Blog Archive
- 2014 (39)
-
2013
(100)
- December(45)
- November(21)
-
October(34)
- މޫސާގެފާނުންގެ ޢަޖައިބުކުރުވަނިވި ދުޢާ:
- ސަލާމް ލެއްވި އިދްރީސްގެފާނުން:
- ކޮންމެ ރެޔަކު ހުވަފެނުގައި ރަސޫލުﷲ ގެަފާނުން
- މަންމަގެ އުނގުގައި ވާހަކަދެއްކި 3 ކުއްޖާ
- އެކުއެކީ ނިމިގެންދިޔަ ދެތަރި
- ވަގުތުން އިޖާބަކުރެވުން ދުޢާ
- ޢުމަރުގެފާނުންގެ ފަރާތުން ނީލަކޯރަށ
- ކުޑަކުއްޖާއާއި ރަސްގެފާނު:
- ހުވަފެނުން ފެނުނު "ފުޅިބައްތި"
- ވެރިކަމަށް ﷲ ވެސް ރިޝްވަތު ނުހިއްޕަވައެވެ.
- ޝައިޠާނާގެ އުނދަގޫ ފަހުވަގުތުގައުވެސް
- މުޢާވިޔަތުގެ ފަރާތުން ހިރަޤުލްއަށް
- ޢަބްދުﷲ ބިން މުބާރަކް
- ﷲ ދެނެވޮޑިގަތީމައި އެނިމުނީއެވެ.
- ބަހުލޫލް އަށް ލިބިވަޑައިގަތް ސިޓީ
- މަގު ފޭރޭ މީހާ މިޔަދު ރޯދައަށް
- ޤުރުޢާން (ބަލައިގެން) ކިޔަވަން ނޭންގޭ މާތް މީހާ
- ސުންނަތް ރޯދަ:
- 10 ކަމަކާއިގެން މަޙުޝަރައް
- އަޖައިބެއް ފަދަ އަވައްޓެރިޔާ
- އިމާމް ބުޚާރީގެ ތެދުވެރިކަން
- ބުޢުލާމް އިބްން ބާޢޫރާގެ ވާހަކަ
- ޒަދާންގެ ތައުބާ
- ޢިލްމުވެރިންނަކީ ކޮބައިހެއްޔެވެ؟
- ޢުމަރުގެފާނުންގެ ޢަދުލުވެރިކަން
- ޢަލީގެފާނާއި ޢަމްރޫ ބިން ޢަބްދް ވުއްދު
- ޢުމަރުގެފާނުން ދީނަށް ދެއްވި ނަޞްރުގެ ތެރެއިން
- ކިތާބުއްތައުޙީދު
- އަލް އިމާމް އަސްމާޢީގެ ޙަޔާތްޕުޅުން ސަފްޙާއެއް
- އަބޫ ބަކުރުގެފާނުންގެ ޤުރުބާނީ
- ތިލާވަތުގެ ސަޖިދައިގައި އޮވެ ކިޔާ ދުޢާ:
- ނަމާދުގައި ކިޔާ ތަކެތި
- އައްޔޫބު ޢަލައިހިއްސަލާމްގެ ކެއްތެރިކަން
- ދުނިޔޭގެ އަވާގައި ޖެހުން
- 2011 (6)
Wednesday, October 23, 2013
ސުވައިދު އިބްން ސާޢިދު (ވިދާޅުވިއެވެ):
"އަހުރެން ޢަބްދުﷲ އިބްން މުބާރަކް މައްކާގައި ޒަމްޒަމްފެން ބޯން ހުއްޓައި
ދުށީމެވެ. އެކަލޭގެފާނުން އެފެނުގެ ކައިރިއަށް ގޮސް ފެން ނަގައި ކަޢުބާއަށް
ކުރިމަތިލައްވައި ވިދާޅުވިއެވެ.
"ޔާ ﷲ، އިބްނުލް މަވާލީ، މުޙައްމަދު އިބްނުލް މުންކަދިރުގެ އަރިހުން
އަދި އެކަލޭގެފާނުން (މުޙައްމަދު އިބްނުލް މުންކަދިރު) ޖާބިރުގެފާނުންގެ އަރިހުން
އަދި ޖާބިރުގެފާނުން ރަސޫލުﷲ ސައްލައްﷲ ޢަލައިހި ވަސައްލަމަގެ އަރިހުން
ރިވާކުރެއްވިއެވެ. "ޒަމްޒަމްފެނަކީ އެފެން ބުއިކަމަކަށްވާ އެއްޗެކެވެ.(1)"
މިއަޅާ މިފެން ބޮނީ ހިސާބުބެއްލެވޭދުވަހުގެ
ކަރުހިއްކުން ފިލުމަށް އެދިގެންނެވެ." ދެން އެކަލޭގެފާނުން އެފެން
ހިއްޕެވިއެވެ.
= ސިފަތުއް ސަފްވާ: ވޮލިޔުމް 2 ސަފްޙާ 325 =
(1) ޞަޙީޙް އިބްން މާޖާ: 3062
އަބޫ ޙަސަނުލް ބަސްރީ ޢީސާ އިބްން ޢަބްދުﷲ
ވިދާޅުވިއެވެ: އަލް ޙަސަން އިބްން އަރަފާ ވިދާޅުވަނިކޮށް ތިމަން އަޑު އެހީމެވެ:
(ޢަބްދުﷲ) އިބުނު އަލް މުބާރަކް ތިމަންނާއަށް
ވިދާޅުވިއެވެ:
"ސީރިއާއިން އަހުރެން ޤަލަމެއް (އަނބުރާ
ދޭގޮތަށް) ގެނެސް އެއިގެ ވެރިއާއަށް އަނބުރާ ދޭން ހަނދާންނެތުނެވެ. އަހުރެން
މަރުވާ(އިރާންގެ) އާއި ހިސާބަށް އާދެވުމުން އަދިވެސް ޤަލަމް ވަނީ އަހުރެންގެ
އަތުގައިކަން އިނގުނެވެ. އެހެންވެ، އަހުރެން އަލުން އަނބުރާ ސީރިއާއަށް އެޤަލަމުގެ
ވެރިއާއާއި ޙަވާލުކުރާން ދިޔައީއެވެ."
= ޚާތިބް ،ތާރީޚް: 10/167 =
"އަހުރެން ޢަބްދުﷲ އިބްން މުބާރަކް އާއި
މުޢުތަމިރް އިބްން ސުލައިމާނާއި އެކު ޓަރަސުސްގައި އެއްފަހަރަކު ވަނިކޮށް
ކުއްލިގޮތަކަށް ހަނގުރާމައަށް ތައްޔާރު ވާންޖެހުނެވެ. ދެބައި ލަޝްކަރީން
(މުސްލިމުންނާއި ރޯމަނުން) އެމީހުންގެ މަޤާމަށް އައިސް ހަމަޖެހުމުން، ރޯމަނުންގެ
ތެރެއިން ވަރުގަދަ މީހަކު ނިކުމެ 'ވަން ޓު ވަން ފައިޓް' އަކަށް އެދުނެވެ. މުސްލިމުންގެ
ތެރެއިން ބެއިކަަލަކު އޭނައާއި ހަގުރާމައަށް ގޮސް ޝަހީދުވިއެވެ. ދެން އެހެން
ބެއިކަލަކުވެސް ވަޑައިގެން ހަނގުރާމަ ކުރައްވާ ޝަހީދުވެ ވަޑައިގެންނެވިއެވެ. އެ
ރޯމްގެ ހަގުރާމަވެރިޔާ މުސްލިމުންގެ ހަ މުޖާހިދަކު އެގޮތުގައި ޝަހީދުކުރިއެވެ.
އަދި ލަޝްކަރުގެ ސަފުތައްމެދުން ހިނގަމުން ހަޅޭލަވަމުންދިޔައެވެ. ބޮޑާކަމާއިއެކު
ހަގުރާމަކުރާނޭ މީހަކަށް އެދެމުންނެވެ. ދެން އިބްން އަލް މުބާރަކް އަހުރެންނަށް
ބައްލަވައިލައްވާ ވިދާޅުވިއެވެ. "ތިމަން ކަލޭގެފާނުން މަރާލެވިއްޖެނަމަ
އެވެނި މިވެނި ގޮތަކަށް ކަންތައްކޮށްދޭށެވެ"
ދެން އެކަލޭގެފާނުން ރޯމަނުންގެ މީހާއާއި
ދިމާއަށް ވަޑައިގަތް ގަޑިއެއްހާއިރުގެ ހަގުރާމައަކަށްފަހު އޭނާ
ޤަތުލުކޮށްލެއްވިއެވެ. އަދި ސަފައް ވަޑައިގެންނެވިއެވެ. އަދި ވިދާޅުވިއެވެ. 'އޭ
ޢަބްދުﷲ އެވެ. ކަލެއަށް ތިޔަ ފެނުނު ކަންތައްތަކާއިމެދު ތިމަންކަލޭގެފާނުން ދުނިޔޭގައި
ހުންނަވަނިކޮށް ވާހަކަ ނުދައްކާށެވެ"
Labels:
salaf
Subscribe to:
Post Comments (Atom)
0 comments:
Post a Comment