Monday, June 2, 2014

އަބޫދާއޫދު އައް ސިޖިސްތާނީއާއިމެދު ބަޔާންވެގެންވެއެވެ. އެކަލޭގެފާނުން އެއްފަހަރަކު ބޯޓެއްގެ މަތީގައި ވިއެވެ. އަދި އެކަލޭގެފާނުންނަށް ރަށެއްގެ އައްސޭރީގައިވާ މީހަކު ކިބިއްސެއް އަޅައި ﷲ އަށް ޙަމްދު ކުރިއަޑު އިވިވަޑައިގަތެވެ. 

ދެން އެކަލޭގެފާނުން އެއޮޑިން ކުޑަ ފައްތިޔަލެއްފާޑު އެއްޗެއް އެއް ދިރުހަމަށް ކުއްޔަށް ނަންގަވައި އޭގައި ޖައްސަވައި އެއްގަމާއި ހަމަޔަށް ވަޑައިގެން އެމީހާއަށް ޖަވާބުދެއްވައި "ޔަރުޙަމުކުއްﷲ" (ﷲ ތިބާއަށް ރަޙުމަތް ލައްވާންދޭވެ) މިހެން ވިދާޅުވެފައި އަނބުރައި ބޯޓަށް ވަޑައިގެންނެވިއެވެ. 

އިމާމް އަބޫދާއޫދާއިމެދު އެކަމާއި ސުވާލު ދެންނެވުމުން ވިދާޅުވިއެވެ:

ފަހަރުގައި އެ ކިބިހި އެޅިމީހާއަކީ އެމީހެއްގެ ދުޢާ ﷲގެ ޙަޟްރަތުގައި އިޖާބަކުރެވޭ މީހަކުކަމުގައިވުން އެކަށީގެންވެއެވެ.


ދެން މިބޯޓުގެ މީހުންތައް ނިދުމުން އެމީހުންނަށް ނިދީގައި ގޮވައިލުމެއްގެ އަޑު އިވުނެވެ. އެގޮވައިލުމުގައި ވެއެވެ: "އޭ އުޅަނދުގައިވާ މީސްތަކުންނޭވެއެވެ! ހަމަޔަޤީނުންވެސް އަބު ދާއޫދުގެފާނުން އެއްމެ ދިރުހަމަކަށް ސުވަރުގެ ގަނެލައްވައިފިއެވެ"


ރެފަރެންސް: އައް ޝަނަވާނީގެ "ޝަރުޙުލް މުކްތަސަރު އިބުނު އަބީ ޖަމްރާ: ސަފްޙާ 290"

ނޯޓް: އަބޫ ދާއޫދުގެފާނުން ކުޑަ ފައްތިޔަލެއް ހިއްޕަވައިގެން ވަޑައިގެންނެވީ ފަހަރުގައި އޮއިވައި ހުރިގޮތުން އެކަލޭގެފާނުން ދެއްވާ ޖަވާބު އެމީހާއަށް ނީވޭނެތީކަމުގައި ވެދާނެއެވެ. ނުވަތަ އަޑު ވީއްލައި ހަޅޭލަވައި އުސޫލުން ޖަވާބު ދެއްވުން އަދަބާއި ޚިލާފު ވެދާނެތީކަމުގައި ވެދާނެއެވެ. -  ވަﷲ އަޢުލަމް -
 

0 comments: