Blog Archive
- 2014 (39)
-
2013
(100)
- December(45)
- November(21)
-
October(34)
- މޫސާގެފާނުންގެ ޢަޖައިބުކުރުވަނިވި ދުޢާ:
- ސަލާމް ލެއްވި އިދްރީސްގެފާނުން:
- ކޮންމެ ރެޔަކު ހުވަފެނުގައި ރަސޫލުﷲ ގެަފާނުން
- މަންމަގެ އުނގުގައި ވާހަކަދެއްކި 3 ކުއްޖާ
- އެކުއެކީ ނިމިގެންދިޔަ ދެތަރި
- ވަގުތުން އިޖާބަކުރެވުން ދުޢާ
- ޢުމަރުގެފާނުންގެ ފަރާތުން ނީލަކޯރަށ
- ކުޑަކުއްޖާއާއި ރަސްގެފާނު:
- ހުވަފެނުން ފެނުނު "ފުޅިބައްތި"
- ވެރިކަމަށް ﷲ ވެސް ރިޝްވަތު ނުހިއްޕަވައެވެ.
- ޝައިޠާނާގެ އުނދަގޫ ފަހުވަގުތުގައުވެސް
- މުޢާވިޔަތުގެ ފަރާތުން ހިރަޤުލްއަށް
- ޢަބްދުﷲ ބިން މުބާރަކް
- ﷲ ދެނެވޮޑިގަތީމައި އެނިމުނީއެވެ.
- ބަހުލޫލް އަށް ލިބިވަޑައިގަތް ސިޓީ
- މަގު ފޭރޭ މީހާ މިޔަދު ރޯދައަށް
- ޤުރުޢާން (ބަލައިގެން) ކިޔަވަން ނޭންގޭ މާތް މީހާ
- ސުންނަތް ރޯދަ:
- 10 ކަމަކާއިގެން މަޙުޝަރައް
- އަޖައިބެއް ފަދަ އަވައްޓެރިޔާ
- އިމާމް ބުޚާރީގެ ތެދުވެރިކަން
- ބުޢުލާމް އިބްން ބާޢޫރާގެ ވާހަކަ
- ޒަދާންގެ ތައުބާ
- ޢިލްމުވެރިންނަކީ ކޮބައިހެއްޔެވެ؟
- ޢުމަރުގެފާނުންގެ ޢަދުލުވެރިކަން
- ޢަލީގެފާނާއި ޢަމްރޫ ބިން ޢަބްދް ވުއްދު
- ޢުމަރުގެފާނުން ދީނަށް ދެއްވި ނަޞްރުގެ ތެރެއިން
- ކިތާބުއްތައުޙީދު
- އަލް އިމާމް އަސްމާޢީގެ ޙަޔާތްޕުޅުން ސަފްޙާއެއް
- އަބޫ ބަކުރުގެފާނުންގެ ޤުރުބާނީ
- ތިލާވަތުގެ ސަޖިދައިގައި އޮވެ ކިޔާ ދުޢާ:
- ނަމާދުގައި ކިޔާ ތަކެތި
- އައްޔޫބު ޢަލައިހިއްސަލާމްގެ ކެއްތެރިކަން
- ދުނިޔޭގެ އަވާގައި ޖެހުން
- 2011 (6)
Sunday, October 20, 2013
ހުކުރު
ޚުޠުބާއެއްގައި ޝައިޚް މުޙައްމަދު އިބްރާހިމް އަލް މަހްދީ ޣާޒާގައި ހުންނަ ޝައިޚް
ޢިޖްލީން މިސްކިތުގައި 6 ޖޫން 2001 ވަނަ އަހަރު ދެއްވި ޚުޠުބާއެއްގައި މިވާހަކަ
ކިޔައި ދެއްވިއެވެ.
".....
އޭ ﷲ ދެކި ލޯބިވާ މީސްތަކުންނޭވެ! ﷲގެ ރުހިވޮޑިގަތުން ހޯދުމަށްޓަކައި
ހިތްވަރާއިއެކު މަސައްކަތް ކުރުމަކީ އަހުރެމެންގެ ވާޖިބެކެވެ. އަޑުއައްސަޥާށެވެ:
އެފްރިކާގެ
ޤައުމެއްގައި ބައިޒަންޓައިންގެ ލަޝްކަރަކާއި މުސްލިމުން ހަގުރާމަ
ވެވެމުންދިޔައެވެ. ބައިޒަންޓައިންގެ ލަޝްކަރު މުސްލިމުންގެ ލަޝްކަރުގެ ޢަދަދަށްވުރެ
ދިހަގުނަ އަށްވުރެ އިތުރެވެ. ބައިޒަންޓައިންގެ ކޮމާންޑަރަކީ ގްރިގޯރިއަސް އެވެ.
އަދި އޭނާއާއިއެކު އޭނާގެ އަންހެންދަރިވެސް ވެއެވެ.
ގްރެގޯރިއަސްގެ
ދަރި އެއްފަހަރަކު ބުނެއެވެ. 'އަހުރެންގެ ބައްޕާއެވެ! މިއީ ކޮންކަހަލަ
ބައެއްހެއްޔެވެ. އަތްގޮއްޓެއްހާ މަދެވެ. ފަނަރަ ހާހަކަށްވުރެ އެމީހުންގެ ޢަދަދު
ގިނައެއް ނުވާނެއެވެ. އެއީ ކޮންބައެއްހެއްޔެވެ؟'
އޭނާ
ޖަވާބުގައި ބުންޏެވެ: 'މިއީ ޢަރަބި އަސްވާރުންނެވެ.'
އޭނާގެ
ދަރި އަނެއްކާވެސް އެހިއެވެ: 'އަހުރެންގެ ބައްޕާއެވެ! އަހުރެންނަށް އެމީހުން
ކުނިބުނީގެ ގޮތުގައި ދޭށެވެ.'
ދެން
އޭނާ، އޭނާގެ އަންހެން ދަރިއަށް އެމީހުންގެ ޣަނީމާއިން ބައިވަރެއް އަދި ހަގުރާމަ
ނުފެށި އުޅެނިކޮށް ދޭން ލިބިގެން ދީފިއެވެ. އެހެނަސް ﷲ މިންވަރުފުޅުގައި ވަނީ
ގްރެގޯރިސް މަރުވެ އޭނާގެ އަންހެންދަރި އެހަނގުރާމައިގައި އަސީރެއްގެ ގޮތުގައި
މުސްލިމުންނަށް ހިފެވުމަށެވެ. މުސްލިމުންގެ ކޮމާންޑަރަކަށް ހުންނެވި ބެއިކަލަކު
ބޭނުންވެލައްވަނީ ގްރެގޯރިސް ޤަތުލު ކުރީ ކޮން ބެއިކަލެއްކަން
އިނގިވަޑައިގަންނަވާށެވެ. އެހެނަސް އެއްވެސް މީހަކު އެކަމާއި އެއްޗެއް ނުބުނެއެވެ.
"ގްރެގޯރިސް
ޤަތުލުކުރީ (ނުވަތަ އޭނާ މެރީ) ކާކު ހެއްޔެވެ؟"
ގްރެގޯރިސްގެ
ދަރި މުސްލިމް ކޮމާންޑަރަށް ޖަވާބުދިނެވެ. "އަހަންނަށް އަހުރެންގެ ބައްޕަ
މެރި މީހާ އެނގެއެވެ."
ދެން
އެއްފަހަރަކު ގްރެގޯރިސްގެ އަންހެންދަރި ކައިރިން ޢަބްދުﷲ ބިން އައް ޒުބައިރު
ވަޑައިގަންނަވަން ހެދީމައި އެ އަންހެންމީހާ ގޮވާލިއެވެ. "އޭ މުސްލިމުންގެ ކޮމާންޑަރެވެ!
އަހަރެންގެ ބައްޕަ މެރީ މިހިރަ މީހާއެވެ"
(މުސްލިމުންގެ
ކޮމާންޑަރު ވިދާޅުވިއެވެ.) "އޭ ޢަބްދުﷲ ބިން އައް ޒުބައިރެވެ! އަހަރެމެންނަށް
އެކަން ފޮރުވީ ކީތްވެހެއްޔެވެ؟"
ޢަބްދުﷲ
ބިން އައް ޒުބައިރު ދެއްވި ޖަވާބު އިނގިލައްވާހެއްޔެވެ؟ އެކަލޭގެފާނުންގެ ބަސްފުޅު
ތާރީޚުގެ ކަންފަތުގައި އިވިއިވި ހުންނަ ފަދައެވެ.
އެކަލޭގެފާނުން
ވިދާޅުވިއެވެ.
"އޭނާ
ޤަތުލުކުރީ އަހުރެންކަން ﷲ ދެނެވޮޑިގަނެއެވެ" (މާނައަކީ އެވަރުން
ތިމަންކަލޭގެފާނުންނަށް ފުދެއެވެ. އެހެންމީހެއް ކައިރީ ކަނޑާން ދެން އޮންނާނީ ކޮން
ފޮންޏެއްހެއްޔެވެ؟)
މިފަދަ މާތް ވިސްނުންތަކުގައި އަޅުގަނޑުމެން ވާނަމަ
މިއުއްމަތް ކާމިޔާބުވާނެއެވެ."
Labels:
salaf
Subscribe to:
Post Comments (Atom)
0 comments:
Post a Comment