Blog Archive

Sunday, October 13, 2013


އަލް ފަވާޢިދު އައްދަރާރީ، އަލް އަޖޫނީ ކިޔައިދެއްވިއެވެ. އިމާމް ބުޚާރީ (ރަޙިމަހުﷲ) އެއްފަހަރަކު ޢިލްމުހޯދުމައްޓަކައި ދަތުރެއްގެ މަތީގާ ބޯޓެއްގައި ވިއެވެ. އެކަލޭގެފާނުންނާއިއެކު އެއްހާސް ދީނާރު ގެންދެވިއެވެ. އެދަތުރުމަތީގާ އިމާމް ބުޚާރީއާއި ދެއްކުންތެރިކަމުގެ ރައްޓެހިކަމެއް މީހަކު ހިންގިއެވެ. ދަތުރުމަތީގާ އެމީހަކު އިމާމްކުރެން އޭނާގާތުގައި ވުމަށް ވަރަށް އެދުނެވެ. ދިގު ދަތުރުތަކުގައި ރައްޓެހި ކަމާއި ރަހްމަތްތެރިކަމުގެ ގުޅުން ބަދަހިވާލެއް އެހެން ދުވަސްވަރަކަށްވުރެ އަވަސްވާނެއެވެ. 

އެދަތުރުމަތީގައި ބުޚާރީ އިމާމް ހޭދަކުރެއްވީ އެމީހާއާއި އެކުއެވެ. އަދި އެކަލޭގެފާނުން (ދެއްކި ވާހަކައެއްގެ ތެރޭގައި) އެމީހާގާތު އެކަލޭގެފާނުން އަތްޕުޅުގައިވާ އެއްހާސް ދީނާރުގެ ވާހަކަ ވިދާޅުވިއެވެ.


އަނެއްދުވަހު ހެދުނު، އެމީހާ ތެދުވެ ރޮއި ހޭރި ހެދުންވީދާ މޫނުގައި ތަޅަންފެށިއެވެ. ހީވަނީ ވަރަށްބޮޑު ހިތާމައެއް ޖެހިގެން އުޅޭހެންނެވެ. އެހެންއުޅެގަތުމުން ފަޅުވެރިންކުރެ މީހުން އޭނާކުރެން ވީކީތްތޯ އަހަންފެށިއެވެ. އޭނާ އެއަށް ޖަވާބެއްވެސް ނުދިނެވެ. އެކަމަކު ވަރަށް ގިނައިން އެހުމުން އޭނާބުންޏެވެ. "އަހަރެންގެ އަތުގައިވާ އެއްހާސް ދީނާރު އެޅި ކީސާއެއް ގެއްލިއްޖެއެވެ"
މިވާހަކައަށް ފަޅުވެރިން ދޯނިތެރެ ހޯދާންފެށިއެވެ. ފަހަރަކު މީހަކު ރަގަޅަށްބަލާ ޗެކްކުރަމުން ދިޔައެވެ. މިކަން މިމަގުން ދަނީކަން އިނގިވަޑައިގަތުމުން އިމާމް ބުޚާރީ (މީހަކު ނުބަލާ ވަގުތު ހޯދާފައި) އެކަލޭގެފާނުންގެ އެއްހާސް ދީނާރުއެޅި ކީސާ މޫދައް އެއްލާލެއްވިއެވެ. އެހެންކަމުން އެކަލޭގެފާނުން ބަލާފާސްކުރިއި އެއްވެސް އެއްޗެއް ނުފެނުނެވެ. މުޅި ދޯނި އެއްކޮށް ބަލާ ފާސްކުރިއިރު އެއްވެސްތާކުން އެހޯދާ އެއްހާސް ދީނާރުގެ ކީސާއެއް ނުފެނުނެވެ. އެހެންވެ އެމަސައްކަތުގައި އުޅުނުމީހުން އެއްކަލަ މީހާގެގާތަށްގޮސް އެދޮގުވާހަކަ ހެދީތީވެއާއި އެމީހުންލައްވާ އެބުރަ މަސައްކަތްކުރާންޖެހުނީތީ ނުރުހުންފާޅުކުރިއެވެ. ދޯނި އެއްގަމަށް ލެފުމުން، އިމާމްގެ އަރިހަށް އެއްކަލަ މީހާ އައިސް ބުޚާރީގެ ދީނާރު ކީސާއަށް ހެދީ ކިހިނެތްތޯ އެއްސެވެ.
"އަހުރެން އެ މޫދަށް އެއްލާލީއެވެ." އިމާމް ބުޚާރީ ވިދާޅުވިއެވެ.

"ދެން ހަމަ ކަލޭ (ގެފާނުން) އެހާ ގިނަ ފައިސާތައްވެސް ގެއްލުނު ކަމުގެ މައްޗަށް ހިތްހަމަޖައްސާލީހެއްޔެވެ؟"
އެމީހާ އެއްސެވެ.

ބުޚާރިގެފާނުން ވިދާޅުވިއެވެ. "އޭ އެއްޗެއް ނޭންގޭ މިހިރަ މީހާއެވެ"
"އަހުރެންގެ މުޅި ޙަޔާތް މިވޭތިކޮށްލަނީ ކީރިތި ރަސޫލާ ޞައްލްﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްތައް ހޯދާ ދަސްކުރުމުގައެވެ. އަދި އަހުރެންގެ ތެދުވެރިކަމަށް މުޅި ދުނިޔެ ހެކިވާނެއެވެ. އެހެންކަމުން އަހުރެންނަށް، އެފައިސާއަށްޓަކައި އަހަރެންނަކީ ދޮގުވެރިއެއްކަމުގައި ޝައްކުއުފެދުމަށް ފިޓުވާނެހެއްޔެވެ؟ އަދި އަހުރެންގެ އަގުބޮޑު ޚަޒާނާ (ޢިލްމްވެރި ކަމާއި އިމާމްވެރިކަން) މަދު ދީނާރުކޮޅެއްގެ މައްޗަށް ދޫކޮށްލަންވީހެއްޔެވެ؟"
ތެދުވެރިކަމާއި އަމިއްލަ އަގު ހިފެހެއްޓުމަކީ މިއީއެވެ. އަހަރެމެންނަށް ޢިބުރަތެކެވެ.
ރެފަރެންސް: http://salaf-us-saalih.com/2010/12/31/imam-bukhaaree-and-one-thousand-dinars/ 

0 comments: