Blog Archive

Wednesday, October 30, 2013


ޤަތާދާ (ރަޙިމަހުﷲ) ވިދާޅުވިއެވެ: މޫސާގެފާނުން ﷲގެ ޙަޟްރަތުން ދެންނެވިއެވެ: "އޭ އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް ތައުރާތުން އުއްމަތެއް، އެއީ އެހެނިހެން ހުރިހާ އުއްމަތްތަކަށްވުރެ ރަގަޅު އުއްމަތެއްކަމުގައި ވާތީ ދުށީމުއެވެ. އެމީހުންނަކީ ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަޙީކުރާ ބައެކެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއީ މިއަޅާގެ އުއްމަތްކަމުގައި ހައްދަވާންދޭވެ!" ﷲ ވަޙީކުރެއްވިއެވެ: "އެއީ އަޙްމަދުގެފާނުންގެ އުއްމަތެވެ."

ދެން އެކަލޭގެފާނުން ދެންނެވިއެވެ: "އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް ތައުރާތުން އުއްމަތެއްގެ، އެއީ ފޮނުއްވުމުގައި އެންމެ ފަހުގެ އުއްމަތް ކަމުގައި، އަދި ސުވަރުގެ ވެއްދެވުމުގައި އެންމެ އިސް އުއްމަތްކަމުގައި ވާތީ ދެކިވަޑައިގެންނެވީމެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުއްމަތަކީ މިއަޅާގެ އުއްމަތްކަމުގައި ލައްވަވާންދޭވެ!" ﷲ ވަޙީ ކުރެއްވިއެވެ: "އެއީ އަޙްމަދުގެފާނުންގެ އުއްމަތެވެ."



وَاذْكُرْ فِي الْكِتَابِ إِدْرِيسَ ۚ إِنَّهُ كَانَ صِدِّيقًا نَبِيًّا           
          وَرَفَعْنَاهُ مَكَانًا عَلِيًّا     مريم: ٥٦ – ٥٧

" ކަލޭގެފާނުން މިފޮތުގައިވާ ގޮތަށް އިދްރީސްގެފާނުންގެ ވާހަކަ ކިޔައިދެއްވާށެވެ! ހަމަކަށަވަރުން އެކަލޭގެފާނުންނީ ތެދުވެރިކަންބޮޑު ނަބިއްޔަކުކަމުގައި ވެއެވެ. އަދި ތިމަންރަސްކަލާންގެ އެކަލޭގެފާނުން މަތިވެރިވެގެންވާ މަޤާމަށް އުފުއްލެވީމެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ މިއާޔަތުގައި އިދްރީސް ގެފާނުންނަށް ތަޢުރީފް ކުރައްވާފައިވެއެވެ. އަދި އެކަލޭގެފާނުންނަކީ ތެދުވެރި ރަސޫލެއްކަމުގައި ވަޙީކުރައްވާފައިވެއެވެ. ޖީނިއޮލޮޖިސްޓުންގެ ގިނަ ޢަދަދެއްގެ ބެއިކަލުން ވިދާޅުވާ ގޮތުގައި ސާލާމް ލެއްވި އިތުރު ރަސޫލާ މުޙައްމަދު ނަބީ ކަލޭގެފާނުންގެ ބަފައިކަލުންގެ ނަސްލު މިއިދްރީސް ގެފާނުންނާއި ހަމަޔަށް ފޯރައެވެ.
އާދަމްގެފާނުންނާއި ޝީޘް ގެފާނުންނަށްފަހު އެންމެ ފުރަތަމަ ނަބީއެއްގެ ގޮތުގައި ފޮނުވުނީ މި އިދްރީސްގެފާނެވެ. (ސައްލައްﷲ ޢަލައިހި ވަސައްލަމަ)

Tuesday, October 29, 2013


އާފިޔާ ސިއްދީޤުގެ މަންމަ ވޭތުވެ ދިޔަ ރަމަޟާންމަހު (އެއީ: 1432) ފޯނުކޯލެއް އާފިޔާއަށް ކުރިއެވެ. އަދި ބުންޏެވެ: "މަންމައަށް ދަރިފުޅު ތިއުޅޭ މަޖުބޫރީ ޙާލަތަށް ކެތްނުކުރެވެއެވެ."
އާފިޔާ ޖަވާބު ދެއްވިއެވެ. "އަހުރެންނަށް ރަސޫލުﷲ (ސައްލަﷲ ޢަލައިހި ވަސައްލަމަ) ކޮންމެ ރެޔަކު ހުވަފެނުގައި ފެނެއެވެ. އެއްފަހަރަކު އެކަލޭގެފާނުން ވިދާޅުވިއެވެ. "މަންމާގެ ގާތުގައި ހިތާމަ ނުކުރާށޭ ބުނާށެވެ. އެއީ ﷲ މާދަމާ (މަންމާ) އަށް ރައްކާކުރައްވާފައިވަނީ މާ ރަގަޅުއެއްޗެއްސެވެ...."
އެހެން ހުވަފެނެއްގައި ރަސޫލުﷲ (ސައްލަﷲ ޢަލައިހި ވަސައްލަމަ) އާފިޔާ ގޮވައިގެން އެކަލޭގެފާނުންގެ އަނބިކަނބަލުން ޢާއިޝާ (ރަޟިޔަﷲ ޢަންހާ) ގެ އަރިހަށް ގެންދެވިއެވެ. އަދި ވިދާޅުވިއެވެ. "އަހަރެމެންގެ މިއަންހެން ދަރިފުޅާއި ބައްދަލުކުރާށެވެ"
ސުބުޙާނަﷲ! ހިތާމަ ހުއްޓެވެ. ދެވަނައަށް އާބާދީ އެންމެ ގިނަ ދީނަށް ނިސްބަތްވީތީވެ ކުރާންވީ ކޯއްޗެއްބާވައެވެ؟ މުސްލިމަކަށްވީތީ ފަށްފަށުން ޝުކުރުކުރަމެވެ. އުފާކުރަމެވެ. އެކަމަކު ދެވަނަ އަށް ޢަދަދުގެ ގޮތުން ގިނައީ އަހަރެމެން މުސްލިމުންނޭ ބުނާތީވެ އެކަމާއި ލަދު ގަނެއެވެ. ގިނަވެގެން ކުރެވުނީ ކޮންކަމެއްހެއްޔެވެ؟ މިއީ އެއަންހެން ބެއިކަނބަލަކަށް ރަސޫލުﷲ ގެފާނުން ކޮންމެ ރެޔަކު ބައްދަލު ކުރައްވާ ކަމަނާއެވެ. އަހަރެމެންގެ މުޅި ޙަޔާތުގައި އެއްފަހަރުވެސް އެކަލޭގެފާނުން ފެންނާނޭކަމެއް ނޭންގެއެވެ. 
".... އަހަރެންވަނީ އެންމެ ފުރަތަމަ ދުވަހު އަހުރެންގެ ޢިއްފަތްތެރިކަން ނަގާލެވުމާއިއެކީ، މީހުންނަށް އަހަރެންގެ ޢައުރަ ކަޝްފު ވުމާއެކީ މަރުވެފައިވާ އިންސާނެކެވެ. އަހަރެން ކޯޓަށް ގެންދަން ބަލާ އަންނަ ކޮންމެ ދުވަހަކު ކަލޭމެންނަށް އަހަރެން އޮރިޔާން ޙާލުގައި ވާތަން ފެންނާނެއެވެ..... އަހަރެން އެކަނި ޙާލައިގެން ދޫކޮށްލާށެވެ. ނޫނީ އަހަރެންގެ ޤައުމަށް ޕާކިސްތާނަށް އަހަރެން ފޮނުވާލާށެވެ" = އާފިޔާ ސިއްދީޤު =
 

Monday, October 28, 2013



އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހް ވިދާޅުވިއެވެ. ރަސޫލުﷲ ގެފާނުން ޙަދީޘް ކުރެއްވިއެވެ. "މަންމަގެ އުނގުގައި އޮވެ ތިންކުއްޖަކު މެނުވީ ވާހަކަ ނުދައްކައެވެ: (އެއިގެ ތެރެއިން ފުރަތަމައީ) ޢީސާ ، (ދެވަނައީ): ބަނީ އިސްރާއީލުންގެ ތެރޭގައި ޖުރައިޖު ނަމަކަށް ކިޔާމީހަކު އުޅުނެވެ. އޭނާ ނަމާދުކުރަން ހުއްޓައި އޭނާގެ މަންމަ އޭނާއަށް ގޮވިއެވެ. އޭނާގެ (ހިތާހިތާ) ބުންޏެވެ: "އަހުރެން މަންމައަށް އިޖާބަ ދޭންވީބާވައެވެ، ނޫނީ ނަމާދުގައި ކުރިއަށް ދާންވީ ބާއެވެ؟" (ދެން އޭނާ މަންމައަށް ޖަވާބު ނުދީ ނަމާދައިގެން ކުރިއަށް ދިޔައެވެ.) ދެން އޭނާގެ މަންމާ ބުންޏެވެ: "އޭ ﷲ އެވެ! އޭނާއަށް ކަސްބީ އަންހެނުންގެ މޫނުތައް ނުފެންނަހާ ހިނދުގައި އޭނާގެ މަރު ނުހިއްޕަވާންދޭވެއެވެ." ދެން އެ (ޖުރައިޖު) އޭނާގެ ނަމާދުކުރާ ގޭގައި އިންދައި އެތަނަށް އަންހެނަކު އައެވެ. އަދި އެއަންހެންމީހާގެ އަވާގައި (ޖުރައިޖު) ޖައްސަން އުޅުނެވެ. އެކަމާއި ޖުރައިޖު ދެކޮޅުހެދިއެވެ. ދެން އެއަންހެންމީހާ ހުއިހައްޕާ މީހެއްގެ ގާތަށްގޮސް އޭނާއާއިއެކު ޒިނޭކުރިއެވެ. އަދި އެއަންހެންމީހާއަށް ފަހުން ދަރިއަކު ލިބުނެވެ. އަދި އެއަންހެންމީހާ، އެދަރިއަކީ ޖުރައިޖުގެ ދަރިއެއްކަމުގައި ބުނަމުންދެއެވެ. ދެން މީސްތަކުން (މިކަމާއި ރުޅިއަރައިގަނެގެން) އައިސް ޖުރައިޖުގެ އަޅުކަންކުރާގެ ތަޅާ ސުންނާފަތިކޮށްލިއެވެ. ދެން ޖުރައިޖު ނެރި އޭނާއަށް ފޮށި މަލާމަތްކޮށްގެންފިއެވެ. ޖުރައިޖު ދެން ވުޟޫކޮށްގެން ނަމާދެއް ކޮށްފައި އައިސް އެކުއްޖާގެ ގާތުގައި އެހިއެވެ. "އޭ (ތުއްތު) ކުއްޖާއެވެ! ކަލޭގެ ބައްޕަ އަކީ ކާކުހެއްޔެވެ؟" އެކުއްޖާ ޖަވާބުގައި ބުންޏެވެ. "ހުއިހައްޕާ މީހާއެވެ." (މިވާހަކަ އެކުއްޖާގެ އަގައިން އިވުމަށްފަހު) މީސްތަކުން ބުންޏެވެ. "އަހަރެމެން ކަލޭގެ އަޅުކަންކުރާތަން ރަނުންހަދައިދޭނަމެވެ. އޭނާ ބުންޏެވެ: 'ނޫނެކެވެ. ކިސަޑުން ހަދާށެވެ'.

ޝައިޚް އަލް އަލްބާނީގެ ދަރިވަރަކު ކިޔައިދިނެވެ:
"ސީރިޔާގައި އަހަރެމެންގެ ތެރޭގައިވާ ޞާލިޙް މީހަކަށް ޝައިޚް އިބްން ބާޒް އަވަހާރަވުމުގެ ކުޑަހިނދުކޮޅެއް ކުރިން ހުވަފެނެއް ފެނުނެވެ.
އޭނާއަށް ފެނުނީ އުޑުން ދެތަރިއެއް ނައްޓާލައިގެން ވަރަށް ބާރަށް އައިސް ބިންމައްޗަށް ޖެހޭ ތަނެވެ. އެއިގެ ތެރެއިން އެކަތި ތަންކޮޅެއް ކުރިންއައިސް ވެއްޓުނެވެ. އެއިރު އަނެއް ތަރި ވެއްޓުމާއި ގާތްވަނީއެވެ.
ކުރިން އައިސް ބިމުގައި ޖެހުނު ތަރީގެ ވާހަކަ އައްސަވާށެވެ. އެތަރި އައިސް ބިންމަތީގައި ބިރުވެރި އަޑުފައްގަޑަކާއެކު ޖެހުނެވެ. އެކަމާއި މީހުން ކަންބޮޑުވެ އަހަންފެށިއެވެ: "ކިހިނެތް ވީހެއްޔެވެ؟"
ދެން މިމީހާއަށް ހޭލެވުމުން ހުވަފެން ތަޢުބީރަށް ކުޅަދާނަ މީހަކު ކުރެން އެހުވަފެނުގެ ވާހަކައިން އެހުނެވެ.
ތަޢުބީރު ކުރާމީހާ ބުންޏެވެ: މިއީ މީސްތަކުން ތެޅިގެންދާނޭ ކަމެއްގެ ވާހަކައެވެ. އެއިގެ ނިމުމަކީ ޤަބުރުކަމުގައި ވާނެއެވެ. އަދި އެއާއި ވިދިގެން އެފަދަ އެހެން ކަމެއްވެސް ހިނގާނެއެވެ.
މިއަށްފަހު ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ޝައިޚް އިބްން ބާޒް އަވަހާރަވި ޚަބަރު ލިބިގެންދިޔައެވެ. އަދި އެއިގެ އިރުކޮޅެއްފަހުން ޝައިޚް އަލް އަލްބާނީވެސް އަވަހާރަވި ހަބަރު ލިބުނެވެ. މިއީ ދެވަނައަށް ބިމުގައި ޖެހޭން އައި ތަރިއެވެ.

Sunday, October 27, 2013



އަނަސް ބިން މާލިކް ރަޟިޔަﷲ ޢަންހް ވިދާޅުވިއެވެ؛ ރަސޫލުﷲ ގެފާނުންގެ އަޞްޙާބުންގެ ތެރޭގައި އަންސާރިއްޔަ ބެއިކަލަކު އެކަލޭގެފާނުންގެ ކުންނިއްޔާއަކަށް، އަބޫ މުޢައްލަޤް ކިޔުނު ބެއިކަލަކު އުޅުއްވިއެވެ. އެކަލޭގެފާނުންނަކީ އަމިއްލަ މުދާ ހިއްޕަވައިގެން ނާއި އެހެން ބެއިކަލުންގެ މުދާ ހިއްޕަވައިގެން މުޅި ހިސާބު ގަނޑުގައި ދަތުރުކުރައްވާ ޛުހުދުވެރި ވިޔަފާރިވެރިއެކެވެ.

އެއްފަހަރަކު ހަގުރާމައިގެ ސާމާނު އަތުގައިހުރި ވަގަކާއި މިކަލޭގެފާނުން ބައްދަލުވިއެވެ. އަދި އެ ވަގުކަލޭގެ ބުންޏެވެ؛ ކަލޭގެއަށް ލިބިފައިވާއެއްޗެހި އަހަންނަށް ދޭށެވެ. ނޫނީ މަރާލާނަމެވެ. އެކަލޭގެފާނުން ވިދާޅުވިއެވެ؛ ކަލޭގެ ބޭނުންވަނީ އަހަރެންގެ މުދަލެވެ. ލެއެއް ނޫނެއްނޫންހެއްޔެވެ. އެމީހާ ބުންޏެވެ؛ މުދަލަކީ އެއީ އަހަރެންގެ އެއްޗެކެވެ. އެކަމަކު އަހަރެން އަސްލުގާ ބޭނުންވަނީ ކަލޭގެ ލެއެވެ. އެކަލޭގެފާނުން ވިދާޅުވިއެވެ. ތިއައީ ހަމައެކަނި އޮތް ގޮތްކަމުގައި ވަނީ ނަމަ، އަހަރެންނަށް ހަތަރު ރަކުޢަތުގެ ނަމާދެއް ކޮށްލަން ހުއްދަ ދޭށެވެ.

އެމީހާ ބުންޏެވެ؛ ކަލޭ ނަމާދު ކުރާނޭ ވަރަކަށް ކުރާށެވެ. ދެން އެކަލޭގެފާނުން ވުޟޫ ކުރައްވައި ހަތަރު ރަކުޢަތުގެ ނަމާދެއް ކުރެއްވިއެވެ. ނަމާދުގެ ފަހު ސަޖިދާގައި ކުރެއްވި ދުޢާތަކުގެ ތެރޭން އެއް ދުޢާއަކީ:

އިބްން ކަޘީރު ރަޙިމަހުﷲ ވިދާޅުވިއެވެ:
އަހަރެމެންނަށް މިވާހަކަ އިބްން ލުހައްޔު ޤައިސްގެ ފަރާތުން އަދި ޤައިސް އިބްން އަލް ހައްލާޖްގެ ފަރާތުން އަދި އަލް ހައްލާޖު މީހެއްގެ ފަރާތުން އަޑުއަހައިގެން ކިޔައިދެމުން އައެވެ؛

މިސްރު ފަތަޙަ ކުރެވުމުން އެތާންގެ މީހުން ޢަމްރޫ ބުނުލް ޢާސްގެ އަރިއަހަށް އައިސް ދެންނެވިއެވެ؛ އޭ އަމީރެވެ. މިނީލަ ކޯރަކީ ކަމަކަށް ދެވިހިފައިފައިވާ އެއްޗެކެވެ. އަދި އެކަމެއް ނުވާހާހިނދަކު އެއިގެ ފެނެއް ނުދެމޭނެއެވެ. ޢަމްރޫ ބުނުލް ޢާސް ދެންނެވިއެވެ. އެއީ ކޮންކަމަކަށްހެއްޔެވެ؟ އެމީހުން ދެންނެވިއެވެ. (ހަނދުމަހުގެ) ބާރަވަނަ ވިލޭރެއި، އަހަރެމެން އަންހެން ކުއްޖަކު އެކުއްޖާގެ މައިންބަފައިންގެ އަތުން ނަގައި ކުރެވުނުހާ އެންމެ ޒީނަތްތެރިކުރުމަށްފަހު ނީލަކޯރައް އެއްލާލަމެވެ. 

ޢަމްރު ވިދާޅުވިއެވެ؛ މިއީ އިސްލާމް ދީނުގައި ވެގެންވާނޭ ކަމެއްނޫނެވެ، އިސްލާމްދީނަކީ އެއިގެ ކުރިން ކުރަމުން އައިހައި (ނުބައި އާދަތައް) ފުހެލާ ދީނެކެވެ.

ޝުހަައިބު ރަޟިޔަﷲ ޢަންހް ވިދާޅުވިއެވެ. ﷲ ގެ ރަސޫލާ ޙަދީޘްކުރެއްވިއެވެ: "ތިޔަބައިމީހުންގެ އިހުގެ މީސްތަކުންގެ ތެރޭގައި ރަސްކަލަކު ވިއެވެ. އޭނާގެ ވަރަށްބޮޑު ސިހުރުވެރިއަކުވެސް ވެއެވެ. މިސިހުރުވެރިޔާ މުސްކުޅިވުމުން ރަސްގެފާނުންގެ ގާތުގައި މީނާ ބުންޏެވެ: "އަހަރެން މިވަނީ މުސްކުޅިވެ ގައިބާރު ދޫވެފައެވެ. އަހަރެންނަށް ކުޑަ ފިރިހެން ކުއްޖަކު ގެނެސްދެއްވާށެވެ. އެއިރުން އަހުރެން އެކުއްޖާއަށް ސިހުރު ދަސްކޮށްދޭނަމެވެ." އެހެންކަމުން ރަސްގެފާނުން ސިހުރު ދަސްކުރުމަށް ކުޑަ ފިރިހެން ކުއްޖަކު ފޮނުވިއެވެ. އެކުޑަކުއްޖާ ސިހުރުވެރިޔާގެ ގާތަށްދާ މަގުމަތީގައި ކޮންމެ ފަހަރަކު ފާދިރީ އެއްގެ ގާތުގައި މަޑުކުރެއެވެ. އެއީ އެފާދިރީ މީހާ ދޭދަރުސްތަކާއި ވާހަކަތައް އަޑުއެހުމަށް ޝައުޤުވެރިވާތީއެވެ. މިގޮތުގައި ކޮންމެދުވަހަކު ހޭދަކުރެއެވެ. ފާދިރީގެ ގާތުގައި މަޑުކޮށްފައި ދެން ސިހުރުވެރިޔާގެ ގާތަށް ދިޔުމުން އޭނާ އެކަމާ (ލަސްވާން ޖެހޭ ސަބާބާއި) މެދު ސުވާލު ކުރާންވެސް ފަށައިފިއެވެ. އެހެންވެ، މި ފިރިހެންކުއްޖާ މިވާހަކައިން ފާދިރީގެ ގާތުގައި ދަންނަވައިފިއެވެ. ފާދިރީ މިއަށް ޖަވާބުގައި ބުންޏެވެ: "ސިހުރުވެރިޔާދެކި ކޮއިފުޅު ބިރުގަންނަ ކޮންމެ ފަހަރަކު ބުނާށެވެ. 'އަހަރެންގެ އަހުލުން އަހަރެން (ކަމަކާއި) މަޝްޢޫލު ކުރުވީއެވެ.' އަދި ކޮއިގެ އަހުލުންދެކި ބިރުގަންނަ ކޮންމެ ފަހަރަކު ބުނާށެވެ. 'ސިހުރުވެރިޔާ އަހަރެން (ކަމަކާއި) މަޝްޢޫލު ކުރުވީއެވެ.'" ދެން މިހެން މިގޮތގައި މިކޮއިފުޅު ކަންތައް ކުރާތާ ދުވަސްކޮޅެއް ވެއްޖެއެވެ.

Saturday, October 26, 2013


އަނަސް ބިން މާލިކް ވިދާޅުވިއެވެ: ރަސޫލުﷲ ގެފާނުން ޙަދީޘްކުރެއްވިއެވެ. "ސާލިޙް މީހާގެ ހުވަފެނަކީ (ސީދާ ވެގެންވާ) ނަބީކަމުގެ ސާޅީސް ހަބައިކުޅަ އެއްބައެވެ." – ބުޚާރީ –
އަބޫ ހުރައިރާ ވިދާޅުވިއެވެ. ތިމަންކަލޭގެފާނުން ރަސޫލުﷲ ގެފާނުން ޙަދީޘްކުރައްވާ އަޑު އެއްސެވީމެވެ. "ނަބީކަމުން އެއްޗެއް އަލް މުބައްޝިރާތު ފިޔަވާ ފަސްވެގެންނުވެއެވެ." އެބެއިކަލުން އެއްސެވިއެވެ. "އަލް މުބައްޝިރާތަކީ ކޮބައިތޯއެވެ؟" އެކަލޭގެފާނުން ޖަވާބު ދެއްވިއެވެ. "(އުފާވެރިކަން ލިއްބައިދޭ) ތެދު ރަގަޅު ހުވަފެނެވެ." - ބުޚާރީ -
މީހަކު ކިޔައިދިނެވެ.

އައް ޒުހުރީ ވިދާޅުވިއެވެ. "ތިމަންކަލޭގެފާނުންގެ އަތްޕުޅުގައި އުރުވާ ބިން އައް ޒުބައިރު (ރަޙިމަހުﷲ) އުއްމު ސަލަމާ (ރަޟިޔަﷲ އަންހާ) ގެ އަރިހުން ރިޥާވެގެން އައިސްފައިވާ މިޙަދީޘް އެބައޮތެވެ. އުރުވާ ވިދާޅުވިއެވެ. "ކަލޭމެން ބެއިކަލުންނަށް އޭނާ (އައް ނަޖާޝީ) އެވިދާޅުވިއެއްޗެއް އިނގިލައްވާހެއްޔެވެ؟"އަހުރެންނަށް މިވެރިކަން ދެއްވި އިރަކު، ﷲ ވެސް އަހުރެންގެ އަތަކުން ރިޝްވަތެއް ނުހިއްޕަވައެވެ. އެހެންވެ އަހުރެންގެ ވެރިކަން ދަމަހައްޓަން އަހަރެން ރިޝްވަތު ހިފަންވީހެއްޔެވެ؟ އަދި އެމީހުން އަހަންނާއިމެދު ކަންތައްވާން އެދުނުގޮތް ވުމަކަށް އެކަލާންގެ އިރާދައެއްވެސް ނުކުރައްވައެވެ. އެހެންވެ އަދި އެކަލާންގެއާއި ދެކޮޅަށް އެމީހުންނަށް އަހުރެން އިޖާބަ ދޭނެހެއްޔެވެ؟"

އެހެންވެ އަހުރެން ދެންނެވީމެވެ.' ނޫނެކެވެ' ދެން އުރުވާ ކިޔައިދެއްވިއެވެ. "ޢާއިޝާ (ރަޟިޔަﷲ ޢަންހާ) އަހުރެންނަށް ކިޔައިދެއްވިއެވެ.
އޭނާގެ ބައްޕާއަކީ ކުރީގައި މީސްތަކުގެ ރަސްގެފާނެވެ. އަދި އެބައްޕާގެ ބޭބެއަކު ވެއެވެ. އެބޭބެގެ 12 ދަރިން ވެއެވެ. އެކަމަކު ނަޖާޝީގެ ބައްޕާގެ ދަރިއަކު، ނަޖާޝީ ފިޔަވާ ނުވެއެވެ.

Friday, October 25, 2013


ޢަބްދުﷲ ބިން އަޙްމަދު ވިދާޅުވިއެވެ.
'މަރުގެ ސަކާރާތް އަހުރެންގެ ބައްޕާއަށް ޖެހުންވަޤުތު، އަހުރެން އިނީ ބައްޕާގެ ގާތުގައި، ބައްޕާގެ ތުބުޅި އެއްސުމަށް ފޮތިކޮޅެއް ހިފައިގެންނެވެ. އެއިރު ބައްޕާ އިރު އިރުކޮޅުން ހޭނެތި، ހޭ އަރާގޮތް ވެއެވެ. އެއިން އެއްފަހަރު ލޯ ހުޅުއްވަވައި އަތުގެ އިޝާރާތަކާއިއެކު ވިދާޅުވިއެވެ. "ނޫނެކެވެ. އަދި ނުވެއެވެ." މިހެން 3 ފަހަރަކު ވިދާޅުވިއެވެ. މިހެން ތިންވަނަ ފަހަރު ވިދާޅުވުމުން، ތިމަން ދެންނެވީމެވެ. "ބައްޕާއެވެ! ބައްޕާ ތިދެންނެވީ ކޮންއެއްޗެއްގެ ވާހަކަތޯއެވެ؟ ބައްޕާ ހޭނެތުމުން އަހުރެމެން ހީކުރީ އަހަރެމެން ދޫކޮށް ވަޑައިގަތީކަމަށެވެ. އެކަމަކު ދެން ހޭއަރާވަޑައިގެން ތި ވިދާޅުވީ " ނޫނެކެވެ. އަދި ނުވެއެވެ."

ދެން އަޙްމަދުގެފާނުން ވިދާޅުވިއެވެ: "ދަރިފުޅާ! ދަރިފުޅަށް ނީވޭ؟" އަހުރެން ބުނީ "ނޫން"
އަހްމަދުގެފާނުން ދެން ވިދާޅުވިއެވެ. "ޝައިތާނާ - ﷲ ގެ ލަޢުނަތް އޭނާއަށް ހުއްޓެވެ – އަހުރެންގެ ކުރިމަތީ ހުއްޓެވެ. އަދި ދެކަކޫ މައްޗަށްތިރިވެ އަހުރެންގެ ގާތުގައި ބުންޏެވެ. 'އޭ އަޙްމަދު ގެފާނެވެ! ކަލޭގެފާނުން އަހަރެން ބަލިކޮށްފީމުތާއެވެ' އެކަމަކު އަހުރެން (ތިމަން ކަލޭގެފާނުން) ޖަވާބުދެއްވީމެވެ. " ނޫނެކެވެ. އަދި އަހަރެން މަރު ނުވާހާ ހިނދަކު އެހެނަކުން ނުވާނެއެވެ."

ރެފަރެންސް: ބަޔޮގްޔަފީ، އިމާމް އަޙްމަދު


"ރޯމަނުންގެ އެމްޕެރަރގެ ފަރާތުން މުޢާވިޔަތައް: ކަލޭގެފާނުންނާއި ޢަލީ ބިން އަބީ ޠާލިބާއި ދެބޭފުޅުންގެ ދެމެދުގައި އޮތް ކަންތައްގަނޑު އަޅުގަނޑުމެންނަށް މިހާރު މިވަނީ އެނގިފައެވެ. އަދި އަޅުގަނޑުމެންނަށް ފެންނަ ގޮތުގައި ވެރިކަމާއި ހަވާލުވުން އެންމެ ރަގަޅުވާނީ ކަލޭގެފާނުންނެވެ. އެހެންކަމުން، ކަލޭގެފާނުން އަމުރު ކުރައްވައިފިނަމަ، ޢަލީގެ ބޯ ކަޑައިގެން ކަލޭގެފާނުންނަށް ގެނެސްދެވޭވަރުގެ ލަޝްކަރެއް އަޅުގަނޑުމެން ފޮނުވައިދެއްވާނަމެވެ."
މިސިޓީއަށް މުޢާވިޔަތުގެފާނުން ލިޔުއްވި ޖަވާބު:
"މުޢާވިޔަތުގެ ފަރާތުން ހިރަޤުލްއަށް: ދެއަޚެއްގެ ދެމެދުގައިވާ ދެބަސްވުމެކެވެ: މިދެމެދަށް ކަލޭ ވަންނަން ޖެހުނު މައްސަލައަކީ ކޮބައިހެއްޔެވެ؟ ކަލޭގެ ދޫ، ކަލޭ ނުހިފަހައްޓައިފިނަމަ، އަހުރެން (ތިމަންކަލޭގެފާނުން) ކަލެޔާއި ހަމަޔަށް ލަޝްކަރެއް ފޮނުއްވާނަމެވެ. އެލަޝްކަރުގެ ފެށުން ކަލެޔާއިހަމާގައި ވާއިރު އެއިގެ ނިމުން އަހުރެން (ތިމަންކަލޭގެފާނުން) އަދި ދޫނުކޮށްލާވަރުގެ ލަޝްކަރެކެވެ. އެއިރުން ޢަލީގެފާނަށް ވެދުމެއްގެ ގޮތުގައި އެރުވުމަށް، އެބައިމީހުން ކަލޭގެ ބޯ ކަނޑައިގެން އަންނާނެއެވެ."
Wednesday, October 23, 2013


ސުވައިދު އިބްން ސާޢިދު (ވިދާޅުވިއެވެ): "އަހުރެން ޢަބްދުﷲ އިބްން މުބާރަކް މައްކާގައި ޒަމްޒަމްފެން ބޯން ހުއްޓައި ދުށީމެވެ. އެކަލޭގެފާނުން އެފެނުގެ ކައިރިއަށް ގޮސް ފެން ނަގައި ކަޢުބާއަށް ކުރިމަތިލައްވައި ވިދާޅުވިއެވެ.
"ޔާ ﷲ، އިބްނުލް މަވާލީ،  މުޙައްމަދު އިބްނުލް މުންކަދިރުގެ އަރިހުން އަދި އެކަލޭގެފާނުން (މުޙައްމަދު އިބްނުލް މުންކަދިރު) ޖާބިރުގެފާނުންގެ އަރިހުން އަދި ޖާބިރުގެފާނުން ރަސޫލުﷲ ސައްލައްﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ރިވާކުރެއްވިއެވެ. "ޒަމްޒަމްފެނަކީ އެފެން ބުއިކަމަކަށްވާ އެއްޗެކެވެ.(1)"
މިއަޅާ މިފެން ބޮނީ ހިސާބުބެއްލެވޭދުވަހުގެ ކަރުހިއްކުން ފިލުމަށް އެދިގެންނެވެ." ދެން އެކަލޭގެފާނުން އެފެން ހިއްޕެވިއެވެ.
= ސިފަތުއް ސަފްވާ: ވޮލިޔުމް 2 ސަފްޙާ 325 =
(1)   ޞަޙީޙް އިބްން މާޖާ: 3062
Sunday, October 20, 2013

ހުކުރު ޚުޠުބާއެއްގައި ޝައިޚް މުޙައްމަދު އިބްރާހިމް އަލް މަހްދީ ޣާޒާގައި ހުންނަ ޝައިޚް ޢިޖްލީން މިސްކިތުގައި 6 ޖޫން 2001 ވަނަ އަހަރު ދެއްވި ޚުޠުބާއެއްގައި މިވާހަކަ ކިޔައި ދެއްވިއެވެ.

"..... އޭ ﷲ ދެކި ލޯބިވާ މީސްތަކުންނޭވެ! ﷲގެ ރުހިވޮޑިގަތުން ހޯދުމަށްޓަކައި ހިތްވަރާއިއެކު މަސައްކަތް ކުރުމަކީ އަހުރެމެންގެ ވާޖިބެކެވެ. އަޑުއައްސަޥާށެވެ:

އެފްރިކާގެ ޤައުމެއްގައި ބައިޒަންޓައިންގެ ލަޝްކަރަކާއި މުސްލިމުން ހަގުރާމަ ވެވެމުންދިޔައެވެ. ބައިޒަންޓައިންގެ ލަޝްކަރު މުސްލިމުންގެ ލަޝްކަރުގެ ޢަދަދަށްވުރެ ދިހަގުނަ އަށްވުރެ އިތުރެވެ. ބައިޒަންޓައިންގެ ކޮމާންޑަރަކީ ގްރިގޯރިއަސް އެވެ. އަދި އޭނާއާއިއެކު އޭނާގެ އަންހެންދަރިވެސް ވެއެވެ.

އަލް ބަހުލޫލްގެ ބައެއް ދަރިވަރުން ކިޔައިދިނެވެ: ބަހުލޫލްގެ އަތްމައްޗަށް ސިޓީއެއް ލިބި އެސިޓީ އެކަލޭގެފާނުން ހުޅުއްވަވައި ލެއްވިއިރު އޭގައި އޮތެވެ.
"ޚުރާސާންގެ ސަމަރުޤަންދުގެ އަންހެނެއްގެ ފަރާތުން. އަހުރެންނަކީ ދުނިޔޭގައި މީގެ ކުރިން މީހަކު ނުކުރާހާ ފާފައަކާއި ހަމަޔަށް ފާފަކުރަމުންދިޔަ މީހަކީމެވެ. އެކަމަކު ﷲ ގެ ހަޟްރަތައް އަހުރެން މިހާރުވަނީ އެނބުރިގެންނެވެ. އެކަލާންގެ ކިބައިން ޢަފޫއާއި މަދަދައް އެދިގެންނެވެ. އަދި އަހުރެން ދުނިޔޭގައި ތިބި އަޅުވެރިންނާއިމެދު މީސްމީހުންކުރެ ސުވާލުކުރުމުން 4 މީހެއްގެ ވާހަކަ އަޑުއެހީމެވެ. އެއިގެ ތެރެއިން އެކަކީ އެފްރިކާގެ އަލް ބަހުލޫލެވެ. އޭ ބަހުލޫލެވެ! އަހުރެންނަށް ﷲގެ މަގުގައި ސާބިތުވެ ހުރުމަށް މަދަދުދެއްވުމަށްއެދި އެކަލާންގެ ހަޟްރަތުގައި ދަންނަވައިދުނުމަށް ކަލޭގެފާނުންގެ އަރިހުން އެދެމެވެ."

މި ވާހަކަ ކިޔައިދިން ކަލޭގެފާނުން އެއްދުވަހެއްގައި އެއްގަމު ދަތުރެއްގައި ވިއެވެ. ފައުޖަކާއި އެކީގައި ވަޑައިގަންނަވަމުން ދަނިކޮށް އެމީހުންގެ މައްޗަށް ބަޔަކު އަރައި ގަނެ އަތުގައިވާ މުދާތަށް ފޭރިގަތެވެ. އެ މަގުފޭރޭ މީހުންތައް އެމީހުންގެ މުދާތައް ހިފައިގެން ގޮސް އެމީހުންގެ "ބޮސް" ކުރިމައްޗަށް އޮއްސާލިއެވެ. އޭގެ ތެރޭގައި ބައެއް ކާތަކެތިވެސް ހުރުމާއި އެކީގައި އެމީހުން އެއިން ކާންފެށިއެވެ. ނަމަވެސް ވާހަކަ ކިޔައިދެއްވި ކަލޭގެފާނުން ވިދާޅުވިއެވެ. ތިމަން ކަލޭގެފާނަށް ފެނުނީ އެ އެންމެން ކަމުން ގެންދާ އިރުގައިވެސް އެމީހުންގެ ބޮޑުމީހާ ނުކައި ހުރީތީއެވެ. ތިމަން ކަލޭގެފާނުން އެއީ ކީތްވެތޯ އެހުމުން އޭގެ ޖަވާބުގައި ބުންޏެވެ.......................................... "ތިމަން މިހުރީ ރޯދަ އަށެވެ"
Friday, October 18, 2013

ޕާކިސްތާނުގެ ކުޑަ ވަރެއްގެ ރަށެއްގެ މަގެއް މަތިން ހިނގަމުން ދިޔަ ޢިލްމުވެރިން ތަކެކެވެ. މި ބެއިކަލުން ހިނގަމުން ގޮސް ރަށަކާއި ހަމަޔަށް ދެވުމުން މީހުން އައިސް އެބެއިކަލުންގެ އަރިހުގައި ޤަބުރުސްތާނަށް ވަޑައިގަތުމަށް އެދުނެވެ. މި ބެއިކަލުން ޤަބުރުސްތާނަށް ވަނުމާއި އެކީ އެތަނުން ނިކަން ފަހުން ކޮނެވިފައިވާ މަހާނަޔަކުން (މީހާ ވަޅުލެވިފައިވާ ތަނުން) ނިކުމެގެން އަންނަ ވަރަށް މީރު ވަހެއް ދުވަންފަށިއެވެ.

Monday, October 14, 2013


ރޯދަ ހިފުން މަނާ ދުވަސްވަރަކީ: ދެޢީދު ދެދުވަސް، އައްޔާމް އައް ތަޝްރީޤް (އަޟްޙާ ޢީދުދަވަހާއި ވިދިގެން އަންނަ ތިންދުވަސް) ޙައްޖުވެރިންކުރެ ހަދުޔު ކަތިލެވެން ނެތްމީހުންފިޔަވާ އެހެން މީހުންނަށް މިދުވަސްތަކުގައި ރޯދަހިފުން ހަރާމެވެ. 
 
"ނަމާދުގެ ތެރެއިން ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑު ނަމާދަކީ ދާއޫދުގެފާނުންގެ ނަމާދެވެ. ރޯދައިގެ ތެރެއިން ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑު ރޯދައަކީ ދާއޫދުގެފާނުންގެ ރޯދައެވެ. އެކަލޭގެފާނުން ރެއިގަޑުގެ ދެބައިކުޅަ އެއްބައިގައި ނިދިކުރައްވާ (ބާކީ ބައިން) ތިންބައިކުޅަ އެއްބައިގައި ނަމާދު ކުރައްވައި (ދެންއޮތްބައިނ) ހަބައިކުޅަ އެއްބައިގައި ނިދިކުރައްވައެވެ. އަދި އެކަލޭގެފާނުން ކޮންމެ ދެދުވަހުން އެއްދުވަހު ރޯދައަށް ހުންނަވައެވެ." (ބުޚާރީ: 1131، މުސްލިމް 1159)

Sunday, October 13, 2013



އުޘްމާން ރަޟިޔަﷲ ޢަންހް ޝަހީދުވުމުގެ ކުރިން އަބޫ ޘައުރު އަލް ފަހްމީ ރަޟިޔަﷲ ޢަންހްގެ އަރިހުގައި ދެންނެވިއެވެ. ﷲގެ ޙަޟްރަތުން ތިމަންކަލޭގެފާނުން ވަރަށް އުއްމީދުކުރައްވަމެވެ. ތިމަންކަލޭގެފާނުން ދިހަ ކަމެއް ﷲ ތަޢާލާއާއި ބައްދަލުވުމުގެކުރިން ފަރުވާތެރިކަމާއެކު އިތުބާރެއްގެގޮތުގައި ރައްކާކުރީމެވެ. އެއީ:





      1.     ތިމަންކަލޭގެފާނީ 4 ވަނައަށް އިސްލާމްވީމީހާއެވެ.
2.     ކީރިތި މާތް ރަސޫލާ ތިމަންކަލޭގެފާނުންނަށް އިނުމަށް ދަރިކަނބަލަކު ދެއްވިއެވެ.
3.     އެކަމަނާ އަވަހާރަވުމުން ދެވަނަ ދަރިކަނބަލުންވެސް ދެއްވިއެވެ.


އެއްދުވަހަކު މީހަކު ގޭގައި ހުރެ ނަމާދު ކުރަމުން ދިޔައެވެ. ކުރަމުން ދަނީ ހަމަ ރަކިސްބޮނޑު ބޯޖަހާ އުސޫލުން އަވަސް އަވަހަށެވެ.

މިހެން ނިތް ތަޅާލާ ބޯތަޅާލަން ހުއްޓާ ފަހަތުން މީހަކު ދޮރު ހުޅުވާލައިފިއެވެ. ހަމަ އެހާއިރުން ފެށިގެން އަވަސް އަވަހަށް ކުރަމުން އައި ނަމާދު ލަސްކޮށްލައިފި އެވެ. ދެން ނިކަން ވެފައި ހުރެގެން ޚުޝޫޢަތްތެރި ކަމަށް ހެދިގެން ހުރެ ރުކޫޢު އާއި ސުޖޫދު ދިގު ކުރަމުން ނަމާދު ކުރަމުން ދިޔައެވެ.

ނަމާދު ކޮށް ނިމުމުން ފަހަތަށް އެނބުރި ބަލައިލި އިރު ދޮރުމަތީގައި .......................... ބަލަހައްޓައިގެން އިނީ ކުއްތާއެކެވެ.

ރުޅި އަޔަސް ބުނެލަން އޮތީ މިއީ ނިކަން އަހަރެމެން (މުނާފިޤުންގެ ބައިވަރުގަނޑު) ކުރަމުން އަންނަ ކަމެއް ކަމެވެ. މިއަށް ދިވެހިން ކިޔަނީ "ދެއްކުން ތެރިކަން". މި އީ ޝިރުކު ކުރުމުގެ ވައްތަރެއް. (ސާފު ކޮށްލަން ބޭނުމިއްޔާ މުޙައްމަދު ބިން އިބްރާހީމް (ނައިފަރީ) ގެ ތައުޙީދު ފޮތްތަށް ބަލާލަ މަތިމަތިން ނަމަވެސް) ރަސޫލުﷲ ގެފާނުން މި އުންމަތަށް އެކަމަކުން އެންމެ ބޮޑަށް މާޔޫސްވި އެއްކަންތައް މިއީ. މީހުންނަށް ކިޔައިދޭ އިރު މި ބައިގަނޑުގަ މި ވާހަކަ ކިޔައިދޭ މީހާވެސް ވާނެ ތޯއްޗެކެވެ.


އަލް ފަވާޢިދު އައްދަރާރީ، އަލް އަޖޫނީ ކިޔައިދެއްވިއެވެ. އިމާމް ބުޚާރީ (ރަޙިމަހުﷲ) އެއްފަހަރަކު ޢިލްމުހޯދުމައްޓަކައި ދަތުރެއްގެ މަތީގާ ބޯޓެއްގައި ވިއެވެ. އެކަލޭގެފާނުންނާއިއެކު އެއްހާސް ދީނާރު ގެންދެވިއެވެ. އެދަތުރުމަތީގާ އިމާމް ބުޚާރީއާއި ދެއްކުންތެރިކަމުގެ ރައްޓެހިކަމެއް މީހަކު ހިންގިއެވެ. ދަތުރުމަތީގާ އެމީހަކު އިމާމްކުރެން އޭނާގާތުގައި ވުމަށް ވަރަށް އެދުނެވެ. ދިގު ދަތުރުތަކުގައި ރައްޓެހި ކަމާއި ރަހްމަތްތެރިކަމުގެ ގުޅުން ބަދަހިވާލެއް އެހެން ދުވަސްވަރަކަށްވުރެ އަވަސްވާނެއެވެ. 

އެދަތުރުމަތީގައި ބުޚާރީ އިމާމް ހޭދަކުރެއްވީ އެމީހާއާއި އެކުއެވެ. އަދި އެކަލޭގެފާނުން (ދެއްކި ވާހަކައެއްގެ ތެރޭގައި) އެމީހާގާތު އެކަލޭގެފާނުން އަތްޕުޅުގައިވާ އެއްހާސް ދީނާރުގެ ވާހަކަ ވިދާޅުވިއެވެ.


ތިމަން ރަސްކަލާންގެ އާޔަތްތައް އެމީހާއަށް ލިބިދެއްވުމުން، އެއިން ވަކިވެގަތްމީހާގެ ޚަބަރު ކަލޭގެފާނު އެއުރެނަށް ކިޔައިދެއްވާށެވެ! ދެން ޝައިޠާނާއާ އޭނާގެ ފަހަތުން ދިޔައެވެ. ފަހެ، މަގުފުރެދިގެންވާ މީހުންގެ ތެރެއިން އޭނާ ވިއެވެ. (ސޫރަތުލް އަޢްރާފް: 175)

ޝައިޚް ޞާލިޙުލް ފައުޒާން:

މިމީހަކީ ބަނީ އިސްރާއީލްގެ ދަރިކޮޅުގެ މީހެކެވެ. ޢިލްމްވެރި މީހެކެވެ". ތިމަން ރަސްކަލާންގެ އާޔަތްތައް އެމީހާއަށް އުނގަންނަވައިދެއްވީމެވެ". އެއީ އެމީހެއްގެ ދުޢާ ﷲ ސުބުޙާނަހޫ ވަޠަޢާލާ ވަގުތުން އިޖާބަކުރައްވި މީހެކެވެ. އެހެނީ އޭނާއަށް ﷲ ޠަޢާލާގެ އެންމެ މަތިވެރި އިސްމުފުޅު އިނގެއެވެ. އެއިސްމު ފުޅަކުން ދުޢާކުރެވިއްޖެނަމަ ﷲ އެމީހެއްގެ ދުޢާ އިޖާބަކުރައްވާ މަތިވެރި އިސްމުފުޅެވެ. އޭނާގެ ނަމަކީ ބުޢުލާމް އެވެ. ބުޢުލާމް އިބްން ބާޢޫރާއެވެ.
Saturday, October 12, 2013



ޒަހަބީ އިމާމް ވިދާޅުވަނީ ޒަދާން އަކީ އެބެއިކަލެއްގެ ފަރާތްޕުޅުން ވަރަށް ގިނަ ޙަދީޘް ތަކެއް ރިވާވެގެން ވާ އިތުބާރު ހިފޭ ބެއިކަލެއް ކަމަށެވެ. އެކަލޭގެފާނުން ޢުމަރުބުނުލް ޚައްތާބާއި، ސަލްމާނުލް ފާރިސީ އާއި ޚުޛައިފާ ފަދަ ބެއި ބެއި ކަލުންގެ ފަރާތްޕުޅުންވެސް ހަދީޘް ރިވާ ކުރެއްވެވި އެވެ.

ޒަދާން ގެ ތަޢުބާގެ ވާހަކަ ޒަދާން މިފަދައިން ކިޔައި ދެއްވިއެވެ:
Friday, October 11, 2013


އަލްއިމާމުއްޒުހުރީ (ރަޙިމަހުﷲ) ވިދާޅުވެފައިވެއެވެ. އިސްލާމް ދީނުގައި މީސްތަކުން 4 ބަޔަކަށް ޢިލްމީ ގޮތުން ބެހެވެއެވެ. އެއީ:

1.     ފުރަތަމައީ އުއްމަތުގެ އިމާމުވެރިންނެވެ. މިބެއިކަލުންނަށް ރައްބާނިއްޔަ ޢިލްމުވެރިންނޭވެސް ކިޔެއެވެ. މިއީ ދީނުގެ ވަރަށް މަދު މިންވަރެއްފިޔަވާ ދެން އޮތްބައި އެއްކޮށްހެން ދަސްވެފައިވާ ބެއިކަލުންނެވެ. މިއީ އުއްމަތުގެ މުޅި ތާރީޚްގައިވެސް ވަރަށް މަދު ބައެކެވެ. ބައެއް މިސާލު : އަލްއިމާމް އަޙްމަދު ބިން ހަންބަލް، އިމާމް ޝާފިޢީ، އިމާމް މާލިކް، އިމާމް އަބޫ ޙަނީފާ. އިމާމް ޢަބްދުﷲ ބިން މުބާރަކް، އަލްއިމާމް ސުފިޔާން އައް ޘައުރީ.

2.     ދެވަނައީ އުއްމަތުގެ ދަންނަބެއިކަލުންނެވެ. މިއީ ދީނުގެ ވަރަށް ބޮޑު ބައެއް ރަގަޅަށް ދެނެވަޑައިގަންނަވާ ބޮޑެތި ބޮޑެތި ޢިލްމުވެރިންނެވެ. މިއީ އިމާމުވެރި ބެއިކަލުންހާ ޢިލްމުވެރި ނޫނަސް އުއްމަތުގެ ބޮޑެތި ކަންކަމުގައި ބަސްކިޔަން، ދެން ތިއްބެވި ބެއިކަލުންނެވެ. މިއަދު ދުނިޔޭގައި ދިރިތިއްބެވި މިފަދަ ޢިލްމުވެރިންގެ ތެރެއިން ބައެއް ބެއިކަލުންނަކީ: ޢަބްދުލް ޢަޒީޒް އާލް ޝައިޚް، މުޙައްމަދު މުޚްތާރް އައް ޝިންޤީޠީ، މުޙައްމަދު ޞާލިޙް އަލް ފައުޒާން، ޢަބްދުލް ޢަޒީޒް އައް ތާރިފީ، އަލް އައްބާދު، ޝައިޚް މުޙައްމަދު އަލް ހައްސާން (މިސްރީއެއް)، ޒިންދާނީ (ޔަމަނީއެއް)، އަލް ހުވައިނީ (މިސްރީއެއް) އަދި ޝައިޚް މުސްޠަފާ އަލް އަދަވީ (މިސްރީއެއް)، ޝައިޚް މުޙައްމަދު އަލް ހަސަން އަލްދުދޫ (މޮރިޓޭނިޔާ). އަދި މުޙައްމަދު ސާލިޙް އަލް މުނައްޖިދެވެ. މިއީވެސް ޢަދަދުގެ ގޮތުން މިހާރު މިޒަމާނުގައި ވަރަށް މަދު ބައެކެވެ.

އެއްދުވަހަކު ޢުމަރު ބިން އަލް ޚައްތާބު އަހެއް މަތީގައި ވަޑައިގެންނެވިއެވެ. އެކަލޭގެފާނުން އިންނެވީ މަޑު މަޑުން ޤުރުއާން ކިޔެވުމުގައި މަޝްޢޫލު ވެގެން ނެވެ. އެހެން އިންނަވައިގެން ވަޑައިގަންނަވަނިކޮށް އެކަލޭގެފާނުންގެ ކޮނޑުމަތިން އެއްލާފައިވާ ރިދާކޮޅު ކަހާލައިގެން ވެއްޓިއްޖެއެވެ. އެކަމެއް އެކަލޭގެފާނުން ނަކަށެއް އިނގި ނުލައްވައެވެ.

ދެން ކުރިޔަށް ވަޑައިގަންނަވަނިކޮށް މީހަކަށް އެކަލޭގެފާނުންގެ ކޮނޑުމަތީ (އަބަދުހެން އަޅުއްވާފައި) ވާ ރިދާކޮޅެއް ނެތްކަން އިނގިގެން އެކަމާއި ސުވާލު ކުރެއްވެވިއެވެ. އެހިނދު އެކަލޭގެފާނުން ނަށް އެވީ ވަޑައިގެން މަގުމަތީ ވެއްޓިފައިކަން އިނގިލައްވައިގެން އެ މީހާ ގާތުގައި އަހަށް ވާނުވާ ބަލައިލައި ދެވިދާނެތޯ އެއްސެވިއެވެ. އޭނާ އެ ކުރާކަމެއް ކުރަމުން ވެސް އެކަން ކޮށްލެވިދާނެއޭ ދެންނެވުމުން އެކަލޭގެފާނުން އަހުން ފައިބައި ވަޑައިގެން ނަވާ ހިންގަވާފައި ވަޑައިގެން އެރިދާ އެ ވެއްޓުން ތަން ހޯއްދަވައިގެން، އެ ހިއްޕަވައިގެން ވަޑައިގެންފިއެވެ.




ޙިޖާޒް ކަރައިގެ ފަރުބަދަތައް މަތިން އިރު ބޯދިއްކޮށްލި އެ ދުވަހަކީ މުސްލިމުން ނާއި ކާފަރުންގެ ދެމެދުގައި ހިނގާދިޔަ ވަރަށް އާދަޔާ ޚިލާފް ހަނގުރާމަ އެއް ފެށޭން އައި ދުވަހަކެވެ. އެތައް ހާސް ކާފަރުންތަކެއް ހަނގުރާމަ (އަކަށް ވާކަހަލަ) ހަނގުރާމައެއް ނުކޮށް ނިމިގެން ދާން ﷲ އިރާދަ ކުރެއްވެވި ދުވަހެކެވެ. ނަމަވެސް އެ ދުވަސް ވީ ދުނިޔޭގެ ސަފްޙާތަކުގައި ލިޔެލެވުން ވަރުގަދަ ހަނގުރާމައެއް ދެމީހެއްގެ ދެމެދުގައި ނިމިގެން ދިޔަ ހިތް ހުއްޓުވާލި ދުވަހަކަށެވެ.

ކާފަރުންގެ ލަޝްކަރުތައް މަދީނާޔަށް އަރާން ކަމަށް ނިންމައިގެން އައިސް މަދީނާ ވަށައިގެން ކޮނެފައިވާ ވަޅުގަނޑުތައް ފެނިފައި ހުއްޓުނެވެ. ދެން ޖެހުނީ އެހެން ތިބެ ދުނި އުކާށެވެ. ނަމަވެސް ވަރަށް މަދު މީހަކަށް މެނުވީ އެ ޚަންދަގު ހުރަސް ކުރުމުގެ ޤާބިލްކަމެއްވެސް ހިތްވަރެއްވެސް ނުލިބުނެވެ. މިހެން ތިއްބާ ކާފަރުންގެ ލަޝްކަރުގެ ކުރިމައްޗަށް ކާފަރުންގެ ތެރެއިން ނިކުމެ އަޑުގެ ނެތް ކޮޅަށް އެމީހެއްގެ ފަލަ ބިރުވެރި އަޑުން އެގޮވާލި މީހަކީ މުޅި ޢަރަބި ކަރަޔަށް މަޝްހޫރު 500 އަސްވާރުން ނާ އެއްވަރު ކަމަށް އޭރުގެ ބޮޑެތި ބޮޑެތި ހިތްވަރުގަދަ ފަހުލަވާނުން ވެސް އެއްބަސްވާ ޖާނުން ބިޔަ ދެޔޯ އެއްފަދަ ހަށިގަނޑެއްގެ ވެރި ޢަމްރޫ ބިން ޢަބްދް ވުއްދު އެވެ. މީނާ ނިކުމެ ހިމޭން ވެފައިވާ ކާފިރުންގެ ލަޝްކަރަށް ފޯރިޔާ ހުނުން ގެނެސްދިނެވެ.
Thursday, October 10, 2013



މަދީނާގެ 3 ފަރާތުން ވަށާލާފައި ވަނީ އުސް ފަރުބަދަތަކެވެ. އެއްފަރާތުގައި ވަނީ ހުސްކޮށް މަދީނާގެ ތެރެޔަށް ވަދެވޭ ގޮތަށް އޮންނަ ހުސް ބިމެވެ. އެ ބިމުގައި ސަލްމާނުލް ފާރިސީގެފާނުންގެ އެދުމަކަށް ޚަންދަޤުތައް ކޮނެވުނެވެ. އެދުވަހު އަބޫ ސުފްޔާނުގެ ވެރިކަމުގެ ދަށުގައި ޤުރައިޝުންގެ ބާގަ ބާގައިގެ މީހުން ތައް އެއްވެގެން މަދީނާ އަށް އަރާ މުސްލިމުންތައް ތަޅާ ސުންނާފަތި ކުރުމަށް ހިތު ލައިގެން އައެވެ.

އޭރު މުސްލިމުން ނާއި މަދީނާގެ ޔަހޫދީންނާއި އެކު ވަނީ އެގްރިމެންޓެއްގައި ސޮއެ ކުރެވިފައެވެ. ޔަހޫދީން މުސްލިމުން ނާއި އެއްބައި ވީ މުސްލިމުންނާއި އަރާރުން ނުވުމާއި ޔަހޫދީންގެ މައްޗަށް އެހެން ބަޔަކު ހަނގުރާމަ އަށް އައިސްފި ނަމަ އެމީހުން ޙިމާޔަތް ކުރާ ގޮތަށް މުސްލިމުން ނާއި ދިމާޔަށް ބަޔަކު އަޔަސް އެމީހުން ވެސް މުސްލިމުންނާއި އެއްކޮޅަށް ހަނގުރާމަ ކުރާނެ ކަމުގައެވެ. މި ޢަހްދަށް ކަމަށް އިސްވެ އުޅުނީ ވެސް ޔަހޫދީންނޭ ބުނެވިދާނެއެވެ. އެހެނީ ރަސޫލުﷲ ގެފާނުން މަދީނާ އަށް އަރާ ވަޑައިގަތުމުން މުޅި މަދީނާގެ އެންމެން (ޔަހޫދީ އަކަސް) ދުވަހަކު ބަޔަކު އުފާ ނުކުރާނޭ ވަރަށް ތިބީ އުފާ ކޮށް ގެންނެވެ.

ނަމަވެސް އަޅުގަނޑުމެން ނަށް އިނގޭ ފަދައިން މި ޔަހޫދީން ނަކީ އަބަދުވެސް އެއްގޮތެއްގައި ނުތިބެވޭ އަސްލު ނުބައިވެ ފިތުނަ ފަސާދަ ބޮޑު ބައެކެވެ. އެދުވަހު މުސްލިމުން ތައް ޚަންދަގުތައް ކައިރީގައި ވީ ވަގުތު މި މީހުން އެއްބަސް ކިޔައިގެން މުސްލިމުންގެ ޅަ ދަރީންނާއި އަންހެނުން ތައް މަރާ ހުސްކޮށް ލުމަށް ނިންމިއެވެ. އޭރުގައި ރަސޫލުﷲ ގެފާނުން ވަނީ އެ އަންހެނުންނާއި ކުޑަ ކުދީން ވަކި ޚާއްސަ ތަނަކަށް ލައްވާފައެވެ.




ރަނގަޅަށް އިތުބާރު ހިފޭ ފަރާތަކުން މިވާހަކަ ކިޔައިދިނެވެ:
އިންޑިޔާގެ ސްޓޭޓްތަކުގައި ދީންކިޔަވައިދެއްވަން އުޅުއްވި ޢިލްމުވެރިއެކެވެ. އެޢިލްމުވެރިޔާ ދީން އުނގަންނައިދެއްވަނީ މިސްކިތްތަކުގައެވެ. އެކަލޭގެފާނުން އަބަދުވެސް ކުލާސްތައް ނިންމަވާފައި ވަރަށްބޮޑަށް ﷲ އަށް ދުޢާދަންނަވައެވެ. އެއިގެ ތެރެއިން އެއްދުޢާއަކީ ޝައިޚު މުޙައްމަދު ބިން ޢަބުދުލް ވައްހާބަށް އިހާނެތިކޮށް ކުރާ ދުޢާއެވެ.

(ސަބަބަކީ އެޢިލްމުވެރިޔާއަށް އިވިފައިވަނީ މުޙައްމަދު ބިން ޢަބުދުލް ވައްހާބަކީ އިސްލާމްދީނަށްހުރި ހަލާކެއްކަމުގައެވެ.)

މިޢިލްމުވެރިޔާގެ ކުލާސްތަކަށް އިއްތިފާޤުން ސަޢޫދީ ޢަރަބިއްޔާގެ ކުއްޖަކު ދާންފެށިއެވެ. މިކުއްޖާއަށް މިކަންކަން، މިހެޔޮލަފާ ޝައިޚްގެ ފަރާތުން ފެންނަން ފެށުމުން އެކަން ހުއްޓުވާ ޝައިޚްއަށް ކަމުގެ އަސްލު ބަޔާންކޮށްދިނުމަށް ހިތްއެދުނެވެ. އެހެންކަމުން ރަނގަޅު ޕްލޭނެއް ރޭވުމަށްފަހު މުޙައްމަދު ބިން ޢަބުދުލް ވައްހާބުގެ ކިތާބުއް ތައުޙީދުފޮތް މިޢިލްމުވެރިޔާއަށް ދިނުމަށްޓަކައި ގެންދިޔައެވެ. ނަމަވެސް މިކުއްޖާ ކަންތައް ކުރިގޮތަކީ ކިތާބުއް ތައުޙީދުގެ ބޭރުގަނޑާއި އެތެރޭގައިވާ މުޙައްމަދު ބިން ޢަބުދުލް ވައްހާބުގެ ބަޔޮގްރަފީ އޮތް ގަނޑުތައް ކަނޑާވަކިކުރިއެވެ.

ދެންއެއަށްފަހު އެފޮތް އުސްތާޒް (ޢިލްމުވެރިޔާ) ގެއަތަށް ދީފައި އެފޮތްކިޔައި އަދިއެއާއިމެދު އެއްޗެއްބުނުމަށް އެކުއްޖާއެދުނެވެ. އެޢިލްމުވެރިޔާ އެފޮތް ހިފައިގެން ގެޔަށްދުރުވެ އެފޮތްކިޔުއްވިއެވެ. އަދި އެފޮތާއިމެދު ވަރަށް ގަޔާވެސްވިއެވެ.
 


އަލް އިމާމު އަލް އަސްމާޢީ ބަދަވިންގެ މީހަކަށް ޤުރުއާން ކިޔަވައިދޭން ދިޔަވާހަކައެއް ކިޔައިދެއްވިއެވެ. 

އެކަލޭގެފާނުން ބަދަވިންގެ ސަރަޙައްދުގައި އުޅުއްވަނިކޮށް މީހަކު ކަނޑިއެއް ހިފައިގެން އަންނަތަން ފެނިވަޑައިގަތެވެ. އެމީހާއަކީ މަގުފޭރޭ މީހެއްކަން ވަރަށް އަވަހަށް އަސްމާޢީއަށް އިނގިވަޑައިވެސްގަތެވެ. އެމީހާއައިސް އަސްމާޢީ ތުރުކުރައްވައިގެން ހުރި ހެދުންކޮޅުފެނުމުން އެހިއެވެ: "އޭ ރަށުތެރޭ މީހާއެވެ. ކަލޭ މިތާ ކީތްކުރަނީހެއްޔެވެ؟"

"(ތިމަން ކަލޭގެފާނުން މިތަނަށް މިއައީ) ޤުރުއާން ކިޔަވައިދޭށެވެ" އަލް އަސްމާޢީ ޖަވާބުދެއްވިއެވެ.

".....ޤުރުއާނަކީ ކޯއްޗެއް؟" ބަދަވީންގެ މީހާ ސުވާލުކުރިއެވެ.
"ﷲގެ ކަލާމްފުޅު" އަސްމާޢީ ވިދާޅުވިއެވެ.

"ﷲ އަށް ބަސްފުޅުތަކެއްވެސް ވޭތަ؟" ބަދަވިންގެ މީހާ އެހިއެވެ.

އާއެކޭ ވިދާޅުވުމުން ތިމަންނާއަށް އެއިން އާޔަތެއް ކިޔައިދޭން އެބަދަވިންގެ މީހާ އެދުނެވެ. ދެން އަލް އަސްމާޢީ ކިޔަވައި ވިދާޅުވިއެވެ.
"އަދި ކަލެއަށް ވަޢުދުކުރައްވާފައިވާ ރިޒްޤު ވަނީ އުޑުގައެވެ." [1]


އެއްފަހަރަކު އަބޫބަކުރު ގެފާނުން ކީރިތި ރަސޫލާ ގާތުން ގެފުޅަށް މުސްލިމުން ނާއި އެކީ ވަޑައިގެން ނަމާދު ކުރެއްވުމަށް އެދި ވަޑައި ގަތެވެ. ނަމަވެސް ދުވަސް ވަރަކީ މި އުންމަތް ފެށިގެން އައި މުސްލިމުންގެ ޢަދަދު ނިކަން މަދު ދުވަސް ވަރަކަށް ވީތީ އެކަން ކުރުން އެހާ ބުއްދިވެރި ނޫން ވުމުން އެކަމާ އެއްޗެއް ވިދާޅު ނުވެ ރަސޫލުﷲ ގެފާނުން ހުންނެވި އެވެ. ނަމަވެސް އަބޫ ބަކުރު ގެފާނުން ކިޔުއްވާ ވަރުން އެއްފަހަރަކު ދާރުލް އަރުޤަމް އިން ނިކުމެ ވަޑައިގަތެވެ. ނިކުމެ ވަޑައި ގަތީ އެއް ސަފުގައި ހަމްޒާގެފާނުން އަނެއް ސަފުގައި ރަސޫލުﷲ ގެފާނުން ހުންނަވަ އެވެ.

އެ ބެއިކަލުން ވަޑައި ގަންނަވާ ކަޢުބަތުﷲ ގެ ކައިރީ ނަމާދު ކުރެއްވުން ނިމުމާއި އެކީ އަބޫ ބަކުރުގެފާނުން ކޮޅަށް ތެދުވެ އިސްލާމް ދީނުގެ ވާހަކައިން ޚުތުބާ ދެއްވާން ފެއްޓެވި އެވެ. އެގޮތުން މިކަލޭގެފާނުން ވީ މި އުންމަތުގެ ފުރަތަމަ ޚަތީބަށެވެ. ނަމަވެސް މަންޒަރު ބަލަން ތިބި ނުލަފާ އަބޫ ޖަހުލުމެން ގޮތެއް ފޮތެއް ނެތި އަރައި ގަތެވެ. ތަޅާ ފޮޅާ އަބޫ ބަކުރު ގެފާނުންގެ މޫނުމަތީގައި ދަގަނޑު ފައިވާންގަޑަކުން ވެސް ތަޅާ މޫނެއް ނޭފަތެއް ވަކި ނުވާ ވަރަށް އަނިޔާކުރި އެވެ. މި އަނިޔާ ހުއްޓުނީ އަބޫ ބަކުރުގެފާނުން ސަލާމަތްކުރަން ބަޔަކު އައިސް އެކަން ހުއްޓުވައިގެނެވެ. އޭރު އެކަލޭގެފާނުން އަވަހާރަ ވެދާނެ ކަމާއި މެދު ޝައްކެއް ނެތެވެ.
 

 
سَجَدَ وَجْهِي لِلَّذِي خَلَقَهُ وَشَقَّ سَمْعَهُ وَبَصَرَهُ بِحَوْلِهِ وَقُوَّتِهِ
 
ސަޖަދަ ވަޖްހިޔަ ލިއްލަޒީ ޚަލަޤަހޫ ވަޝައްޤަ ސަމްޢަހޫ ވަބަޞަރަހޫ ބިޙައުލިހީ ވަޤުއްވަތި

ތިލާވަތުގެ ސަޖިދަ އަކީ ކީރިތި ޤުރުއާން ކިޔަވަމުން ދާއިރު ދިމާވާ ސަޖިދައިގައި ކުރަންޖެހޭ އެއްޗެކެވެ. އެ ސަޖިދަ އާޔަތް ތަކުގެ ޢަދަދަކީ 15 އެވެ. ޢަމްރު ބުނުލް ޢާޞް ރަޟިޔަﷲ ޢަންހް އަށް ކީރިތި ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމަ ކިޔައިދެއްވި ކަމުގައި އަބޫދާއޫދު، އިބްން މާޖާ، އަލް ޙާކިމް ގެ ޙަދީޘް ފޮތްތަކުގައި ވެއެވެ. އެ ފަނަރަ އާޔަތަކީ:



ވުޟޫ  ދުޢާ

أَشْهَدُ أَنْ لَا إِلَهَ إلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّداً عَبْدُهُ وَرَسُولُهُ اللَّهُمَّ اجْعَلْنِي مِنَ التَّوَّابِينَ وَاجْعَلْنِي مِنَ الْمُتَطَهِّرِينَ سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ، أَشْهَدُ أَنْ لَا إِلَهَ إِلَّا أَنْتَ، أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ

"Ash-hadu "an la "ilaha "illallahu wahdahu la sharika lahu wa "ash-hadu "anna
Muhammadan 'abduhu wa Rasuluhu. Allahummaj 'alni minat-tawwabina waj'alni minal-mutatahhirin. Subhanaka Allahumma wa bihamdika, "ash-hadu "an la "ilaha "illa "Anta, 'astaghfiruka wa 'atubu 'ilayk.

އަޝްހަދު  އައްލާއިލާހަ  އިއްލަﷲ   ވަޙުދަހޫ  ލާ  ޝަރީކަލަހޫ  ވަ  އަޝްހަދު  އައްނަ  މުޙައްމަދަން  ޢަބްދުހޫ  ވަރަސޫލަހް  ﷲ ހުމްމަޖްޢަލްނީ މިނައް  ތައްވާބީނަ  ވަޖްޢަލްނީ މިނަލް  މުތަޠައްހިރީން. ސުބުޙާނަކަ ﷲހުމްމަ ވަބިޙަމްދިކަ އަޝްހަދު އަންލާއިލާހަ އިއްލާ އަންތަ އަސްތަޢުފިރުކަ ވައަތޫބު އިލައިކަ