Blog Archive

Saturday, November 22, 2014


17. މިހިލާފަތުގައި އިސްލާމީ ދުނިޔޭގައި އަދުލުވެރިކަން ފެތުރުނީ ވަރަށްވެސް ބޮޑަށެވެ. މިތަނުގައި މި ކިޔައިދެނީ އެކަމަށް ހެކިދޭވާހަކަތަކެވެ. އެއްފަހަރަކު މިސްރުން އަންހެނަކު ޚަލީފާކައިރިޔަށް އައެވެ. އާދެ މިސްރުން ދިމިޝްގަށް އައީ ކީއްކުރަންކަން އެނގޭތޯއެވެ؟ އެ އަންހެންމީހާގެ ކުކުޅުތައް ވަގަށް ނަގާތީއެވެ. ކުކުޅު ވަގަށްނަގާތީ މިސްރުން ދިމިޝްގަށް މީހަކު އަންނާނީ ހަމަގައިމުވެސް އިންސާފެއް ލިބޭނެކަން ޔަޤީންވާތީތާއެވެ. މިމީހާއައިސް ޝަކުވާ ހުށައެޅުމުން ގަވަރނަރަށް އެމީހާގެ ގޭގެ ފާރު އުސްކުރުމަށް ލާރިދޭން އަމުރުކުރިއެވެ. މިއަދު ގޭދަރިންކޮޅު ވަގަށްނަގައި ތަޅާމަރައި ރޭޕްކޮށް ކަންކަން ކުރާއިރުވެސް ހައްޤެއް ހޯދައިދެވުނު އެކަކުވެސް ވޭތޯއެވެ. އެއިންކަމެއް މަދުކުރެވުނުތޯއެވެ...


13. ދުވަސްވަރަކީ ހޫނު މޫސުމުގެ ހޫނުގަދަ ދުވަސްވަރެވެ. އެއްދުވަހަކު އުމަރު ބުން އަބްދުލް އަޒީޒު އެކަލޭގެފާނުގެ އަޅު އަންހެނެއް ކުރެން އެކަލޭގެފާނަށް ވައި ޖައްސައި ދިނުމަށް އެދިވަޑައިގަތެވެ. ދެން މި އަޅު އަންހެންމީހާ އެކަލޭގެފާނަށް ވައި ޖައްސައި ދޭން ހުއްޓައި އުމަރު ބުން އަބްދުލް އަޒީޒަށް ނިދިކުރެއްވިއްޖެއެވެ. އަޅު އަންހެނާއައްވެސް ވައި ޖައްސަން ހުރެ ވަރުބަލިވެގެން މަޑުމަޑުން ގޮސް ނިދިއްޖެއެވެ. އިރު ކޮޅަކުން އުމަރު ބުން އަބްދުލް އަޒީޒަށް ހޭފުޅުލެވުނު އިރު އެކަލޭގެފާނަށް ފެނިވަޑައިގަތީ އެއަޅު އަންހެންމީހާ ނިދިފައިވާ މަންޒަރެވެ. އަދި ހޫނުގެ ސަބަބުން މުޅިމޫނު ރަތްވެ ދާހިއްލާ ފޯވެފައިވާ ތަނެވެ. މިތަން ދެކެވަޑައިގެން ފަންކާ ނަންގަވައި އެއަޅު އަންހެންމީހާއަށް ވައިޖައްސަވައިދެއްވަން އިންނެވިއެވެ. އިރުކޮޅަކުން މި އަޅު އަންހެންމީހާއަށް ހޭލެވިއްޖެއެވެ. އަދި އުމަރު ބުން އަބްދުލް އަޒީޒު (ޚަލީފާ) އޭނާއަށް ވައިޖައްސަވައިދެއްވަން އިން މަންޒަރުފެނި ލަދުގަނެ އަވަހަށް ފަންކާ އަތުލައްވައި އެކަލޭގެފާނަށް ވައިޖައްސަވައިދެއްވަން އުޅުނެވެ. އުމަރު ބުން އަބްދުލް އަޒީޒު ވިދާޅުވިއެވެ. ކަލޭވެސް ތީ ތިމަންފަދަ އިންސާނެކެވެ. ތިމަންނައަށް ކަލޭއަށް ހޫނުވެފައިވާ މަންޒަރު ދުށީމެވެ އެހެންކަމުން މަށަށް ވައިޖައްސައިދިން ފަދައިން ކަލެއަށްވެސް މި ވައިޖައްސައިދެނީއެވެ. ރީވެތި ނަމޫނާއެއް ނޫންހެއްޔެވެ؟ މިވެރިން އަދުގެ ވެރިންނައި އަޅައިވެސް ނުކިޔޭނެއެވެ...


8. ހަލީފާއާއި ހަވާލުވެވަޑައިގަތުމަށްފަހު ގާތްތިމާގެ އެންމެން އެއްކުރައްވައި އެބައިމީހުންނަށް ނުހައްގުން ވެރިކަމުގެ ފަރާތުން ލިބިފައިވާ ހުރިހާ މުދަލެއް ހޯއްދެވާ އެ ބައިތުލް މާލަށް ލެއްވިއެވެ. އަދި ހުދު އެކަލޭގެފާނުވެސް އެކަލޭގެފާނުގެ އަނބިކަނބަލުންނަށް އެދުވަހު ވިދާޅުވިކަމަށްވެއެވެ. އޭ ފާތުމަތެވެ. ތިމަންކަލޭގެފާނާއި ބޮޑު މަސްއޫލިއްޔަތެއް ހަވާލުވެވިއްޖެއެވެ. ތިމަންނައާއި އެކީ އުޅެންބޭނުންނަމަ ކަމަނާއަށް ލިބިފައިވާ ހުރިހާ ރަނެއް ބައިތުލް މާލަށްލާށެވެ. ނޫނީ ކަމަނާ، ކަމަނާގެ އަހުލުންގެ ކައިރިޔަށް ދާށެވެ. ތިމަންކަލޭގެފާނާއި ކަމަނާއި މިރަނާއި އެއްތަނެއްގައި ވުމަށް ތިމަންކަލޭގެފާނު ނޭދެމެވެ. މިހެން ބުނުމުން ފާތުމަތުގެފާނު ވަރަށް ކީރިތި ކުރައްވައި ވިދާޅުވިއެވެ. މިފަދަ އެތައް ރަނެއް މީގެމައްޗަށް އިތުރު ކުރިކަމުގައިވިޔަސް ތިމަން ކަމަނާ ހިޔާރު ކުރާނީ ކަލޭގެފާނެވެ. އެއަށްފަހު ވެރިކަމުގެ "ގަނޑުވަރަށް" (ދިވެހިން ސިފަކުރާނަމަ ޖިފުޓިގަނޑަށް) ދިރިއުޅުން ބަދަލުކުރެއްވިއެވެ. މިއީ ހަމަ ވެރިންނަށް އިބުރަތެކެވެ. މިސާލެކެވެ. މިއަދު ވެރިކަމެއް ލިބިއްޖެ އާއިލާއެއްގައި މުއްސަނދި ނުވާނޭ ހަމަ އެކަކުވެސް ނުވެއެވެ. ރައްޔިތުން ފަގީރުހާލުގައި އުޅޭކަން ވެރިން ދެންނަނީ ސްޓޭޖަށް އަރާ ވޯޓުދޭށޭ ބުނަންވީމައެވެ.


މިފަހަރު މިލިޔެލަނީ އިސްލާމީ ތާރީޚުގައި ޚުލަފާއު ރާޝިދުންނަށްފަހު ފެނުނު އެންމެ އަދުލުވެރި ވެރިޔާގެ ބައެއް ވާހަކަތަކެވެ. އެދުވަސްވަރުގެ މުސްލިމުންގެ ހާލަތަކީ މިއަދު މުސްލިމުންގެ ހުވަފެނެވެ. އެ އަދުލުވެރިކަމަކީ މިއަދު ހިޔާލީ ވާހަކައެއްގައި ނޫނީ ނުފެންނާނެ އެއްޗެކެވެ. އާދެ! އުމަރު ބުން އަބްދުލް އަޒީޒު (رحمه ) ގެ ހަޔާތުން ބައެއް ސަފުހާތަކެވެ.
Friday, September 5, 2014

ދުވަސްވަރަކީ ހުލަފާ ރާޝިދުންގެ ދެވަނަ ޚަލީފާ އުމަރު ބުން ހައްތާބުގެ ހަލީފާކަމުގެ ދުވަސްވަރެވެ. އެކަލޭގެފާނަކީ، އެކަލޭގެފާނު ހިލާފަތާއި ހަވާލުވުމަށްފަހު ވަރަށް ގިނައިން ރޭގަނޑު ވަގުތުގައި މީސްތަކުންގެ ހާލު ބައްލަވައި އެބައިމީހުނަށް ބޭނުންވާ ކަންކަން ފުއްދަވައި ދެއްވަން ނުކުމެވަޑައިގެން މަގުމަތީގައި ހިންގަވާ އުޅުއްވި މާތް ސަހާބީއެވެ. މިހެން ނުކުތް އެއްރެއެވެ...

އެކަލޭގެފާނާއިއެކު އެރޭ ހާދިމަކުވެސް ވިއެވެ. މިހެން ހިނގަވަމުން ގޮސް އެދެބޭކަލުން ވަރުބަލިވުމުން ގެއެއްގެ ކައިރީ ވަރުބަލި ފިލުވައިލާން މަޑުކޮއްލިއެވެ. އެވަގުތު އެދެބޭކަލުންނަށްވެސް އެގޭތެރެއިން މުސްކުޅި އަންހެނަކު ދައްކަމުން ދިޔަ ވާހަކަ ވަރަށް ރަނގަޅަށް ސާފުކޮއް އިވިވަޑައިގަތެވެ. އެއިރު އެ މުސްކުޅި އަންހެންމީހާ ދިޔައީ އޭނާގެ އަންހެންދަރިފުޅަށް އޭގެ އަނެއްދުވަހު ވިއްކަން ބަހައްޓާފައި ހުރި ކިރު އެއްޗަށް ފެންއެޅުމަށް އަމުރުކުރަމުންނެވެ. އެވަގުތު އެ އަންހެން ދަރިފުޅު އެކަމާ އިންކާރު ކުރިއެވެ. އަދި ބުންޏެވެ. 
Wednesday, July 16, 2014


އަޙުމަދުގެފާނުންގެ އެހެން ރިވާޔަތެއްގައިވަނީ އެއީ ފާކިހާ ބިން މުޣީރާގެ އަޅު އަންހެން ކުއްޖެއްކަމުގައިވާ ސައްމާމާއެވެ ކިޔުނު އަންހެނަކުކަމުގައެވެ. އޭނާ އައިސް ޢާއިޝަތުގެފާނުންގެ އަރިހުގައި މިދެންނެވި ސުވާލު ދެންނެވިއެވެ. (އަޙްމަދު 6:217)
ސޫރަތުލް ބަޤަރާގެ 258 ވަނަ އާޔަތުގައި އައިސްފައިވާގޮތުން އިބުރާހީމްގެފާނު އަލިފާނަށް އެއްލައިލި ނަމްރޫދަކީ ކަލެއްކަމަށް އަމިއްލައަށް ދަޢިުވާކޮށްގެން އުޅޭ މީހެކެވެ. މުފައްސިރުންނާއި ތާރީޚް ޢިލްމުވެރިން ވިދާޅުވާގޮތުގައި އެއީ ބާބިލްގެ ރަސްކަލެކެވެ. ނަމަކީ ނިމްރޫދެވެ. މިއީ މުޖާހިދު ވިދާޅުވާގޮތެވެ. 

މުޖާހިދުއާއި އެހެނިހެން ޢިލްމުވެރިން ވިދާޅުވިއެވެ. އެއީ އެޒަމާނުގެ ރަސްގެފާނެވެ. މުޅި ދުނިޔެއަށް ޢަމުރު ހިންގެވި ހަތަރު ރަސްކަލަކު އުޅުނެވެ. އެއީ ﷲއަށް އީމާންވި ދެމީހަކާއި ކާފިރު ދެމީހެކެވެ. އީމާންވީ ދެރަސްކަލަކީ ޛުލް ޤަރުނައިނިއާއި ސުލައިމާންގެފާނެވެ. އަދި ކާފަރު ދެރަސްކަލަކީ ނިމްރޫދު އާއި ބުޚްޠުނަސްރެވެ.

ބުނެވޭގޮތުގައި ނިމްރޫދު ހަތަރުސަތޭކަ އަހަރު ވެރިކަންކުރިއެވެ. އޭނާއަކީ ބޮޑައި، ހަނގުރާމަވެރި، މުދާވެރި، ކިބުރުވެރި ރަސްކަލެކެވެ. އިބްރާހީމްގެފާނު އޭނާއަށް ކަލާންގެ ރަސްކަންފުޅަށް ކިޔަމަންގަތުމަށް އެންގެވުމުން އޭނާ ކަލަކު ވާކަމަށް އިންކާރުކޮށްގަތެވެ. އެއިގެ ބަދަލުގައި ތިމަންނާއީ ކަލާންގެކަމުގައި ދަޢުވާ އުފުލިއެވެ. އިބްރާހީމްގެފާނު ވިދާޅުވިއެވެ: "ތިމަންކަލޭގެފާނުގް އިލާހަކީ މަރުގަންނަވާ ދިރުންދެއްވާ އިލާހެވެ" އޭނާ ބުންޏެވެ: "އަހަރެންވެސް މަރުގަންނަވާ ދިރުއްވަމެވެ."

Monday, July 7, 2014


އިބުނު އަސާކިރު ޢިކްރިމާގެ އަރިހުން ރިވާކުރެއްވިއެވެ. އިބުރާހީމްގެފާނަށް ވަނަމެއްގެގޮތުގައި އަބޫ ޟިފާން އެވެ ކިޔުނެވެ. އެކަލޭގެފާނުންގެ ބައްޕާފުޅު ތާރިޙް އަށް ހަތްދިހަ ފަސް އަހަރުވުމުން އިބުރާހީމްގެފާނާއި، އެކަލޭގެފާނުންގެ ދެއަޚުންކަމުގައިވާ ނާހޫރު އާއި ޙަރާން ލިބިވަޑައިގަތެވެ. ޙަރާންއަށް ލޫތެވެ ކިޔުނު ދަރިކަލަކު ލިބުނެވެ. އެއީ ފަހުން އަދި ނަބިއްޔެއްކަމުގައި ފޮނުއްވާނޭ ބެއިކަލެކެވެ. 

އަދި ބުނެވޭގޮތުގައި އިބުރާހީމްގެފާނުންނަކީ އެކަލޭގެފާނުންގެ ބައްޕާގެ ދެވަނަ ދަރިކަލުންނެވެ. މުއައްރިޚުންގެ ތެރެއިން މަޝްހޫރު ޢިލްމުވެރިޔާ އިބުނު އަސާކިރު ވިދާޅުވެފައިވާ ގޮތުގައި އިބުރާހީމްގެފާނު އުފަންވެވަޑައިގަތީ ބާބިލްގައެވެ.

މުއައްރިޚުން އަދި ވިދާޅުވެއެވެ. އިބުރާހީމްގެފާނުން ސާރާއެވެ ކިޔުނު ބޭކަނބަލަކާއި ކައިވެނި ބައްލަވައިގަތެވެ. އެކަމަނާއަކީ ދަރިމައިނުވާ އަންހެންބެއިކަނބަލެކެވެ. 

ކީރިތި ޤުރުއާނުގައި އިބުރާހީމްގެފާނުގެ ވާހަކަ އެތައްތަނެއްގައި އައިސްފައިވެއެވެ. އެއިގެތެރެއިން އަންބިޔާ ސޫރަތުގައާއި، ޢަންކަބޫތު ސޫރަތުގެ 16 އިން 27 ގައި އަންގަވާފައިވެއެވެ. 

އިބުރާހީމްގެފާނުގެ ފުރަތަމަ ދީނަށް ގޮވައިލެއްވީ އެކަލޭގެފާނުންގެ ބައްޕާއަށް ކަމުގައިވެއެވެ. މާތް ﷲ ވަޙީކުރައްވަނީ މިފަދައިންނެވެ.
 
Saturday, July 5, 2014


އެބައިމީހުންގެ ހަނގުރާމައިގެ ވާހަކަތަކުން އައިސްފައިވެއެވެ. ބޮޑުވެގެންވާ ޚަބަރަކައިގެން އެއްދުވަހަކު އައި މީހަކު އެބައިމީހުންގެ ވެރިޔާ، އަމީރުގެ ކަންފަތްޕުޅުގައި ސިއްރެއް ބުންޏެވެ: ޤުސްތަންތީނިއްޔާގެ ވެރިޔާއަށް ކަލޭގެފާނުންގެ ލަޝްކަރީންގެ ވާހަކަ އިވި، ކަލޭގެފާނުންގެ ލަޝްކަރީން ފަނާކޮށްލުމަށްޓަކައި 600 ހާސް ލަޝްކަރީން ގޮވައިގެން އެބައާދެއެވެ. 

ﷲ ގަންދީ ބުނަމެވެ. އެހާ ގިނަ ޢަދަދެއް އެމީހުން ބޭނުންވި ސަބަބަކީ ﷲގެ ދީންދެކި އެމީހުން އެގަންނަ ބިރަކާއި އެހިތްތަކުގައިވާ ފިނޑިކަމެވެ. 

އަމީރު އަރްސަލާންއަށް މިކުއްލި ޚަބަރު އިވިވަޑައިގަތުމުން އެކަލޭގެފާނުގެ 15 ހާސް ލަޝްކަރީންގެ މޫނުތަކަށް ކާމިޔާބީގެ އުއްމީދު ވަރަށްވެސް ކުޑަކަމާއެކު ވަކިވަކީން ބައްލަވައިލެއްވިއެވެ. ބައެއް މުޖާހިދުން އެއިރުވެސް ފާރުތަކުގައި ބޭސް އަޅަނީއެވެ. އަނެއްބައި ޖިހާދީން ޝަހީދުނުވުމުގެ ހިތާމަކުރަނީއެވެ. މިމަންޒަރުގައި ވަނިކޮށް ރަސޫލުﷲ ގެފާނުންގެ ޙަދީޘްބަސްފުޅެއް ހަނދާންވެ، ހިތްވަރުގަދަކޮށް ތެދުވެ ގޮވައިލިއެވެ.
 
Friday, July 4, 2014


يَخَافُونَ رَ‌بَّهُم مِّن فَوْقِهِمْ وَيَفْعَلُونَ مَا يُؤْمَرُ‌ونَ ۩ ﴿٥٠
އެބޭކަލުންގެ މައްޗަށް، މަތިވެރިވެވޮޑިގެންވާ، އެބޭކަލުންގެ ވެރިރަސްކަލާނގެއަށް، އެބޭކަލުން ބިރުވެތިވެތެވެ. އަދި އެބޭކަލުންނަށް أمر ކުރައްވާ ކަންތައް، އެބޭކަލުން ކުރައްވަތެވެ. ސޫރަތުއް ނަޙުލު: 
50
ރަސޫލުﷲ ގެފާނު ޙަދީޘްކުރެއްވިއެވެ: ހަމަކަށަވަރުން، ﷲ ތަޢާލާ(ގެ ކޯފާއަށް ބިރުފުޅުން) ތުރުތުރުއަޅާ މަލާއިކަތުންވެއެވެ.

(އަލް އިމާމް ބައިޙަޤީ އެކަލޭގެފާނުންގެ އައް ޝުޢަބު 914 ގައި، އަދި އަލް ޚަޠީބު އެކަލޭގެފާނުންގެ ތާރީޚުލް ބަޣުދާދުގެ 12/307 ގައި)

އަދި ޖާބިރުގެފާނުން ރިވާކުރެއްވިއެވެ: ރަސޫލުﷲ ގެފާނު ޙަދީޘްކުރެއްވިއެވެ: ތިމަންކަލޭގެފާނުން މިޢުރާޖު ކުރެވުނު ރެއިގައި ﷲ ތަޢާލާއަށް ބިރުފުޅުން ވިނދިވިނދިފައިވާ ފޮތިގަނޑެއްގެ ގޮތުގައި ޖިބްރީލްގެފާނު ދެކިވަޑައިގަތީމެވެ. (އިމާމް އަޙުމަދުގެ މުސްނަދު: 25 – 26/4)


ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ: "ތިމަން ކަމަނާއެށް ﷲގެ ރަސޫލާ ، އެކަލޭގެފާނުންގެ ކޮލުގެ ދަތްޕިލާ ފެންނަވަރަށް ހިނިފުޅުވަޑުވާ މަންޒަރު ދުވަހަކުވެސް ނުދެކެމެވެ. އެހެނަސް އެކަލޭގެފާނުން ހިނިތުންވެވަޑައިގަންނަވަތެވެ. އަދި އެކަލޭގެފާނުންނަށް ވައި ނުވަތަ ވިލާގަނޑެއް ފެނިއްޖެނަމަ ކަންބޮޑުވުމުގެ އަލާމާތް އެކަލޭގެފާނުގެ މޫނުމަތިން ފާޅުވެއެވެ. ތިމަންކަމަނާ ވިދާޅުވީމުއެވެ: މީސްތަކުންނަށް ވިލާގަނޑު ފެނުމުން ހިތްހަމަޖެހެއެވެ. އަދި އެއިން ވާރޭ ވެހޭނެކަމުގެ އުއްމީދުގައި ހިތްތައް އުފާކުރެއެވެ. އެހެނަސް ކަލޭގެފާނުގެ މޫނުފުޅުމަތީގައި ނުތަނަވަސްކަން ވާތީނޫންގޮތަކަށް ބަލާމީހަކަށް ނުފެންނާނެއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ: އޭ ޢާއިޝާއެވެ! އެވިލާގަނޑުގެ ފަހަތުގައިވަނީ ﷲ ތަޢާލާގެ ކޯފާ ނޫންކަމުގެ ގެރެންޓީއެއް ތިމަންކަލޭގެފާނުންނަށް ވޭހެއްޔެވެ؟ އެހެނީ (މީގެކުރީގެ) މީސްތަކުންގެ ބަޔަކު ވަނީ ގަދަވައިން ކޯފާލެއްވިފައެވެ. ހަމަ ކަށަވަރުން ބައެއްމީހުން ﷲގެ ކޯފާ (ގެ ވިލާ ) ފެނި އެއާއިމެދު އުފާކުރަމުން ބުނެތެވެ: 'މިއީ ތިމަންނާމެނަށް ފެންލިބެން އަންނަ ވިލާގަނޑެކެވެ'."

ބުޚާރީ: 4454، މުސްލިމް: 1497

އަދި އެކަލޭގެފާނުން ނަމާދު ކުރައްވަނީނަމަ، އެކަލޭގެފާނުގެ މެއިގެ ތެރެއިން ބިރުން ފުރިގެންވާޙާލު ކީރިތިކުރެއްވުމުގެ ތެރެއިން އަޑުފަށް ކިޔާލަ ކިޔާލާ ހުރެއެވެ.

އަބޫ ދާއޫދު: 769، އައް ނަސާޢީ: 1199

Monday, June 30, 2014

ޞައްޙަ ރިވާޔަތުން ޢައްބާސުއްދޫރީ ނަޤުލުކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންގެ އަވައްޓެރިއެއްކަމުގައިވާ ޢަލީ ބުނު ޙަޒާރާ ވިދާޅުވިއެވެ.

އެއްފަހަރެއްގައި ތިމަންގެ މަންމަ ވަރަށްބޮޑަށް ބަލިވިއެވެ. އަދި ބަލި ބޮޑުވަމުންގޮސް އައްސިބައްޔަށް ބަލި ބަދަލުވެ، އެންމެ ފަހުން މަންމަގެ އުނަގަނޑުން ތިރި ވައުވެއްޖެއެވެ. މިގޮތަށް މަންމަ ނުހިނގި އޮންނަތާ ވިހި އަހަރުވެއްޖެއެވެ. އެއްދުވަހަކު މަންމަ ތިމަންނަ ގާތުގައި ބުންޏެވެ.

ދަރިފުޅާއެވެ. ނިކަން ކޫފާގައި އެއުޅުއްވާ ޝައިޚު (އެބަހީ އިމާމު އަޙުމަދު ބުން ޙަންބަލް) ގެ އަރިހަށްގޮސް މަންމައަށްޓަކައި، މިބަލިން ޝިފާދެއްވާތޯ ﷲއަށް ދުޢާ ކޮށްދެއްވުމަށް ދަންނަވާ ބަލާށެވެ.

މަންމަގެ އެދުމާއެއްގޮތަށް އަހަރެން ދިޖްލާ ކޯރު ހުރަސްކޮށްފައް އިމާމު އަޙްމަދުގެ އަރިހަށް ދިޔައީމެވެ. އަދި އެގެޔަށްގޮސް ދޮރުގައި ޓަކިދިނީމެވެ. އެއިރު އެކަލޭގެފާނު އިންނެވީ ބޭރު ފެންޑާގައެވެ.

އެކަލޭގެފާނު: ކާކުތޯ؟

އަހުރެން: އަބޫ ޢަބުދުﷲ. އަޅުގަނޑަކީ ކަލޭގެފާނުންގެ އަޚެއް (މާނައަކީ އިސްލާމްކަމުގެ ގޮތުން އަޚެކެވެ.)

އެކަލޭގެފާނު: ކޮން ބޭނުމަކުތަ އައީ؟

އަހުރެން: އަޅުގަނޑުގެ މަންމަ އުޅެނީ ވަރަށް ބޮޑަށް ބަލިވެ، އުނަގަނޑުންތިރި ވަނީ ވާވެފައި. މަންމަ ކަލޭގެފާނުންގެ އަރިހުން އެދެނީ ﷲގެ ޙަޟްރަތުގައި މަންމައަށްޓަކައި ދުޢާކޮށްދެއްވުމަށް.

Friday, June 27, 2014


ޙާޝިދު އިބްނު އިސްމާޢީލް ވިދާޅުވެފައިވެއެވެ. އަބޫ ޢަބްދުﷲ މުޙައްމަދު ބުން އިސްމާޢީލް، އާދެ އިމާމު ބުޚާރީ، ބަޞަރާގެ ޝައިޚުންގެ އަރިހުން ޢިލްމު ހޯއްދަވަމުން ގެންދެވިއިރު އެކަލޭގެފާނުން އުޅުއްވީ ތިމަންމެނާއި ވަރަށް ތަފާތު ގޮތަކަށެވެ. އެއިރު އެކަލޭގެފާނު ވަރަށް ތުއްޕުޅެވެ. ކިޔަވަމުންދާ ހުރިހާ އެއްޗެއް ތިމަންމެން ދިޔައީ ލިޔަމުންނެވެ. އެކަލޭގެފާނުން އެއްވެސް އެއްޗެއް ނުލިޔުއްވަތެވެ. މިހެންގޮސް އެތަކެއް ދުވަސް ފާއިތުވެ ދިޔުމަށްފަހު ތިމަންމެން އެކަލޭގެފާނުންގެ އަރިހުން ދެންނެވީމެވެ.

އަޅުގަނޑުމެން ހުރިހާ އެއްޗެއް ލިޔަމުންދާއިރު ކަލޭގެފާނު އެކައްޗެއްވެސް ނުލިޔުއްވާ، ކިޔަވާ ވިދާޅުވުން މާތަފާތު ގޮތަކަށް ތިޔަގެންދަވަނީ ކީއްވެގެންތޯއެވެ؟ އެހެންނާ ކަލޭގެފާނުން ޢިލްމުވެރިންގެ އަރިހަށް ވަޑައިގެން އަޑުއައްސަވާވެސް އެބަ ހައްދަވަމުއެވެ. ތިމަންމެން އެތަކެއްފަހަރު މަތީން މިގޮތަށް ސުވާލުކުރީމެވެ. އެކަލޭގެފާނުން ވަކި ޖަވާބެއް ނުދެއްވަތެވެ.
 


ލުޤުމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ވިދާޅުވިއެވެ. ދަރިފުޅާއެވެ. ނުވިސްނޭ ޖާހިލުންނާއި ވާދަވެރިވެ، މަޖްލިސްތަކާއި ބައްދަލުވުންތަކުގައި ޖަދަލުކުރާ އެއްޗެއްގެގޮތުގައި ޢިލްމު ނުއުނގެނޭށެވެ. ޢިލްމުވެރިންގެ މައްޗަށް ބޮޑާވެގަނެ އެއުރެންގެ ފަތިފުށް ބަޔާންކުރަން ނޫޅޭށެވެ. އަދި ހަމައެހެންމެ އެއިން ރައްކާތެރިވެ ދުރުހެލިވާ އެއްޗެއްކަމުގައިވެސް ޢިލްމު ނުހަދާށެވެ.

ދަރިފުޅާއެވެ. ބަޔަކު ﷲ ހަނދުމަކުޅައުމުގައި އުޅޭނަމަ އެމީހުންނާއި ބައިވެރިވާށެވެ. ކަލެޔަކީ ދަންނަމީހެއްނަމަ، އެތަނުން ފައިދާކުރާނެއެވެ. އަދި ކަލޭ ނުދަންނަނަމަ ކަލޭގެ ޢިލްމު އިތުރުކޮށްދޭނެއެވެ. ﷲ އެމީހުންގެ މައްޗަށް އެއިލާހުގެ ރަޙްމަތް ބާވައިލައްވައިފި ކަމުގައި ވަނީނަމަ ކަލޭވެސް އެމީހުންނާއެކު އެރަޙްމަތުގެ ވާރެިން ނުތެމި ނުދާނެއެވެ.

އޭދަރިފުޅާއެވެ. ﷲއަށް ޛިކުރުކުރުމާއި ދުރުހެލިވެ އުޅޭބަޔަކާ ދިމާވެއްޖެނަމަ، އެބަޔަކާއި ބައިވެރި ނުވާށެވެ. އެއިރުން ކަލެޔަކީ ދަންނަމީހެއްނަމަ، ކަލޭގެ ޢިލްމުން ފައިދާކުރާނެއެވެ. އަދި ކަލެޔަކީ ނުދަންނަ މީހަކުނަމަ، ކަލޭގެ ނުދަތުން އޭގައި އިތުރުވާނެއެވެ. އަދި އެބައެއްގެމައްޗަށް ﷲގެ ޙަޟްރަތުން ކޯފާއެއް އައިކަމުގައި ވަނީނަމަ އެމީހުންނާއެކު އެކޯފާގައި ދަރިފުޅުވެސް ބައިވެރިނުވެ ނުދާނެއެވެ.

ރެފަރެންސް: ކިތާބުއް ޛުހުދު ވައްރިޤާއިޤު

Thursday, June 26, 2014

ޢަބުދުﷲ ބިން އަބޫ މޫސާ އައްތުސްތަރީ ވިދާޅުވެފައިވެއެވެ. ތިމަން އިސްލާމްވުމަށްފަހު ތިމަންނައަށް ބެއިކަލަކު ދެއްވި ނަޞޭޙަތެއްގައި ވެއެވެ. އުޅޭ ކޮންމެ ތަނެއްގައިވެސް ފިޤުހުވެރިއަކާއެކު އުޅެވޭތޯ ބަލާށެވެ. އެހެންކަމުން އަހުރެން އެގޮތަށް އުޅެވޭތޯ ބެލީމެވެ.
އެއްފަހަރަކު އަހުރެން ބެއިރޫތަށް ދިޔައީމެވެ. އެރަށުން އަހުރެން ދިޔައީ އިމާމު އައުޒާޢީގެ އަރިހަށެވެ. އަދި އެކަލޭގެފާނުންގެ ކިބައިން އެކަލޭގެފާނުންގެ ޚިދުމަތުގައި އުޅުއްވުމަށް ފުރުސަތު ދެއްވުމަށް ހުއްދައަށް އެދި ވަޑައިގަތީމެވެ. އެކަލޭގެފާނުން އަހުރެންގެ ޙާލު އަހުވާލު އެއްސެވިއެވެ. އަހަރެން އަހަރެންގެ އެންމެހާ މައުލޫމާތެއް އެރުވީމެވެ. އަދި އަހަރެންނަކީ ކުރީގައި މަޖޫސީއެއްކަމާއި މިހާރު އުޅެނީ އިސްލާމްވެގެން ކަންވެސް ހާމަކުރީމެވެ.

އެކަލޭގެފާނު: ބައްޕަ ދުނިޔޭގައި އެބަހުރިހެއްޔެވެ؟

އަހުރެން: އާދޭހެވެ! ބައްޕަ އުޅެނީ ޢިރާޤުގައެވެ. އޭނައަކީ އަދި މަޖޫސީއެކެވެ.
 
Monday, June 2, 2014


ވަހްބް ވިދާޅުވިއެވެ: "ސަލާމްލެއްވި އާދަމްގެފާނުން ސުވަރުގެއަށްޓަކައި 300 އަހަރު ކީރިތިކުރެއްވިއެވެ. އަދި އެކަލޭގެފާނުންނަށް އެކުރެވުނު ކުށަށްފަހު އެކަލޭގެފާނުންގެ ބޯ އުޑާއި ދިމާއަށް އުފުލައިނުލާ ކަމުގައި ވެއެވެ."

އަދި ވުހައިބު ބިން ޢަބްދުލް ވަރްދު ވިދާޅުވިއެވެ: "ﷲ ތަޢާލާ ނޫހުގެފާނަށް އެކަލޭގެފާނުންގެ ދަރިކަލުންނާއިމެދު " އެކަލާނގެ وحى ކުރެއްވިއެވެ. އޭ نوح ގެފާނެވެ! ހަމަކަށަވަރުން، އެ ދަރިކަލުން، ކަލޭގެފާނުގެ أهل ވެރިންގެ ތެރެޔަކުން ނުވެއެވެ. ހަމަކަށަވަރުން، އެ ދަރިކަލުންގެ عمل އަކީ، ރަނގަޅުނޫން عمل އެކެވެ. ފަހެ، ކަލޭގެފާނަށް އެކަމަކާމެދު، އެނގުމެއްނުވާ ކަންތަކަށްއެދި، ތިމަންރަސްކަލާނގެ حضرة އަށް ނުދަންނަވާށެވެ! ހަމަކަށަވަރުން، جاهل ންގެ ތެރެއިން ކަލޭގެފާނު ވެދާނެތީ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް نصيحة ތެރިވެވޮޑިގެންވަމެވެ. "  (ހޫދު: 46) މިހެން ވަޙީކުރެއްވުމައްފަހު 300 އަހަރު އެކަލޭގެފާނުން ކީރިތިކުރެއްވިއެވެ. އަދި އެކަލޭގެފާނުންގެ ލޮލުގެ ދަށުން ކޯތާފަތުގެ ހަންގަޑުން ކަރުނައިގެ ރޮނގު ފާހަގަވާކަމުގައި ވެއެވެ."

އަބޫދާއޫދު އައް ސިޖިސްތާނީއާއިމެދު ބަޔާންވެގެންވެއެވެ. އެކަލޭގެފާނުން އެއްފަހަރަކު ބޯޓެއްގެ މަތީގައި ވިއެވެ. އަދި އެކަލޭގެފާނުންނަށް ރަށެއްގެ އައްސޭރީގައިވާ މީހަކު ކިބިއްސެއް އަޅައި ﷲ އަށް ޙަމްދު ކުރިއަޑު އިވިވަޑައިގަތެވެ. 

ދެން އެކަލޭގެފާނުން އެއޮޑިން ކުޑަ ފައްތިޔަލެއްފާޑު އެއްޗެއް އެއް ދިރުހަމަށް ކުއްޔަށް ނަންގަވައި އޭގައި ޖައްސަވައި އެއްގަމާއި ހަމަޔަށް ވަޑައިގެން އެމީހާއަށް ޖަވާބުދެއްވައި "ޔަރުޙަމުކުއްﷲ" (ﷲ ތިބާއަށް ރަޙުމަތް ލައްވާންދޭވެ) މިހެން ވިދާޅުވެފައި އަނބުރައި ބޯޓަށް ވަޑައިގެންނެވިއެވެ. 

އިމާމް އަބޫދާއޫދާއިމެދު އެކަމާއި ސުވާލު ދެންނެވުމުން ވިދާޅުވިއެވެ:

ފަހަރުގައި އެ ކިބިހި އެޅިމީހާއަކީ އެމީހެއްގެ ދުޢާ ﷲގެ ޙަޟްރަތުގައި އިޖާބަކުރެވޭ މީހަކުކަމުގައިވުން އެކަށީގެންވެއެވެ.






"...އޭ ﷲ ދެކި ލޯބިވާ އެންމެހާ އަޅުތަކުންނޭވެއެވެ! އަހަރެމެންގެ ހުރިހާ ޢަމަލަކީ ޚާލިޞްކޮށް ﷲ އަށް ކުރެވޭ ކަންކަމުގައި ހަދަމާތޯއެވެ. އަޑުއައްސަވާށެވެ:

'އެފްރިކާގެ ޤައުމުތަކުގެ ތެރެއިން ޤައުމެއްގައި މުސްލިމުންގެ އަސްވާރުން ބައިޒަންޓައިންގެ ކާފަރުންނާއި ހަނގުރާމަކުރެވެމުންދަނީއެވެ. ބައިޒަންޓައިންގެ މީހުންގެ ޢަދަދު މުސްލިމުންގެ މައްޗަށް ދިހަގުނަ ނުވަތަ އެއަށްވުރެ އިތުރުވެގެން ވެއެވެ. ބައިޒަންޓައިންގެ ލަޝްކަރުގެ ކޮމާންޑަރަކަށްހުރީ ގުރެގޮރިސް ނަމަކަށް ކިޔުނު މީހެކެވެ. އޭނާގެ އެއްފަރާތުގައި އޭނާގެ އަންހެން ދަރި ހުއްޓެވެ.

ގުރިގޮރިސްގެ އަންހެންދަރި ބުންޏެވެ: "އޭ ބައްޕާއެވެ! މިތިބީ އަތްގޮއްޓެއްހާ މީސްކޮޅެކެވެ. ގާތްގަނޑަކަށް ފަނަރަ ހާހަކަށްވުރެވެސް ގިނައެއްނުވާނެއެވެ."

އޭނާ އެއަންހެން ދަރި ކަމަނާއަށް ޖަވާބުދިނެވެ: "އެހެންވިޔަސް މިއީ ޢަރަބި އަސްވާރުންނެވެ."

އެކަމަނާ ވިދާޅުވިއެވެ: "ބައްޕާއެވެ. އެމީހުންގެ މުދާ ތިމަންނާއާއި ހަވާލުކުރާށެވެ."

އިބުނުލް ޢަރަބީ އަލް މާލިކީ ވިދާޅުވިއެވެ: 'ތިމަންކަލޭގެފާނުން އެއްފަހަރަކު ޝައިޚް އަބޫބަކުރު އަލް ފިހްރީ އާއި މުހައްރާސް އިބުނު އައް ޝައްވާޢު އަށް އައް ޘަގުރުއަށް ވަޑައިގަތުމަށް ދައުވަތު އެރުވީމެވެ. އަބޫބަކުރަކީ ރަސޫލުﷲ ގެފާނުންގެ ސުންނަތަށް ތަބާވުމުގައި އަރާހުންނެވި ޝައިޚެކެވެ. އެކަލޭގެފާނުން ޘަގުރަށް، ތިމަންކަލޭގެފާނުން ކިޔަވައިދެއްވާ ރަށަށް، ވަޑައިގަތެވެ.

ޝައިޚް މިސްކިތަށް ވަދެވަޑައިގެން ފުރަތަމަ ސަފަށް އަރާ ވަޑައިގެންނެވިއެވެ. އެއިރު ތިމަން ހުރީ މިސްކިތުގެ އެތެރޭ ދޮރާއްޓެއްކައިރީގައި މޫދަށް ބަލަހައްޓައިގެންނެވެ. ހަމަ އެސަފުގައި ނަވުގެ ކައްޕި އަބޫ ޘަމްނާއާއި ނައިބު ކައްޕިއާއި އަދި ފަޅުވެރިންގެ ބަޔަކުވެސް އިމާމާ ތެދުވެ ނަމާދަށް ފަށާނެ ވަގުތަކަށް އިންތިޒާރީގައި ތިއްބެވެ.

އަބޫބަކުރު ޝައިޚް އެކަލޭގެފާނުންގެ ސުންނަތް ނަމާދުގައި ރުކޫޢަށް ދާހިނދުގައްޔާއި އަދި ތެދުވާހިނދު ދެއަތް ދެކޮނޑާއި ހަމަޔަށް އުފުލަތެވެ. އެތަންފެނި އަބޫ ޘަމްނާ އޭނާގެ އެކުވެރިންކުރެ އެހިއެވެ. ކަލޭމެންނަށް މިމީހާ މިކުރާކަމެއް އެބަފެނޭހެއްޔެވެ؟ އޭނާ މަރާ މޫދަށް އެއްލާލާށެވެ. އަދި އެކަން ކުރިކަން އެހެންމީހަކަށް ނާންގާށެވެ.'. މިއަޑަށް ތިމަން ރުޅިއަރައިގެން ތެދުވެ ސުބުހާނަﷲއޭ، އެއީ ދުނިޔޭގައި މިވަގުތަށް ދިރިހުންނެވި އެންމެ ބޮޑު އެއް ފިޤުހުވެރިއާއޭ އެހެންނުހަދާށޭ ކިޔައިގަތީމެވެ.
އެމީހުން ބުންޏެވެ: ދެން އޭނާ އަތް ނަގާ ކޮނޑާއި ހަމަޔަށް އުފުލަނީ އެއީ ކޮންކަމެއްހެއްޔެވެ؟
Thursday, May 1, 2014


މި މީހާގެ ގޭ ކައިރީގައި އުޅޭ އަންހެން ކުއްޖަކާމެދު މި މީހާގެ ހިތުގައި ލޯބި އުފެދިއްޖެއެވެ. ނަމަވެސް ރަނގަޅު ތަންވަޅެއް ނުލިބި މިހެން ހުއްޓާ އެއްދުވަހަކު އެ ކުއްޖާގެ މައިން ބަފައިން އެ ކުއްޖާ އެހެން ސަރަހައްދަކަށް ވިޔަފާރީގެ ކަމެއްގައި ފޮނުވައިފި އެވެ. މި ކަން މި މީހާ އަށް ވެސް ކޮންމެވެސް ގޮތަކުން އިނގިއްޖެ އެވެ. އެހެން ކަމުން ފާރަލަމުން އެކަނި ވެރި ހިސާބަކަށް މި އަނހެންކުއްޖާ ދެވުމުން މި މީހާ ހުރިކަން އެ ކުއްޖާ އަށް އެނގޭނެ ގޮތެއް ހަދައިފި އެވެ. އަދި ގާތަށް އައިސް ކޮންމެސް ކަމެއް ވެސް ކުރެވޭތޯ އުޅުނެވެ. ނަމަވެސް މިހިސާބަށް ކަންތައް ދިޔުމުން އެ އަންހެން ކުއްޖާ ބުންޏެވެ: "ތިބާ އަހުރެން ދެކި ލޯބި ވާ ވަރަށް ވުރެން އަހުރެން ތިބާ ދެކި މާ ލޯބި ވަމެވެ. ނަމަވެސް ﷲ ގެ ޙަޡްރަތަށް އަހުރެން ބިރު ގަނެއެވެ"

މި ވާހަކަ އަޑުއިވިފައި މި މީހާ ހުރިތަނަށް ގަނޑުވެއްޖެ އެވެ. އަދި ހިތަށް އެރި އެވެ. "ތިބާ ﷲ އަށް ބިރު ވެތި ވީ އިރު އަހުރެންނަކަށެށް ނުވެވުނެވެ" ހަމަ އެވަގުތު އެ ތަނުން ދުވެ ދުރަށް ގޮސް އޭނާގެ ނިޔަތް ނުބައި ކަމުގެ މައްޗަށް ވަރަށް ރޮއެ ހިތާމަކޮށް، ވަރަށް އިޚްލާސް ތެރި ވަރުގަދަ ތަޢުބާ އަކުން ތައުބާ ވިއެވެ.

އެޔަށް ފަހު ގެޔަށް ދިޔަ މަގު މަތީ އޭނަ ވަރަށް ބޮޑަށް ފެނަށް ބޭނުން ވެ ފެންބޮވައިގެންފި އެވެ. މިހެން އުޅެނިކޮށް  ދިމާވީ ބަނީއިސްރާއީލުންގެ މައްޗަށް ފޮނުއްވެވި ނަބީ އަކާއެވެ. އެ ނަބީ ކަލޭގެފާނުން ނަށް މި މީހާގެ މޫނު މަތިން ވަރަށް ބޮޑު ކަމެއްގެ އަސަރު ފެންނާތީވެ ވީކީއްތޯ ސުވާލު ކުރެއްވެވި އެވެ. އެ މީހާ ތިމަން މި ވަނީ އިންތިހާ ޔަށް ފެނަށް ބޭނުންވެފައޭ ބުންޏެވެ.

Saturday, April 5, 2014



ސުނަނު އައް ދާރިމީގައި އަބޫ ހުރައިރާގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ:

އަބޫ ބަކުރުގެފާނާއި ޢަލީގެފާނުން އެއްފަހަރަކު ރަސޫލުﷲ ގެފާނުންގެ ގެކޮޅުގެ ދޮރުކޮޅާއި ހަމަޔަށް ވަޑައިގަތެވެ. ދެން އަބޫބަކުރުގެފާނުން ޢަލީގެފާނުންނަށް ވިދާޅުވިއެވެ:
"އޭ ޢަލީގެފާނެވެ! ކަލޭގެފާނުން ކުރިން ވަޑައިގަންނަވާށެވެ"

ޢަލީގެފާނު ވިދާޅުވިއެވެ: "ނޫނެކެވެ! ކަލޭގެފާނުން ކުރިން ވަޑައިގަންނަވާށެވެ." އަދި ވިދާޅުވިއެވެ: "ތިމަންކަލޭގެފާނުންނަށް އެބޭކަލަކާއިމެދު ﷲގެ ރަސޫލާ 'މީސްތަކުންކުރެ އެއަށްވުރެ ރަނގަޅު މީހެއްގެ މައްޗަށް އިރުއަރާ އޮއްސޭނެ ދެވަނަ އެހެންމީހަކު އަބޫބަކުރުގެފާނުން ފިޔަވައި ނުވެއެވެ' މިހެން ޙަދީޘްކުރައްވާފައިވާ ބެއިކަލެއްގެ މައްޗަށް ތިމަންކަލޭގެފާނުންނަކަށް އިސްނުވެވޭނެއެވެ. 

އަބޫ ބަކުރުގެފާނު ވިދާޅުވިއެވެ: "ތިމަންކަލޭގެފާނުން ނަކަށްވެސް އެބެއިކަލަކާއިމެދު އިތުރު އެކަލޭގެފާނުން 'މީސްތަކުންކުރެ އެންމެ ރަގަޅު އަންހެނާ (ފާޠިމަތުގެފާނުން) ދެއްވުނީ އެންމެ ރަގަޅު ފިރިހެނާއަށެވެ' މިހެން ޙަދީޘްކުރައްވާފައިވާ ބެއިކަލެއްގެ އިސްނުވެވޭނެއެވެ."

Sunday, March 9, 2014

އެއްދުވަހަކު ވަރަށް ރަނގަޅު މީހަކާއި އޭނަގެ ހަޔާތުގެ އެންމެ މުހިއްމު ދުވަހާއި ބެހޭގޮތުން ސުވާލު ވެވުނެވެ. އެއީ އެދުވަހުން ފެށިގެން ދީނަށް އުޅެންފެށި ދުވަހާއި މެދުގައެވެ. އެމީހާގެ ޖަވާބުގައި ކިޔައިދިނެވެ:

"ތިމަންނަޔަކީ ޒުވާން އިރުގައި އެއްވެސް ކުށެއް ކޮށްލާކަށް ޖެހިލުމެއް ވާ މީހެއް ނޫނެވެ. މިހެން އުޅެނިކޮށް އެއްދުވަހަކު ވަރަށް ވެސް ރީތި އަންހެނަކާއި ތިމަންނަޔާއި ދިމާވިއެވެ. އޭނަގެ ފަރާތަށް ތިމަންގެ ހިތް ލެނބިގެން ދިޔަވަރުން އަހަރެންގެ ގާތަށް އައުމަށް އޭނަޔަށް ދައުވަތު ދިނީމެވެ. ނަމަވެސް އޭނާ ބިރުގަނެފައި ދެކޮޅުހާދާތީވެ ފައިސާގެ ލާލަޗުގައި އެކަން ވޭތޯ ބަލައިގެން އެކަން ވާގޮތް ވެއްޖެއެވެ. ނަމަވެސް އަހަރެން ގެ ކުރިމައްޗަށް އާދެވުމުން އޭނާ ބިރުން ތެޅެންފެށިއެވެ.

ތިމަން އެކަމާއި އޭނަ ގާތުގައި "ބިރު ނުގަންނާށޭ! އަހަރެން ކަލެޔަށް ގެއްލުމެއް ނުދޭނަމޭ" ބުނީމެވެ.

ނަމަވެސް އޭނަގެ އެ ބިރު ބޮޑުވަމުން ގޮސް ހައްތާ ގޯސް ވާހާއި ވިއެވެ. ދެން އެހާ ބިރު ގަންނަން ވީ ސަބަބެއް ބުނެދޭށޭ ބުނުމުން ކިޔަންފެށިއެވެ:



އެއް އިރެއްގަ ރަށެއް ގައި ސަލާމް ޖަހާ މީހަކު އުޅުނެވެ. އެ މީހާ އަކީ ޤަވާއިދުން ހުކުރު ދުވަހު މިސް ކިތް ކައިރީ ގައި ނަމާދަށް ފަހު އިންނަ މީހެކެވެ. މިހެން އިންނަ އިރު މީހުން ދޭ އެއްޗަކުން އުޅެނީ އެވެ. އެއީ މީހާގެ ބަލި ޙާލަތު ހުރިވަރުން ސަލާމް ޖެހުން ހުއްދަ ވާ ޙާލަތުގައި ވާ މީހެކެވެ. އެއީ ސަލާމް ޖަހާ މީހަކަށް ވިޔަސް ޚުތުބާ އަށް ވަރަށް ސަމާލު ކަން ދެ އެވެ. އޭގެ ތެރެއިން އެއްދުވަހަކު ޚުތުބާގައި ޙަލާލު ތަކެތި ކެއުމާއި މެދު ވާހަކަ ދެއްކި އެވެ. އެ ދުވަހު އެ މީހާ އަށް ދަސްވީ ޙަރާމް އެއްޗެއް ކައިގެން ހުރެ ކުރާ ދުޢާ އިޖާބަ ނުވާނެ ކަމެވެ. އެހެން ކަމުން އެޔަށް ފަހުން ދެން އޭނަ އެއްޗެއްގަ ހިފަނީ އެ އެއްޗެއް ދޭ މީހަކީ ޙަލާލު މުދާ ހޯދާ މީހެއްކަން ޔަޤީން ވާ މީހެއްގެ އަތުން ދޭ އެއްޗެކެވެ. އެކަން އެހާ އުނދަގޫ ކަމަކަށެއް އޭނާ އަކަށެށް ނުވެ އެވެ. ސަބަބަކީ އެއީ އެތަނާއި އެ މީހާ ރައްޓެހި ކަމުން އެތާ އުޅޭ މީހުން ފެނިދެނިވެ ވާތީ އެވެ.

މިކަންތަކުން ވަރަށް ބޮޑަށް އެ މީހާ އަށް ލިބޭ އެތިކޮޅު ކުރިޔަށް ވުރެން ވެސް މަދު ވެއްޖެ އެވެ. ނަމަވެސް ހަމަ އެގޮތުގައި ހިތްވަރު ކުރި އެވެ.

އެއަށް ފަހުން އެ މީހާ މަރުވި އެވެ. އެއީ ސަލާމް ޖަހާ މީހަކަށް ވިޔަސް އޭނަގެ ޖަނާޒާ ހީވަނީ ރަސްކަލެއްގެ ޖަނާޒާ އެއް ހެނެވެ. އެހާ މީހުން އެއްވެ އޮތެވެ. އެ ހިސާބުގައި އުޅޭ ވަރަށް ބޮޑެތި ބޭފުޅުން ވެސް އޭނަގެ ޖަނާޒާ އަށް ވަޑައިގަތެވެ. ސަބަބަކީ އޭނާ ﷲ އަށްޓަކައި ހައި ހޫނު ކަމުގައި ވީ ޤުރުބާނީ އެމީހުން ދަންނާތީ އެވެ.



Wednesday, February 26, 2014


އެއްދުވަސްވަރެއްގައި ބުދަށް އަޅުކަންކުރާމީހަކު އުޅުނެވެ. އެމީހާ ކޮންމެދުވަހަކު ބުދުގެ ގާތަށްގޮސް އެއެއްޗަށް އޭނާ ކިޔާނަމުން ގޮވައެވެ. “އޭ ސަނަމްއެވެ. އޭ ސަނަމްއެވެ.”

މިމީހާއަށް އެއްދުވަހަކު އޮޅިގެން “އޭ ސަނަމްއޭ!” ގެ ބަދަލުގައި “އޭ ޞަމަދު!” އޭކިޔައި ގޮވައިލެވުނެވެ. ހަމަ ގޮވައިލުމާއެކީ ޢަރުޝީގެ ވެރި ﷲ ޖަވާބުދެއްވިއެވެ. އަޅާއެވެ. ތިމަންއިލާހު ވޮޑިގެންވަމެވެ. އެހިނދު ކުޑަތާ މަލާއިކަތުން ސުވާލު ދެންނެވިއެވެ. ޔާ ﷲއެވެ. އިބައިލާހު ޖަވާބު ދެއްވަނީތޯއެވެ؟ އެއީ ބުދަށް އަޅުކަންކުރުމުގައި އުމުރުހޭދަކުރާ މީހެކެވެ. އަދި އޭނާ އެހެން އެގޮވީ އޮޅިގެންނެވެ. އެހިނދު ﷲ ވަޙީކުރެއްވިއެވެ. ތިމަން ﷲ ގެ ޙަޟްރަތަށް އޭނާ ރުޖޫޢަވާނެކަމަށް 70 އަހަރުވަންދެން ތިމަން ﷲ އިންތިޒާރުކުރެއްވުމުގައި ވޮޑިގެންވީމެވެ. (1)
އެހެން ވާހަކައެކެވެ.

ސާލާމްލެއްވި އިބްރާހީމް ޚަލީލް ގެއަރިހަށް މެހުމާނެއްގެ ގޮތުގައި އަލިފާނަށް އަޅުކަންކުރާމީހަކު އައެވެ. އިބްރާހީމްގެފާނުންގެ ގެކޮޅުގައި އޭނާ އެޢަމަލުކުރާތަން ފެނިވަޑައިގަތުމުން ރަސޫލުންގެ ތެރެއިން ރުޅިމަޑުކަމަށް މަޝްހޫރު އިބްރާހީމްގެފާނުން ކޯފާވެ އެގޭގައި އެމުޑުދާރުކަންތައް ނުކުރުމަށްބުނެ ގެއިންބޭރުކުރިއެވެ. އެއާއިއެކު ﷲ އިބްރާހީމްގެފާނުންނަށް ވަޙީކުރެއްވިއެވެ. ކަލޭގެފާނުންނަށް ގަޑިއެއްގެ މިންވަރަށް ކެތްކުރައްވަން އުނދަގޫވީތޯއެވެ؟ތިމަން ﷲ ގެއެއަޅާ އަލިފާނަށް އަޅުކަންކުރުމުގައި 60 އަހަރު ބޭކާރުކުރިއެވެ. ނަމަވެސް ތިމަން އިލާހު ކެތްތެރިވެވޮޑިގަތީމެވެ. ދެން ޚަލީލުﷲ އެކަމާއި ހިތާމަކުރައްވައި ދުވެވަޑައިގެން އައިސް އެމުސްކުޅި މީހާ އެކަލޭގެފާނުންގެ ކޮނޑުފުޅުގައި އަނބުރާ އެކަލޭގެފާނުންގެ ގެޔަށް ގެނައުމަށް އެދުނެވެ. އެއީ ކީތްވެތޯ އެމީހާ އެހުމުން އެކަލޭގެފާުނުން، އެއީ ތިމަން ކަންތައް ކުރި ގޮތާއިމެދު ﷲ ރުހިވޮޑިނުގެން ވާހަކަ ވިދާޅުވިއެވެ. ދެން އެކަމާއި ހައިރާންވެ އެމީހާ ބުންޏެވެ. ކަލޭގެ(ފާނުގެ) ވެރިއިލާހު އަހަރެންނާއިމެދު އެހެން ބަސްވަޙީކުރެއްވިނަމަ، ހަމަކަށަވަރުން އިލާހަކީ އެއީއެވެ. ދެން އޭނާ އިސްލާމްވިއެވެ.
ކުދިންނޭވެއެވެ. މިހުންނަނީ ﷲ ގެއަޅުތަކުންނާއިމެދު އެކަލާންގެ އޯގާވަންތަ ކަމެެވެ. ދަންނާށެވެ. އެއީ ﷲ އެވެ. ޢާލަމްތަކުގެ ވެރި ﷲ އެވެ. އެކަލާންގެ ކަންކަން ކުރައްވަނީ ސަބަބުތަކާއި ލައިގެންނެވެ. ފަޤީރު މީހާ މުއްސަނދި ކުރައްވަނީ ކުއްލިޔަކަށް ލާރިތަކެއް ނެތުމުގެތެރެއިން ދެއްވައިގެންނެއް ނޫނެވެ. ސަބަބު މެދުވެރިކޮށެވެ. ސަބަބަކީ އެއީ އިލާހެވެ. ސަބަބެއް މެދުވެރިކޮށްގެން މައްސަލައެއް ޙައްލުކުރަންވެސް ނޭންގިގެން މިއުޅެނީ އަހަރެމެންނަށެވެ. (2) އެހެން ވާހަކައެކެވެ .
 
Tuesday, February 11, 2014


އެއްދުވަހަކު ކުޑަކުޑަ ދަރިޔަކު އޭނާގެ ބައްޕަކުރެން އެއްސެވެ.

ދަރިފުޅު: ބައްޕާ! އަޅުގަނޑު ސުވާލެއް ކޮއްލަންތޯ؟

ބައްޕަ: އާނ. ކީކޭ؟

ދަރިފުޅު: ބައްޕައަށް ގަޑިއެއްގެ އިރުތެރޭ ކިހާވަރެއް ލިބޭތޯއެވެ؟

ބައްޕަ: އެއީ ދަރިފުޅާ ބެހޭކަމެއްނޫން! އެއީ ކީތްކުރަން ހޯދާއެއްޗެއް؟

ދަރިފުޅު: ހަމަ އިނގިލާ ހިތްވީ! އަޅެ ބައްޕަ ބުނެދެއްވަބަލަ. ކިހާވަރެއް ލިބޭތޯ ބައްޕައަށް؟

ބައްޕަ: ކޮންމެހެން އިނގެންބޭނުމިއްޔާ ބުނެފާނަން. 100 ޑޮލަރު ލިބޭ ގަޑިއެއްހާއިރުގެ ތެރޭގައި"

ދަރިފުޅު ބޯ ތިރިކޮށްލަމުން އެއްސެވެ:

ދަރިފުޅު: އެހެންޏާ 50 ޑޮލަރު އެއިގެތެރެއިން ނަގާފައި އަޅުގަނޑަށް ދެއްވާފާނަންހެއްޔެވެ؟

މިހެންބުނުމުން ބައްޕަ ވަރަށް ރުޅިގަދަވިއެވެ. އަދި ބުންޏެވެ:

Monday, February 10, 2014



ދެން ﷲ ސުބުޙާނަހޫ ވަތަޢާލާ އާދަމްގެފާނުން ޚަލްޤުކުރައްވައި އެކަލޭގެފާނުން ކުރިފުޅުމަތީ ސަޖިދަކުރުމަށް މަލާއިކަތުންނަށް އެންގެވިހިނދު އިބިލީސް އުރެދިގަތެވެ. މިވާހަކަ ބަޤަރާ ސޫރަތުގެ 34 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ. އަލް އިމާމް މުޙައްމަދު ބިން ސީރީން ވިދާޅުވިއެވެ: އެންމެ ފުރަތަމަ ފަލްސަފާގެ ވިސްނުމުން އަމިއްލަޔަށް ﷲގެ އެންގެވުމުގެ މައްޗަށް ތިމާގެ އަމިއްލަ ވިސްނުން އިސްކޮށް ތިމަންނާއަށް އެންމެ ރަގަޅު ގޮތްކަމުގައި ހިތިމީހަކީ އިބިލީހެވެ. އިރާއި ހަނދަށް އިންސާނުން އަޅުކަންކުރަން ފެށީވެސް މިފަދައިން އަމިއްލަ ބުއްދި އިސްކޮށްގެންނެވެ. މިވާހަކަ އިބްން ޖަރީރު ވިދާޅުވެފައިވެއެވެ. 

  

ﷲ ވަޙީކުރެއްވިއެވެ:
ފަހެ، شيطان އާ އެ ގަސް މެދުވެރިކޮށް، އެ ދެކަނބަލުން ކުށުގައި އަޅުވައި، ސުވަރުގޭގައި އެ ދެކަނބަލުން އުޅުއްވި نعمة ތަކުން އެ ދެކަނބަލުން ބޭރުކޮށްފިއެވެ. އަދި ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ. ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކާ عداوة ތެރިން ކަމުގައިވާ حال، ތިޔަބައިމީހުން (ބިމަށް) ފައިބާށެވެ! އަދި ބިމުގައި ތިޔަބައިމީހުންނަށްޓަކައި، قرار ވެ ތިބެނިވި ތަނަކާއި، ހިނދުކޮޅަކަށް ދުނިޔޭގެ ވަގުތީ އުފަލެއްވެއެވެ.


މުތަރުޖިމް. ބަޤަރާ ސޫރަތުގެ 36 ވަނަ އާޔަތުގައި އާދަމްގެފާނުންނަށް އެކުރެވުނު ކުށާއިމެދު ވަޙީކުރައްވާފައިވަނީ އޮޅިގެން ކުރެވުނު ކުށެއްގެ ގޮތުގައެވެ. ނަމަވެސް އަޅުގަނޑުމެން ދިވެހިންގެ ތެރެއަށް ވަދެގެން މިއުޅޭ އެކަލާންގެ ކޯފާ އިސްކުރައްވައި އެދެމަފިރިކަނބަލުން ސުވަރުގެއިން ނެރެލައްވައި ދުނިޔެއަށް ފާފަވެރިންގެ ގޮތުގައި އިބިލީހާއެކު އަރުވާލެއްވި ވާހަކައީ ނަޞާރާ ދީނުގެތެރެއިން ދިވެހިންގެ ތެރެއަށް ވަދެގެންއުޅޭ ވަރަށް ގިނަ މީހުންނަށް އޮޅިފައިވާ ބޮޑު ކުށްގޮތެކެވެ. އަސްލަކީ ﷲ ތަޢާލާ އެކަލޭގެފާނުން ޚަލްޤުކުރައްވައި ބަގީޗާއެއްގައި ލެހެއްޓެވީ އެކަލޭގެފާނުންނަށް ދެއްވެވި އަމިއްލަ އިޚްތިޔާރު އެކަލޭގެފާނުން ބޭނުންފުޅު ކުރައްވަންދެނެވެ. އެއާއެކު އެކަލޭގެފާނުން ދިރިއުޅުއްވުމަށް ޚަލްޤުކުރެއްވެވި އަސްލު މަންޒިލަށް ފޮނުއްވެވީއެވެ. އ.ހ.

Sunday, February 2, 2014


މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ:
وَإِذْ قَالَ رَ‌بُّكَ لِلْمَلَائِكَةِ إِنِّي جَاعِلٌ فِي الْأَرْ‌ضِ خَلِيفَةً ۖ قَالُوا أَتَجْعَلُ فِيهَا مَن يُفْسِدُ فِيهَا وَيَسْفِكُ الدِّمَاءَ وَنَحْنُ نُسَبِّحُ بِحَمْدِكَ وَنُقَدِّسُ لَكَ ۖ قَالَ إِنِّي أَعْلَمُ مَا لَا تَعْلَمُونَ ﴿٣٠

" ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ބިމުގައި خليفة އަކު ލައްވާހުށީމޭ ملائكة ންނަށް وحى ކުރެއްވިހިނދު ހަނދުމަކުރައްވާށެވެ! އެބޭކަލުން (އެހިނދު) ދެންނެވޫއެވެ. އަޅަމެން އިބަރަސްކަލާނގެއަށް حمد އާއެކު تسبيح ކިޔައި، އިބަރަސްކަލާނގެއަށް تقديس ކޮށްކޮށް ތިއްބައި، އެ ބިމުގައި ފަސާދަ އުފައްދައި ލޭއޮހޮރުވާނޭ ބަޔަކު އިބަރަސްކަލާނގެ އެ ބިމުގައި ލައްވަނީތޯއެވެ؟ އެކަލާނގެ وحى ކުރެއްވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެނގިގެންނުވާ ކަންތައްތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ."