Blog Archive
-
2014
(39)
- November(4)
- September(1)
- July(5)
- June(8)
- May(1)
- April(1)
- March(2)
- February(4)
-
January(13)
- ބޭކާރު ކަންކަމާއިވިސްނުން
- ދުލަށް ރައްކާތެރިވުން
- ﷲ އަށް ފުރިހަމަގޮތުގައި ތަވައްކަލްކުރުން
- ގޮތް ނިންމުމުގައި އަވަސްނުކުރާށެވެ
- އެކުވެރިކަން
- ޙަސަދަވެރި ރަސްގެފާނުން
- ބައެއް ދުޢާ އިޖާބަނުވަނީ ސަބަބަކަށްޓަކައެވެ
- ޢާއިޝަތުގެފާނުންގެ ހުވަފެންފުޅު:
- ޔޫނުސްގެފާނުންގެ ވާހަކަ
- މޫސާގެފާނުންގެ އަވަހާރަވުން
- ޔޫސުފުގެފާނުންގެ ވާހަކަ: 1
- ޔަޤީންކަން
- ﷲ އަށް ބިރުވެތިވުން
- 2013 (100)
- 2011 (6)
Thursday, January 30, 2014
އެއްދުވަހަކު ކުލާހެއްގައި ޓީޗަރަކު ފެން
އަޅާފައިވާ ޖޯޑެއް އަތުން ނަގައި ކުލާހައް ދައްކަމުން އެހިއެވެ: ކަލޭމެން
ކުދިންނަށް ހީވާގޮތުން މިތަށީގެ ބަރުމިނަކީ ކިހާވަރެއް ހެއްޔެވެ؟
ކުދިން ޖަވާބުގައި ބުނަމުންދިޔައެވެ: ސަތޭކަ
ގުރާމް، ދުއިސައްތަ ގުރާމް، ދުއިސައްތަ ފަންސާސް ގުރާމް.
ޕްރޮފެސަރ ބުންޏެވެ: އަސްލުގައި
އަހަރެންނަކަށްވެސް ނޭންގެއެވެ. ޖެހޭނީ ބަރުދަން ބަލައިލާށެވެ. އެކަމަކު އަސްލު
ސުވާލަކީ މިއީ އުފުލަން ބަރު އެއްޗެއްހެއްޔެވެ؟ ކުދިން ޖަވާބުގައި ނޫނެކޭ ބުނުމުން
އަނެއްކާ އެހިއެވެ:
މިތަށި ދެތިން މިނެޓް ވަންދެން މިހެން ހިފައިގެން
ހުރެފިނަމަ ކިހިނެތްވާނެހެއްޔެވެ؟ އެއްކުއްޖަކު ޖަވާބުގައި: އެއްވެސް ކަމެއް
ނުވާނެ. މިހެން ބުންޏެވެ.
Labels:
others
|
0
comments
އެއްފަހަރަކު ދުވަސްވީ މީހަކު އޭނާގެ އަވައްޓެރި
ޒުވާނެއްގެ ބޮލުގައި ވައްކަމުގެ ދޮގު ތުހުމަތު އެޅުވިއެވެ. އަދި މިވާހަކަ
ފަތުރަމުން މީސްތަކުންގެ ތެރޭގައި ހިނގާ އުޅުނެވެ. އެންމެފަހުން، މިޒުވާނާގެ
ކަންތަކާއިބިރުން މީސްތަކުން މީނާގެ ވާހަކަ ޤާޟީއަށް ދަންނަވައި ޒުވާނާ
ހައްޔަރުކުރެވުނެވެ. އަދި އެހައްޔަރުގައި އެތައް ދުވަހެއް ވޭތުވެ އެތައް
ބުރަތަކެއް އެޒުވާނާއަށް ބަރުދާސްތުކުރަން ޖެހުނެވެ. އަދި ބޭކާރު ގޮތުގައި ކޯޓާއި
ބަންދުކޮށްފައި ހުންނަ ކޮޓަރިއާއި ދެމެދު މީސްތަކުންގެ ކުރިމަތީން ހިނގާ
އުޅެންވެސް ޖެހުނެވެ.
ނަމަވެސް ﷲގެ ސުންނަތުގެ ދަށުން އެންމެފަހުން
އޭނާގެ ކުށެއް ނެތްކަން ކޯޓަށް ސާފުވެ ވައްކަމުގެ އެއްވެސް ނިޝާނެއް އަދި
ބުރަދަންހުރި އެއްވެސް ވާހަކައެއް ނުއިވި އެޒުވާނާ ބަންދުން ނެރެވި ގެޔަށް
ދޫކޮށްލެވުނެވެ.
Labels:
others
|
0
comments
އެއްފަހަރަކު މީހަކު ވަރަށް އުސް ފަރުބަދައަކަށް
އަރަން މަސައްކަތްކުރަނީއެވެ. އޭނާ އެގޮތުގައި މަސައްކަތްކުރާތާ އެތަށް އިރެއްވެ
ކިތަނމެތާކަށް އެރެންވެސް އެރުނެވެ. އެންމެފަހުން އިރު އޮއްސި އަނދިރިއަތަށް
އެޅުމުން އޭނާ ހިތަށް އެރިއެވެ. މިއަދު އަހަރެން މިމަސައްކަތްނިންމާނީ
ފަރުބަދައިގެ އެންމެ މައްޗަށް އަރާފައެވެ.
ދުވަހަކީ ވަރަށް ފިނި މޫސުމުގެ ފިނިދުވަހެކެވެ.
އެހެންކަމުން މުޅި ހިސާބުގައިވަނީ ދުންފިނިހިފާ މޫނުމައްޗަށް އިތުރަށް
އަނދިރިކުރުވާފައެވެ. އެކަމަކު އޭނާއަށް ހީކުރެވެމުންދަނީ އޭނާއަށް ދެން ބާކީ
އަރަންޖެހޭނީ ވަރަށް ކުޑަ ތަންކޮޅަކަށެވެ. އެހެންވެ ހިތްވަރުކޮށްލާފައި
އަރަނީއެވެ. އެންމެފަހުން ރަނގަޅަށް އަނދިރިވިތާ އެތަކެއް އިރެއް ފާއިތުވުމަށްފަހު
އޭނާ އަރަންއުޅުނު ހިލައަކުން ކައްސާލައިގެން ވެއްޓެންފަށައިފިއެވެ.
ނައްޓާލައިގެން ވެއްޓެން ދާންއޮތީ ކުލިފެއްފާޑު ތާކުން ދިމާ ސީދަލަށް ހަރުހިލަ
ބިންގަނޑަކަށެވެ.
ވަކި ހިސާބަކަށް ވެއްޓުމަށްފަހު އޭނާ ބުރިކަށީގައި
އައްސާފައިވާ ވާގަނޑު ކޮންމެވެސް ތާކު އަޅައިގަނެފައި ވެއްޓުން ހުއްޓުނެވެ.
އެކަމަކު އަނދިރިކަމާއި ބޯ ދުންފިނީގެ ސަބަބުން އޭނާއަކަށް އެއެއް މިއެއް
ނުއިނގެއެވެ. މީހާ ވަނީ ބިރުންގޮސް ހަލާކުވާވަރުވެފައެވެ. ސަލާމަތްވާނޭ އިރެއްވެސް
ނޭންގެއެވެ. ގޮވައި ހަޅޭލަވައިގެން އަޑުއިވޭނޭ ހިސާބުގައި މީހަކުވެސް ނޫޅޭނޭކަން
އޭނާއަށް ޔަޤީނެވެ. އެންމެ ފަހުން ގޮތްހުސްވެ، ހާސްވެ ދިރިހުރުމާއިމެދު
ޔަޤީންކަންކުޑަވެ، ފުރާނަ އަތްމައްޗަށްލައި ރޯންފެށުނެވެ.
Labels:
others
|
0
comments
Tuesday, January 28, 2014
ޢުމުރުން 25 އަހަރުގެ ފިރިހެންކުއްޖަކާއި އޭނާގެ
ބައްޕަ ރެއިލެއްގައި ދަތުރު ފަށާނެ ވަގުތަކަށް އިންތިޒާރުކުރަމުން ދަނީއެވެ.
އެއިރު މީހުން ރެއިލަށް އަރާ ޖަމާވަމުންދިޔައެވެ. މި ރެއިލް ނައްޓާލިއިރު ޒުވާނާ
ވަނީ ވަރަށް އުފާވެފައެވެ. އަދި ވަރަށް މަޖާވެސް ވެފައެވެ. އަދި ކުޑަދޮރުގެ
ކައިރީގައި އިން ސީޓެއްގައި އިށީންދެލައިގެން އިނދެ ބޭރަށް އަތްދިއްކޮށްގެން
ޖެހެމުންދާ ވައި އިޙުސާސްކުރަމުން ވަރަށް މަޖަލާއެކު ބައްޕަގެ ގާތުގައި ބުންޏެވެ.
ބައްޕާއެވެ، އަހަރެމެން ފަހަނައަޅައި އެހެރަގެން ގަސްތައް ފަހަތަށް ދަނީއެވެ.
މުސްކުޅި ބައްޕަ ވަރަށް އުފަލާއެކު ދަރިފުޅުގެ މަޖަލުގައި ބައިވެރިވެލުމުގެ ގޮތުން
ހީލައެވެ.
މިދެބަފައިންގެ ކުރިމަތީގައި ޒުވާން ދެމަފިރިއަކު
މި ޒުވާނާގެ ޢަމަލުތައް ހުރިގޮތުން ހައިރާންކަމާއެކު ބަލަހައްޓައިގެން ތިއްބެވެ.
އަނެއްކާ އިރުކޮޅަކުން އެޒުވާނާ ވަރަށް މަޖާވެފައި ބުންޏެވެ. ބައްޕާއެވެ.
ބަލާބަލާށެވެ. އެތިބަ ޖަނަވާރުތަކާއި، ވިލާތައް އަހަރެމެންނާއެކު އެއްދިމާލަށް އެތިބަ
ދުވަނީއެވެ. އެޒުވާނާގެ ޢުމުރާއި ތުއްތުކުއްޖެއްގެ އުޅުމާއިމެދު ލަދުވެތިވެގެންވާ
ޙާލު އެއްކަލަ ދެމަފިރިން ކަޅިޖަހާ ނުލައި ބަލަހައްޓައިގެން ތިބެއެވެ.
Labels:
others
|
0
comments
Monday, January 27, 2014
ދެމީހަކު ޖަންގަލީގެ ތެރޭގައި ހިނގަމުންދިޔައެވެ.
މިހިނގުމުގެ ތެރޭގައި ވާހަކަ ދެކެވެމުން ގޮސް މަޢުލޫ ބަހުސްއަކަށް ބަދަލުވެ،
ބަހުސް ޒުވާބަކަށް ބަދަލުވެ އެކަކުގެ މޫނުމަތީގައި އަނެކަކު ޖެހިއެވެ. މޫނުގައި
ޖެހުނު މީހާ އަނބުރާ ރައްދު ދިނުމުގެ ބަދަލުގައި ބިންމަތީގައި ލިޔުނެވެ.
"މިޔަދު އަހުރެންގެ އެކުވެރިޔާ އަހަރެންގެ މޫނުމަތީގައި ޖަހައިފިއެވެ."
ދެން އެއަށްފަހު ހިނގަމުން ދިޔައެވެ
ވަކި ހިސާބަކަށް ހިނގުމަށްފަހު އެމީހުންނަށް
ފެންދެމޭ ކޯރެއްގެ އައްސޭރިއަކަށް ނިކުމެވުނެވެ. އަދި ވެފައިހުރި ވަރުބަލިކަމާއެކު
ފެންވަރާ ގަޔަށް ފިނިކޮށްލުމަށް ދެމީހުންވެސް ނިންމިއެވެ. ދެން އެދެމީހުންވެސް
ކޯރަށް އެރުނެވެ. ނަމަވެސް މޫނުމަތީގައި ޖެހުނު މީހާ ކޯރުގެ ތެރޭގައިވާ
ދެހިލައެއްދަށުވެ ތާށިވާގޮތްވެއްޖެއެވެ. އަދި ކޯރުގެ ފެންގަނޑު ބޮޑުވާންފަށައި
އޭނާ ގެނބެންފެށިއެވެ.
މިމަންޒަރުފެނިފައި މޫނުގައި ޖެހިމީހާ އަވަސް
އަވަހަށް ގޮސް އަނެއްމީހާ އެދޭތެރެއިން ނެރި ސަލާމަތްކޮށްފިއެވެ. ދެން އެދެމީހުން
އެއްގަމަށްއެރިއެވެ. ކުރިން މޫނުގައި ޖެހުނު މީހާ ބޮޑު ހިލަގަނޑެއްގެ
ކައިރިއަށްގޮސް އެހެން ހިލައަކުން ވަރަށް މަސައްކަތުން އެ ބޮޑު ހިލައިގައި
ލިޔުނެވެ. "މިޔަދު އަހުރެންގެ އެކުވެރިޔާ އަހަރެން މަރުން
ސަލާމަތްކޮށްދިނެވެ."
Labels:
others
|
0
comments
Wednesday, January 15, 2014
އިމާމް ޝަޢުބީ ރަޙިމަހުﷲ ، ތާބިޢީންގެ ތެރޭގައިވި
ވަރަށް މަޝްހޫރު އިމާމްވެރި ބެއިކަލެއް، އެއްފަހަރަކު ކިޔައިދެއްވިއެވެ:
ޢަބްދުލްމަލިކު ބިން މަރުވާން އެއްފަހަރަކު
ތިމަންކަލޭގެފާނުން ރޫމުގެ ރަސްކަލެއްގެ ކައިރިއަށް ފޮނުއްވިއެވެ.
ތިމަންކަލޭގެފާނުން އޭނާގެ ކައިރިއަށް ވަޑައިގަތުމުން އޭނާ ތިމަންކަލޭގެފާނުންނާއި
ސުވާލުތަކެއް ކުރިއެވެ. އަދި އެއިން ކޮންމެ ސުވާލަކަށް ތިމަންކަލޭގެފާނުން ޖަވާބު
ދެއްވެވީމެވެ. ތިމަންކަލޭގެފާނުން ފަދައިން އެރަސްގެފާނުންގެ ގާތަށް ދާ މީސްމީހުން
އެހާ ގިނަދުވަސްވާންދެން ނުބަހައްޓައެވެ. އެހެންނަމަވެސް ތިމަންކަލޭގެފާނުން އޭނާ
ހިފެހެއްޓިއެވެ. އެންމެފަހުން ތިމަންކަލޭގެފާނުން އަމިއްލަފުޅަށް ދިޔުމަށް
އިޒުނައަށް އެދިވަޑައިގަތީމެވެ. އަދި އެތަނުން ނިކުމެވަޑައިގަންނަވަން
އުޅުއްވިވަގުތު އޭނާ އެއްސެވެ: "ކަލޭ (ގެފާނުންނީ) އަކީ ކަލޭ (ގެފާނުން)ގެ
ރަސްގެފާނުންގެ ތިމާގެ މީހަކީމުހެއްޔެވެ؟" ތިމަންކަލޭގެފާނުން ވިދާޅުވީމެވެ:
"ނޫނެކެވެ. ތިމަންނާއީ މުސްލިމުންގެ ތެރެއިންވާ އާދައިގެ މީހަކީމެވެ."
Labels:
salaf,
scholars
|
0
comments
Monday, January 13, 2014
މިއީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް
ގިނަމީހުންނަށް އޮޅިފައިވާ ކަމެކެވެ. ﷲ އަށް ކިޔަމަންވާ އަޅަކު މުސީބާތެއްގައި
ޖެހި، ދެން އޭނާ ﷲ ގެ ހަޟްރަތަށް ކުއްތަންވެ އެކަމުން މިންޖުކުރައްވަތްތޯ އެދި
ދުޢާކުރެއެވެ. ނަމަވެސް ހުއްޓާނުލާ ކުރާ މިދުޢާއިން އެއްވެސް ފައިދާއެއްވާތީ
ނުފެނެއެވެ. އެންމެފަހުން އުއްމީދު ކޮޅުންލާދާ ހިސާބަށް އާދެވެއެވެ. އެއާއެކު
އޭނާގެ ހިތުގައިވާ އަސްލު އެތި ބޭރަށް ނިކުމެއެވެ. އެއީ ދެކޮޅުވެރިވެގަތުމެވެ.
ނަމަވެސް ﷲ އެމީހަކަށް އެ މިންވަރު ކުރެއްވި ގޮތާއިމެދު ފުރިހަމަޔަށް ރުހި
ޤަބޫލުވެ ހުންނަމީހާ ކޮންމެފަދަ ޙާލަތެއް އައިކަމުގައިވިޔަސް އެކަލާންގެއަށް
ދަންނަވައި ފުރިހަމަ އުއްމީދު ކުރެއެވެ. އެއާއެކު އޭނާގެ ދުޢާ އިޖާބަވާތަން
ފެނެއެވެ. އެހެނީ އޭނާގެ އެއިމްތިޙާނު ނިމުނީއެވެ. އަދި އެއާއެކު އޭނާގެ
އީމާންތެރިކަން އިތުރުވެ ޝައިޠާނާ ބަލިކަށިވެއެވެ. އެހެންކަމުން އުއްމީދުގެ
ހުޅުކޮޅު ނިވޭ ހިސާބަކީ ފުރިހަމަ މިނަކުން މީހާ މިންކުރެވޭ ވަގުތެވެ. ﷲ މިފަދައިން
ވަޙީ ކުރެއްވިއެވެ:
Labels:
abtreligion,
qna,
tarubiya
|
0
comments
Saturday, January 11, 2014
ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ.
ތިމަންކަމަނާއަށް ތިން ހަނދު އެކަމަނާގެ ހިޔާވައްސައް ވެއްޓޭތީ ހުވަފެނުގައި
ފެނިވަޑައިގަތެވެ. އެކަމަނާ އެހުވަފެންފުޅާއިމެދު އެކަމަނާގެ ބައްޕާކަލުން
އަބޫބަކުރުއް ޞިއްދީޤުގެ އަރިހުން ސުވާލުކުރެއްވިއެވެ. އެކަލޭގެފާނުން ވިދާޅުވިއެވެ:
"އޭ ޢާއިޝާއެވެ! ހަމަ ޔަޤީނުންވެސް ކަމަނާގެ
(ދަރިފުޅުގެ) ތިހުވަފެނަކީ ތެދު ހުވަފެންފުޅެއްކަމުގައި ވަނީނަމަ، ﷲ ތަޢާލާގެ
އެންމެ ލޮބުވެތި ތިން އަޅުން ކަމަނާގެ ގެކޮޅުގައި ވަޅުލެއްވޭހުއްޓެވެ."
ކީރިތި ރަސޫލާ އަވަހާރަވުމުން އެކަލޭގެފާނުން
ފަސްދާނު ވެޑުވުނީ އެކަމަނާގެ ގެކޮޅުގައެވެ. އެކަލޭގެފާނުންނީ މާތް ﷲ
މިބިންމަތީގައި ލެއްވި އެކަލާންގެ އެންމެ ލޯބިފުޅުވެ ވޮޑިގެންވާ އިންސާނާއެވެ.
އެއަށްފަހު އަބޫބަކުރުގެފާނާއި ޢުމަރުގެފާނުން އަވަހާރަވެވަޑައިގަތުމުން
އެދެބެއިކަލުންވެސް ފަސްދާނުލެވުނީ އެކަމަނާގެ ގެކޮޅުގައެވެ.
Labels:
salaf
|
0
comments
Thursday, January 9, 2014
ސޫރަތުއް ޔޫނުސްގައި މާތް ﷲ
ވަޙީކުރައްވާފައިވެއެވެ:
فَلَوْلَا كَانَتْ قَرْيَةٌ آمَنَتْ فَنَفَعَهَا إِيمَانُهَا إِلَّا
قَوْمَ يُونُسَ لَمَّا آمَنُوا كَشَفْنَا عَنْهُمْ عَذَابَ الْخِزْيِ فِي
الْحَيَاةِ الدُّنْيَا وَمَتَّعْنَاهُمْ إِلَىٰ حِينٍ
"ފަހެ، ރަށެއްގެ މީހުން، އެއުރެންގެ إيمان ކަމުން މަންފާކުރާނޭ ގޮތުގައި، إيمان ވީނަމަ ކިހާރަނގަޅުހޭ! އެހެނެއްކަމަކު، يونس ގެފާނުގެ قوم ގެމީހުން إيمان ވުމުން، ތިމަންރަސްކަލާނގެ އެއުރެންގެ ކިބައިން ދުނިޔޭގެ حياة ގައި ނިކަމެތިކަމުގެ
عذاب ދުރުކުރެއްވީމެވެ.
އަދި އެއުރެންގެ އަޖަލު ޖެހިއްޖައުމަށް
ދާނދެން، އެއުރެން އަރާމުގައި އުޅުމަށް ލެހެއްޓެވީމެވެ."
(ޔޫނުސް: 98)
އަދި ސޫރަތުލް އަންބިޔާގައި
ވަޙީކުރައްވާފައިވަނީ:
وَذَا النُّونِ إِذ ذَّهَبَ مُغَاضِبًا فَظَنَّ أَن لَّن نَّقْدِرَ
عَلَيْهِ فَنَادَىٰ فِي الظُّلُمَاتِ أَن لَّا إِلَـٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي
كُنتُ مِنَ الظَّالِمِينَ ﴿٨٧﴾ فَاسْتَجَبْنَا لَهُ وَنَجَّيْنَاهُ مِنَ الْغَمِّ ۚ وَكَذَٰلِكَ نُنجِي الْمُؤْمِنِينَ
﴿٨٨﴾
"އަދި ذوالنّون (އެބަހީ: يونس ގެފާނު) ހަނދުމަކުރާށެވެ! އެކަލޭގެފާނު (قوم ގެ މީހުންދެކެ) ކޯފާވެގެން ވަޑައިގަތް ހިނދެވެ. ފަހެ،
އެކަލޭގެފާނަށް ތިމަންރަސްކަލާނގެ عقوبات އެއް ނުދެއްވާނެކަމަށް ހީކުރެއްވިއެވެ. ފަހެ، އެކަލޭގެފާނު އަނދިރިތަކުގެ ތެރޭގައި (މަހުގެ ބަނޑުގައި) دعاء ކުރެއްވިއެވެ. އިބަރަސްކަލާނގެ މެނުވީ، إله އަކު ނެތެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! ހަމަކަށަވަރުން، އަނިޔާވެރިންގެ ތެރެއިން
މި އަޅާވީމެވެ. ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަ
ދެއްވީމެވެ. އަދި ދަތިކަމާއި،
މޮޅިވެރިކަމުން އެކަލޭގެފާނު ސަލާމަތްކުރެއްވީމެވެ. އަދި އެފަދައިން ތިމަންރަސްކަލާނގެ مؤمن ތަކުން ސަލާމަތްކުރައްވަމެވެ." (ސޫރަތުލް އަންބިޔާ: 87،
88)
Labels:
Prophets
|
0
comments
Tuesday, January 7, 2014
އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން
ރިވާވެގެންވެއެވެ: މަލަކުލްމައުތު މޫސާ ޢަލައިހިއްސަލާމްގެ އަރިއަހަށް
ފޮނުއްވެވިއެވެ. އަދި އެކަލޭގެފާނުންގެ އަރިހަށް ވަޑައިގަތުމުން
ބާރުއެތިފަހަރަކުން ޖައްސަވައި އެމަލާއިކަތާ ކޮއްޕަވައިލެއްވިއެވެ. އެމަލާއިކަތާ
ދެން އެމަލާއިކަތާގެ ވެރިރަސްކަލާންގެ، ﷲގެ ޙަޟްރަތަށް ވަޑައިގެން
ޝަކުވާވިދާޅުވިއެވެ. "އިބައިލާހު ތިމަންކަލޭގެފާނުން ފޮނުއްވެވީ މަރުވުމަށް
ބޭނުންވެނުލައްވާ އަޅެއްގެގާތަށެވެ." ﷲ ވަޙީކުރެއްވިއެވެ: "އެކަލޭގެފާނުންގެ
އަރިހަށް އަނބުރާ ވަޑައިގަންނަވާށެވެ. އަދި އެކަލޭގެފާނުންގެ އަރިހުގައި
ވިދާޅުވާށެވެ: އޮށެއްގެ ބަނޑުދަށަށް އަތްލައްވަވާށެވެ. ކަލޭގެފާނުންގެ އަތްޕުޅުން
އެއެތީން ފޮރުއްވެވޭ ކެހެރީގެ ޢަދަދަށް ކޮންމެ ކެހެރިއަކަށް އެކަލޭގެފާނުންގެ
ޢުމުރުގައި އަހަރެއް އިތުރުކުރައްވަވާހުށީމެވެ." މޫސާގެފާނުން
އެކަލޭގެފާނުންގެ ވެރިރަސްކަލާންގެ ޙަޟްރަތަށް ދެންނެވިއެވެ: "ޔާ ﷲއެވެ! ދެން
އެއަށްފަހު ވާނީ ކިހިނަކުންތޯއެވެ؟" އެކަލާންގެ އެންގެވިއެވެ.
"އަވަހާރަވުމެވެ." މޫސާގެފާނުން ވިދާޅުވިއެވެ: "ދެން (އެހެންނަމަ) މިހާރު
ނުވާންވީ ސަބަބެއްނެތެވެ." = ރަވާހް ބުޚާރީ =
Labels:
Prophets
|
0
comments
Sunday, January 5, 2014
ކީރިތި ޤުރުއާންގެ ޔޫސުފް ސޫރަތް ފެށިގެން
ނިޔަލަށް ކިޔަވަމުން ގެންދާށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަރެމެންނަށް
ޔޫސުފްގެފާނުންގެ ވާހަކަ އެކީގައި ކިޔައިދެއްވާފައިވެއެވެ. އެކަލޭގެފާނުންނަށް ހުވަފެންފުޅެއްގައި އެގާރަ
ތަރިޔަކާއި އަދި ހަނދު އެކަލޭގެފާނުންނަށް ސަޖިދަކުރާތަން ފެނިވަޑައިގެން
ވާހަކައާއި، އެކަލޭގެފާނުން މީސްތަކުންތެރޭގައި ހޮއްވަވައި އެކަލޭގެފާނުންނަކީ
ރަސޫލެއްކަމުގައި މީސްތަކުންގެ މައްޗަށް ފޮނުއްވެވޭނޭ ބެއިކަލެއްކަމުގެ ވާހަކަޔާއި
އެކަލޭގެފާނުންދެކި އެކަލޭގެފާނުންގެ ބައްޕާފުޅު އެކަލޭގެފާނުންދެކި އިންތިހާއަށް
ލޯބިފުޅުވެލައްވާވަރުން އެކަލޭގެފާނުންގެ ބޭބޭފުޅުން ހަސަދަވެރިވެ އެކަލޭގެފާނުން
ވަޅަކަށް އެއްލައިލައި އެކަލޭގެފާނުންގެ ގައިކޮޅުގެ ހެދުން ލެއިން ތަތްތެޅިގެންވާ
ޙާލު ޔައުޤޫބުގެފާނުންނަށް ގެންގޮސް
ވަލުތެރޭ ފުއްލާއެއް އެކަލޭގެފާނުން ދިރިހުއްޓައި ކާލިކަމުގެ ވާހަކައާއި، މިސްރުގެ
ވިޔަފާރި ޤާފިލާއެއް އެކަލޭގެފާނުން އެވަޅުން ނަގައިގެން ގެންގޮސް މިސްރުގެ ޢަޒީޒު
ބޭނުންވެވަޑައިގެން އެކަލޭގެފާނުން ފައިސާއަށް ގަނެލެއްވިވާހަކައާއި،
އެކަލޭގެފާނުން މިސްރުގެ ޢަޒީޒުގެ އަރިހުގައި ޒުވާން ޢުމުރުފުޅަށް
އަރާއިވަޑައިގަތުމުން މިސްރުގެ ޢަޒީޒުގެ އަނބިކަނބަލުން އެކަލޭގެފާނުންގެ އަރިހުން
ފާޙިޝް ކަމަކަށް އެދުމުން އެކަލޭގެފާނުން އެކަމާއި ދެކޮޅުވެރިވެވަޑައިގަތުމުން
ޖަލަށްލައްވައި އެތައްދުވަހެއް ފަހުން އަދި ޖަލުން ނެރުއްވައި ފަހުން މިސްރުގެ
ވެރިކަމާއި އެކަލޭގެފާނުން ހަވާލުވެ އަދި އެކަލޭގެފާނުންގެ ޢާއިލާއާއި
ބައްދަލުވެވަޑައިގެންވާހަކައާއި ބައްޕާފުޅާއި ބައްދަލުވިގޮތުގެ ވާހަކަ ވަރަށް
ތަފްސީލުކޮށް ޔޫސުފް ސޫރަތުގައި އެސޫރަތް ފެށުނީއްސުރެ ނިޔަލަށް ބަޔާންވެގެންވެއެވެ.
މިތާންގައި އަޅުގަނޑު ލިޔެލަން ޤަސްތުކުރަނީ ހަމައެކަނި އިބްން ކަޘީރުގެ
ފޮތުގައިވާ ބައެއް ތަދު މަޢުލޫމާތުތަކެވެ.
Labels:
Prophets
|
0
comments
Friday, January 3, 2014
1. އުބައްޔު ބިން ޚަލަފް: ރަސޫލުﷲ
ގެފާނުން މި ކަލޭގެ ގާތުގައި އޭނާ ބޮޑައި ވެފަ ތިމަން މި އަސްމަތީގަ
ކަލޭ(ގެފާނުން) ޤަތްލް ކުރާނަމޭ ބުނުމުން އޭގެ ޖަވާބުގައި ޙަދީޘް ކުރެއްވެވީ ތިމަންކަލޭގެފާނުނގެ
އަތްޕުޅުން ކަލޭގެ މަރުވާނެ އެވެ. އެވަގުތު މި އުބައްޔު ބިން ޚަލަފް ތެޅިގަނެގެން
ދިޔައެވެ. އާދެ އުޙުދުގެ ހަނގުރާމައިގެ މައިދާނުގައި އުންމަތަށް އެންމެ
ނުރައްކާވެގެން ދިޔަ ވަގުތު މި ކަލޭގެ ރަސޫލުއްﷲ ގެފާނުން ވަޅުގަނޑަކަށް ވެއްޓި
ވަޑައިގެންފައި ވަނިކޮށް ދިމާކުރި އެވެ. އެވަގުތު އެ ހަމަލާއިން ސަލާމަތް ވާން
އުޅުއްވާ އެކަން ވެ ވަޑައި ނުގަތުމުން ލޮންސިކޮޅެއް އެއްލަވައި ލެއްވެވިއެވެ. މި
ލޮންސި ދިޔައީ މި އުބައްޔު ބިން ޚަލަފްގެ ކަރުގައި ކުޑަ ރޮނގެއް އެޅިގެން ނެވެ.
ނަމަވެސް ގެރި ބަކަރީގެ ހޭރުމުގެ އަޑުން މިކަލޭގެ ހޭރެންފެށިއެވެ.
އެވަގުތު އަބޫ ސުފްޔާން ހައިރާން ކަމާއި އެކީ ބުނަނީ ކަލޭކަހަލަ ފަހުލަވާނަކު...
ތި ދެން ކޮންކަމެއްހޭ، ކަލޭ ހޭރޭވަރުގެ ކަމެއް ވެއްޖެހޭ.
މި އުބައްޔުބިން
ޚަލަފް އޭގެ ޖަވާބުގައި ބުނަނީ ލާތަޔާ އުއްޒާ ގަންދީ ބުނަމޭ ތިމަން ނައަށް އޭރުވެސް
އިނގޭ. މިޔަދު ތިމަންގެ ގައިގައި މި އަޅާ ވޭން މި ޙިޖާޒް ކަރައިގެ އެންމެންގެ
މައްޗަށް ބަހައިލެވުން ކަމުގައި ވާ ނަމަ އެންމެން މިޔަދު ފަނާވެގެން ދާނެއެވެ. އެ
އެއްލެވި ލޮންސީގެ ބަދަލުގައި ކުޅު ޖެއްސެވި ނަމަވެސް މިޔަދު ތިމަން މަރުވާނެއެވެ.
މާގިނަ އިރެއްނުވެ އުބައްޔު ބިން ޚަލަފް މަރުވީ އެވެ. ރަސޫލުﷲ ގެފާނުންގެ
އަތްޕުޅުން ހަމައެކަނި ޤަތުލުވި މީހާ އަކީ މިކަލޭގެއެވެ.
Labels:
others
|
0
comments
Wednesday, January 1, 2014
ޞާލިޙް އަޅަކު އެއްދުވަހަކު ކިޔައިދިނެވެ.
"ވަރަށް ފަށުވިކަމާއި އަސަރުން ފުރިގެންވާ ވަޢުޛު ވިދާޅުވާ ބެއިކަލެއްގެ
މަޖްލިސެއްގައި އެއްދުވަހަކު އަހަރެން އިނީމެވެ. އެކަލޭގެފާނުންގެ ބަސްފުޅުގެ
ރިވެތިކަމުންނާއި އަސަރުން އެތާންގައި އެއިރު ތިބި އެންމެން ރޮއްވާލިއެވެ.
އެކަލޭގެފާނުންގެ ބަސްފުޅު، ނަރަކައިގެ އަލިފާނުގެ ވާހަކައާއި ހަމައަށް ދެވުމުން އެމަޖްލިސުން
ޒުވާނަކަށް ކެތްނުކުރެވިގެން އަޑުން އަޑުނަގައި ރޯން ފެށިއެވެ. 'ހުރި ހިތާމައެއްގެ
ބޮޑުކަމާއެވެ. އަހަރެން ﷲ އަށް އަދާކުރަންޖެހޭ ފަރުޟުތައް އަދާނުކުރެވުނުކަމާއެވެ.
އަހަރެންވީ ދުނިޔޭގައި މަރު ހަނދާންނައްތާލި ވަޤުތުތައް ބޭކާރުކޮށްލި މީހެއްގެ
ގޮތުގައެވެ.' މިހެން ބުނެ އެޒުވާނާ ޤިބުލައަށް ކުރިމަތިލަމުން 'އޭ ﷲ! އަހަރެން
މިއަދު އިބައިލާހުގެ ހަޟްރަތަށް މަޢާފަށް މަޢާފަށްއެދެމެވެ. އަދި މިކަމުގައި
އެއްވެސް މީހަކަށް މިއަޅާ ބޭނުމެއްނޫނެވެ. މިއަޅާއަށްއަންނަ އުނި
ކަންކަމާއިއެކުވެސް މިއަޅާއަށް ފާފަފުއްސަވާންދޭވެ. މިއަޅާގެ އެކަނިވެރި
ވަޤުތުތަކުގައި މިއަޅާއަށް ރަޙްމަތްލައްވާންދޭވެ. މިއަޅާއަށް ޢަފޫކުރައްވާންދޭވެ.
އަހަރެންގެ ސާހިބުވަންތަ ރަސްކަލާކޮ! މިއަޅާގެ އަތްފައި އިބަރަސްކަލާންގެ
ޙަޟްރަތަށް ރުޖޫޢަކުރަމެވެ. އިބަ އިލާހު މިއަޅާއަށް ފާފަނުފުއްސަވައިފިނަމަ މިއަޅާ
ބޭކާރުވެ ހަލާކުވާނެއެވެ. (މިއަޅާއަށް ފާފަ ފުއްސަވާންދޭވެ)' މިހެންބުނެ
ހޭނެތިގެން ވެއްޓިއްޖެއެވެ.
Labels:
salaf
|
0
comments
Subscribe to:
Posts (Atom)