Monday, June 30, 2014
ޞައްޙަ ރިވާޔަތުން ޢައްބާސުއްދޫރީ
ނަޤުލުކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންގެ
އަވައްޓެރިއެއްކަމުގައިވާ ޢަލީ ބުނު ޙަޒާރާ ވިދާޅުވިއެވެ.
އެއްފަހަރެއްގައި ތިމަންގެ މަންމަ ވަރަށްބޮޑަށް
ބަލިވިއެވެ. އަދި ބަލި ބޮޑުވަމުންގޮސް އައްސިބައްޔަށް ބަލި ބަދަލުވެ، އެންމެ
ފަހުން މަންމަގެ އުނަގަނޑުން ތިރި ވައުވެއްޖެއެވެ. މިގޮތަށް މަންމަ ނުހިނގި
އޮންނަތާ ވިހި އަހަރުވެއްޖެއެވެ. އެއްދުވަހަކު މަންމަ ތިމަންނަ ގާތުގައި ބުންޏެވެ.
ދަރިފުޅާއެވެ. ނިކަން ކޫފާގައި އެއުޅުއްވާ ޝައިޚު
(އެބަހީ އިމާމު އަޙުމަދު ބުން ޙަންބަލް) ގެ އަރިހަށްގޮސް މަންމައަށްޓަކައި،
މިބަލިން ޝިފާދެއްވާތޯ ﷲއަށް ދުޢާ ކޮށްދެއްވުމަށް ދަންނަވާ ބަލާށެވެ.
މަންމަގެ އެދުމާއެއްގޮތަށް އަހަރެން ދިޖްލާ ކޯރު
ހުރަސްކޮށްފައް އިމާމު އަޙްމަދުގެ އަރިހަށް ދިޔައީމެވެ. އަދި އެގެޔަށްގޮސް ދޮރުގައި
ޓަކިދިނީމެވެ. އެއިރު އެކަލޭގެފާނު އިންނެވީ ބޭރު ފެންޑާގައެވެ.
އެކަލޭގެފާނު: ކާކުތޯ؟
އަހުރެން: އަބޫ ޢަބުދުﷲ. އަޅުގަނޑަކީ
ކަލޭގެފާނުންގެ އަޚެއް (މާނައަކީ އިސްލާމްކަމުގެ ގޮތުން އަޚެކެވެ.)
އެކަލޭގެފާނު: ކޮން ބޭނުމަކުތަ އައީ؟
އަހުރެން: އަޅުގަނޑުގެ މަންމަ އުޅެނީ ވަރަށް ބޮޑަށް ބަލިވެ، އުނަގަނޑުންތިރި ވަނީ ވާވެފައި. މަންމަ ކަލޭގެފާނުންގެ އަރިހުން އެދެނީ ﷲގެ ޙަޟްރަތުގައި މަންމައަށްޓަކައި ދުޢާކޮށްދެއްވުމަށް.
Labels:
scholars
|
0
comments
Friday, June 27, 2014
ޙާޝިދު އިބްނު އިސްމާޢީލް ވިދާޅުވެފައިވެއެވެ.
އަބޫ ޢަބްދުﷲ މުޙައްމަދު ބުން އިސްމާޢީލް، އާދެ އިމާމު ބުޚާރީ، ބަޞަރާގެ
ޝައިޚުންގެ އަރިހުން ޢިލްމު ހޯއްދަވަމުން ގެންދެވިއިރު އެކަލޭގެފާނުން އުޅުއްވީ
ތިމަންމެނާއި ވަރަށް ތަފާތު ގޮތަކަށެވެ. އެއިރު އެކަލޭގެފާނު ވަރަށް ތުއްޕުޅެވެ.
ކިޔަވަމުންދާ ހުރިހާ އެއްޗެއް ތިމަންމެން ދިޔައީ ލިޔަމުންނެވެ. އެކަލޭގެފާނުން
އެއްވެސް އެއްޗެއް ނުލިޔުއްވަތެވެ. މިހެންގޮސް އެތަކެއް ދުވަސް ފާއިތުވެ
ދިޔުމަށްފަހު ތިމަންމެން އެކަލޭގެފާނުންގެ އަރިހުން ދެންނެވީމެވެ.
އަޅުގަނޑުމެން ހުރިހާ އެއްޗެއް ލިޔަމުންދާއިރު
ކަލޭގެފާނު އެކައްޗެއްވެސް ނުލިޔުއްވާ، ކިޔަވާ ވިދާޅުވުން މާތަފާތު ގޮތަކަށް
ތިޔަގެންދަވަނީ ކީއްވެގެންތޯއެވެ؟ އެހެންނާ ކަލޭގެފާނުން ޢިލްމުވެރިންގެ އަރިހަށް
ވަޑައިގެން އަޑުއައްސަވާވެސް އެބަ ހައްދަވަމުއެވެ. ތިމަންމެން އެތަކެއްފަހަރު
މަތީން މިގޮތަށް ސުވާލުކުރީމެވެ. އެކަލޭގެފާނުން ވަކި ޖަވާބެއް ނުދެއްވަތެވެ.
Labels:
salaf,
scholars
|
0
comments
ލުޤުމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް
ވިދާޅުވިއެވެ. ދަރިފުޅާއެވެ. ނުވިސްނޭ ޖާހިލުންނާއި ވާދަވެރިވެ، މަޖްލިސްތަކާއި
ބައްދަލުވުންތަކުގައި ޖަދަލުކުރާ އެއްޗެއްގެގޮތުގައި ޢިލްމު ނުއުނގެނޭށެވެ.
ޢިލްމުވެރިންގެ މައްޗަށް ބޮޑާވެގަނެ އެއުރެންގެ ފަތިފުށް ބަޔާންކުރަން ނޫޅޭށެވެ.
އަދި ހަމައެހެންމެ އެއިން ރައްކާތެރިވެ ދުރުހެލިވާ އެއްޗެއްކަމުގައިވެސް ޢިލްމު
ނުހަދާށެވެ.
ދަރިފުޅާއެވެ. ބަޔަކު ﷲ ހަނދުމަކުޅައުމުގައި
އުޅޭނަމަ އެމީހުންނާއި ބައިވެރިވާށެވެ. ކަލެޔަކީ ދަންނަމީހެއްނަމަ، އެތަނުން
ފައިދާކުރާނެއެވެ. އަދި ކަލޭ ނުދަންނަނަމަ ކަލޭގެ ޢިލްމު އިތުރުކޮށްދޭނެއެވެ. ﷲ
އެމީހުންގެ މައްޗަށް އެއިލާހުގެ ރަޙްމަތް ބާވައިލައްވައިފި ކަމުގައި ވަނީނަމަ
ކަލޭވެސް އެމީހުންނާއެކު އެރަޙްމަތުގެ ވާރެިން ނުތެމި ނުދާނެއެވެ.
އޭދަރިފުޅާއެވެ. ﷲއަށް ޛިކުރުކުރުމާއި ދުރުހެލިވެ
އުޅޭބަޔަކާ ދިމާވެއްޖެނަމަ، އެބަޔަކާއި ބައިވެރި ނުވާށެވެ. އެއިރުން ކަލެޔަކީ
ދަންނަމީހެއްނަމަ، ކަލޭގެ ޢިލްމުން ފައިދާކުރާނެއެވެ. އަދި ކަލެޔަކީ ނުދަންނަ
މީހަކުނަމަ، ކަލޭގެ ނުދަތުން އޭގައި އިތުރުވާނެއެވެ. އަދި އެބައެއްގެމައްޗަށް ﷲގެ
ޙަޟްރަތުން ކޯފާއެއް އައިކަމުގައި ވަނީނަމަ އެމީހުންނާއެކު އެކޯފާގައި
ދަރިފުޅުވެސް ބައިވެރިނުވެ ނުދާނެއެވެ.
ރެފަރެންސް: ކިތާބުއް ޛުހުދު
ވައްރިޤާއިޤު
Labels:
nations
|
0
comments
Thursday, June 26, 2014
ޢަބުދުﷲ ބިން އަބޫ މޫސާ އައްތުސްތަރީ
ވިދާޅުވެފައިވެއެވެ. ތިމަން އިސްލާމްވުމަށްފަހު ތިމަންނައަށް ބެއިކަލަކު ދެއްވި
ނަޞޭޙަތެއްގައި ވެއެވެ. އުޅޭ ކޮންމެ ތަނެއްގައިވެސް ފިޤުހުވެރިއަކާއެކު އުޅެވޭތޯ
ބަލާށެވެ. އެހެންކަމުން އަހުރެން އެގޮތަށް އުޅެވޭތޯ ބެލީމެވެ.
އެއްފަހަރަކު އަހުރެން ބެއިރޫތަށް ދިޔައީމެވެ.
އެރަށުން އަހުރެން ދިޔައީ އިމާމު އައުޒާޢީގެ އަރިހަށެވެ. އަދި އެކަލޭގެފާނުންގެ
ކިބައިން އެކަލޭގެފާނުންގެ ޚިދުމަތުގައި އުޅުއްވުމަށް ފުރުސަތު ދެއްވުމަށް
ހުއްދައަށް އެދި ވަޑައިގަތީމެވެ. އެކަލޭގެފާނުން އަހުރެންގެ ޙާލު އަހުވާލު
އެއްސެވިއެވެ. އަހަރެން އަހަރެންގެ އެންމެހާ މައުލޫމާތެއް އެރުވީމެވެ. އަދި
އަހަރެންނަކީ ކުރީގައި މަޖޫސީއެއްކަމާއި މިހާރު އުޅެނީ އިސްލާމްވެގެން ކަންވެސް
ހާމަކުރީމެވެ.
އެކަލޭގެފާނު: ބައްޕަ ދުނިޔޭގައި
އެބަހުރިހެއްޔެވެ؟
އަހުރެން: އާދޭހެވެ! ބައްޕަ އުޅެނީ ޢިރާޤުގައެވެ.
އޭނައަކީ އަދި މަޖޫސީއެކެވެ.
Labels:
scholars
|
0
comments
Monday, June 2, 2014
ވަހްބް
ވިދާޅުވިއެވެ: "ސަލާމްލެއްވި އާދަމްގެފާނުން ސުވަރުގެއަށްޓަކައި 300 އަހަރު
ކީރިތިކުރެއްވިއެވެ. އަދި އެކަލޭގެފާނުންނަށް އެކުރެވުނު ކުށަށްފަހު
އެކަލޭގެފާނުންގެ ބޯ އުޑާއި ދިމާއަށް އުފުލައިނުލާ ކަމުގައި ވެއެވެ."
އަދި
ވުހައިބު ބިން ޢަބްދުލް ވަރްދު ވިދާޅުވިއެވެ: "ﷲ ތަޢާލާ ނޫހުގެފާނަށް
އެކަލޭގެފާނުންގެ ދަރިކަލުންނާއިމެދު " އެކަލާނގެ وحى ކުރެއްވިއެވެ. އޭ نوح ގެފާނެވެ! ހަމަކަށަވަރުން، އެ ދަރިކަލުން، ކަލޭގެފާނުގެ أهل ވެރިންގެ ތެރެޔަކުން ނުވެއެވެ. ހަމަކަށަވަރުން،
އެ ދަރިކަލުންގެ عمل އަކީ، ރަނގަޅުނޫން عمل އެކެވެ. ފަހެ، ކަލޭގެފާނަށް އެކަމަކާމެދު، އެނގުމެއްނުވާ
ކަންތަކަށްއެދި، ތިމަންރަސްކަލާނގެ حضرة އަށް ނުދަންނަވާށެވެ!
ހަމަކަށަވަރުން، جاهل ންގެ ތެރެއިން ކަލޭގެފާނު
ވެދާނެތީ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް نصيحة ތެރިވެވޮޑިގެންވަމެވެ. " (ހޫދު: 46) މިހެން ވަޙީކުރެއްވުމައްފަހު
300 އަހަރު އެކަލޭގެފާނުން ކީރިތިކުރެއްވިއެވެ. އަދި އެކަލޭގެފާނުންގެ ލޮލުގެ
ދަށުން ކޯތާފަތުގެ ހަންގަޑުން ކަރުނައިގެ ރޮނގު ފާހަގަވާކަމުގައި ވެއެވެ."
Labels:
Prophets
|
0
comments
އަބޫދާއޫދު އައް ސިޖިސްތާނީއާއިމެދު
ބަޔާންވެގެންވެއެވެ. އެކަލޭގެފާނުން އެއްފަހަރަކު ބޯޓެއްގެ މަތީގައި ވިއެވެ. އަދި
އެކަލޭގެފާނުންނަށް ރަށެއްގެ އައްސޭރީގައިވާ މީހަކު ކިބިއްސެއް އަޅައި ﷲ އަށް
ޙަމްދު ކުރިއަޑު އިވިވަޑައިގަތެވެ.
ދެން އެކަލޭގެފާނުން އެއޮޑިން ކުޑަ
ފައްތިޔަލެއްފާޑު އެއްޗެއް އެއް ދިރުހަމަށް ކުއްޔަށް ނަންގަވައި އޭގައި ޖައްސަވައި
އެއްގަމާއި ހަމަޔަށް ވަޑައިގެން އެމީހާއަށް ޖަވާބުދެއްވައި
"ޔަރުޙަމުކުއްﷲ" (ﷲ ތިބާއަށް ރަޙުމަތް ލައްވާންދޭވެ) މިހެން
ވިދާޅުވެފައި އަނބުރައި ބޯޓަށް ވަޑައިގެންނެވިއެވެ.
އިމާމް އަބޫދާއޫދާއިމެދު އެކަމާއި ސުވާލު
ދެންނެވުމުން ވިދާޅުވިއެވެ:
ފަހަރުގައި އެ ކިބިހި އެޅިމީހާއަކީ އެމީހެއްގެ
ދުޢާ ﷲގެ ޙަޟްރަތުގައި އިޖާބަކުރެވޭ މީހަކުކަމުގައިވުން އެކަށީގެންވެއެވެ.
Labels:
salaf,
scholars
|
0
comments
"...އޭ ﷲ ދެކި ލޯބިވާ
އެންމެހާ އަޅުތަކުންނޭވެއެވެ! އަހަރެމެންގެ ހުރިހާ ޢަމަލަކީ ޚާލިޞްކޮށް ﷲ އަށް
ކުރެވޭ ކަންކަމުގައި ހަދަމާތޯއެވެ. އަޑުއައްސަވާށެވެ:
'އެފްރިކާގެ ޤައުމުތަކުގެ ތެރެއިން ޤައުމެއްގައި
މުސްލިމުންގެ އަސްވާރުން ބައިޒަންޓައިންގެ ކާފަރުންނާއި
ހަނގުރާމަކުރެވެމުންދަނީއެވެ. ބައިޒަންޓައިންގެ މީހުންގެ ޢަދަދު މުސްލިމުންގެ
މައްޗަށް ދިހަގުނަ ނުވަތަ އެއަށްވުރެ އިތުރުވެގެން ވެއެވެ. ބައިޒަންޓައިންގެ
ލަޝްކަރުގެ ކޮމާންޑަރަކަށްހުރީ ގުރެގޮރިސް ނަމަކަށް ކިޔުނު މީހެކެވެ. އޭނާގެ އެއްފަރާތުގައި
އޭނާގެ އަންހެން ދަރި ހުއްޓެވެ.
ގުރިގޮރިސްގެ އަންހެންދަރި ބުންޏެވެ: "އޭ
ބައްޕާއެވެ! މިތިބީ އަތްގޮއްޓެއްހާ މީސްކޮޅެކެވެ. ގާތްގަނޑަކަށް ފަނަރަ
ހާހަކަށްވުރެވެސް ގިނައެއްނުވާނެއެވެ."
އޭނާ އެއަންހެން ދަރި ކަމަނާއަށް ޖަވާބުދިނެވެ:
"އެހެންވިޔަސް މިއީ ޢަރަބި އަސްވާރުންނެވެ."
އެކަމަނާ ވިދާޅުވިއެވެ: "ބައްޕާއެވެ.
އެމީހުންގެ މުދާ ތިމަންނާއާއި ހަވާލުކުރާށެވެ."
Labels:
salaf
|
0
comments
އިބުނުލް ޢަރަބީ އަލް މާލިކީ ވިދާޅުވިއެވެ:
'ތިމަންކަލޭގެފާނުން އެއްފަހަރަކު ޝައިޚް އަބޫބަކުރު އަލް ފިހްރީ އާއި މުހައްރާސް
އިބުނު އައް ޝައްވާޢު އަށް އައް ޘަގުރުއަށް ވަޑައިގަތުމަށް ދައުވަތު އެރުވީމެވެ.
އަބޫބަކުރަކީ ރަސޫލުﷲ ގެފާނުންގެ ސުންނަތަށް ތަބާވުމުގައި އަރާހުންނެވި
ޝައިޚެކެވެ. އެކަލޭގެފާނުން ޘަގުރަށް، ތިމަންކަލޭގެފާނުން ކިޔަވައިދެއްވާ ރަށަށް،
ވަޑައިގަތެވެ.
ޝައިޚް މިސްކިތަށް ވަދެވަޑައިގެން ފުރަތަމަ
ސަފަށް އަރާ ވަޑައިގެންނެވިއެވެ. އެއިރު ތިމަން ހުރީ މިސްކިތުގެ އެތެރޭ
ދޮރާއްޓެއްކައިރީގައި މޫދަށް ބަލަހައްޓައިގެންނެވެ. ހަމަ އެސަފުގައި ނަވުގެ ކައްޕި
އަބޫ ޘަމްނާއާއި ނައިބު ކައްޕިއާއި އަދި ފަޅުވެރިންގެ ބަޔަކުވެސް އިމާމާ ތެދުވެ
ނަމާދަށް ފަށާނެ ވަގުތަކަށް އިންތިޒާރީގައި ތިއްބެވެ.
އަބޫބަކުރު ޝައިޚް އެކަލޭގެފާނުންގެ ސުންނަތް
ނަމާދުގައި ރުކޫޢަށް ދާހިނދުގައްޔާއި އަދި ތެދުވާހިނދު ދެއަތް ދެކޮނޑާއި ހަމަޔަށް
އުފުލަތެވެ. އެތަންފެނި އަބޫ ޘަމްނާ އޭނާގެ އެކުވެރިންކުރެ އެހިއެވެ. ކަލޭމެންނަށް
މިމީހާ މިކުރާކަމެއް އެބަފެނޭހެއްޔެވެ؟ އޭނާ މަރާ މޫދަށް އެއްލާލާށެވެ. އަދި
އެކަން ކުރިކަން އެހެންމީހަކަށް ނާންގާށެވެ.'. މިއަޑަށް ތިމަން ރުޅިއަރައިގެން
ތެދުވެ ސުބުހާނަﷲއޭ، އެއީ ދުނިޔޭގައި މިވަގުތަށް ދިރިހުންނެވި އެންމެ ބޮޑު އެއް
ފިޤުހުވެރިއާއޭ އެހެންނުހަދާށޭ ކިޔައިގަތީމެވެ.
އެމީހުން ބުންޏެވެ: ދެން އޭނާ އަތް ނަގާ ކޮނޑާއި
ހަމަޔަށް އުފުލަނީ އެއީ ކޮންކަމެއްހެއްޔެވެ؟
Labels:
others,
scholars
|
0
comments
Subscribe to:
Posts (Atom)