Blog Archive

Saturday, October 26, 2013


އަނަސް ބިން މާލިކް ވިދާޅުވިއެވެ: ރަސޫލުﷲ ގެފާނުން ޙަދީޘްކުރެއްވިއެވެ. "ސާލިޙް މީހާގެ ހުވަފެނަކީ (ސީދާ ވެގެންވާ) ނަބީކަމުގެ ސާޅީސް ހަބައިކުޅަ އެއްބައެވެ." – ބުޚާރީ –
އަބޫ ހުރައިރާ ވިދާޅުވިއެވެ. ތިމަންކަލޭގެފާނުން ރަސޫލުﷲ ގެފާނުން ޙަދީޘްކުރައްވާ އަޑު އެއްސެވީމެވެ. "ނަބީކަމުން އެއްޗެއް އަލް މުބައްޝިރާތު ފިޔަވާ ފަސްވެގެންނުވެއެވެ." އެބެއިކަލުން އެއްސެވިއެވެ. "އަލް މުބައްޝިރާތަކީ ކޮބައިތޯއެވެ؟" އެކަލޭގެފާނުން ޖަވާބު ދެއްވިއެވެ. "(އުފާވެރިކަން ލިއްބައިދޭ) ތެދު ރަގަޅު ހުވަފެނެވެ." - ބުޚާރީ -
މީހަކު ކިޔައިދިނެވެ.

އަހަރެންގެ ބައްޕާ އެއްފަހަރަކު އަހަރެންނަށް ދުވަސްވީ މީހަކަށް ފެނުނު ހުވަފެނެއްގެ ވާހަކައެއް ކިޔައިދިނެވެ. އެހުވަފެނުގައި އޭނާއަށް ޝައިޚުލް އިސްލާމް އިމާމް އިބްން ތައިމިއްޔާއާއި 'އުނައިޒާ' ގެ ބާޒާރުން ބައްދަލުވިއެވެ. މިއީ މީހުން އެއްވެ އުޅޭ ދިމާލަކަށްދެވޭން އޮތް ބާޒާރެކެވެ.
މިބައްދަލުވުމުގައި، ޝައިޚުލް އިސްލާމް އިބުނު ތައިމިއްޔާ މިދުވަސްވީ މީހާއަށް ފުޅިބައްތިއެއް ދެއްވިއެވެ.
މިދުވަސްވީ މީހާއާއި، މި ހުވަފެނާއި ބެހޭގޮތުން ސުވާލުކުރުމުން ބުންޏެވެ. އަހަރެންނަށް އިސްލާމްދީނުގެ ޢިލްމު ލިބިގެންވާ ސާލިޙް، ޛުހުދުވެރި، ދަރިއަކު ދެއްވާނޭކަމުގައި ބުނެވުނެވެ.
ދެން، މިދުވަސްވީ މީހާއަށް ދަރިއަކު ލިބުނެވެ. އަދި މިކުއްޖާއަށް ސާލިޙްއޭ ކިޔާ ނަންދެވުނެވެ. އެއީ އެފެނުނު ހުވަފެނުގައިވާ ދަރިއަކީ އެދަރިފުޅުކަމުގައި އުއްމީދުކޮށްގެންނެވެ.
މިސާލިޙަކީ ދީންވެރި އަޅުވެރި އަދި މީސްތަކުންގެ ތެރޭގައި ލޯބި ލިބިގެންވާ މީސްތަކުންނަށް ލޯބިވާ މީހަކުކަމުގައި ވިއެވެ. ޤުރުއާން ކިޔަވާ ދަމުނަމާދުކުރުމުގާ ހުންނަ މީހަކަށް ވިއެވެ. އެކަމަކު ދީނުގެ ޢިލްމް ލިބިގެންވާ މީހަކުކަމުގައި މިސާލިޚް ނުވެއެވެ.
ސާލިޙް ދެން މީހަކާއި ކައިވެނިކޮށް ދަރިއަކު ލިބުނެވެ. އެދަރިއަކަށް މުޙައްމަދޭ ކިޔާ ނަންދެވުނެވެ. އެކުއްޖާއަކީ މުޙައްމަދު ބިން ސާލިޙުލް އުޘައިމީނެވެ.
އަސްލު ޙަޤީގަތުގައި – އަދި އަހުރެެމެން ދެކޭގޮތުގައި – ޝައިޚުލް އިސްލާމް އިމާމް އިބްން ތައިމިއްޔާ ދެއްވި މިބައްތިއަކީ އެކަލޭގެފާނުންނެވެ.
އެދުވަސްވީ މީހާއަކީ ޝައިޚް އިބްން އުޘައިމީންގެ ކާފައެވެ.
ރެފަރެންސް: http://www.fatwa-online.com/jewelsofguidance/ibnuthaymeen/0120511.htm

0 comments: