Friday, June 27, 2014


ލުޤުމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ވިދާޅުވިއެވެ. ދަރިފުޅާއެވެ. ނުވިސްނޭ ޖާހިލުންނާއި ވާދަވެރިވެ، މަޖްލިސްތަކާއި ބައްދަލުވުންތަކުގައި ޖަދަލުކުރާ އެއްޗެއްގެގޮތުގައި ޢިލްމު ނުއުނގެނޭށެވެ. ޢިލްމުވެރިންގެ މައްޗަށް ބޮޑާވެގަނެ އެއުރެންގެ ފަތިފުށް ބަޔާންކުރަން ނޫޅޭށެވެ. އަދި ހަމައެހެންމެ އެއިން ރައްކާތެރިވެ ދުރުހެލިވާ އެއްޗެއްކަމުގައިވެސް ޢިލްމު ނުހަދާށެވެ.

ދަރިފުޅާއެވެ. ބަޔަކު ﷲ ހަނދުމަކުޅައުމުގައި އުޅޭނަމަ އެމީހުންނާއި ބައިވެރިވާށެވެ. ކަލެޔަކީ ދަންނަމީހެއްނަމަ، އެތަނުން ފައިދާކުރާނެއެވެ. އަދި ކަލޭ ނުދަންނަނަމަ ކަލޭގެ ޢިލްމު އިތުރުކޮށްދޭނެއެވެ. ﷲ އެމީހުންގެ މައްޗަށް އެއިލާހުގެ ރަޙްމަތް ބާވައިލައްވައިފި ކަމުގައި ވަނީނަމަ ކަލޭވެސް އެމީހުންނާއެކު އެރަޙްމަތުގެ ވާރެިން ނުތެމި ނުދާނެއެވެ.

އޭދަރިފުޅާއެވެ. ﷲއަށް ޛިކުރުކުރުމާއި ދުރުހެލިވެ އުޅޭބަޔަކާ ދިމާވެއްޖެނަމަ، އެބަޔަކާއި ބައިވެރި ނުވާށެވެ. އެއިރުން ކަލެޔަކީ ދަންނަމީހެއްނަމަ، ކަލޭގެ ޢިލްމުން ފައިދާކުރާނެއެވެ. އަދި ކަލެޔަކީ ނުދަންނަ މީހަކުނަމަ، ކަލޭގެ ނުދަތުން އޭގައި އިތުރުވާނެއެވެ. އަދި އެބައެއްގެމައްޗަށް ﷲގެ ޙަޟްރަތުން ކޯފާއެއް އައިކަމުގައި ވަނީނަމަ އެމީހުންނާއެކު އެކޯފާގައި ދަރިފުޅުވެސް ބައިވެރިނުވެ ނުދާނެއެވެ.

ރެފަރެންސް: ކިތާބުއް ޛުހުދު ވައްރިޤާއިޤު


0 comments: