Blog Archive
- 2014 (39)
-
2013
(100)
- December(45)
- November(21)
-
October(34)
- މޫސާގެފާނުންގެ ޢަޖައިބުކުރުވަނިވި ދުޢާ:
- ސަލާމް ލެއްވި އިދްރީސްގެފާނުން:
- ކޮންމެ ރެޔަކު ހުވަފެނުގައި ރަސޫލުﷲ ގެަފާނުން
- މަންމަގެ އުނގުގައި ވާހަކަދެއްކި 3 ކުއްޖާ
- އެކުއެކީ ނިމިގެންދިޔަ ދެތަރި
- ވަގުތުން އިޖާބަކުރެވުން ދުޢާ
- ޢުމަރުގެފާނުންގެ ފަރާތުން ނީލަކޯރަށ
- ކުޑަކުއްޖާއާއި ރަސްގެފާނު:
- ހުވަފެނުން ފެނުނު "ފުޅިބައްތި"
- ވެރިކަމަށް ﷲ ވެސް ރިޝްވަތު ނުހިއްޕަވައެވެ.
- ޝައިޠާނާގެ އުނދަގޫ ފަހުވަގުތުގައުވެސް
- މުޢާވިޔަތުގެ ފަރާތުން ހިރަޤުލްއަށް
- ޢަބްދުﷲ ބިން މުބާރަކް
- ﷲ ދެނެވޮޑިގަތީމައި އެނިމުނީއެވެ.
- ބަހުލޫލް އަށް ލިބިވަޑައިގަތް ސިޓީ
- މަގު ފޭރޭ މީހާ މިޔަދު ރޯދައަށް
- ޤުރުޢާން (ބަލައިގެން) ކިޔަވަން ނޭންގޭ މާތް މީހާ
- ސުންނަތް ރޯދަ:
- 10 ކަމަކާއިގެން މަޙުޝަރައް
- އަޖައިބެއް ފަދަ އަވައްޓެރިޔާ
- އިމާމް ބުޚާރީގެ ތެދުވެރިކަން
- ބުޢުލާމް އިބްން ބާޢޫރާގެ ވާހަކަ
- ޒަދާންގެ ތައުބާ
- ޢިލްމުވެރިންނަކީ ކޮބައިހެއްޔެވެ؟
- ޢުމަރުގެފާނުންގެ ޢަދުލުވެރިކަން
- ޢަލީގެފާނާއި ޢަމްރޫ ބިން ޢަބްދް ވުއްދު
- ޢުމަރުގެފާނުން ދީނަށް ދެއްވި ނަޞްރުގެ ތެރެއިން
- ކިތާބުއްތައުޙީދު
- އަލް އިމާމް އަސްމާޢީގެ ޙަޔާތްޕުޅުން ސަފްޙާއެއް
- އަބޫ ބަކުރުގެފާނުންގެ ޤުރުބާނީ
- ތިލާވަތުގެ ސަޖިދައިގައި އޮވެ ކިޔާ ދުޢާ:
- ނަމާދުގައި ކިޔާ ތަކެތި
- އައްޔޫބު ޢަލައިހިއްސަލާމްގެ ކެއްތެރިކަން
- ދުނިޔޭގެ އަވާގައި ޖެހުން
- 2011 (6)
Thursday, October 10, 2013
މަދީނާގެ 3 ފަރާތުން ވަށާލާފައި ވަނީ އުސް
ފަރުބަދަތަކެވެ. އެއްފަރާތުގައި ވަނީ ހުސްކޮށް މަދީނާގެ ތެރެޔަށް ވަދެވޭ ގޮތަށް
އޮންނަ ހުސް ބިމެވެ. އެ ބިމުގައި ސަލްމާނުލް ފާރިސީގެފާނުންގެ އެދުމަކަށް
ޚަންދަޤުތައް ކޮނެވުނެވެ. އެދުވަހު އަބޫ ސުފްޔާނުގެ ވެރިކަމުގެ ދަށުގައި
ޤުރައިޝުންގެ ބާގަ ބާގައިގެ މީހުން ތައް އެއްވެގެން މަދީނާ އަށް އަރާ
މުސްލިމުންތައް ތަޅާ ސުންނާފަތި ކުރުމަށް ހިތު ލައިގެން އައެވެ.
އޭރު މުސްލިމުން ނާއި މަދީނާގެ ޔަހޫދީންނާއި އެކު
ވަނީ އެގްރިމެންޓެއްގައި ސޮއެ ކުރެވިފައެވެ. ޔަހޫދީން މުސްލިމުން ނާއި އެއްބައި ވީ
މުސްލިމުންނާއި އަރާރުން ނުވުމާއި ޔަހޫދީންގެ މައްޗަށް އެހެން ބަޔަކު ހަނގުރާމަ
އަށް އައިސްފި ނަމަ އެމީހުން ޙިމާޔަތް ކުރާ ގޮތަށް މުސްލިމުން ނާއި ދިމާޔަށް
ބަޔަކު އަޔަސް އެމީހުން ވެސް މުސްލިމުންނާއި އެއްކޮޅަށް ހަނގުރާމަ ކުރާނެ ކަމުގައެވެ.
މި ޢަހްދަށް ކަމަށް އިސްވެ އުޅުނީ ވެސް ޔަހޫދީންނޭ ބުނެވިދާނެއެވެ. އެހެނީ ރަސޫލުﷲ
ގެފާނުން މަދީނާ އަށް އަރާ ވަޑައިގަތުމުން މުޅި މަދީނާގެ އެންމެން (ޔަހޫދީ އަކަސް)
ދުވަހަކު ބަޔަކު އުފާ ނުކުރާނޭ ވަރަށް ތިބީ އުފާ ކޮށް ގެންނެވެ.
ނަމަވެސް އަޅުގަނޑުމެން ނަށް އިނގޭ ފަދައިން މި
ޔަހޫދީން ނަކީ އަބަދުވެސް އެއްގޮތެއްގައި ނުތިބެވޭ އަސްލު ނުބައިވެ ފިތުނަ ފަސާދަ
ބޮޑު ބައެކެވެ. އެދުވަހު މުސްލިމުން ތައް ޚަންދަގުތައް ކައިރީގައި ވީ ވަގުތު މި
މީހުން އެއްބަސް ކިޔައިގެން މުސްލިމުންގެ ޅަ ދަރީންނާއި އަންހެނުން ތައް މަރާ ހުސްކޮށް
ލުމަށް ނިންމިއެވެ. އޭރުގައި ރަސޫލުﷲ ގެފާނުން ވަނީ އެ އަންހެނުންނާއި ކުޑަ ކުދީން
ވަކި ޚާއްސަ ތަނަކަށް ލައްވާފައެވެ.
މި ޔަހޫދީން ނަކީ އަބަދުވެސް ނިކަން ފިނޑި
ބައެއްކަން އަޅުގަނޑުމެން ދަންނަމެވެ. އެހެން ކަމުން އެކަކަށްވެސް އެ މީހުން އެ
ތިބި ޖަގަހަޔަށް ވަންނާކަށެއް ނުކެރުނެވެ. އެއީ ފަހަރުގައި ހަނގުރާމަވެރި މުސްލިމް
ފިރިހެނުން ތަކެއްވެސް ތިބެދާނެތީއެވެ. ވާނީވެސް އެހެންނެވެ. ވަގުންގެ ގެއިން
ވައްކަން ކޮށްފާނޭ ކަމަށް ވަގުން ހިތަށް އަރާ ފަދައިން، ތިމާމެން މީހުންގެ
ވަޢުދާއި އަހުދު އުވާ އުޅޭ ނަމަ އެހެން މީހުން އެމީހުންނާއި އަހުދެއް ވެފައި
އޮތަސް އިތުބާރު ނުކުރާނޭ ކަމަށް ހީވާނެއެވެ. އެހެން ކަމުން އެކަކު ސިއްރު
ސިއްރުން އެތާ ތެރެ ބަލައިލާން ފޮނުވިއެވެ.
މިމީހާ އެތާ ތެރެޔަށް ވަތްނ ކަން މުސްލިމުންގެ
އަންހެނުންގެ ބަޔަކަށް އިނގި ވަޑައިގަތުމުން އެބެއި ކަނބަލުންގެ ވެރި އަކަށް
ހުންނެވި ކަލޭގެފާނުން ގެ އަރިހަށް ގޮސް އެ ވާހަކަ ވިދާޅުވިއެވެ. ނަމަވެސް އެ
ސަޙާބީ ކަލޭގެފާނުން ވިދާޅުވިއެވެ. ތިމަން ކަލޭގެފާނުން ނަކީ ލެޔަށް ވަރަށް ބަލި
މީހަކީމެވެ. އެހެން ކަމުން މުސްލިމް އަންހެނުންނާއި ކުޑަ ކުދީން ނަށް ބިރުވެރި
ކަމެއް ކުރި މަތިވެއްޖެއެވެ.
ނަމަވެސް އިތުރު ފިޔަވަޅެއް އެޅުމުގެ ކުރީން
ސަފިއްޔާ ރަޟިޔަﷲ ޢަންޙާ ސިއްރު ސިއްރުން ލަކުޑި ބުރިއެއް ހިއްޕަވައިގެން ނިކުމެ
ވަޑައިގަތެވެ. ސިއްރު ސިއްރުން ވަޑައިގެން ޔަހޫދީ މީހާ ވަރަށް ވެފައި ހުރެގެން
އެތެރެ އަށް ބަލަމުން ދާތަނާއި ވަރަށް ގާތަށް ވަޑައި ގަތެވެ. އަދި އޭނާ އަށް
އިނގުމުގެ ކުރިން އެތިފަހަރެއް އަޅާ ވިއްސާލިއެވެ. އެ ޔަހޫދީ މީހާ އެތަނަށް ހަބަރު
ހުސްވެގެނ (ނުވަތަ މަރުވެގެން) ވެއްޓުމުން އުނަގަނޑުން ޚަންޖަރެއް ނަންގަވާ އޭނާގެ
ބޯ ބުރި ކޮށްލެއްވިއެވެ.
އޭރު އެހެން ޔަހޫދީން ތިބީ ބޭރުގައި ހަތިޔާރު އަޅައިގެން
އެތެރެޔަށް ވަތްނ މީހާގެ ޚަބަރެއް ލިބޭނެ ގަޑިއަކަށެވެ. މިހެން ތިއްބާ އުދުހިފައި
އައިސް ކުރިމައްޗަށް ވެއްޓުނީ ސަފިއްޔާ ގެފާނުން އެއްލަވައި ލެއްވި އެއްކަލަ
ބޮލެވެ. މި މަންޒަރު ފެނުމާއި އެކީ ގައި އަވަހަށް ބިރުން މިމީހުން އެތަނުން ފިލާ
އިންދިރާސް ވެއްޖެއެވެ.
މި ސަފިއްޔާ ގެފާނުންގެ ޢުމުރަކީ އޭރުގައި ކިހާ
ވަރެއް ކަމަށް ހީ ކުރައްވަން ތޯއެވެ؟ އެއީ ޒުވާނެއް ތޯއެވެ؟ ނޫނެކެވެ. އެކަމަނާގެ
ޢުމުރުން އޭރު 63 އަހަރެވެ. މި ހުންނަނީ ހިތްވަރު ގަދަ މިސާލު ތަކެވެ.
2. ﷲ ސުބުޙާނަހޫ ވަތަޢާލާ މުސްލިމުން ނަށް ޙިޖާޒް
ކަރަޔަށް ދީނަށްޓަކައި ޙިޖްރަ އަށް ވަޑައި ގަތުމަށް ހުއްދަ ދެއްވުމުން މީސްތަކުން
ޙިޖްރަ އަށް ވަޑައިގެންނެވިއެވެ. އޭރު އަބޫ ޖަހުލާއި އެހެނިހެން ޖައްބާރުން ތައް
މުސްލިމުން ވީ ތަނަކުން ހޯދައިގެން ތަޅާ ރޯނާ ގަންނަވާ މުޅި މައްކާ ތެރޭގައި ލަދު
ގަންނަވާން އުޅެނީ ފޫ ގަޅައިގެން ނެވެ. ހަމަ އެ ދުވަސް ވަރު ރަސޫލުﷲ ގެފާނުންގެ
ހުއްދަ ޔާއި އެކީގައި ޢުމަރު ބުނުލް ޚައްތާބު ވެސް ޙިޖްރަ އަށް ވަޑައިގަތެވެ. ޢަލީ
ގެފާނުން ހުވާ ވިދާޅުވެފައި ވިދާޅުވި ކަމުގައި ވެއެވެ.
ޢުމަރު ގެފާނުން ފަދައިން ޙިޖްރަ އަށް ވަޑައިގެން
އެހެން އަނެކެއް ނުވެއެވެ. އެކަލޭގެފާނުން ޙިޖްރަ އަށް ވަޑައިގަންނަވާން ވީ ދުވަހު
މީހަކު ހަނގުރާމަ އަށް ދާ ހެން ތައްޔާރު ވެލައިގެން ދުނި ދަނޑިޔާއި ޚަންޖަރާއި
އަތުން އެތައް ދުންޏެއް ހިއްޕަވައިގެން ގެފުޅުގައި އަދި އަބޫ ޖަހުލުމެން ގުރޫޕު
އެންމެން އެންމެ ގިނައިން ތިއްބާމެ ތަވާފް ކުރައްވަވައި މަޤާމް އިބްރާހީމްގައި 2
ރަކްޢަތް ނަމާދު ކުރައްވަވައި އެ ކާފިރުން ނާއި ދިމާލަށް މަލާމަތް ކުރައްވާފައި
ވިދާޅުވިއެވެ.
އޭ މިތިބަ މޫނު ހުތުރު ބައިވަރު ތަކެވެ. ތިޔައިގެ
ތެރެއިން އަމާ ހޭރުވާ ނިކަމެތި ކޮށްލާން، ނޫނީ އަނބި ކަނބުލޭގެ ހުއްސަރިބައި ކޮށް
ހުވަފަތް ކޮށްލާން ނުވަތަ ދަރީން ނިކަމެތި ކޮށްލާން ބޭނުން މީހަކު ހުރިއްޔާ މި
މައްކާގެ ޙަރަމުގެ ބޭރުން ނިކަން އަހަރެންނާއި ބައްދަލު ކޮށްލަބަލާށެވެ.
ޢަލީގެފާނުން ވިދާޅުވިއެވެ. ކާފަރުން ތައް އެކަލޭގެފާނުން ފަހަތުން ދިޔުމުގެ
ބަދަލުގައި އިސް އުފުލައި ބަލައި ލާންވެސް ނުކެރުނެވެ.
ރަސޫލުﷲ ގެފާނުން އެއްފަހަރު ފެނިލީ ސަޙާބީން ނަށް
ވިޔަސް އެބައި މީހުންގެ މާތް ކަމާއި މެދުގައި އެކަލޭގެފާނުން ހަދީސް ކުރެއްވިއެވެ.
"ތިޔަ ބައި މީހުން ތިމަން ކަލޭގެފާނުންގެ އަސްޙާބުންނާއި މެދު ކުޑައި މީސް
ބަހެއް ނުބުނާށެވެ. ތިޔަބައި މީހުން އުޙުދު ފަރުބަދައެއްހާ ރަން ހޭދަކޮށްލި
ނަމަވެސް އެބެއިކަލުންގެ މާތް ކަމާއި މެދު މުއްދެއް (އަތްގޮއްޓެގެ) މިންވަރު،
ނުވަތަ އޭގެ ބައިކުޅަ ބައިގެ މިންވަރުވެސް ނުލިބޭނެއެވެ". މިހެން މި ޙަދީޘް
ވަނިކޮށް ޢުމަރުގެފާނުން ފަދަ މާތް ބެއި ކަލެއްގެ މާތް ކަން އޮންނާނީ ކިހާ ހިސާބެއްގައި
ބާވައެވެ.
މިއީ ޢުމަރުގެފާނެވެ. އެބޭކަލެއްގެ އިސްލާމްކަން
މުސްލިމުން ނަށް ﷲ ތަޢާލާ ދެއްވެވި ނަސްރާއި ނަސީބަކަށް ވީ ކަލޭގެފާނެވެ. އެބެއި
ކަލެއްގެ އިސްލާމް ކަމުން އުޑުތަކުގެ މަލާއިކަތުން ޝުކުރު ކުރެއްވި އަދ އަބޫ
ޖަހުލު ރޮއެ ހެދި ކަލޭގެފާނެވެ. އެބެއިކަލެއްގެ ފެނިލުން އަރައިގަނެގެން އަންނަ
ލަޝްކަރެއްގެ މޭގަ އެއް ފެނުމުން ސިހުން ނުވާ ފަދަ ޝަޚްސިއްޔަތެއްގެ ވެރި
ކަލޭގެފާނެވެ. އެބެއިކަލެއްގެ މާތް ކަމާއި މެދު 900 އެތަކެއް އަހަރު ވާން ދެން
ހުއްޓާ ނުލާ ދެއްކިޔަސް ހުސް ނުވާ ފަދަ ބެއިކަލެކެވެ. އެ ބެއި ކަލަކާއި ބެހޭ
ގޮތުން މި އުންމަތުގެ ރަސޫލާ "ތިމަން ކަލޭގެފާނުންގެ ފަހުން ނަބީ ބޭކަލަކު
ފޮނުއްވާނޭ ނަމަ އެ ބެއިކަލަކީ ޢުމަރު ބުނުލް ޚައްތާބް" އޭ ޙަދީޘް ރައްދު ވީ
ކަލޭގެފާނެވެ. ޙައްޤާއި ބާތިލާއި މެދުގައި ފަރަޤު ކޮށްލެއްވި ކަލޭގެފާނެވެ.
އެބެއިކަލެއް ހިންގަވާ މަގަކުން ވިޔަސް އިބިލީސް ހިނގަން ބިރު ގަންނަ
ކަލޭގެފާނުންނެވެ. މިހާ ބޮޑަށް އިބިލީސް ވެސް އެކަލޭގެފާނުން ދެކި ބިރު ގަނެއެވެ.
އެބެއިކަލަކުގެ ދިރި އުޅުއްވުން ރަސޫލުﷲ ގެފާނުން ނާއި އިސްލާމް ދީނަށް ނަސްރު
ދެއްވާން ހޭދަ ކުރެއްވެވި ކަލޭގެފާނުންނެވެ. އެ ބެއިކަލެއްގެ އަރިހުގައި
"އިއްތަޤިއްލާހި ޔާ ޢުމަރު" (ﷲ އަށް ބިރުވެތި ވާށޭ އޭ ޢުމަރާއޭ)
ބުނެވިއްޖެ ނަމަ ކީރިތި ކުރައްވާ ކަލޭގެފާނެވެ. ޤުރުއާނުގެ އާޔަތް ތަށް އަޑު
އަހާފަޔާއި ކިޔާފައި ކީރިތި ކުރައްވަމުންގޮސް ގައިން ވަރު ދޫވެ ވާނުވާ ނޭންގި
ވާހާލު ބިންމައްޗަށް ތިރިވެ ވަޑައިގަންނަވާ ކަލޭގެފާނެވެ. ސަހާބީން ގެ ތެރޭގައި
އުޅުއްވި ތިމަން ކަލޭގެފާނަކީ މުނާފިޤެކޭ އެންމެ ބޮޑަށް ހީކުރައްވައި އެންމެ
ބޮޑަށް ދީނަށް ޢިޚްލާސްތެރިވީ ކަލޭގެފާނެވެ. އެބެއިކަލެއްގެ މަރުގެ އިންތިޒާރީގައި
ވަނި ކޮށް އިބްން ޢައްބާސް އެކަލޭގެފާނުން ގެ ހިތްޕުޅު ހަމަ ޖައްސަވައި ދެއްވާން
ކަލޭގެފާނުން ނަކީ އެވެނި މިވެނި ކަމެއްގެ ވެރި އެކޭ ރަސޫލުﷲ ގެފާނުން ސުވަރުގެ
ވަޑައިގަތީ ކަލޭގެފާނުން ނާއި މެދު ހިތްޕުޅާއި ހަމަކުރައްވާ ޙާލުގައޭ ވިދާޅުވުމުން
މިފަދައިން ވިދާޅުވި ކަލޭގެފާނެވެ. އޭ އިބްން ޢައްބާސް އެވެ. ތިމަން
ކަލޭގެފާނުންނަށް ދުނިޔެ ލިބި އެއެކީ ހޭދަކޮށްގެންވެސް ތިމަންގެ ޤަބްރުގެ ޢަޒާބުން
ސަލާމަތް ވާނޭކަމުގެ ޔަޤީންކަން ލިބޭނޭ ނަމަ ތިމަން ކަލޭގެފާނުން މަރުވެ ދާހުށީ
(މިހެން ކީރިތި ނުކުރައްވަވާ) ހިންހަމަ ޖެހިގެން ވާ ޙާލުގައެވެ.
ދަރީންގެ ސަބަބުން މާތް ވީކަމުގައި ވާނަމަވެސް
އެހެނެވެ. އެކަލޭގެފާނުންގެ ދަރިކަލުން ޢަބްދުﷲގެފާނުން ނަކީ ސަހާބީންގެ ތެރެއިން
ވީ އެންމެ ސުންނަތުގައި ވަރުގަދަ އަށް ހިއްޕެވި ކަލޭގެފާނެވެ. އެކަލޭގެފާނުންނަށް
ވެގެން ވާނޭ ނަމަ މަގެއް މަތިން ހިންގެވިޔަސް ހިންގަވާނީ ރަސޫލުﷲ ގެފާނުންގެ
ފިޔަވަޅުތައް މަތީ ފިޔަވަޅު އަޅުއްވަމުންނެވެ. ދިގު ދަތުރެއްގައި ތާކަށް މަޑު
ކުރެއްވިޔަސް އެއީ ޤަޟާ ޙާއްޖަތަކަށް ދާން ބޭނުން ކިތަމެ ވަޑައިގެން ވީ ކަމުގައި
ވިޔަސް ވެސް ސީދާ ރަސޫލުﷲ ގެފާނުން މަޑުކުރެއްވި ތަނަށް ނޫނީ މަޑު ނުކުރައްވާ
ކަލޭގެފާނެވެ. އެބެއި ކަލެއްގެ ނަމާދު ޖަމާޢަތުން ދުނިޔަވީ ޢުޒުރަކާއި ލައިގެން
ވިޔަސް ފަސްވެއްޖެ ނަމަ ޖެހިގެން އަންނަ ނަމާދަކާއި ހަމަޔަށް ހުއްޓާލުމެއް ނެތި އެ
ނަމާތު ތަރުތީބުކޮށް ކުރައްވަވާ ކަލޭގެފާނެވެ.
އެއީ އެފަދަ ދަރިކަލެއްގެ ބައްޕާފުޅެވެ.
އެބެއިކަލެއްގެ ޙަޔާތްޕުޅުގައި ހިންގަވައި އުޅުއްވަނިކޮށް ސުވަރުގޭގެ އުފާވެރި
ކަމުގެ ޚަބަރު ލިބިލެއްވި ކަލޭގެފާނެވެ. އެކަލޭގެފާނުންގެ ހިތާއި ދޫ އިސްލާމް
ދީނާއި ﷲ ގެ ރުއްސެވުމާއި އެކީގައި ވާ ކަލޭގެފާނެވެ. ޤުރުއާނުގެ 70 އެތައް
އާޔަތެއް އެބެއިކަލެއްގެ ހިތްޕުޅުން އެކަމަކަށް އެދި އެދި ހުރި ގޮތަށް ބާއްވައި
ލެއްވުން ކަލޭގެފާނެވެ. އަދި ޚާއްސަކޮށް 3 ތަނެއްގައި ސީދާ އެކަލޭގެފާނުންގެ
ބަސްފުޅު ބަދަލު ވުމެއްނެތި އައިސްފައި ވާ ކަލޭގެފާނެވެ.
ނަމަވެސް މިހާރު މި އުޅޭ ނަން މުސްލިމް ގައިގައި
ސުމެއްގެ ފަޅިވަރެއްވެސް ނެތް ލަދު ޙަޔާތް މަދު މުނާފިޤުން ތައް ޢުމަރުގެފާނުން
ނަކީ އެއީ ބިދުޢަ ތައް ހަދާ އުޅޭ ނުބައި ނުލަފާ މީހެކޭ ކިޔައިގެން ދުނިޔޭގައި
އުޅޭނެ ގޮތަކަށް އުޅިފައި މާދަން ރަސޫލުﷲ ގެފާނުންގެ ޝަފާޢަތޭ ޝަފާޢަތޭ ގޮވަމުން
ދުވާނީ ކިހިނަކުން ބާވައޭވެސް ހިތަށް އަރައެވެ. އެހެނީ އެޢުމަރުގެފާނުންނަކީ ފާރިޤުލް ޙައްޤް ވަލް ބާޠިލް އޭ ޙަދީޘްކުރެއްވީ ރަސޫލާއެވެ.
އަޅުގަނޑުމެންނަށް ބޮޑުވެފައި ވަނީ އިސްލާމްދީނުގައި ކޮންމެހެން އެކަމަކާއިމެދު ވާހަކަ ދައްކަން ނުޖެހޭ ކަންކަމެވެ. މިސާލަކަށް ހުކުރު ނަމާދުގެ ވަގުތު 12:35 ގައި ވުން، ސަލާމްދިނުމަށްފަހު ދުޢާއަށް އަތް ނެގުން، ތަރާވީޙް ޖަމާޢަތުގައި ވިހި ރަކުޢަތް ކުރުން... މިފަދަ ކަންކަމެވެ. ހިތާމައަކީ މިއިން ވާހަކަ ދައްކާ އުޅޭ މީހުންނަކީ މިސްކިތު އެތެރެ އޮތް ގޮތް ވެސް ބުނެދެން ނޭންގޭހާ ވަރަށްވެސް ނަމާދަށް އަރާލާ ބަޔަކަށް ނުވާތީއެވެ. އެއްޗެހިގޮވަނީ އެހެންމީހުންނަށެވެ. ތިމާގެ އަމިއްލަ ފަސްބައި އޮތީ ކިހިނެތްތޯ އެއް ނުބަލައެވެ.
ހައްދަވާ ގެންގުޅުއްވާ އިލާހް! އަޅަމެންނަށް ހެޔޮވިސްނުން ދެއްވާ ހެޔޮމަގަށް އަޅުއްވާންދޭވެ.
Subscribe to:
Post Comments (Atom)
0 comments:
Post a Comment