއެވެ: މީސްތަކުންނަށް ވިލާގަނޑު ފެނުމުން ހިތްހަމަޖެހެއެވެ. އަދި އެއިން ވާރޭ ވެހޭނެކަމުގެ އުއްމީދުގައި ހިތްތައް އުފާކުރެއެވެ. އެހެނަސް ކަލޭގެފާނުގެ މޫނުފުޅުމަތީގައި ނުތަނަވަސްކަން ވާތީނޫންގޮތަކަށް ބަލާމީހަކަށް ނުފެންނާނެއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ: އޭ ޢާއިޝާއެވެ! އެވިލާގަނޑުގެ ފަހަތުގައިވަނީ ﷲ ތަޢާލާގެ ކޯފާ ނޫންކަމުގެ ގެރެންޓީއެއް ތިމަންކަލޭގެފާނުންނަށް ވޭހެއްޔެވެ؟ އެހެނީ (މީގެކުރީގެ) މީސްތަކުންގެ ބަޔަކު ވަނީ ގަދަވައިން ކޯފާލެއްވިފައެވެ. ހަމަ ކަށަވަރުން ބައެއްމީހުން ﷲގެ ކޯފާ (ގެ ވިލާ ) ފެނި އެއާއިމެދު އުފާކުރަމުން ބުނެތެވެ: 'މިއީ ތިމަންނާމެނަށް ފެންލިބެން އަންނަ ވިލާގަނޑެކެވެ'."

ބުޚާރީ: 4454، މުސްލިމް: 1497

އަދި އެކަލޭގެފާނުން ނަމާދު ކުރައްވަނީނަމަ، އެކަލޭގެފާނުގެ މެއިގެ ތެރެއިން ބިރުން ފުރިގެންވާޙާލު ކީރިތިކުރެއްވުމުގެ ތެރެއިން އަޑުފަށް ކިޔާލަ ކިޔާލާ ހުރެއެވެ.

އަބޫ ދާއޫދު: 769، އައް ނަސާޢީ: 1199


0 comments: