Blog Archive
- 2014 (39)
-
2013
(100)
- December(45)
- November(21)
-
October(34)
- މޫސާގެފާނުންގެ ޢަޖައިބުކުރުވަނިވި ދުޢާ:
- ސަލާމް ލެއްވި އިދްރީސްގެފާނުން:
- ކޮންމެ ރެޔަކު ހުވަފެނުގައި ރަސޫލުﷲ ގެަފާނުން
- މަންމަގެ އުނގުގައި ވާހަކަދެއްކި 3 ކުއްޖާ
- އެކުއެކީ ނިމިގެންދިޔަ ދެތަރި
- ވަގުތުން އިޖާބަކުރެވުން ދުޢާ
- ޢުމަރުގެފާނުންގެ ފަރާތުން ނީލަކޯރަށ
- ކުޑަކުއްޖާއާއި ރަސްގެފާނު:
- ހުވަފެނުން ފެނުނު "ފުޅިބައްތި"
- ވެރިކަމަށް ﷲ ވެސް ރިޝްވަތު ނުހިއްޕަވައެވެ.
- ޝައިޠާނާގެ އުނދަގޫ ފަހުވަގުތުގައުވެސް
- މުޢާވިޔަތުގެ ފަރާތުން ހިރަޤުލްއަށް
- ޢަބްދުﷲ ބިން މުބާރަކް
- ﷲ ދެނެވޮޑިގަތީމައި އެނިމުނީއެވެ.
- ބަހުލޫލް އަށް ލިބިވަޑައިގަތް ސިޓީ
- މަގު ފޭރޭ މީހާ މިޔަދު ރޯދައަށް
- ޤުރުޢާން (ބަލައިގެން) ކިޔަވަން ނޭންގޭ މާތް މީހާ
- ސުންނަތް ރޯދަ:
- 10 ކަމަކާއިގެން މަޙުޝަރައް
- އަޖައިބެއް ފަދަ އަވައްޓެރިޔާ
- އިމާމް ބުޚާރީގެ ތެދުވެރިކަން
- ބުޢުލާމް އިބްން ބާޢޫރާގެ ވާހަކަ
- ޒަދާންގެ ތައުބާ
- ޢިލްމުވެރިންނަކީ ކޮބައިހެއްޔެވެ؟
- ޢުމަރުގެފާނުންގެ ޢަދުލުވެރިކަން
- ޢަލީގެފާނާއި ޢަމްރޫ ބިން ޢަބްދް ވުއްދު
- ޢުމަރުގެފާނުން ދީނަށް ދެއްވި ނަޞްރުގެ ތެރެއިން
- ކިތާބުއްތައުޙީދު
- އަލް އިމާމް އަސްމާޢީގެ ޙަޔާތްޕުޅުން ސަފްޙާއެއް
- އަބޫ ބަކުރުގެފާނުންގެ ޤުރުބާނީ
- ތިލާވަތުގެ ސަޖިދައިގައި އޮވެ ކިޔާ ދުޢާ:
- ނަމާދުގައި ކިޔާ ތަކެތި
- އައްޔޫބު ޢަލައިހިއްސަލާމްގެ ކެއްތެރިކަން
- ދުނިޔޭގެ އަވާގައި ޖެހުން
- 2011 (6)
Sunday, October 27, 2013
އިބްން ކަޘީރު ރަޙިމަހުﷲ ވިދާޅުވިއެވެ:
އަހަރެމެންނަށް މިވާހަކަ އިބްން ލުހައްޔު
ޤައިސްގެ ފަރާތުން އަދި ޤައިސް އިބްން އަލް ހައްލާޖްގެ ފަރާތުން އަދި އަލް
ހައްލާޖު މީހެއްގެ ފަރާތުން އަޑުއަހައިގެން ކިޔައިދެމުން އައެވެ؛
މިސްރު ފަތަޙަ ކުރެވުމުން އެތާންގެ މީހުން ޢަމްރޫ
ބުނުލް ޢާސްގެ އަރިއަހަށް އައިސް ދެންނެވިއެވެ؛ އޭ އަމީރެވެ. މިނީލަ ކޯރަކީ
ކަމަކަށް ދެވިހިފައިފައިވާ އެއްޗެކެވެ. އަދި އެކަމެއް ނުވާހާހިނދަކު އެއިގެ ފެނެއް
ނުދެމޭނެއެވެ. ޢަމްރޫ ބުނުލް ޢާސް ދެންނެވިއެވެ. އެއީ ކޮންކަމަކަށްހެއްޔެވެ؟
އެމީހުން ދެންނެވިއެވެ. (ހަނދުމަހުގެ) ބާރަވަނަ ވިލޭރެއި، އަހަރެމެން އަންހެން
ކުއްޖަކު އެކުއްޖާގެ މައިންބަފައިންގެ އަތުން ނަގައި ކުރެވުނުހާ އެންމެ
ޒީނަތްތެރިކުރުމަށްފަހު ނީލަކޯރައް އެއްލާލަމެވެ.
ޢަމްރު ވިދާޅުވިއެވެ؛ މިއީ އިސްލާމް ދީނުގައި
ވެގެންވާނޭ ކަމެއްނޫނެވެ، އިސްލާމްދީނަކީ އެއިގެ ކުރިން ކުރަމުން އައިހައި (ނުބައި
އާދަތައް) ފުހެލާ ދީނެކެވެ.
އެހެންކަމުން އެބެއިކަލުން އެހަށް ނީލަ ކޯރުގެ
ފެންގަނޑު އަރާތޯ މަޑު ކުރެއްވިއެވެ. އެކަމަކު އެފެންގަނޑެއް ނޭރިއެވެ.
ކުޑަކޮށްވިޔަސް ނުވަތަ ބޮޑުކޮށްވިޔަސްވެހެވެ. ދެން އެމީހުން އެތަނުން ދިޔުމަށް
ވިސްނައިފިއެވެ. އެން ޢަމްރު ޢުމަރު ބުނުލް ޚައްޠާބަށް މިވާހަކަތައް ނަންގަނެ
ސިޓީއެއް ލިޔުއްވިއެވެ. އެއިގެ ޖަވާބުގައި ޢުމަރުގެފާނުން ލިޔުއްވިއެވެ؛
ކަލޭގެފާނުން ކަންތައް ތިކުރެއްވީ ރަގަޅަށެވެ. އަދި ތިމަންކަލޭގެފާނުން މިސިޓީއާއިއެކު
ކަރުދާސްކޮޅެއް ފޮނުވަމެވެ. އެކަރުދާސްކޮޅު ނީލަ ކޯރަށް އެއްލާލައްވާށެވެ.
މިސިޓީ އައުމުން ޢަމްރޫ އެކަރުދާސްކޮޅު
ނެންގެވިއެވެ. އޭގައި ވަނީ:
"ﷲ ގެ އަޅާ ޢުމަރު، އަމީރުލް މުއުމިނީންގެ
ފަރާތުން، މިސުރު މީހުންގެ ނީލަކޯރަށް، ތިބާ އޮހި، ދެމެނީ ތިބާގެ އަމިއްލަ
އިޚްތިޔާރުގައި ކަމަށްވަނީނަމަ، ފެންގަނޑު އޮހިނުގަނެ، ނުދެމި ތިހެން އޮންނާށެވެ.
އެއީ އަހަރެމެންނަކު ތިބާގެ ބޭނުމެއްވެސް ނެތެވެ. އެކަމަކު ތިބާ އޮހި ދެމެނީ ﷲ ގެ
އަމުރުފުޅާއިގެންނަމަ، އަހުރެމެން އަރަހުށި ﷲގެ ތިބާގެ ފެން ހެދި އޮހި
ދެމިގަތުމަަށް އެދެމެވެ."
އެކަލޭގެފާނުން ދެން މި ކަރުދާސްކޮޅު ނީލަ ކޯރަށް
އެއްލަވައި ލެއްވިއެވެ. އަދި ހޮނިހިރު ދުވަހުގެ ހެދުނުވަގުތު ވީއިރު ﷲ، އެ ނީލަ
ކޯރުގެ ފެންގަނޑު (ހުރަހަށް ނުވަތަ ފުނަށް) ސޯޅަ މުށަށް އެއްރެއިން ދެމިގެންއައުމަށް
މެދުވެރިކުރެއްވިއެވެ. އަދި ﷲ ތަޢާލާ އެމީހުންގެ އެ އާދައަށް ނިންމެވުމެއް
ގެންނެވިއެވެ.
ރެފަރެންސް: އަލް ބިދާޔާ ވަންނިހާޔާ 7/114 – 115
މިވާހަކަ އިބްން ޢަބްދުލް ހަކަމް ފުޠޫޙު
މިސްރުގައާއި އިމާމް ލާލްކާޢީ ޝަރަޙް އިޢުތިޤާދު އައް ސުންނާގައާއި އިބުން އަސާކިރު
ތާރީޚް ދިމިޝްޤްގައާއި ގެންނަވާފައިވެއެވެ.
ނޯޓް: މިއީ ޟަޢީފް އިސްނާދަކުން އައިސްފައިވާ ޞައްޙަ
ނޫން ވާހަކައެއްކަމުގައި އަލް އިމާމް އިބްން ހަޖަރު ވިދާޅުވިއެވެ.
ނޯޓް:
މިފަދަ ވާހަކަތައް ގެނެސްދެވިފައި މިވަނީއަކީ ވާހަކައެއް ގެނެސްދިނުމުގެ
ނިޔަތުގައެއް ނޫނެވެ. އެހެންނަމަވެސް މިއީ ދިވެހިންގެ ތެރޭގައި ފެތުރޭ
ވާހަކަތަކަކަށްވާތީވެ، އަދި އަހަރެމެން އެންމެންނަކީވެސް (ވަރަށް މަދު
މީހަކު ފިޔަވައި) އިވޭހާ ވާހަކައެއް
ދައްކަމުން ހިނގާ ބައެއްކަމުގައި ވާތީވެ އެފަދަ ވާހަކަތަކުގެ އަސްލު
ޙަޤީޤަތް ބަޔާންކުރުމަށްޓަކައި ގެނެސްދެވިފައިވާ ވާހަކަތަކެވެ. އަދި މިފަދަ
ވާހަކަތައް ނުދެއްކުމަށެވެ. އަދި ބަޔަކު (ނޭންގުމެއްގެ ތެރޭގައި
ދައްކަނީނަމަ) އަސްލު ޙަޤީޤަތް ބުނެދިނުމަށެވެ.
ޙަފްސް އިބްން ޢާސިމް ވިދާޅުވިއެވެ. ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރެއްވިއެވެ: "އިވޭހާ ވާހަކަތަކެއް ދެއްކުމަކީ، މީހަކު ދޮގުހެދިކަމަށް ފުދޭކަމެކެވެ" = މުސްލިމް: 5 =
Labels:
salaf
Subscribe to:
Post Comments (Atom)
0 comments:
Post a Comment