Blog Archive

Friday, October 11, 2013

އެއްދުވަހަކު ޢުމަރު ބިން އަލް ޚައްތާބު އަހެއް މަތީގައި ވަޑައިގެންނެވިއެވެ. އެކަލޭގެފާނުން އިންނެވީ މަޑު މަޑުން ޤުރުއާން ކިޔެވުމުގައި މަޝްޢޫލު ވެގެން ނެވެ. އެހެން އިންނަވައިގެން ވަޑައިގަންނަވަނިކޮށް އެކަލޭގެފާނުންގެ ކޮނޑުމަތިން އެއްލާފައިވާ ރިދާކޮޅު ކަހާލައިގެން ވެއްޓިއްޖެއެވެ. އެކަމެއް އެކަލޭގެފާނުން ނަކަށެއް އިނގި ނުލައްވައެވެ.

ދެން ކުރިޔަށް ވަޑައިގަންނަވަނިކޮށް މީހަކަށް އެކަލޭގެފާނުންގެ ކޮނޑުމަތީ (އަބަދުހެން އަޅުއްވާފައި) ވާ ރިދާކޮޅެއް ނެތްކަން އިނގިގެން އެކަމާއި ސުވާލު ކުރެއްވެވިއެވެ. އެހިނދު އެކަލޭގެފާނުން ނަށް އެވީ ވަޑައިގެން މަގުމަތީ ވެއްޓިފައިކަން އިނގިލައްވައިގެން އެ މީހާ ގާތުގައި އަހަށް ވާނުވާ ބަލައިލައި ދެވިދާނެތޯ އެއްސެވިއެވެ. އޭނާ އެ ކުރާކަމެއް ކުރަމުން ވެސް އެކަން ކޮށްލެވިދާނެއޭ ދެންނެވުމުން އެކަލޭގެފާނުން އަހުން ފައިބައި ވަޑައިގެން ނަވާ ހިންގަވާފައި ވަޑައިގެން އެރިދާ އެ ވެއްޓުން ތަން ހޯއްދަވައިގެން، އެ ހިއްޕަވައިގެން ވަޑައިގެންފިއެވެ.



ވަޑައިގަތުމުން އެމީހާ އެކަލޭގެފާނުންގެ އެ ޢަމަލާއި މެދު ސުވާލު ކުރެއްވެވިއެވެ.
ފުރަތަމަ ސުވާލު: ކަލޭގެފާނުން އެ އަހުގައި ވަޑައި ނުގެން އެ މިތާ ބާއްވާފައި ހިންގަވާ ވަޑައިގެން އެ ނަންގަވައިގެން ތި ވަޑައިގަތީ ކީއްވެގެން ތޯއެވެ؟
ޢުމަރު ގެފާނުން އޭގެ ޖަވާބުގައި އެއީ ތިމަން ކަލޭގެފާނުންގެ އަހެއް ނޫނެވެ ވިދާޅުވިއެވެ. އަދި ތިމަންނަޔަށް ތިމަން ކަލޭގެފާނުންގެ ރިދާކޮޅު ވެއްޓުނަސް އެ ބަލާ އަނބުރާ އަހުގައި ދިޔުމަކަށެށް ހުއްދައިގައި ވެސް ނެތޭވެސް ވިދާޅުވިއެވެ. (މާނަޔަކީ އަސް މީހަކު އަތުން ހޯއްދެވީ ވަކި ތާކަށް ވަޑައިގަންނަވާން ކަމަށް ވާތީއެވެ.) މި ހުންނަނީ އެކަލޭގެފާނުންގެ ޚިޔާނަތެއް ވެވިދާނެތީވެ ބަހައްޓަވާ ފަރުވާތެރިކަމެވެ.

ދެވަނަ ސުވާލު: ތިމަން ގެ ގާތުގައި އެ ރިދާކޮޅު ގެނައުމަށް އަމުރު ނުކުރަށްވާ އަމީރުލް މުއުމިނީން އަމިއްލަ ފުޅަށް ވަޑައިގެންނެވީ ކީތްވެތޯއެވެ؟
އޭގެ ޖަވާބުގައި ޢުމަރުގެފާނުން ވިދާޅުވިއެވެ: "ތިމަން ކަލޭގެފާނުންނަށް ކަލޭގެފާނުންގެ މައްޗަށް އަމުރު ކުރުމުގެ ޙައްޤެއް އެބަ އޮތްތޯއެވެ؟"
މާނައަކީ ވެރިކަމުގެ ގޮތުން ކުރެވޭ ހުއްދަ އަމުރެއް ފިޔަވާ ދެން ތިމަން ކަލޭގެފާނުންނާއި ކަލޭގެފާނުންނާއި ހަމަ ހަމައެވެ. ވެރި ކަމަކީ ތިމަން ކަލޭގެފާނުންގެ ޒިންމާ އެކެވެ. ވެރިކަމުގެ އަމުރު ފިޔަވައި އަމިއްލަ ކަން ކަމުގައި ތިމަން ކަލޭގެފާނެކޭ ކަލޭގެފާނެކޭ އެހެން ބޭކަލެކޭ ތަފާތެއް ނެތެވެ.

މާޝާﷲ... މިކަހަލަ ވެރިން ދިވެހިންނަށް ފެނިއްޖެއްޔާ ސޮނި ވެއްޓޭނެ ކަން ކަށަވަރެވެ.

0 comments: